ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް އާއި ރައީސް މުހައްމަދު ނަޝީދު ކޮންގްރެސް ފެށުމުގެ ރަސްމިއްޔާތުގައި-- ފޮޓޯ/ ޖޭޕީ
ހަބަރު
24 Feb 2023 | 15:35
ރައީސް ނަޝީދު ޖޭޕީގެ ކޮންގްރެސް ގައި

ޖުމްހޫރީ ޕާޓީގެ 4 ވަނަ ގައުމީ ކޮންފަރެންސް މިއަދު ފެށިގެން ގޮސްފައިވާއިރު، ކޮންގްރެސް ފެށުމުގެ ރަސްމިއްޔާތުގައި ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ބައިވެރިވެވަޑައިގެންފިއެވެ. 

މިއަދު މެންދުރު 2:30 ގައި، ފެށުނު ޖޭޕީގެ ކޮންގްރެސް ގައި 1000 އާއި ގާތްކުރާ އަދަދަކަށް ރާއްޖޭގެ އެކި ކަންކޮޅުތަކުން ޖޭޕީގެ މަންދޫބުން ވަނީ ބައިވެރިވެފަ އެވެ. 

އަދި އެ މަންދޫބުންގެ އިތުރުން ސިޔާސީ ޕާޓީތަކުގެ އިސްވެރިންނަށްވެސް ޖޭޕީގެ ގައުމީ ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތަށް ދައުވަތު ދެއްވާފައިވާ ކަމަށް އެންމެ ފަހުން ބޭއްވި އެ ޕާޓީގެ ނޫސްވެރިންގެ ބައްދަލުވުމުގައި ޕާޓީން ބުނެފައިވެއެވެ. 

"ރާއްޖޭގެ ހަމަ އިއްޒަތްތެރި ހުރިހާ ބޭފުޅުންނަށް އަޅުގަނޑުމެން ދައުވަތު އަރުވައިގެން އަދި ހުރިހާ ޕާޓީތަކަށްވެސް ދައުވަތު އަރުވައިގެން އަޅުގަނޑުމެންގެ ޑެލިގޭޓުންވެސް ހިމެނޭހެން މާދަމާގެ ރަސްމީ ދަންފަޅި ފެށިގެން ދާނީ." ޖޭޕީގެ ސެކެޓްރީ ޖެނެރަލް އާރިފް ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވެފައިވެއެވެ. 

ޖޭޕީގެ އިސް ލީޑަރުންނާއި ރައީސް މުހައްމަދު ނަޝީދު ކޮންގްރެސް ފެށުމުގެ ރަސްމިއްޔާތުގައި-- ފޮޓޯ/ ޖޭޕީ

އެހެންކަމުން، ރައީސް ނަޝީދު ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންފައި މިވަނީ އެ ހައިސިއްޔަތުން ކަމަށް ބެލެވެއެވެ. 

ރައީސް ނަޝީދުގެ އިތުރުން ޖޭޕީގެ ކޮންގްރެސް ގައި އެމްއާރުއެމް ގެ ރައީސް ފާރިސް މައުމޫން އާއި، އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުالله ވެސް ވަނީ ކޮންގްރެސް ގައި ބައިވެރިވެވަޑައިގެންފައެވެ. 

ކޮމެންޓް
އިއްބެ
އަމިއްލައެދުންބޮޑުވެ ލަދުހަޔާތްހުސްވެއްޖެކޮއްމެމީހަކު އުޅޭކަށްވަކިގޮތެއްނޯންނާނެއެވެ
24 Feb 2023
ގުޅޭ ލިޔުންތައް
25 Sep 2026
ޤުރުއާން ކިޔެވުމުގެ 38 ވަނަ ގައުމީ މުބާރާތުގެ ރަންވަނަތައް އިޒުޢާން، އާޔަން އަދި ޒީކަށް
ޙާފިޡުގެ ގޮފިން، މުޅި މުބާރާތުން އެއް ވަނަ ޚާޞިލްކޮށްފައިވަނީ އިސްމާޢީލް އިޒުޢާން އިބްރާހީމްއެވެ. މުޅި މުބާރާތުން ނުބަލާ ކިޔެވުމުގެ ގޮފިން އެެއް ވަނަ ޚާޞިލްކޮށްފައިވަނީ ޢާއިޝަތު ޒީކް ރިޔާޟްއެވެ.
25 Sep 2026
މަސްޖިދުލްޙަރާމްގެ އިމާމު ޑރ ޔާސިރް އައްދައުސަރީ ރާއްޖެ ވަޑައިގަންނަވަނީ
މިއީ 43 އަހަރު ފަހުން މަސްޖިދުލް ޙަރަމްގެ އިމާމަކު ރާއްޖެވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.
24 Sep 2026
ފަހު ހާފްގައި ޖެހި ލަނޑުތަކާއެކު ޗައިނާއިން ދިވެހިރާއްޖެ ބަލިކޮށްފި
އީތަން އަދި އިލާން ނުލައި ރާއްޖެ ނުކުތް މި މެޗުގެ ފުރަތަމަ ހާފްގައި، ޗައިނާ ކުޅުންތެރިން ފޮނުވާލި ގިނަ ހަމަލާތައް ރާއްޖޭގެ ކީޕަރު ވަނީ ވަރަށް ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.
24 Sep 2026
ގަން އެއާޕޯޓުން 3,345 ގްރާމުގެ ކެނަބިސް އަތުލައިގެންފި
މި ތަކެތި ފެނިފައިވަނީ ސެޕްޓެމްބަރު 22 ވަނަ ދުވަހު ގަން އިންޓަރނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެ އެތެރެވި އިންޑިއާގެ ދެ ރައްޔިތެއްގެ ފޮށިތައް ބަލައި ފާސްކުރުމުގެ ތެރޭގައެވެ.
24 Sep 2026
ބާރަށުގައި ރޭގަނޑު 9 ގެ ފަހުން ދަރިވަރުން ބޭރުގައި އުޅުން މަނާކޮށްފި
ޒަރޫރީ ބޭނުމެއް ނެތި ރޭގަނޑު ނުވައެއް ޖެހުމަށް ފަހު، ބެލެނިވެރިއަކާއެކު މެނުވީ ދަރިވަރުން ބޭރުގައި
24 Sep 2026
އެމްޓީސީސީގެ މަސައްކަތްތަކަށް ޔޫއޭއީ ކުންފުންޏަކުން އިންވެސްޓުކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފި
ޔޫއޭއީގެ އެންއެމްޑީސީއާ އެމްޓީސީސީ ގުޅިގެން ރާއްޖޭގައި މަޝްރޫޢުތައް ހިންގުމާއި ޑްރެޖިންގ ސަޕޯޓާއި މުވައްޒަފުން ތަމްރީނުކުރުމާ ގުޅޭ ގޮތުން އަބޫދާބީގައި މަޝްވަރާކޮށް، އެއްބަސްވުމެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ.
24 Sep 2026
ހިލޭ ޑިގްރީ ސްކީމުގައި ބައިވެރިވި ދެބައިކުޅަ އެއްބައި ދަރިވަރުން ކޯސް ނުނިންމާ
އެ ރިޕޯޓުގައި ދިރާސާކޮށްފައި ވަނީ ހިލޭ ޑިގްރީ ސްކީމް ހިންގުމުގައި ކަންކަން އޮތް ގޮތެވެ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އާއި ކިޔަވައިދޭ އެކި މަރުކަޒުތަކުން ހޯދި ތަފާސްހިސާބުތައް ދައްކާ ގޮތުން އެ މުއްދަތުގައި ޖުމްލަ 11641 ދަރިވަރުން ސްކީމުގައި ބައިވެރިވެފައިވެއެވެ. ނަމަވެސް ކޯސް ނިންމައިގެން ނުކުމެފައި ވަނީ 5833 ދަރިވަރުންނެވެ.
24 Sep 2026
ޗައިނާއާ އޮތީ ވަރަށް ގާތްގުޅުމެއް، އެ ގުޅުމުގެ ފައިދާ ވަރަށް ބޮޑު: ރައީސް
ރައީސް ވިދާޅުވީ ދެ ގައުމުގެ ގުޅުން ބިނާވެފައި އޮތީ އިހްތިރާމްގެ މައްޗަށް ކަމަށާ ރާއްޖެއާ ޗައިނާގެ ގުޅުމަކީ ފައިދާހުރި ގުޅުމެއް ކަމަަށެވެ. އެ ގުޅުމުގެ ފައިދާ މުސްތަގުބަލުގައި ވެސް ލިބިގެންދާނެ ކަމަށް ވިދާޅުވި އެވެ.