ފަޔާޒް، ހޯޕް ޖަމިއްޔާގެ އެހެން މެމްބަރަކާއި އެކު
ރިޕޯޓް
26 Feb 2023 | 09:43
ފަޔާޒް، ލޯފަންވިޔަސް ޔަތީމުންނަށް އެހީވުމަށް ކުރީސަފުގައި

އއ އުކުޅަހަށް އުފަން އަހްމަދު ފަޔާޒަކީ ލޮލަށްނުފެނުނަސް ހިންގުންތެރި ޒުވާނެކެވެ. އުކުޅަހުގައި ހިންގާ ހޯޕް ޖަމިއްޔާގެ ރައީސް އަކީވެސް ފަޔާޒެވެ.

ހޯޕް ޖަމިއްޔާ އާއި ފަޔާޒް މިހާރު މަސައްކަތް ކުރަމުންދަނީ އެރަށުގެ ޔަތީމު ކުދިން ކޮޅެއްގެ ގެ ހެދުމުގެ މަސައްކަތެވެ. މި ޕޮރެޖެކްޓުގެ ފުރަތަމަ ފިޔަވަހީގެ ދަށުން މިހާރުވަނީ އެގޭގެ ބަދިގެ ހަދައި ނިންމައި އެ އާއިލާއާއި ހަވާލުކޮށްފައެވެ.

މިކަމާއި ގުޅިގެން "ވޮއިސް" އަށް ދެއްވި ބަސްދީގަތުމެއްގައި ފަޔާޒް ވިދާޅުވީ، 4 ކުދިންނާއި އެކު އެކަނިވެރި މަންމައަކު ދިރިއުޅެމުންދާ މިގެ މަރާމާތުކޮށް ހެދުމުގެ މަސައްކަތުގައި ރަށުގެ އަމިއްލަ ފަރާތްތަކާއި ބައެއް ޖަމިއްޔާތަކުގެ އެހީތެރިކަން ލިބެމުންދާކަމަށެވެ. އަދި މިކަމުގައި އިސްކޮށް އުޅެނީ ހޯޕް ޖަމިއްޔާ އާއި ޚިދްމަތް ޖަމިއްޔާކަން ފަޔާޒް ފާހަގަ ކުރެއްވިއެވެ.

"ޢަމަލީ ގޮތުން ބައެއް ފަހަރު އެކަހަލަ މަސައްކަތް ކޮށްއުޅެން އަޅުގަނޑުވެސް، އެވަގުތު އެތަނަށް އަރާ ލެވުނީމަ، މީހުން މަދު ވަގުތަކަށް ވީމަ މަސައްކަތުގައި ބައިވެރިވެލީ، ބައިވެރިވެލެވުނީމަ ވަރަށް އުފާވި، ނުކުޅެދުންތެރިކަން ހުންނަ މީހަކަށް ވެފައި، އަޅުގަނޑަކީވެސް ބޭނުން ޖެހިފައި ވާ މީހަކަށް ވެފައި، އެއިހުސާސްތައް އަޅުގަނޑަށް އެނގޭ، އަޅުގަނޑު އެއްޗަކަށް ބޭނުންވެފައި ހުންނަ ވަގުތު އެއްޗެއް ލިބުނީމަ ވާ އުފާ އިހްސާސް ކުރެވޭ، އެހެން ވީމަ އެހެން ބަޔަކަށް އަޅުގަނޑު މެދުވެރިވެގެން އެހީ ތެރިކަން ފޯރުކޮށްދެވުނީމަ ވަރަށް ހިތްހަމަޖެހޭ" 

އަހްމަދު ފަޔާޒު 

މިހާރު ކުރިއަށްދާ ޕްރޮޖެކްޓުގެ ޢަމަލީމަސައްކަތުގައި ފަޔާޒް އަދި ޖަމިއްޔާގެ ބައިވެރިން

މި ޕްރޮޖެކްޓް ރޯދަ މަސް ފެށެން ވާއިރަށް ނިންމާލުމަކީ އެޖަމިއްޔާގެ އަމާޒުކަމަށް ފަޔާޒް ބުންޏެވެ. މިމަސައްކަތް ފެށިތާ މިހާރު ތިން މަސް ވެފައި ވާކަމަށާއި އެކި އެކި ގޮންޖެހުން ތަކާއި އެކު މިހާހިސާބަށް މިމަސައްކަތް ގެންދެވިފައިވާ ކަމަށް ފަޔާޒް ބުންޏެވެ.

އެގޮތުން ކައްކާ ކެވޭނެ ގޮތަށް ބަދިގެ ހަދައި ހަވާލު ކުރެވިފައި ވާކަމަށާ އަދި ސިޓިންގރޫމާއި ގޭގެ އެކި ތަންތަނުން ވާރޭ ވެހޭނަމަ ފެން ވަންނާތީ އެކަންކަން ރަނގަޅު ކުރާނެ ކަމަށް ފަޔާޒް ބުންޏެވެ.

ފަޔާޒް އިތުރަށް ބުނީ ގެ މަރާމާތު ކޮށް ހަދައި ނިންމާ ހަވާލު ކުރާނީ ފަރުނީޗަރާއި ހިފައި ގެންގުޅޭ ސާމާނާއި ކަރަންޓު ސާމާނާއި އެކުގައި ކަމަށެވެ.

މީގެ އިތުރުން ފަޔާޒް ފާހަގަ ކުރި އެންމެ މުހިންމު ކަމަކީ ގެ ހަދައި ކަރަންޓު ސާމާނާއި އެކު ގެ ހަވާލުކުރުމުން އެއާލާއަށް އިތުރު ބުރައަކަށް ވެދާނެ ކަމަށް ވިސްނައި، އެ ގޯތީގެ ބާކީ އޮތް ބިމުގައި ތަނެއް އިމާރާތް ކޮށް އެތަން އެހެން ބަޔަކަށް ކުށްޔަށްދީ އެތަނުން އެއާއިލާއަށް ފައިސާ ލިބޭނެ ގޮތެއް އިންތިޒާމު ކުރާނެ ކަމަށެވެ.

ފަޔާޒް އިސްވެ ހުރެ ހިންގާ އުކުޅަސް ހޯޕަކީ އެރަށުގައި ފާހަގަ ކޮށްލެވޭ ޖަމިއްޔާއެކެވެ. ރަށުގައި ހިންގާ އިޖްތިމާއީ އަދި ދީނީ ހަރަކާތް ތަކުގެ ކުރީ ސަފުން ފަޔާޒު އާއި އެނާގެ ޖަމިއްޔާގެ މެމްބަރުން ފެނިގެންދެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.