ތެޔޮ ބޯޓުން ގެއްލުނު މޮހައްމަދު ލިޓަން (35އ)
ހަބަރު
23 Feb 2023 | 15:50
ވ އަތޮޅުން ފެނުނު ހަށިގަނޑަކީ ތެޔޮ ބޯޓުން ގެއްލުނު މީހާއެއް ނޫން: ފުލުހުން

ވ. އަތޮޅުން ފެނުނު ހަށިގަނޑަކީ ތެޔޮ ބޯޓުން ގެއްލުނު ބިދޭސީ މީހާ ނޫންކަން ކަށަވަރު ވެފައިވާ ކަމަށް ފުލުހުން ބުނެފިއެވެ. 

ވ އަތޮޅު ވެމްޕަރުފަޅު ހުޅަނގު-އުތުރު ކަނޑުން އިންސާނެއްގެ ހަށިގަނޑު ފެނިފައިވާކަމަށް ފުލުހުން ބުނީ މިއަހަރުގެ ޖަނަވަރީ މަހުގެ 2 ވަނަ ދުވަހުއެވެ. 

އެ ހަށިގަނޑުގެ ފޮޓޯތައް އޭރު މީސްމީޑިއާގައި ދައުރުވެފައިވާއިރު، ފެންނަ ފެނުމަށް ހަށިގަނޑު އޮތީ ވަރަށް ބޮޑަށް ކުނިވެ ފެން ވަނުމުގެ ސަބަބުން ފުޕިވެސްފައެވެ. 

އެ ހަށިގަނޑު ފެނިފައިވަނީ، ތެޔޮ ބޯޓަކުން ދިވެއްސަކާއި އެކު ފުރި ބިދޭސީއެއް ގެއްލުނުތާ ގާތްގަނޑަކަށް ހަފްތާއެއް ވާން ވެފައި ވަނިކޮށް ކަމަށްވާތީ ގިނަ ބަޔަކު ޝައްކު ކުރަމުންދިޔައީ އެ ހަށިގަނޑަކީ ގެއްލުނު ބިދޭސީ މީހާގެ ހަށިގަނޑު ކަމަށެވެ. 

އެ ތެޔޮ ބޯޓުން ދަތުރު ކޮށްފައިވަނީ ގދ. ތިނަދޫ / މަނާރު، މުޙައްމަދު ނިޡާމް (45އ) އަދި ބަނގްލަދޭޝް ރައްޔިތެއް ކަމުގައިވާ މޮހައްމަދު ލިޓަން (35އ)އެވެ. އެ ދެމީހުން ވިލިމާލެ އިން ފުރީ ނިމުނު އަހަރުގެ ޑިސެމްބަރު މަހުގެ 28 ވަނަ ދުވަހުއެވެ. 

އެތަނުން މުޙައްމަދު ނިޡާމް މިމަހު 3 ވަނަ ދުވަހު މާލޭގައި ހުންނަ ގެސްޓް ހައުސް އަކުން ފެނިފައިވާއިރު ފުލުހުން ވަނީ މީހަކު މަރާލި ކަމުގެ ތުހުމަތުގައި އޭނާ ހައްޔަރުކޮށްފައެވެ. 

ނަމަވެސް، ވ އަތޮޅުން ފެނުނު ހަށިގަނޑަކީ ގެއްލުނު ލިޓަންގެ ހަށިގަނޑު ނޫން ކަން ޑީއެންއޭ ޓެސްޓް ތަކުން ދައްކާއިރު، އެ ހަށިގަނޑާއި ބެހޭ އިތުރު މައުލޫމާތު ހޯދުމަށް  ފުލުހުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން އެއީ އޮޔާއި އައިސްފައިވާ ހަށިގަނޑެއްތޯ ބެލުމަށް އިންޓަނޭޝަނަލް ޕާޓްނަރުންނާއި އެކު މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ޣައްޒާގައި ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާ މިއަދު
އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ އެއް އާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު ވަޅުލުމަށް ބާއްވާ ބޮޑު ޖަނާޒާ މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މި ޤަތުލްއާއްމު ފެށުނު ފަހުން ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާއެވެ.
04 Aug 2026
މި ދައުރުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް ހުރިހާ ރަށަކަށް ފުޅާކުރެވޭނެ
މި ދައުރުގެ ތެރޭގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް މުޅި ރާއްޖެއަށް ފުޅާ ކުރެވިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
04 Aug 2026
ކޮޅުވެއްޓިން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
ކ. ގާފަރު ކައިރިން ބަންޑުންޖަހާލި އެލްސީވީން ގެއްލިގެން ހޯދަމުންދާ ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑާއި ވައިގެ މަގުން ކުރިއަށްގެންދާ ކަމަށާ އެހެން ނަމަވެސް އަދި އެމީހުން ނުފެންނަ ކަމަށް އެ އިދާރާއިން ބުނެފިއެވެ.
04 Aug 2026
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 15،403 މީހުން
މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގޮތުގައި 15،403 ފަރާތެއް ދަފްތަރުކުރެވިފައިވާ ކަމަށް އެންސްޕާއިން ބުނެފިއެވެ. މީގެ ތެރޭގައި އޭޕްރީލް މަހު އަލަށް ރަޖިސްޓަރީވި 96 ފަރާތެއްވެސް ހިމެނެއެވެ.
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.
04 Aug 2026
ފަލަސްތީނުގެ ފުޓްބޯޅައަށް އިޒްރޭލުން ދެމުންދާ ހަމަލާތަކަށް ފީފާއިން ފިޔަވަޅު ނޭޅި
ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން (ޕީ.އެފް.އޭ) ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއަށް ވަރުގަދަ ފާޑުކިޔުންތަކެއް އަމާޒުކޮށްފިއެވެ. ޕީ.އެފް.އޭ އިން ބުނި ގޮތުގައި އިޒްރޭލުން ފަލަސްތީނުގެ ފުޓްބޯޅައަށް ބޮޑެތި ގެއްލުންތަކެއް ދެމުންދާއިރު، ފީފާގެ އަމިއްލަ ގަވާއިދުތައް އިޒްރޭލާ ދެކޮޅަށް ތަންފީޒުކުރުމުގައި އެ އިދާރާ ވަނީ ނުކުޅެދިފައެވެ.
04 Aug 2026
އޮޑި ބަލިކޮށް މާޒިޔާއަށް މުހިންމު މޮޅެއް
ކަޕްވިނާސް ކަޕްގައި މާޒިޔާ ދެން އެންމެ އަވަހަށް ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ބުރު ސްޕޯޓްސް އާ ދެކޮޅަށެވެ.