އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު: ފޮޓޯ/ މަޖިލިސް
ހަބަރު
21 Feb 2023 | 15:44
ކޯލިޝަން ހަދަން އެއްބަސްކުރެވޭނީ އަމިއްލަ ޕާޓީ އެއްބައި ކުރުމުގެ އުރަތްޕެއް ހުރެގެން: ވަހީދު

ރިޔާސީ އިންތިހާބުގައި ކޯލިޝަނެއް އުފައްދަން އެހެންބަޔަކު އެއްބަސްކުރުވޭނީ، އަމިއްލަ ޕާޓީގެ އެތެރެ އެއްބައި ކުރުމުގެ އުރައްޕެއް ހުރެގެން ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު، ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ޞާލިހަށް ފާޑުވިދާޅުވެއްޖެއެވެ. 

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެހެން ޕާޓީތަކާއި އެކު ކޯލިޝަން ހެދުމަށް މަޝްވަރާ ކުރުމުގެ ބާރު ރައީސް ޞާލިހަށް އެމްޑީޕީން ދީފައިވާއިރު އެމަނިކުފާނު ވަނީ އެ އިންތިހާބުގައި އެމަނިކުފާނާއި އެކު ކޯލިޝަން ހަދައިގެން ކުރިއަށް ދިޔުމަށް އެދި އެމަނިކުފާނު ވަނީ މިހާރުގެ ކޯލިޝަން ގައި ހިމެނޭ ޕާޓީތަކަށް ސިޓީއެއް ފޮނުއްވާފައެވެ.

އެކަމާއި ގުޅިގެން، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނުގައި ހިމެނިވަޑައިގަންނަވާ ގިނަ މެންބަރުންގެ ނުރުހުން އެމަނިކުފާނަށް ވަނީ އަމާޒުވެފައެވެ. 

އެގޮތުން، އެކަމަށް ފާޑުވިދާޅުވެ ވަހީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ކޯލިޝަނެއް އުފައްދަން އެހެންބަޔަކު އެއްބަސްކުރުވޭނީ، އެންމެ ފުރަތަަމަ އަމިއްލަ ޕާޓީގެ އެތެރެ އެއްބައި ކުރުމުގެ އުރައްޕެއް ހުރެގެން ކަމަށެވެ.

އަދި މިހާރު ރައީސް ސޯލިހުގެ ފަހަތަށް ނޭރި ބަޔަކު، އިތުރު ދުވަސް ވާވަރަކަށް ޖެހޭނީ އިތުރަށް ފެޔަށް ކަމަށްވެސް އޭނާ ވިދާޅުވި އެވެ. 

އެމްޑީޕީގެ އެތެރެ ވަރަށް ބޮޑަށް ދެބައިވެ، ޕާޓީ ދެ ފެކްޝަނަކަށް ބެހިފައިވާއިރު، އެ ޕާޓީގެ ރިޔާސީ ޕްރައިމަރީ ނާކާމިޔާބުވި ކެންޑިޑޭޓު، ރައީސް ނަޝީދު މިހާރު ވަނީ ޕާޓީގެ ތެރެއިން "ފިކުރެއްގެ ދިރުން" ނަމުގައި އެހެން ގޮތްޕެއް އުފައްދަވައި، އެ ގޮތްޕައް މެންބަރުން ހޯދުމުގެ މަސައްކަތް ފަށްޓަވާފައެވެ. 

އަދި، އެމަނިކުފާނާއި އެމަނިކުފާނުގެ ފިކުރެއްގެ ދިރުމަށް ތާއީދު ކުރާ މެންބަރުން، އަންނަ ރިޔާސީ އިންތިހާބުގައި ރައީސް ޞާލިހުގެ ފަހަތްޕުޅަށް ނަރުއްވާނެ ފަދަ މޭރުމަކުން ވާހަކަ ދައްކަވައި، އިންތިޚާބުގައި ތާއީދުކުރާ ކެންޑިޑޭޓެއް ކަނޑައަޅާނީ ފަހުން ކަމަށްވެސް އެމަނިކުފާނު ވަނީ ވިދާޅުވެފަ އެވެ.  

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.
05 Oct 2026
ތަންފީޒު ކުރަން ފަށައިފި؛ ނުރައްކާތެރިކޮށް ދުއްވި ސައިކަލެއް ޓޯކޮށް ފިޔަވަޅު އަޅައިފި
މި ސައިކަލު ހުއްޓުވައި އޭގައި ތިބި ދެ މީހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ސުވާލުކުރުމަށްފަހު ދޫކޮށްލައިފައި ކަމަށް ފުލުހުން ބުންޏެވެ.