ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް-- ފޮޓޯ/ ޖޭޕީ
ހަބަރު
24 Feb 2023 | 17:06
ޖޭޕީއާއި މެދު އަމަލުކުރަމުންދާ ގޮތް ގާސިމް ގުޅުވާލީ، ކަނދި ކަމަނާގެ މަސްތެލުލުމާ

ރިޔާސީ އިންތިޚާބު ތަކާއި ދިމާކޮށް ޖޭޕީ ވަރެއް ނޯންނަ ކަމަށާ، އެހެން ނަމަވެސް، އިންތިޚާބު ކާމިޔާބު ވުމުން، ސަރުކާރަށް ލިބޭ ކާމިޔާބީ ތަކުގައި ޖޭޕީގެ ހިއްސާއެއް އޮންނަ ކަމަށް ނުވާކަމަށާ، އެކަންކަން ގިނަ ފަހަރަށް ވަމުންދަނީ "ކަނދި ކަމަނާގެ މަސްތެލުލުމަށް" ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ. 

ޖޭޕީގެ ގައުމީ ކޮންފަރެންސް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޤާސިމް ވިދާޅުވީ، 2008 ވަނަ އަހަރުގެ ފަހުން ރާއްޖޭގައި އެކުލަވައިލެވުނު ކޮންމެ ސަރުކާރެއް އެކުލަވައިލުމުގައި ޖުމްހޫރީ ޕާޓީގެ ދައުރު ވަރަށް ބޮޑު ކަމަށެވެ.

އަދި ޖުމްހޫރީ ޕާޓީން ރިޔާސީ އިންތިހާބު ތަކުގައި ވާދަކުރަނީ ރައްޔިތުންނަށް ފައިދާ ހުރި ވަރަށް މުހިންމު ވައުދުތަކާއި އެކުގައި ކަމަށްވީނަމަވެސް އިންތިޚާބު ތަކުގެ ފުރަތަަމަ ބުރުން ކާމިޔާބީ ނުލިބުމުން ކޯލިޝަން ހަދަން ޖެހޭ ކަމަށާ، ޖޭޕީގެ އެ ވައުދުތައް ހިމަނަންޖެހެނީ ކޯލިޝަން ހަދާ ޕާޓީއެއްގެ މެނިފެސްޓޯ ތެރޭގައި ކަންވެސް ގާސިމް ފާހަގަކުރެއްވިއެވެ. 

އެހެންކަމުން، 2008, 2013 އަދި 2018 ވަނަ އަހަރުވެސް އެކުލަވައި ލެވުނު ހުރިހާ ސަރުކާރެއްގައިވެސް ޖޭޕީގެ ހިއްސާ އޮންނާނެ ކަމަށާ، ޖޭޕީއާއި ނުގުޅި އެ ސަރުކާރުތަކަށް ކާމިޔާބީ ނުލިބޭނެ ކަމަށްވާއިރު، އެ ސަރުކާރުތަކުން ގެނައި ތަރައްގީ ތަކުގައިވެސް ޖޭޕީ ޝާމިލުވާނެ ކަމަށް ގާސިމް ވިދާޅުވި އެވެ. 

މިއާއެކު ގާސިމް ވިދާޅުވީ ރައްޔިތުންގެ އުއްމީދުތައް ފުރިހަމަ ކޮށްދިނުމަށްޓަކައި ސަރުކާރުތަކާއި އިއްތިހާދު ވެވެނީ، މެނިފެސްޓޯ އެކުލަވައި ލުމާއި، ތަންފީޒް ކުރުމުގެ ހުރިހާ މަރުހަލާއެއްގައިވެސް ޖޭޕީގެ ބައިވެރިވުން ބޭއްވުމަށް ކަމަށެވެ.

އެހެން ނަމަވެސް ކަންވަނީ އެހެން ނޫން ކަމަށާއި، އެކަމާއި ގުޅިގެން އެޕާޓީގެ މެންބަރުން އިންތިހާއަށް ކަންބޮޑުވާ ކަމަށްވެސް ގާސިމް ވިދާޅުވި އެވެ. އަދި ކެތްތެރިކަމާއިއެކު ޖޭޕީން ތިބެނީ، ރައްޔިތުންނަށް އެ ޕާޓީން ކޮށްދޭން ބޭނުންވާ ކަންކަމުގެ ކުޑަ މިންވަރެއްވެސް ފުރިހަމަ ވެގެން ދިޔުމަކީ ޖުމްލަކޮށް ރާއްޖޭގެ ގިނަ ބަޔަކަށް އޭގެ މަންފާކުރާނެ ކަމެއް ކަމަށްވާތީ ކަމަށް ގާސިމް ވިދާޅުވި އެވެ. 

"ނަމަވެސް ހިތާމައަކީ ގިނަފަހަރަށް ސަރުކާރު އެކުލަވާލުމަށްފަހު ސަރުކާރުން ހާސިލްކުރާ ރަނގަޅު ކަންކަން ޖުމްހޫރީ ޕާޓީއަށް ނިސްބަތްކުރުމަށް ބައެއް ފަރާތްތަކުން ޖެހިލުންވާކަން. ސަރުކާރުން ވައުދުފުއްދަމުންދާއިރު ކޯލިޝަން ޕާޓްނަރުގެ ރޯލެއް އެކަމުގައި އޮންނަ ކަމަކަށް ނުދެކޭ. އެކަމަކު ސަރުކާރު އެކަލަވާލަންވީމާ ޖޭޕީ ވަރެއް ނޯންނަ ކަމަށް ބައެއް ބޭފުޅުން ދެކޭ." 

"އަޅުގަނޑުމެން ފޮނުވާ ވަޒީރުންވެސް ކެބިނެޓް ތަކުގައި ތިއްބަވާ. ކުންފުނި ތަކުގައިވެސް ނުހަނު ބުރަކޮށް މަސައްކަތް ކުރައްވާ. ނަމަވެސް ނެރެވޭ ހެޔޮ ނަތީޖާގައި އަޅުގަނޑުމެންގެ ބައިވެރިވުން އޮންނަ ކަމަކަށް ނުވޭ. ދޭ އެހީތެރިކަމެއްވެސް އޮންނަ ކަމަކަށް ނުވޭ. މިއީ ކިހިނެއް ވާނެ ކަމެއްތޯ؟ މިކަންކަން ދާނީ ގިނަ ފަހަރަށް، ދިވެހި ބަހުގައި ބުނެ އުޅޭ މިސާލެއް އަޅުގަނޑު ދަންނަވާލަފާނަން އިއްޒަތްތެރި ރައީސަށް (ރައީސް ނަޝީދަށް) އިނގޭތޯ؟. ކަނދި ކަމަނާގެ މަސްތެލުލުމަށް... މަސްކޮޅު މީރިއްޔާ އެއީ ކަމަނާގެ މޮޅުކަން. ރަހަ ގޯސް ވިއްޔާ އެއީ އެހެން ކޮންމެވެސް މީހެއްގެ މައްސަލަ އެއް" ގާސިމް ވިދާޅުވި އެވެ. 

ގާސިމް ވިދާޅުވީ 2008 ވަނަ އަހަރުން ފެށިގެންވެސް ޖޭޕީ ދަނީ މި ތަޖުރިބާ ކުރަމުން ކަމަށާ، އެއީ އެ ޕާޓީއަށް އައު ތަޖުރިބާއެއް ނޫން ކަމަށެވެ. އަދި ޖުމްހޫރީ ޕާޓީ ކުރިއަށް ދާނީ އެކަން ކަމުގެ ތެރެއިން އިބުރަތް ހާސިލްކުރަމުން ކަމަށްވެސް ގާސިމް ވިދާޅުވި އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Sep 2026
ޤުރުއާން ކިޔެވުމުގެ 38 ވަނަ ގައުމީ މުބާރާތުގެ ރަންވަނަތައް އިޒުޢާން، އާޔަން އަދި ޒީކަށް
ޙާފިޡުގެ ގޮފިން، މުޅި މުބާރާތުން އެއް ވަނަ ޚާޞިލްކޮށްފައިވަނީ އިސްމާޢީލް އިޒުޢާން އިބްރާހީމްއެވެ. މުޅި މުބާރާތުން ނުބަލާ ކިޔެވުމުގެ ގޮފިން އެެއް ވަނަ ޚާޞިލްކޮށްފައިވަނީ ޢާއިޝަތު ޒީކް ރިޔާޟްއެވެ.
25 Sep 2026
މަސްޖިދުލްޙަރާމްގެ އިމާމު ޑރ ޔާސިރް އައްދައުސަރީ ރާއްޖެ ވަޑައިގަންނަވަނީ
މިއީ 43 އަހަރު ފަހުން މަސްޖިދުލް ޙަރަމްގެ އިމާމަކު ރާއްޖެވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.
24 Sep 2026
ފަހު ހާފްގައި ޖެހި ލަނޑުތަކާއެކު ޗައިނާއިން ދިވެހިރާއްޖެ ބަލިކޮށްފި
އީތަން އަދި އިލާން ނުލައި ރާއްޖެ ނުކުތް މި މެޗުގެ ފުރަތަމަ ހާފްގައި، ޗައިނާ ކުޅުންތެރިން ފޮނުވާލި ގިނަ ހަމަލާތައް ރާއްޖޭގެ ކީޕަރު ވަނީ ވަރަށް ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.
24 Sep 2026
ގަން އެއާޕޯޓުން 3,345 ގްރާމުގެ ކެނަބިސް އަތުލައިގެންފި
މި ތަކެތި ފެނިފައިވަނީ ސެޕްޓެމްބަރު 22 ވަނަ ދުވަހު ގަން އިންޓަރނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެ އެތެރެވި އިންޑިއާގެ ދެ ރައްޔިތެއްގެ ފޮށިތައް ބަލައި ފާސްކުރުމުގެ ތެރޭގައެވެ.
24 Sep 2026
ބާރަށުގައި ރޭގަނޑު 9 ގެ ފަހުން ދަރިވަރުން ބޭރުގައި އުޅުން މަނާކޮށްފި
ޒަރޫރީ ބޭނުމެއް ނެތި ރޭގަނޑު ނުވައެއް ޖެހުމަށް ފަހު، ބެލެނިވެރިއަކާއެކު މެނުވީ ދަރިވަރުން ބޭރުގައި
24 Sep 2026
އެމްޓީސީސީގެ މަސައްކަތްތަކަށް ޔޫއޭއީ ކުންފުންޏަކުން އިންވެސްޓުކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފި
ޔޫއޭއީގެ އެންއެމްޑީސީއާ އެމްޓީސީސީ ގުޅިގެން ރާއްޖޭގައި މަޝްރޫޢުތައް ހިންގުމާއި ޑްރެޖިންގ ސަޕޯޓާއި މުވައްޒަފުން ތަމްރީނުކުރުމާ ގުޅޭ ގޮތުން އަބޫދާބީގައި މަޝްވަރާކޮށް، އެއްބަސްވުމެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ.
24 Sep 2026
ހިލޭ ޑިގްރީ ސްކީމުގައި ބައިވެރިވި ދެބައިކުޅަ އެއްބައި ދަރިވަރުން ކޯސް ނުނިންމާ
އެ ރިޕޯޓުގައި ދިރާސާކޮށްފައި ވަނީ ހިލޭ ޑިގްރީ ސްކީމް ހިންގުމުގައި ކަންކަން އޮތް ގޮތެވެ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އާއި ކިޔަވައިދޭ އެކި މަރުކަޒުތަކުން ހޯދި ތަފާސްހިސާބުތައް ދައްކާ ގޮތުން އެ މުއްދަތުގައި ޖުމްލަ 11641 ދަރިވަރުން ސްކީމުގައި ބައިވެރިވެފައިވެއެވެ. ނަމަވެސް ކޯސް ނިންމައިގެން ނުކުމެފައި ވަނީ 5833 ދަރިވަރުންނެވެ.
24 Sep 2026
ޗައިނާއާ އޮތީ ވަރަށް ގާތްގުޅުމެއް، އެ ގުޅުމުގެ ފައިދާ ވަރަށް ބޮޑު: ރައީސް
ރައީސް ވިދާޅުވީ ދެ ގައުމުގެ ގުޅުން ބިނާވެފައި އޮތީ އިހްތިރާމްގެ މައްޗަށް ކަމަށާ ރާއްޖެއާ ޗައިނާގެ ގުޅުމަކީ ފައިދާހުރި ގުޅުމެއް ކަމަަށެވެ. އެ ގުޅުމުގެ ފައިދާ މުސްތަގުބަލުގައި ވެސް ލިބިގެންދާނެ ކަމަށް ވިދާޅުވި އެވެ.