ޖޭޕީގެ ޕްރެސް ކޮންފަރެންސައި ރިޔާޒު ވާހަކަދައްކަވަނީ/ ފޮޓޯ: ވޮއިސް
ހަބަރު
23 Feb 2023 | 16:44
ޖުމްހޫރީ ޕާޓީއަކީ ރިޔާސީ އިންތިޚާބުގައި ގޮތް ނިންމާ ޕާޓީ: ރިޔާޒު

ޖުމްހޫރީ ޕާޓީއަކީ ރިޔާސީ އިންތިޚާބުތަކުގައި ގޮތް ނިންމާ ޕާޓީކަމަށް ޖޭޕީގެ އެޑްވައިޒަރު އަދި މަޖިލީހުގެ ވިލިފުށީ ދާއިރާގެ ކުރީގެ މެންބަރު ރިޔާޒް ރަޝީދު ވިދާޅުވެއްޖެ އެވެ.

ރިޔާޒު މިފަދައިން ވިދާޅުވެފައިވަނީ ޖުމްހޫރީ ޕާޓީގެ ގައުމީ ކޮންގުރެސް މާދަމާ ފަށާއިރު، އެކަމާއި ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ނެވެ. 

ރިޔާޒު ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ޖޭޕީއިން އަމަލުކިރާނެ ގޮތާއި ގުޅިގެން ވަރަށް ފުޅާ ދާއިރާއެއްގައި މާދަން ފެށޭ އެ ޕާޓީގެ ގައުމީ ކޮންގުރެސްގައި މަޝްވަރާކުރާނެ ކަމަށެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުން ޖޭޕީގެ މަންދޫބުން އެ ބައްދަލުވުމުގައި ބައިވެރިވާއިރު، ރައްޔިތުންގެ އިހުސާސް ހުރިގޮތް އަދި ރައްޔިތުން ބޭނުންވާ ގޮތް ކޮންގްރެސްގެ ތެރެއިން ސާފުވެގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ.

އެކަން ފާހަގަކުރައްވާ ރިޔާޒު ވިދާޅުވީ ވޭތުވެދިޔަ ތަނުގައި ރިޔާސީ އިންތިޚާބުތަކުގައި ޖުމްހޫރީ ޕާޓީއިން ވަރަށް ފުޅާ ދައުރެއް އަދާކޮށްފައިވާ ކަމަށެވެ.  ޖުމްހޫރީ ޕާޓީއަކީ ގޮތް ނިންމާ ޕާޓީކަމަށް ގިނަ ބަޔަކު ގަބޫލުކުރާއިރު، އަންނަ ރިޔާސީ އިންތިޚާބުގައި ޖޭޕީއިން ކަންކަން ބައްޓަންކުރާނެ ގޮތްތައް ކޮންގްރެސްގެ ތެރެއިން ކަނޑައެޅިގެންދާނެކަމަށް އޭނާ ވިދާޅުވި އެވެ. 

"މީގެ ކުރިންވެސް ޖުމްހޫރީ ޕާޓީއަކީ ވަރަށް ހަރަކާތްތެރި، ޚާއްސަކޮށް ރިޔާސީ އިންތިޚާބުގައި ގޮތް ނިންމާ ޕާޓީގެ ގޮތުގައި ގިނަ ބަޔަކަށް ގަބޫލުކުރެވެނީ. އެއީ އޭގެ ހަގީގަތްވެސް މެ"

ޖުމްހޫރީ ޕާޓީގެ އެޑްވައިޒަރު ރިޔާޒު ރަޝީދު 

ރިޔާޒު ވިދާޅުވީ ޖުމްހޫރީ ޕާޓީއަކީ ތަސައްވަރެއް އޮވެގެން، މެނިފެސްޓޯއަކާއެކު ވެރިކަމަށް ވާދަކުރާ ޕާޓީއެއްކަމަށެވެ. ވެރިކަން ކުރުމުގެ ފުރުސަތު މިހާތަނަށް ލިބިފައި ނެތަސް ޖޭޕީގެ ވައުދުތައް އެހެން ސިޔާސީ ޕާޓީތަކުން ކޮޕީކޮށް، ތަންފީޒު ކުރަމުންދާތަން ފެންނަކަން އޭނާ ފާހަގަކުރެއްވި އެވެ. 

އެއާއެކު އޭނާ ވިދާޅުވީ ޖުމްހޫރީ ޕާޓީގެ އުންމީދަކީ އެ ޕާޓީއިން ގައުމާއި ރައްޔިތުންގެ ކުރިއެރުމަށް ގެންގުޅޭ ތަސައްވަރު ތަންފީޒު ކުރާނެ ފުރުސަތެއް ލިބިގެން ދިއުންކަމަށެވެ. އަދި އިންތިޚާބަށް ޖޭޕީއިން ނިކުންނާނީ އެފަދަ ހުރިހާ ވިސްނުމެއް ވިސްނާ، ރައްޔިތުން ބޭނުންވާ ގޮތަށްކަމަށް އޭނާ ވިދާޅުވިއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Sep 2026
ޤުރުއާން ކިޔެވުމުގެ 38 ވަނަ ގައުމީ މުބާރާތުގެ ރަންވަނަތައް އިޒުޢާން، އާޔަން އަދި ޒީކަށް
ޙާފިޡުގެ ގޮފިން، މުޅި މުބާރާތުން އެއް ވަނަ ޚާޞިލްކޮށްފައިވަނީ އިސްމާޢީލް އިޒުޢާން އިބްރާހީމްއެވެ. މުޅި މުބާރާތުން ނުބަލާ ކިޔެވުމުގެ ގޮފިން އެެއް ވަނަ ޚާޞިލްކޮށްފައިވަނީ ޢާއިޝަތު ޒީކް ރިޔާޟްއެވެ.
25 Sep 2026
މަސްޖިދުލްޙަރާމްގެ އިމާމު ޑރ ޔާސިރް އައްދައުސަރީ ރާއްޖެ ވަޑައިގަންނަވަނީ
މިއީ 43 އަހަރު ފަހުން މަސްޖިދުލް ޙަރަމްގެ އިމާމަކު ރާއްޖެވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.
24 Sep 2026
ފަހު ހާފްގައި ޖެހި ލަނޑުތަކާއެކު ޗައިނާއިން ދިވެހިރާއްޖެ ބަލިކޮށްފި
އީތަން އަދި އިލާން ނުލައި ރާއްޖެ ނުކުތް މި މެޗުގެ ފުރަތަމަ ހާފްގައި، ޗައިނާ ކުޅުންތެރިން ފޮނުވާލި ގިނަ ހަމަލާތައް ރާއްޖޭގެ ކީޕަރު ވަނީ ވަރަށް ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.
24 Sep 2026
ގަން އެއާޕޯޓުން 3,345 ގްރާމުގެ ކެނަބިސް އަތުލައިގެންފި
މި ތަކެތި ފެނިފައިވަނީ ސެޕްޓެމްބަރު 22 ވަނަ ދުވަހު ގަން އިންޓަރނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެ އެތެރެވި އިންޑިއާގެ ދެ ރައްޔިތެއްގެ ފޮށިތައް ބަލައި ފާސްކުރުމުގެ ތެރޭގައެވެ.
24 Sep 2026
ބާރަށުގައި ރޭގަނޑު 9 ގެ ފަހުން ދަރިވަރުން ބޭރުގައި އުޅުން މަނާކޮށްފި
ޒަރޫރީ ބޭނުމެއް ނެތި ރޭގަނޑު ނުވައެއް ޖެހުމަށް ފަހު، ބެލެނިވެރިއަކާއެކު މެނުވީ ދަރިވަރުން ބޭރުގައި
24 Sep 2026
އެމްޓީސީސީގެ މަސައްކަތްތަކަށް ޔޫއޭއީ ކުންފުންޏަކުން އިންވެސްޓުކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފި
ޔޫއޭއީގެ އެންއެމްޑީސީއާ އެމްޓީސީސީ ގުޅިގެން ރާއްޖޭގައި މަޝްރޫޢުތައް ހިންގުމާއި ޑްރެޖިންގ ސަޕޯޓާއި މުވައްޒަފުން ތަމްރީނުކުރުމާ ގުޅޭ ގޮތުން އަބޫދާބީގައި މަޝްވަރާކޮށް، އެއްބަސްވުމެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ.
24 Sep 2026
ހިލޭ ޑިގްރީ ސްކީމުގައި ބައިވެރިވި ދެބައިކުޅަ އެއްބައި ދަރިވަރުން ކޯސް ނުނިންމާ
އެ ރިޕޯޓުގައި ދިރާސާކޮށްފައި ވަނީ ހިލޭ ޑިގްރީ ސްކީމް ހިންގުމުގައި ކަންކަން އޮތް ގޮތެވެ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އާއި ކިޔަވައިދޭ އެކި މަރުކަޒުތަކުން ހޯދި ތަފާސްހިސާބުތައް ދައްކާ ގޮތުން އެ މުއްދަތުގައި ޖުމްލަ 11641 ދަރިވަރުން ސްކީމުގައި ބައިވެރިވެފައިވެއެވެ. ނަމަވެސް ކޯސް ނިންމައިގެން ނުކުމެފައި ވަނީ 5833 ދަރިވަރުންނެވެ.
24 Sep 2026
ޗައިނާއާ އޮތީ ވަރަށް ގާތްގުޅުމެއް، އެ ގުޅުމުގެ ފައިދާ ވަރަށް ބޮޑު: ރައީސް
ރައީސް ވިދާޅުވީ ދެ ގައުމުގެ ގުޅުން ބިނާވެފައި އޮތީ އިހްތިރާމްގެ މައްޗަށް ކަމަށާ ރާއްޖެއާ ޗައިނާގެ ގުޅުމަކީ ފައިދާހުރި ގުޅުމެއް ކަމަަށެވެ. އެ ގުޅުމުގެ ފައިދާ މުސްތަގުބަލުގައި ވެސް ލިބިގެންދާނެ ކަމަށް ވިދާޅުވި އެވެ.