އެމްޑަބްލިޔުއެސްސީގެ އެމްޑީ ޙަސަން ޝާޙް
ވިޔަފާރި
20 Feb 2023 | 19:45
އެމްޑަބްލިޔުއެސްސީވެސް ސިންގަލް ޔޫސް ޕްލާސްޓިކާއި ދުރަށް

މާލޭ އެރޭޓެޑް ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީގެ އެންމެ ބޮޑު އަމާޒަކީ ސިންގަލް ޔޫސް ޕްލާސްޓިކާއި ދުރުވެ ތިމާވެއްޓާއި ރައްޓެހި ގޮތަކަށް ފެން އުފެއްދުން ކަމަށް އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ހަސަން ޝާހް ވިދާޅުވެއްޖެއެވެ.

އެމްޑަބްލިޔުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ ޙަސަން ޝާޙް މިހެން ވިދާޅުވީ ދައުލަތުގެ މީޑިއާގައި ވާހަކަދައްކަވަމުންނެވެ.

ޝާޙް ވިދާޅުވީ ސިންގަލް ޔޫސް ޕްލާޓިކާ ދުރުވެ ތިމާވެއްޓާ ރައްޓެހި ގޮތަކަށް ފެނުގެ ޚިދުމަތް ފޯރުކޮށްދިނުމަށް މިހާރުވެސް ގިނަ މަސައްކަތްތަކެއް ކުރަމުންއަންކަމަށެވެ. އެގޮތުން ޖަޕާންގެ ހިޓާޗީ ޒޯސެން ކުންފުންޏާ ރިނިއުބަލް އެނަރޖީ މޯލްޑިވްސްއާ އެމްޑަބްލިޔުއެސްސީ ގުޅިގެން 500 ކިލޯވޮޓްގެ ކަރަންޓް އުފެއްދޭ ވަރުގެ ސޯލާ ސިސްޓަމެއް ހަރުކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށް ޝާހް ވިދާޅުވިއެވެ. އެ ސޯލާ ސިސްޓަމަކީ 1450 ކިލޯވޮޓްގެ ބެޓެރި ސިސްޓަމަކާއެކު ޤާއިމް ކުރާ އިޔާދަ ކުރުވަނިވި ހަކަތައިގެ ސިސްޓަމެކެވެ.

ޝާޙް ވިދާޅުވީ ފެން އުފެއްދުމަށް އަހަރެއްގެ މައްޗަށް މިހާރު 400 މިލިއަން ރުފިޔާގެ ޑީސަލް ބޭނުން ކުރާކަމަށެވެ. އަދި ޑީސަލް އެންދުން ހުއްޓާލައި އިޔާދަ ކުރަނިވި ހަކަތައިން ފެން އުފައްދަން ފެށުމުން ކުންފުނީގެ މާލީ ހާލަތު ބޮޑުތަނުން ރަނގަޅުވާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.. ޝާޙް އިތުރަށް ވިދާޅުވީ، ސަރުކާރުގެ ސިޔާސަތާ އެއްގޮތަށް އަމަލު ކުރުމުގެ ގޮތުން 300 އެމްއެލް ޕްލާސްޓިކް ފުޅީގައި ފެން ބަންދު ކުރުން މިހާރު ހުއްޓާލާފައިވާކަމަށެވެ. އަދި މިއަހަރު ނިމޭއިރު ޕްލާސްޓިކް ފުޅީގައި މިހާރު ބަންދުކޮށް ވިއްކަމުން ގެންދާ 500 އެމްއެލްގެ ފުޅީގައި ފެންބަންދުކުރުން ހުއްޓާލާނެކަމަށެވެ. ނަމަވެސް މިކަން ކުރާނީ ރައްޔިތުންނަށާއި ވިޔަފާރިތަކަށާއި ކުންފުންޏަށް ގެއްލުން ނުވާނެ ގޮތަކަށް ބަލައިގެން ކަމަށް ޝާޙް ވިދާޅުވިއެވެ.

ޝާހު ވިދާޅުވީ އެކަމަށް އެބަ ތައްޔާރީތަކެއް ވާކަމަށެވެ. އެގޮތުން ފެން ބަންދުކުރުން ހުއްޓާލުމުން ކުންފުންޏަށް ގެއްލުންތަކެއް ވާނެ ކަމަށާއި، އެހެން ނަމަވެސް އެކަން ހުއްޓާލުމުގެ ކުރިން ބާޒާރަށް 2 ލީޓަރު ނުވަތަ 2500 ލީޓަރުގެ ފެންފުޅި ނެރުމަށް މިހާރު މިދަނީ މަޝްވަރާތައް ކުރަމުން ކަމަށް ޝާޙު ވިދާޅުވިއެވެ.

އެމްޑަބްލިއުއެސްސީން އަންނަނީ ރާއްޖެގެ އެކި ރަށްރަށުގައި ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތްތައްވެސް ކުރަމުންނެވެ. އެގޮތުން މިހާރުވެސް ތިރީހަށް ވުރެ ގިނަ ރަށުގައި ފެނާއި ނަރުދަމާ ޤާއިމް ކުރުމުގެ މަސައްކަތް އެކުންފުނިން އަންނަނީ ކުރަމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
18 Sep 2026
ޕީއެންސީގެ ލީޑާޝިޕަށް ރައީސް މުޢިއްޒު 10 ބޭފުޅަކު އައްޔަނުކުރައްވައިފި
އެއީ ވަޒީރުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި ވަޒީރުންގެ ފެންވަރުގެ ބައެއް ބޭފުޅުންނާއި ސަފީރަކާއި ކުންފުނިތަކުގެ ތިން އެމްޑީންނެވެ.
18 Sep 2026
ޕީއެންސީގެ ލީޑާޝިޕަށް އިންތިޚާބުވީ ބޭފުޅުން ހުވާ ކުރައްވައިފި
މީގެ އިތުރުން ޕާޓީގެ ލީޑާޝިޕަށް އެ ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އައްޔަނު ކުރެއްވި ބޭފުޅުން ވެސް ހިމެނެ އެވެ.
18 Sep 2026
ނިއުރޭޑިއަންޓުން ބުނީ އެސިސްޓަންޓް ކޯޗަށް ދިން ހަމަލާ ބަލައެއް ނުގަނެވޭނެކަމަށް
ކުޅިވަރުގެ މައިދާނުގައި ހިނގާ މިފަދަ އަނިޔާވެރި އަމަލުތަކަކީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަންކަން ނޫންކަން ފާހަގަކުރަމުން، ނިއު ރޭޑިއަންޓުން ބުނީ މިފަދަ ކަންކަމުގެ ސަބަބުން ކުޅިވަރުގެ ރޫހާއި ރައްކާތެރިކަން ގެއްލިގެންދާ ކަމަށެވެ
18 Sep 2026
ޔާމީންގެ ޕީއެންއެފުން ފަތުރަނީ ދޮގެެއް ކަމަށް ބުނެ އީސީން ރައްދު ދީފި
ހަގީގަތްތް އޮޅޭގޮތަށް، އާންމުންގެ މެދުގައި އިލެކްޝަންސް ކޮމިޝަނަށާއި ޕާޓީތަކުގެ މެންބާޝިޕް ނިޒާމަށް އޮތް އިތުބާރު ގެއްލޭގޮތަށް ޕީޕަލްސް ނެޝަނަލް ފްރަންޓް އިން ކުރަމުންދާ ދޮގު ތުހުމަތުތަކާއި ދައްކަމުންދާ ވާހަކަތައް ކޮމިޝަނުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަަމަށެވެ.
18 Sep 2026
އައިފޯން ޑުއޯގެ ސްކްރީނުން ސެމްސަންގަށް ބިލިއަނެއް ލިބިދާނެ
އައިފޯން ޑުއޯގެ ފަތްޖެހޭ އޯލެޑް ޕެނެލް ސަޕްލައިކުރާ ތިން އަހަރުގެ އެއްބަސްވުމެއްގެ ދަށުން ސެމްސަންގަށް 1.25 ބިލިއަން ޑޮލަރު ލިބިދާނެ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
18 Sep 2026
ޙޫޘީންގެ ހަމަލާ ކުށްވެރިކޮށް މައްކާއާ މަދީނާގެ ޚިމާޔަތަށް އެދި ހުކުރު ޚުތުބާގައި ދުޢާކޮށްފި
އެ ތަންތަނަށް އަރައިގަންނަން މަސައްކަތް ކުރާ ކޮންމެ ބަޔަކު ނިކަމެތި ކުރެއްވުން އެދިވެސް ދުއާ ކުރައްވާފައިވެ އެވެ.
18 Sep 2026
ދަރަންޏެއް ނަގަން ޖެހިއްޖެ ހާލުގައިވެސް ރިބާ ހިމެނޭ ދަރަނިތަކާ ދުރުހެލިވޭ
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިއަދު އިއްވި ހުކުރު ޚުތުބާ ޚާއްޞަކޮށްފައިވަނީ "މާލީ މުޢާމަލާތުތަކުގައި ތެދުވެރިވުން" މި މައުޟޫޢަށެވެ. ޚުތުބާގައި ބަޔާންކޮށްފައިވާ ގޮތުގައި މުދަލަކީ الله ތަޢާލާ އިންސާނާއާ ހަވާލުކުރައްވާފައިވާ އަމާނާތެކެވެ. އަދި ޤިޔާމަތް ދުވަހުން އެ މުދާ ހޯދި ގޮތާއި ހޭދަކުރި ގޮތާ މެދު ސުވާލުވެވޭނެ ކަމަށް ހަނދާންކޮށްދީފައިވެއެވެ.
18 Sep 2026
ބަންގްލަދޭޝް އެއާލައިންސްގެ ފްލައިޓެއްގައި ދެ ފަސިންޖަރަކު މާރާމާރީ ހިންގައިފި
މި ހާދިސާ ހިނގާފައިވަނީ ފްލައިޓް ދަތުރުކުރަމުން ދިޔަ ވަގުތު ދެ ފަސިންޖަރެއްގެ ދެމެދުގައި ހިނގި ހޫނު ޒުވާބަކަށް ފަހުގައެވެ. ޑާކާ ޓްރިބިއުނުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ޒުވާބު ބޮޑުވެ އެކަކު އަނެކަކަށް ހަމަލާދީ މާރާމާރީއަކަށް ބަދަލުވުމާ ގުޅިގެން، ފްލައިޓުގައި ތިބި އުމުރުން ދުވަސްވީ މީހުންނާއި ކުޑަކުދިން ހިމެނޭހެން ގިނަ ފަސިންޖަރުންގެ މެދުގައި ބޮޑު ބިރުވެރިކަމެއް އުފެދުނެވެ.