ޖޭޕީގެ 4 ވަނަ ގައުމީ ކޮންފަރެންސްގައި ޤާސިމް ވާހަކަދައްކަވަނީ/ ފޮޓޯ: ޖޭޕީ
ހަބަރު
24 Feb 2023 | 17:09
ޖޭޕީ އަކީ ފުރުސަތުން ފުރިގެންވާ ޕާޓީއެއް، ގުޅިވަޑައިގަންނަވާ: ޤާސިމް

ޖުމްހޫރީ ޕާޓީއާއި ގުޅިވަޑައިގަތުމަށް އެޕާޓީގެ ރައީސް ޤާސިމް އިބްރާހިމް ގޮވާލައްވައިފި އެވެ. 

ޖުމްހޫރީ ޕާޓީގެ 4 ވަނަ ގައުމީ ކޮންފަރެންސް ފައްޓަވާދެއްވާ ވާހަކަދައްކަވަމުން ޤާސިމް ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ދޮރު ހުރީ ޕާޓީއާއި ގުޅިވަޑައިގަންނަވަން ބޭނުންފުޅުވާ ހަމަ ކޮންމެ ބޭފުޅަކަށްވެސް ހުޅުވިފައި ކަމަށެވެ. 

އެ ޕާޓީއަކީ ތަފާތު ކުރުމެއްނެތި ހަމަ އުސޫލެއްގެ ތެރެއިން އެންމެންނަށްވެސް ފުރުސަތުތައް ފަހިކޮށްދޭނެ ޕާޓީއެއްކަމަށް ޤާސިމް ވިދާޅުވިއެވެ. އަދި އެހެން ޕާޓީތަކުގައި ތިއްބަވާފައި އަންނަ ފަރާތްތަކަށްވެސް ޖުމްހޫރީ ޕާޓީގައި މަސައްކަތް ކުރުމުގެ ފުރުސަތު އޮންނާނެކަމަށް ޤާސިމް ވިދާޅުވިއެވެ. 

"ޖޭޕީއަކީ ފުރުސަތުން ފުރިގެންވާ ޕާޓީއެއް. އެހެން ޕާޓީތަކުގައި ތިބެފައި ވަޑައިގަންނަވާ ފަރާތްތަކަށްވެސް މިޕާޓީން ފުރުސަތުދޭނެ. މިއީ އެކަހެރިކޮށް، ތަފާތުކުރާނެ ޕާޓީއެއް ނޫން. މީހާ ކުރިއަރާނީ އޭނާގެ ހުނަރާއި ގާބިލްކަމުން"

ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް 

އެމަނިކުފާނު ވިދާޅުވީ ޝާމިލުވުމާއި ގުޅިގެން މަސައްކަތް ކުރުމަކީ ޕާޓީގެ ރޫހު ކަމަށެވެ.

އެގޮތުން ޒުވާނުންނާއި އަންހެނުންނާއި އަދި ހަރު މީހުންނަށްވެސް ޖޭޕީގައި ހަމަހަމަ ފުރުސަތުތަކެއް އޮންނާނެކަމަށް ޤާސިމް ވިދާޅުވިއެވެ. އަދި ވިދާޅުވީ އެ ފުރުސަތުތައް އަދަބުވެސް ޕާޓީގައި ތަނަވަސްކޮށްދީފައި އޮންނާނެ ކަމަށެވެ.

އެ ޕާޓީއިން އަބަދުވެސް މަސައްކަތް ކުރަނީ ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތަށްކަމަށް ޤާސިމް ވިދާޅުވިއެވެ. އަދި އިސްލާހަށް މަސައްކަތް ކުރަން ބޭނުންވާ ފަރާތްތައް ޖޭޕީއާއި ގުޅުމަށްވެސް އެމަނިކުފާނު ވަނީ ގޮވާލައްވާފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Sep 2026
ޤުރުއާން ކިޔެވުމުގެ 38 ވަނަ ގައުމީ މުބާރާތުގެ ރަންވަނަތައް އިޒުޢާން، އާޔަން އަދި ޒީކަށް
ޙާފިޡުގެ ގޮފިން، މުޅި މުބާރާތުން އެއް ވަނަ ޚާޞިލްކޮށްފައިވަނީ އިސްމާޢީލް އިޒުޢާން އިބްރާހީމްއެވެ. މުޅި މުބާރާތުން ނުބަލާ ކިޔެވުމުގެ ގޮފިން އެެއް ވަނަ ޚާޞިލްކޮށްފައިވަނީ ޢާއިޝަތު ޒީކް ރިޔާޟްއެވެ.
25 Sep 2026
މަސްޖިދުލްޙަރާމްގެ އިމާމު ޑރ ޔާސިރް އައްދައުސަރީ ރާއްޖެ ވަޑައިގަންނަވަނީ
މިއީ 43 އަހަރު ފަހުން މަސްޖިދުލް ޙަރަމްގެ އިމާމަކު ރާއްޖެވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.
24 Sep 2026
ފަހު ހާފްގައި ޖެހި ލަނޑުތަކާއެކު ޗައިނާއިން ދިވެހިރާއްޖެ ބަލިކޮށްފި
އީތަން އަދި އިލާން ނުލައި ރާއްޖެ ނުކުތް މި މެޗުގެ ފުރަތަމަ ހާފްގައި، ޗައިނާ ކުޅުންތެރިން ފޮނުވާލި ގިނަ ހަމަލާތައް ރާއްޖޭގެ ކީޕަރު ވަނީ ވަރަށް ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.
24 Sep 2026
ގަން އެއާޕޯޓުން 3,345 ގްރާމުގެ ކެނަބިސް އަތުލައިގެންފި
މި ތަކެތި ފެނިފައިވަނީ ސެޕްޓެމްބަރު 22 ވަނަ ދުވަހު ގަން އިންޓަރނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެ އެތެރެވި އިންޑިއާގެ ދެ ރައްޔިތެއްގެ ފޮށިތައް ބަލައި ފާސްކުރުމުގެ ތެރޭގައެވެ.
24 Sep 2026
ބާރަށުގައި ރޭގަނޑު 9 ގެ ފަހުން ދަރިވަރުން ބޭރުގައި އުޅުން މަނާކޮށްފި
ޒަރޫރީ ބޭނުމެއް ނެތި ރޭގަނޑު ނުވައެއް ޖެހުމަށް ފަހު، ބެލެނިވެރިއަކާއެކު މެނުވީ ދަރިވަރުން ބޭރުގައި
24 Sep 2026
އެމްޓީސީސީގެ މަސައްކަތްތަކަށް ޔޫއޭއީ ކުންފުންޏަކުން އިންވެސްޓުކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފި
ޔޫއޭއީގެ އެންއެމްޑީސީއާ އެމްޓީސީސީ ގުޅިގެން ރާއްޖޭގައި މަޝްރޫޢުތައް ހިންގުމާއި ޑްރެޖިންގ ސަޕޯޓާއި މުވައްޒަފުން ތަމްރީނުކުރުމާ ގުޅޭ ގޮތުން އަބޫދާބީގައި މަޝްވަރާކޮށް، އެއްބަސްވުމެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ.
24 Sep 2026
ހިލޭ ޑިގްރީ ސްކީމުގައި ބައިވެރިވި ދެބައިކުޅަ އެއްބައި ދަރިވަރުން ކޯސް ނުނިންމާ
އެ ރިޕޯޓުގައި ދިރާސާކޮށްފައި ވަނީ ހިލޭ ޑިގްރީ ސްކީމް ހިންގުމުގައި ކަންކަން އޮތް ގޮތެވެ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އާއި ކިޔަވައިދޭ އެކި މަރުކަޒުތަކުން ހޯދި ތަފާސްހިސާބުތައް ދައްކާ ގޮތުން އެ މުއްދަތުގައި ޖުމްލަ 11641 ދަރިވަރުން ސްކީމުގައި ބައިވެރިވެފައިވެއެވެ. ނަމަވެސް ކޯސް ނިންމައިގެން ނުކުމެފައި ވަނީ 5833 ދަރިވަރުންނެވެ.
24 Sep 2026
ޗައިނާއާ އޮތީ ވަރަށް ގާތްގުޅުމެއް، އެ ގުޅުމުގެ ފައިދާ ވަރަށް ބޮޑު: ރައީސް
ރައީސް ވިދާޅުވީ ދެ ގައުމުގެ ގުޅުން ބިނާވެފައި އޮތީ އިހްތިރާމްގެ މައްޗަށް ކަމަށާ ރާއްޖެއާ ޗައިނާގެ ގުޅުމަކީ ފައިދާހުރި ގުޅުމެއް ކަމަަށެވެ. އެ ގުޅުމުގެ ފައިދާ މުސްތަގުބަލުގައި ވެސް ލިބިގެންދާނެ ކަމަށް ވިދާޅުވި އެވެ.