ޖުމްހޫރީ ޕާޓީގެ ޖަލްސާއެއްގައި ގާސިމް ވާހަކަދައްކަވަނީ/ ފޮޓޯ: ޖޭޕީ
ހަބަރު
23 Feb 2023 | 21:40
ރިޔާސީ އިންތިޚާބަށް ގޮތް ނިންމާ ބައްދަލުވުން ޖޭޕީން މާދަން ފަށަނީ!

900 އަށްވުރެ ގިނަ މަންދޫބުންނާއެކު ޖުމްހޫރީ ޕާޓީގެ 4 ވަނަ ގައުމީ ކޮންފަރެންސް މާދަން ފަށާނެކަން އިއުލާނުކޮށްފި އެވެ. 

އެ ކޮންފަރެންސާއި ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޕާޓީގެ ސެކެޓްރީ ޖެނެރަލް އަލީ އާރިފް ވިދާޅުވީ މި ކޮންފަރެންސަށް ވަރަށް ބޮޑު ތަރުހީބެއް ލިބިގެން ގޮސްފައިވާކަމަށެވެ.

އެގޮތުން 1000 އާއި ގާތްކުރާ އަދަދަކަށް ރާއްޖޭގެ އެކި ކަންކޮޅުތަކުން ޖޭޕީގެ މަންދޫބުން ކޮންފަރެންސްގައި ބާއިވެރިވާނެކަމަށް އޭނާ ވިދާޅުވި އެވެ. 

އެއާއެކު އެ އެންމެ ބޭފުޅުންނާއި، ސިޔާސީ ޕާޓީތަކުގެ އިސްވެރިންނަށް ދައުވަތުދީގެން ބާއްވާ ޖޭޕީގެ ގައުމީ ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތު މާދަމާ މެންދުރުފަހު 14:30 އޮންނާނެކަމަށް އާރިފް ވިދާޅުވި އެވެ. 

ޖުމްހޫރީ ޕާޓީގެ ޕްރެސް ކޮންފަރެންސްއެއްގައި އާރިފް ވާހަކަދައްކަވަނީ

"ރަސްމީ ދަންފަޅި ފެށޭނީ އިރާދަކުރެއްވިއްޔާ 14:30 ގައި، ރާއްޖޭގެ ހަމަ އިއްޒަތްތެރި ހުރިހާ ބޭފުޅުންނަށް އަޅުގަނޑުމެން ދައުވަތު އަރުވައިގެން އަދި ހުރިހާ ޕާޓީތަކަށްވެސް ދައުވަތު އަރުވައިގެން އަޅުގަނޑުމެންގެ ޑެލިގޭޓުންވެސް ހިމެނޭހެން މާދަމާގެ ރަސްމީ ދަންފަޅި ފެށިގެން ދާނީ. ރަސްމީ ސެޝަން ނިމުމަށްފަހު ދެން އޮންނާނީ ޕާޓީގެ އަސާސީ ގަވައިދަށް ހުށައެޅިފައި ހުރި އިސްލާހުތައް ޑެލިގޭޓުން ބަލައިގަނޭތޯ ނުވަތަ ނޫންތޯ ދަންނަވާ ފާސްކުރުން"

ޖޭޕީގެ ސެކެޓްރީ ޖެނެރަލް އާރިފް 

އާރިފް ވިދާޅުވީ ރަސްމީ ޖަލްސާއަށްފަހު ޖޭީގެ އަސާސީ ގަވައިދަށް ކޮންފަރެންސްގެ ބައިވެރިންގެ ތާއީދަށް އެހުން އޮންނާނެ ކަމަށެވެ. އަސާސީ ގަވައިދަށް ގެންނަން ޖެހޭ ބަދަލުތައް ފާސްކުރާނީ ކޮންފަރެންސްގެ ބައިވެރިންގެ އަގުލަބިއްޔަތުންކަން އޭނާ ފާހަގަކުރެއްވި އެވެ. 

ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ގޮތް ނިންމުމަށް، ގައުމީ ކޮންފަރެންސްއަށް މިހާރު ވަނީ ގަރާރެއްވެސް ހުށައަޅާފަ އެވެ. އެ ގަރާރު ހުށައަޅުއްވާފައިވަނީ މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ ކުރީގެ މެންބަރު އަބްދުالله އަހްމަދެވެ.

އެ ގަރާރު ވަނީ ހޮނިހިރު ދުވަހުގެ އެޖެންޑާގައި ހިމަނާފަ އެވެ. އެގޮތުން ގަރާރަށް ބަހުސް ކުުރުން އޮންނާނީ އެ ދުވަހުގެ މެންދުރު ފަހު 2:30 ގައެވެ. ގަރާރަށް ބަހުސް ކުރުމަށް ދޮޅުގަޑިއިރު ވަނީ ކަނޑައަޅާފަ އެވެ.

އާރިފް ވިދާޅުވީ އެ ގަރާރަށް ބަހުސްކުރުމަށް އެދިވަޑައިގަންނަވާ ހުރިހާ ބޭފުޅުންނަށް އެ ފުރުސަތު ދެއްވާނެކަމަށެވެ. އެ ގަރާރާމެދު އެ ދުވަހު ހަވީރު 4:00 ގައި ގޮތް ނިންމަން ވޯޓަށް އަހަން ވެސް ވަނީ އެޖެންޑާ ކޮށްފަ އެވެ.

ރިޔާސީ އިންތިާޚުގައި ޕާޓީގެ ކެންޑިޑޭޓެއް ނެރެގެން ވާދަކުރުމާއި ގުޅޭގޮތުން ގޮތެއް ނިންމާނީ ގައުމީ ކޮންފަރެންސަށްފަހު ނަގާ ކައުންސިލުންކަމަށް ޖުމްހޫރީ ޕާޓީއިން ވަނީ މީގެ ކުރިން ބުނެފައެވެ. އެހެން ނަމަވެސް މި ގަރާރާއެކު އެކަމަށް ގޮތެއް ނިންމުން އަވަސް ވެގެންދާނެއެވެ. 

ޖޭޕީގެ ޖަލްސާއެއްގައި ޤާސިމް ވާހަކަދައްކަވަނީ.. ފޮޓޯ: އަވަސް 

ރިޔާސީ އިންތިޚާބަށް ޖޭޕީން ވާދަކުރާނަމަ އެ ޕާޓީގެ ކެންޑިޑޭޓަކަށް ވާނީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމެވެ. 

މިއަދުގެ ޕްރެސް ކޮންފަރެންސްގައި ވާހަކަދެއްކެވި ހުރިހާ ބޭފުޅުންވެސް ވަނީ އަންނަ ރިޔާސީ އިންތިޚާބުގައި ޖޭޕީން ވަކި ކެންޑިޑޭޓަކާއި އެކު ވާދަކުރުމުގެ ޝައުގުވެރިކަން ހުރިކަން ފާޅުކޮށްފައެވެ. އަދި އެފަދައިން ވާދަކުރަން ބޭނުންވާކަމަށް ވިދާޅުވެފައެވެ. 

އެހެން ނަމަވެސް އެ ނިންމުން ނިންމާނީ މާދަން ފެށޭ އެ ޕާޓީގެ ގައުމީ ކޮންފަރެންސްގައެވެ. އަދި ޖޭޕީގެ އެ ނިންމުމަކީ މިއަދު ގިނަ ރައްޔިތުން ބަލަން ބޭނުންވެފައި ތިބި ނިންމުމެއްކަމަށް ޕާޓީގެ ސެކެޓްރީ ޖެނެރަލް އާރިފް ވިދާޅުވިއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.