ޖޭޕީގެ 4 ވަނަ ގައުމީ ކޮންފަރެންސްގައި ޤާސިމް ވާހަކަދައްކަވަނީ/ ފޮޓޯ: ޖޭޕީ
ހަބަރު
24 Feb 2023 | 18:20
ސިޔާސީ މަޝްރަހުގައި އެކި ބޭފުޅުންގެ ފަރާތުން އަނިޔާވެރިކަން ކުރިމަތިވި: ގާސިމް

ވޭތުވެދިޔަ ދުވަސްތަކުގައި ސިޔާސީ މަޝްރަހުގައި އެކިއެކި ބޭފުޅުންގެ ފަރާތުން އަނިޔާވެރިކަން ކުރިމަތިވި ނަމަވެސް، އެބޭފުޅުންނާ ދޭތެރޭ އެއްވެސް ހިތްބުރަކަމެއް ނެތް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ. 

ޖުމުހޫރީ ޕާޓީއިން ކުރިއަށް ގެންދާ ކޮންފަރެންސް ޝަރަފުވެރިކޮށްދެއްވައި ވާހަކަދައްކަވަމުން ގާސިމް ވިދާޅުވީ، 2018 ވަނަ އަހަރުގެ ތެރޭގައި ބޭއްވި އެ ޕާޓީގެ ގައުމީ ކޮންފަރެންސް ބޭއްވުނީ ވަރަށް އުނދަގޫ ހާލަތެއްގައި ކަމަށެވެ. އޭރުއޮތީ މާލޭގައި ކޮންފަރެންސް ބޭއްވޭ ކަހަލަ ހާލަތެއްގައި ނޫންކަމުން ކޮންފަރެންސް ބާއްވަން ޖެހުނީވެސް މާލެއިން ބޭރުގައި ކަމަށް ވިދާޅުވި އެވެ.

އެދުވަސްވަރު ތަފާތު އެކި ބާވަތްތަކުގެ ހުކުމްތަކާއި ބޮޑެތި އަދަބުތައް ރާއްޖޭގެ އެކި ސިޔާސީ ލީޑަރުންގެ ފަހަތުން ދިޔައީ ފުމެ އަރަމުން. މަނިކުފާނު (ރައީސް ނަޝީދު) އަކީވެސް އޭގެ ވިކްޓިމްއެއް. އިމްރާން އަކީވެސް އޭގެ ވިކްޓިމްއެއް. ފާރިސް މައުމޫން އަކީވެސް އޭގެ ވިކްޓިމްއެއް. އަޅުގަނޑަކީވެސް އޭގެ ވިކްޓިމްއެއް. މިހެންގޮސް ނަން ހުސްކޮށް އަޅުގަނޑުމެން ކިޔަމުން ހިންގަވާ. 

ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް 

ގާސިމް ވިދާޅުވީ، ސިޔާސީ މަޝްރަހުގައި އުޅޭއިރު އެފަދަ ސިޔާސީ ކުޅިގަނޑު ތަކާއި ދިމާވާނެ ކަމަށާ، އެހެން ނަމަވެސް އެއީ އެކަމާއި މެދު ހިތްބޮޑު ކޮށްގެން، ހަސަދަލައިގެން، ފަހަތުންދުވެ، "ނުނެއްޓިގެން" އުޅެންވީ ސަބަބެއް ނޫން ކަމަށެވެ. 

އަޅުގަނޑުމެންގެ ހަމަގައިމުވެސް ހިތް ޚަލާސް. އަޅުގަނޑުގެ ހަމަގައިމުވެސް ވަރަށް އިޚްލާޞްތެރި ކަމާއި އެކު ހިތް ޚަލާސް ކުރަން. އެއްވެސް ކަހަލަ ބުރަކަމެއް އަޅުގަނޑުގެއެއް ނެތް އެއިން އެއްވެސް ބޭފުޅަކާއި މެދުގަ

ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް 

ގާސިމް އިތުރަށް ވިދާޅުވީ، 2018 ވަނަ އަހަރުގެ ތެރޭގައި ގިނަ ސިޔާސީ ލީޑަރުން ތިބީ އެކި ސިޔާސީ ކަންކަމާއި ގުޅުވައި ހައްޔަރު ކުރެވިފައި ނުވަތަ ބޭރު ގައުމުތަކުގައި ނޫނީ ޖަލު ގޮޅިތަކެއްގައިކަމަށެވެ.

ގާސިމް ވިދާޅުވީ، އެމަނިކުފާނުވެސް ދޫނިދޫ ޖަލުގައިވެސް ހުންނަވަން ޖެހުނު ކަމަށާ، އަދި ނުހައްގުން ކުރި ހުކުމެއްގެ ސަބަބުން އެނާވެސް ބޭރުގެ ދެ ގައުމެއްގައި ހުންނަވަން ޖެހިވަޑައިގަތް ކަމަށެވެ. 

އެހެންނަމަވެސް ޕާސް ޕޯޓު އަތުލުން ފަދަ ދަތިތައް ކުރިމަތިވެގެންދިޔަކަމަށާއި އެ ދުވަސްވަރު އުޅުއްވަންޖެހުނީ، "ދުނިޔެ މެދަށް އުފަންވެފައި ހުރި ގައުމެއް ނެތް މީހެއްގެ" ގޮތުގައިކަމަށް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ، އެމަނިކުފާނު ސިންގަޕޫރުގައި ހުންނެވީ ޚާއްސަ ހުއްދައެއްގެ ދަށުން ކަމަށާ، އެތަނުގައި ހުރުމަށްވެސް އަދި ޖަރުމަނު ވިލާތަށް ފުރާވަޑައިގަތުމަށްވެސް އެހީތެރިވެވަޑައިގެންނެވީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުކަމަށެވެ. އަދި ރައީސ  ނަޝީދު ކޮށްދެއްވި ކަންކަމަށް ރައީސް ނަޝީދަށް ޝުކުރުވެރިވެވަޑައިގަންނަވާކަމަށްވެސް ވިދާޅުވި އެވެ. 

މީގެ އިތުރުންވެސް ގާސިމް ވަނީ، ރައީސް މައުމޫނުގެ ވެރިކަމުގައިވެސް އިސްލާހަށް މަސައްކަތް ކުރެއްވުމުގެ ތެރެއިން އެމަނިކުފާނާއި ރައީސް ނަޝީދަށް ވެސް ގިނަ ގުނަ ކަންކަމާއި ކުރިމަތިވެގެން ދިޔަ ކަން ފާހަގަ ކުރައްވައި، އެކަންކަމާއި މެދުވެސް އެއްވެސް ހިތް ބުރަކަމެއް ނެތް ކަމަށް ވިދާޅުވެފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Aug 2026
ޒުވާނުންނަކީ ގައުމުގެ އެންމެ ބޮޑު ބާރު، ފުރުސަތުތައް ފަހިކޮށްދޭނަން
ދިވެހި ޒުވާނުންނަކީ ގައުމުގެ އެންމެ ބޮޑު އެއް ބާރު ކަމަށާ، ޒުވާނުން ބާރުވެރިކުރުވުމަށް ސަރުކާރުން މަސައްކަތް ކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
12 Aug 2026
ފަލަސްތީނުގެ 1,700 މީހުންގެ ހަށިގަނޑު އިސްރާއީލުން ހިފަހައްޓާފައި
އިސްރާއީލުގެ ސަލާމަތީ ބާރުތަކުން، މުސްތަގުބަލުގައި ބަދަލުކުރެވޭ "ބާގޭނިންގ ޗިޕްސް"ގެ ގޮތުގައި ފަލަސްތީނުގެ 1,700 އެއްހާ މީހުންގެ ހަށިގަނޑު ހިފަހައްޓާފައިވާކަން ހާމަވެއްޖެއެވެ.
12 Aug 2026
ކުޑަކުއްޖަކު ސީޓްބެލްޓް އަޅަން ދެކޮޅުހެދުމުން ކެނެޑާގެ ފްލައިޓެއް ކެންސަލްކޮށްފި
މި މަހުގެ 6 ވަނަ ދުވަހު ހިނގި މި ހާދިސާގައި، ފްލައިޓް ނައްޓާލަން ތައްޔާރުވަމުން ދަނިކޮށް އެ ކުއްޖާ ވަނީ ގޮނޑިން ތެދުވެ ސީޓްބެލްޓް އެޅުމަށް އިންކާރުކޮށްފައެވެ. އެއަރލައިނުން ބުނި ގޮތުގައި، ކުއްޖާގެ ބެލެނިވެރިޔާއާއި ފްލައިޓްގެ ކުރޫއިން އެ ކުއްޖާ މައިތިރިކޮށް ސީޓްބެލްޓް އެޅުވުމަށް ކުރި މަސައްކަތް ވަނީ ނާކާމިޔާބުވެފައެވެ.
12 Aug 2026
މިސައިލް ނުރައްކަލާ ގުޅިގެން ޓްރަމްޕް ސިއްރުން ބޯޓު ބަދަލުކޮށްފި
މިދިޔަ މަހު ތުރުކީގައި ބޭއްވި ނޭޓޯ ސަމިޓަށް ފަހު އެނބުރި އެމެރިކާއަށް ވަޑައިގެންނެވުމުގެ ދަތުރުގައި އީރާނުގެ މިސައިލް ހަމަލާއެއް އައިސްދާނެ ކަމުގެ ޖާސޫސީ މަޢުލޫމާތާ ގުޅިގެން ރައީސް ޑޮނަލްޑް ޓްރަމްޕް ސިއްރިޔާތުގައި އެހެން މަތިންދާބޯޓަކަށް ބަދަލުކޮށްފައިވާކަން ހާމަވެއްޖެއެވެ.
12 Aug 2026
ސޫރިޔާގެ ކޯޓުން ބައްޝާރުލް އަސަދާއި އާއިލާގެ ދެ މެންބަރަކަށް މަރުގެ ޙުކުމް އިއްވައިފި
ސޫރިޔާގެ ދާޚިލީ ހަނގުރާމައިގައި ހިންގި ޖަރީމާތަކާ ގުޅިގެން ބައްޝާރުލް އަސަދާއި ކޮއްކޮ މާހިރާއި ދެބެންގެދެދަރި އާތިފް ނަޖީބުގެ މައްޗަށް ދިމިޝްގުގެ ކޯޓުން މަރުގެ ޙުކުމް އިއްވައިފިއެވެ.
11 Aug 2026
މުދައްރިސުންގެ ދަތިކަމަށް ހައްލު ހޯދަން ސްރީލަންކާއިން މަސައްކަތް ފަށައިފި
ސައެންސާއި ހިސާބު ފަދަ މާއްދާތަކަށް ބޭނުންވާ މުދައްރިސުންގެ ޢަދަދު މަދުވެފައިވާތީ އައު މުދައްރިސުން ނެގުމުގެ މަރުޙަލާ އަވަސް ކުރުމަށް ބޮޑު އިސްކަމެއް ދިނުމަށް ވަނީ ނިންމާފައި
11 Aug 2026
ސީއެމްޑީއޭގެ ނަމުގައި ފޭކް ފޭސްބުކް ޕޭޖެއް ހިންގާތީ ސަމާލުވާން އެދިއްޖެ
ސީއެމްޑީއޭއިން ވަނީ އިންވެސްޓަރުންނާއި ޢާންމު ރައްޔިތުން އެ ޕޭޖާ އެއްވެސް މުޢާމަލާތެއް ނުކޮށް ޒާތީ މަޢުލޫމާތު ހިއްސާ ނުކޮށް އަދި އެ ޕޭޖުގެ އެއްވެސް ކޮންޓެންޓަކަށް ބިނާކޮށް ޢަމަލު ނުކުރުމަށް އެދިފައެވެ.
11 Aug 2026
ދައުލަތުގެ ބެލުމުގެ ދަށަށް ކުއްޖަކު ގެންނަނީ، އެނޫން އެހެންގޮތެއް ނެތުމުން
މައިންބަފައިންގެ ކިބައިގައި ނުކުޅެދުންތެރިކަމެއް ހުރުމަކީ ކުއްޖާ ވަކިކުރުމުގެ ޞައްޙަ ސަބަބެއް ނޫން ކަމަށާއި ދައުލަތުގެ ބެލުމުގެ ދަށަށް ނެގުމަކީ އެ ޤާނޫނުގެ ދަށުން އެޅޭނެ އެންމެ ފަހު ފިޔަވަޅު ކަމަށް ވެސް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ