މާލެ ސިޓީ ކައުންސިލްގެ 90 ވަނަ ރަސްމީ ޢާއްމު ޖަލްސާގެ ތެރެއިން---ފޮޓޯ: ސިޓީ ކައުންސިލް
ހަބަރު
23 Feb 2023 | 10:43
ރަމަޟާންމަހަށް ޚާއްޞަކޮށް ހުޅުމާލެ ދެވަނަ ފިޔަަވަހީގައި ވަގުތީ މާރުކޭޓެއް ހުޅުވަނީ

ރަމަޟާންމަހަށް ޚާއްޞަ ވަގުތީ ލޯކަލް މާރުކޭޓެއް ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހުޅުވުމަށް މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ.

މާލެ ސިޓީ ކައުންސިލްގެ 90 ވަނަ ރަސްމީ ޢާއްމު ޖަލްސާގައި މި ހުށަހެޅުން ހުށަހެޅުއްވީ މާލެ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒުއެވެ.

މޭޔަރު ވިދާޅުވީ ސަރުކާރުން ހުޅުމާލޭގެ ކަންކަން ހިންގަން މާލެ ސިޓީ ކައުންސިލާއި ހަވާލު ނުކުރިނަމަވެސް ހުޅުމާލެ އަކީ މާލެ ސިޓީގެ ބައެއް ކަމަށާއި ހުޅުމާލޭގެ ދެވަނަ ފިޔަވައްސަކީވެސް މާލެ ސިޓީ ކައުންސިލްގެ އިޙްތިޞާސްގައި ހިމެނޭތަނެއް ކަމަށެވެ.

”ހުޅުމާލެ އަކީ މާލެ ސިޓީގެ ބައެއް. މާލެ ސިޓީ ކައުންސިލްގެ އިޙްތިޞާސްގައި ހިމެނޭތަނެއް ފޭސް 2 އަކީވެސް. އަޅުގަނޑުމެންނާއި ހިންގަން ހަވާލު ނުކުރިޔަސް. އަޅުގަނޑުމެންގެ ޤާނޫނީ ބާރުވެރިކަން ހިނގާތަނެއް“

މޭޔަރު ވިދާޅުވީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައިވެސް މިހާރު 10 ވަރަކަށް ހާސް ޢާއިލާ ދިރިއުޅެމުން ދާކަމަށާއި، އެހެންކަމުން އެފަރާތްތަކަށް ރަމަޟާންމަހު މާލެ ގޮސް ނުވަތަ ދުރު ހިސާބުތަކަށްގޮސް ތަރުކާރީ އާއި މޭވާ ފަދަ ތަކެތި ހޯދުން ދަތި ކަމަކަށްވާނެ ކަމަށާއި، އެހެންކަމުން މާލެ ސިޓީ ކައުންސިލުން ހިންގާ ޕްރޮގްރާމެއްގޮތަށް މިކަން ކުރިއަށްގެންދަންޖެހޭ ކަމަށެވެ.

”އެފަރާތްތަކަށް ރަމަޟާންމަހު މާލެ އާއި ހަމަޔަށް އައިސް ނުވަތަ ފޭސް 1 އަށް ގޮސް ދުރު ހިސާބުތަކަށްގޮސްގެން މި ބޭނުންވާ ތަރުކާރީ އާއި މި ތަކެތި ހޯދުން ދަތި ކަމަކަށް ވެދާނެ، އެހެންވީމަ މާލެ ސިޓީ ކައުންސިލުން ހިންގާ ޕްރޮގްރާމެއްގޮތަށް މިކަންގެންދާނީ“ ޑރ. މުއިއްޒު ވިދާޅުވި އެވެ. 

އިތުރަށް މޭޔަރު ވިދާޅުވީ ދުރާލާ މަސައްކަތްކޮށްގެން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ވަގުތީ ލޯކަލް މާރުކޭޓެއް ހުޅުވާނީ މާލެ ސިޓީ ކައުންސިލަށްވެސް އޭގެން އާމްދަނީއެއް ލިބޭގޮތަށް ކަމަށެވެ. މިއާއިއެކު މޭޔަރު ވިދާޅުވީ މި ލޯކަލް މާރުކޭޓް ހިންގުމާއި މެދުގައި މަޝްވަރާކުރަން ނިންމީ އެތަނުގައި ވަރަށް ގިނަބަޔަކު ދިރިއުޅޭތީ އާއި މިކަމަކީ އެ ހުރިހާ ފަރާތްތަކުންވެސް ވަރަށް ބޮޑަށް އެދޭ ކަމެއް ކަމުގައި ވާތީކަމަށެވެ.

މޭޔަރުގެ މި ހުށަހެޅުމަށް ތާޢީދުކުރައްވަމުން ހުޅުމާލެ ދާއިރާގެ ކައުންސިލަރު އިބްރާހިމް ޝުޖާއު ވިދާޅުވީ ހުޅުމާލެ އަކީ އިޙްތިޞާސް ކަނޑައެޅިއިރު މާލެ ސިޓީ ކައުންސިލްގެ ފުރިހަމަ އިޙްތިޞާސީ ބާރުގެ ތެރޭގައި އޮތްތަނެއް ކަމަށެވެ. އަދި ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އެތައް ރައްޔިތުންނެއް ދިރިއުޅޭއިރު، މިފަދަ ޚިދުމަތެއް ފަސޭހަ ކަމާއިއެކު ލިބޭނެ ގޮތެއް އޮތުމަކީ މުހިންމު ކަމެއް ކަމަށެވެ.

”އަޅުގަނޑުގެ ދާއިރާ ހުޅުމާލެ ފޭސް 2 ގައި ވަރަށް ގިނަ ރައްޔިތުން އެބަ ދިރިއުޅޭ. އެ ރައްޔިތުންނަށްވެސް ހަމަ ފޭސް 1 ގައި އަދި މާލޭގައި ދިރިއުޅޭ ރައްޔިތުންނެކޭ އެއްގޮތަށް ތަރުކާރީ އާއި މޭވާ ލިބޭނެގޮތެއް އޮތުމަކީ ވަރަށް މުހިންމުކަމެއް“ ޑރ. މުއިއްޒު ވިދާޅުވި އެވެ. 

ޝުޖާއު ވިދާޅުވީ މިކަމާއި ގުޅޭ މަޝްވަރާތައް އެޗްޑީސީއާއިއެކު ކުރިއަށް ގެންދެވިފައިވާ ކަމަށާއި، އެފަރާތުންވެސް މިކަމަށް އެއްބާރުލުން ދެއްވާނެ ކަމަށް ނުރަސްމީކޮށް ވިދާޅުވެފައިވާ ކަމަށެވެ.

”އެޗްޑީސީގެ ކަމާއި ބެހޭ ފަރާތްތަކާއި މަޝްވަރާކުރިން. މިކަމުގައި ކައުންސިލަށް އެއްބާރުލުން ދެއްވާނެ ކަމަށް އަންއޮފިޝަލީ އޮތީ ވިދާޅުވެފަ“ ޝުޖާއު ވިދާޅުވި އެވެ.

މީގެ އިތުރުން ޝުޖާއު ވިދާޅުވީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ އާއިލާތަކަށް ޚާއްސަކޮށް ރަމަޟާން މަހު މިފަދަ ބޭނުންތަކަށް ދުރަށްނުގޮސް މިކަން އިންތިޒާމް ކުރެވުމަކީ މާލެ ސިޓީ ކައުންސިލަށް ކޮށްދެވޭނެ ރަނގަޅު ކަމެއްކަމަށް ފެންނަ ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އަލާއަށް ފާޑުކިޔުން؛ އަލާ ދެއްކެވީ ހެކި, އަމިއްލަ ވާހަކައެއް ނޯންނާނެ
13 Sep 2026
އިންޑިއާ އާއި ޗައިނާގެ ވިޔަފާރިއާއި ދަތުރުފަތުރުގެ ގުޅުން ބަދަހިކުރުމަށް ދެ ގައުމުގެ ވެރިން އެއްބަސްވެއްޖެ
އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓްރީއިން ބުނީ، ދެ ގައުމުގެ މެދުގައި ސަގާފީ ހަރަކާތްތަކާއި، ވިޔަފާރީގެ ގުޅުންތަކާއި، މީހުން ދަތުރުފަތުރުކުރުން އިތުރަށް އާލާކުރުމުގެ މުހިންމުކަން ދެ ލީޑަރުން ފާހަގަކުރެއްވިކަމަށެވެ
13 Sep 2026
ސިޓީގެ ފޯޑެންއަށް ދެއްކި ރަތްކާޑުގެ ފައިދާ މެންޗެސްޓަރ ޔުނައިޓެޑަށް ނުނެގި ބަލިވެއްޖެ
އިނގިރޭސި ޕްރިމިއާ ލީގުގެ ޕޮއިންޓް ތާވަލަށް ބަލާއިރު ސިޓީ އަދި އެއްވަނައިގައި އޮތް އާސެނަލްއަށް ވެސް ވަނީ އެއްވަރަކަށް ޕޮއިންޓް ލިބިފައެވެ. އެހެންނަމަވެސް، ފައިދާ ގޯލުގެ ތަފާތުން ތާވަލުގެ އެއްވަނަ އަދިވެސް ކަށަވަރުކޮށްގެން އޮތީ އާސެނަލްއެވެ.
13 Sep 2026
ބްރިޖުގައި ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް؛ އެކަކަށް އަނިޔާވެ ފަރުވާ ދެނީ
އެކްސިޑެންޓްގަައި ހިމެނޭ ސައިކަލާއި ކާރަށް ވަނީ އެކިވަރުގެ ގެއްލުން ވެފައެވެ.
13 Sep 2026
މިސްކިތްތަކަށް ގެއްލުން ދިނުން ހުއްޓުވަން ގާނޫނެއް ފަރުމާކޮށް އަދަބު ކަނޑައެޅުން މުހިންމު: ޒައިދު
އެފަދަ މީހުން އެފަދަ ކުއްތައް ތަކުރާރުކުރާތަން ފެންނަނީ މިހާރު ހުރި ގާނޫނުތަކުން ފަރުވާ ނުލިބޭތީ ކަމުގައި އޭނާ ވިދާޅުވި އެވެ.
13 Sep 2026
ރަޙުމަތްތެރިކަމުގެ މެޗެއްގައި ދިވެހިރާއްޖެ، ޗައިނާއާ ދެކޮޅަށް ނިކުންނަނީ
މި މެޗު ކުޅޭނެ ވަކި ޚާއްޞަ ތާރީޚެއް އަދި ރަސްމީކޮށް ކަނޑައެޅިފައި ނުވި ނަމަވެސް، މެޗު ކުޅުމަށް ނިންމާފައިވަނީ ޗައިނާގައެވެ.
13 Sep 2026
ދީން ފެތުރުމާއި ދިން ދިފާއުކުރުމުގައި ޒުވާނުންގެ ދައުރު ފެވިގެންދަނީ ރަން އަކުރުން: ރައީސް
އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ ތާރީޚީ މުނާސަބު މި ވަގުތުގައި ކުރިއަށްގެންދިޔަ "ޒުވާން ހަތީބުންގެ ޤައުމީ މަހާސިންތާ" ނިންމުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
13 Sep 2026
ގައުމީ އެއާލައިނުން ކުޑަހުވަދުއަށް މި މަހުގެ 17ގައި ޝެޑިއުލް ދަތުރުތައް ފަށަނީ
ކައުންސިލުން ބުނީ މި މަހުގެ 17 ގެ ކުރީން ދަތުރުތައް ފަށާނެ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.