ޖުމްހޫރީ ޕާޓީގެ ގައުމީ ކޮންފަރެންސްގެ ތެރެއިން/ ފޮޓޯ: ޖޭޕީ
ހަބަރު
24 Feb 2023 | 18:28
ޖޭޕީގެ އަސާސީ ގަވައިދަށް ހުށައެޅި 3 އިސްލާހު ފާސްކޮށްފި

ޖުމްހޫރީ ޕާޓީގެ އަސާސީ ގަވައިދަށް ގެނައުމަށް އެޕާޓީގެ 148 ވަނަ ކައުންސިލް ބައްދަލުވުމުގައި ހުށައެޅި ތިން އިސްލާހު، މިހާރު ކުރިއަށްދާ އެޕާޓީގެ ގައުމީ ކޮންފަރެންސް ތެރެއިން ފާސްކޮށްފި އެވެ. 

ޖުމްހޫރީ ޕާޓީން ބުނީ އެ އިސްލާހުތައް ފާސްވެފައިވަނީ މިހާރު ކުރިއަށްދާ އެ ޕާޓީގެ 4 ވަނަ ގައުމީ ކޮންފަރެންސްގައި ބައިވެރިވެވަޑައިގެން ހުރިހާ މަންދޫބުންގެ އިއްތިފާގުން ކަމަށެވެ. 

އަސާސީ ގަވައިދަށް ކައުންސިލުން ހުށައެޅި އިސްލާހުތަކަކީ ޖުމްހޫރީ ޕާޓީ ރިފޯމް ކުރުމުގެ މަސައްކަތްތަކާއި ގުޅުންހުރި އިސްލާހުތަކެއްކަމަށް މީގެ ކުރިން ޖޭޕީއިން ވަނީ ހާމަކޮށްފަ އެވެ. 

އެގޮތުން ގައުމީ ކޮންފަރެންސްގައި ވަނީ ޕާޓީގެ ރައީސް އަދި ނައިބު ރައީސްގެ މަގާމު އުވާލާފައެވެ. 

ކައުންސިލުން ފާސްކުރި އިސްލާހާއެކު ދެން ތިއްބަވާނީ ލީޑަރާއި ނައިބު ލީޑަރުންގެ މަގާމުގެ ފަސް ބޭފުޅުންނެވެ. އަދި ލީޑަރު އައްޔަންކުރައްވާ އެޑްވައިޒަރުންގެ ފަސްބޭފުޅުންނެވެ. 

ޖުމްހޫރީ ޕާޓީގެ ގައުމީ ކޮންފަރެންސްގައި ކުރިއަށް އޮތް ރިޔާސީ އިންތިޚާބާއި ގުޅޭގޮތުން ގޮތެއް ނިންމާނެއެވެ. އެގޮތުން ގޮތެއް ނިންމުމަށް ކޮންފަރެންސްއަށް ހުށައެޅި ގަރާރާއި ގުޅޭގޮތުން މާދަމާ ބަހުސްކުރެވޭނެ އެވެ. 

މިއަދު ރަސްމީކޮށް ކޮނަފަރެންސް ފަށާފައިވާއިރު، ކޮންފަރެންސް ފައްޓަވާ ދެއްވާ ދެއްވި ވާހަކަފުޅުގައި ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ވަނީ އެ ކޮންފަރެންސްގެ ތެރެއިން ޖޭޕީގެ ކުރިމަގަށް މުހިންމު ނިންމުންތަކެއް ނިންމޭނެކަމަށް ގަބޫލުފުޅު ކުރައްވާކަމަށް ވިދާޅުވެފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Sep 2026
ޤުރުއާން ކިޔެވުމުގެ 38 ވަނަ ގައުމީ މުބާރާތުގެ ރަންވަނަތައް އިޒުޢާން، އާޔަން އަދި ޒީކަށް
ޙާފިޡުގެ ގޮފިން، މުޅި މުބާރާތުން އެއް ވަނަ ޚާޞިލްކޮށްފައިވަނީ އިސްމާޢީލް އިޒުޢާން އިބްރާހީމްއެވެ. މުޅި މުބާރާތުން ނުބަލާ ކިޔެވުމުގެ ގޮފިން އެެއް ވަނަ ޚާޞިލްކޮށްފައިވަނީ ޢާއިޝަތު ޒީކް ރިޔާޟްއެވެ.
25 Sep 2026
މަސްޖިދުލްޙަރާމްގެ އިމާމު ޑރ ޔާސިރް އައްދައުސަރީ ރާއްޖެ ވަޑައިގަންނަވަނީ
މިއީ 43 އަހަރު ފަހުން މަސްޖިދުލް ޙަރަމްގެ އިމާމަކު ރާއްޖެވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.
24 Sep 2026
ފަހު ހާފްގައި ޖެހި ލަނޑުތަކާއެކު ޗައިނާއިން ދިވެހިރާއްޖެ ބަލިކޮށްފި
އީތަން އަދި އިލާން ނުލައި ރާއްޖެ ނުކުތް މި މެޗުގެ ފުރަތަމަ ހާފްގައި، ޗައިނާ ކުޅުންތެރިން ފޮނުވާލި ގިނަ ހަމަލާތައް ރާއްޖޭގެ ކީޕަރު ވަނީ ވަރަށް ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.
24 Sep 2026
ގަން އެއާޕޯޓުން 3,345 ގްރާމުގެ ކެނަބިސް އަތުލައިގެންފި
މި ތަކެތި ފެނިފައިވަނީ ސެޕްޓެމްބަރު 22 ވަނަ ދުވަހު ގަން އިންޓަރނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެ އެތެރެވި އިންޑިއާގެ ދެ ރައްޔިތެއްގެ ފޮށިތައް ބަލައި ފާސްކުރުމުގެ ތެރޭގައެވެ.
24 Sep 2026
ބާރަށުގައި ރޭގަނޑު 9 ގެ ފަހުން ދަރިވަރުން ބޭރުގައި އުޅުން މަނާކޮށްފި
ޒަރޫރީ ބޭނުމެއް ނެތި ރޭގަނޑު ނުވައެއް ޖެހުމަށް ފަހު، ބެލެނިވެރިއަކާއެކު މެނުވީ ދަރިވަރުން ބޭރުގައި
24 Sep 2026
އެމްޓީސީސީގެ މަސައްކަތްތަކަށް ޔޫއޭއީ ކުންފުންޏަކުން އިންވެސްޓުކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފި
ޔޫއޭއީގެ އެންއެމްޑީސީއާ އެމްޓީސީސީ ގުޅިގެން ރާއްޖޭގައި މަޝްރޫޢުތައް ހިންގުމާއި ޑްރެޖިންގ ސަޕޯޓާއި މުވައްޒަފުން ތަމްރީނުކުރުމާ ގުޅޭ ގޮތުން އަބޫދާބީގައި މަޝްވަރާކޮށް، އެއްބަސްވުމެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ.
24 Sep 2026
ހިލޭ ޑިގްރީ ސްކީމުގައި ބައިވެރިވި ދެބައިކުޅަ އެއްބައި ދަރިވަރުން ކޯސް ނުނިންމާ
އެ ރިޕޯޓުގައި ދިރާސާކޮށްފައި ވަނީ ހިލޭ ޑިގްރީ ސްކީމް ހިންގުމުގައި ކަންކަން އޮތް ގޮތެވެ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އާއި ކިޔަވައިދޭ އެކި މަރުކަޒުތަކުން ހޯދި ތަފާސްހިސާބުތައް ދައްކާ ގޮތުން އެ މުއްދަތުގައި ޖުމްލަ 11641 ދަރިވަރުން ސްކީމުގައި ބައިވެރިވެފައިވެއެވެ. ނަމަވެސް ކޯސް ނިންމައިގެން ނުކުމެފައި ވަނީ 5833 ދަރިވަރުންނެވެ.
24 Sep 2026
ޗައިނާއާ އޮތީ ވަރަށް ގާތްގުޅުމެއް، އެ ގުޅުމުގެ ފައިދާ ވަރަށް ބޮޑު: ރައީސް
ރައީސް ވިދާޅުވީ ދެ ގައުމުގެ ގުޅުން ބިނާވެފައި އޮތީ އިހްތިރާމްގެ މައްޗަށް ކަމަށާ ރާއްޖެއާ ޗައިނާގެ ގުޅުމަކީ ފައިދާހުރި ގުޅުމެއް ކަމަަށެވެ. އެ ގުޅުމުގެ ފައިދާ މުސްތަގުބަލުގައި ވެސް ލިބިގެންދާނެ ކަމަށް ވިދާޅުވި އެވެ.