ޖުމްހޫރީ ޕާޓީގެ ގައުމީ ކޮންފަރެންސްގެ ތެރެއިން ޗެއާ ކުރީގެ ޓުއަރިޒަމް މިނިސްޓަރު ޝައުގީ/ ފޮޓޯ: ޖޭޕީ
ހަބަރު
24 Feb 2023 | 18:51
ޖޭޕީގެ ގައުމީ ކޮންފަރެންސްގެ ޗެއާ އަކަށް ޝައުގީ، ނައިބަކަށް ރިޔާޒު!

ޖުމްހޫރީ ޕާޓީއިން މިއަދާއި މާދަން ކުރިއަށް ގެންދާ އެ ޕާޓީގެ ގައުމީ ކޮންފަރެންސްގެ ޗެއާމަނަކަށް ކުރީގެ ޓުއަރިޒަމް މިނިސްޓަރު ޑރ މަޚުމޫދު ޝައުގީ އައްޔަންކޮށްފި އެވެ. 

ކޮންފަރެންސްގެ ޗެއާކަމަށް ޝައުގީ އައްޔަން ކުރައްވާފައިވަނީ، އެ ކޮންފަރެންސްގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ ބޭފުޅުންގެ އިއްތިފާގުންނެވެ. އޭގެ އިތުރުން ކޮންފަރެންސްގެ އިއްތިފާގުން ޝައުގީގެ ނައިބަކަށް ޖުމްހޫރީ ޕާޓީގެ އެޑްވައިޒަރު އަދި އަދި މަޖިލީހުގެ ވިލިފުށީ ދާއިރާގެ ކުރީގެ މެންބަރު ރިޔާޒް ރަޝީދު ވަނީ އައްޔަންކޮށްފަ އެވެ. 

ޖުމްހޫރީ ޕާޓީގެ ގައުމީ ކޮންފަރެންސްގެ ތެރެއިން

ޖޭޕީގެ ގައުމީ ކޮންފަރެންސްގެ ތެރެއިން

މިއަދު ފެށި ޖޭޕީގެ ގައުމީ ކޮންފަރެންސްއަކީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ތައްޔާރުވުމަށް ޕާޓީއިން މުހިންމު ނިންމުންތަކެއް ނިންމުމަށްޓަކައި ބާއްވާ އެ ޕާޓީގެ އެންމެ ބޮޑު ބައްދަލުވުމެވެ. މި ބައްދަލުވުމުގައި މިއަދު ވަނީ އެ ޕާޓީގެ އަސާސީ ގަވައިދަށް ގެންނަން ހުށައެޅި އިސްލާހުތައްވެސް ފާސްކޮށްފަ އެވެ. 

އޭގެ އިތުރުން ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ޕާޓީއިން ވަކި ކެންޑިޑޭޓެއް ނެރެގެން ވާދަކުރުމަށްވެސް ކޮންފަރެންސްގެ ތެރެއިން ގޮތެއް ނިންމާނެއެވެ. އެކަމަށްޓަކައި ހުށައެޅިފައިވާ ގަރާރަށް މާދަން ބަހުސްކުރުމަށް ވަނީ އެޖެންޑާކޮށްފަ އެވެ. 

ޖޭޕީގެ ގައުމީ ކޮންފަރެންސްގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން ގާތްގަނޑަކަށް 900 މަންދޫބުން ބައިވެރިވާކަމަށް އެ ޕާޓީއިން ވަނީ ބުނެފައެވެ. 

ކޮމެންޓް
ޢަޙުމަދު.
ޢިރުވާ މޫސުމަށް އިރުވާހުދު އަންނަހެން ފެންއޮތް ތަނަށް މަސްދުވާހެން ތަފާފު މޫނުތަށް ޖޭޕީ ތެރެއަށް އަނަންފަށައިފި. ފައިސާގެ ދަހިވެތިކަމުގަތޯ ނުވަތަ އިޚުލާސްތެރެކަމުންތޯ؟
24 Feb 2023
ގުޅޭ ލިޔުންތައް
04 Jun 2026
ޢީދު ފާހަގަކުރުމަށް އިސްލާމިކް މިނިސްޓްރީން ޚާއްސަ ޕްލޭނެއް އެކުލަވާލަނީ
އިސްލާމީދީނުގައި ފާހަގަކުރާ ބަރަކާތްތެރި ދެ ޢީދު ކަމުގައިވާ ފިޠުރު ޢީދާއި އަޟްޙާ ޢީދު، މާލެއާއި އަތޮޅުތަކުގައި ކުލަގަދަކޮށް ފާހަގަކުރުމަށްޓަކައި ޚާއްޞަ ޕްލޭނެއް އެކުލަވައިލުމުގެ މަސައްކަތް އިސްލާމިކް މިނިސްޓްރީން ފަށައިފިއެވެ.
04 Jun 2026
ރާއްޖެ އިސްލާމްވި ދުވަސް ފާހަގަކުރުމަށް ޒުވާން ޚަޠީބުންގެ މަހާސިންތާއެއް
ދިވެހިރާއްޖެ އިސްލާމްވީތާ 900 އަހަރު ފުރުމުގެ މުނާސަބަތާ ގުޅުވައިގެން، ޒުވާން ޚަޠީބުންގެ ޤައުމީ މަހާސިންތާއެއް ބޭއްވުމަށް އިސްލާމީ ކަންތައްތަކާ ބެހޭ މިނިސްޓްރީން ނިންމައިފިއެވެ.
04 Jun 2026
އެމްއެމްއޭ ފައިނޭންސް ފޯރަމަށް ޝައުގުވެރިކަން ފާޅުކުރުމަށް އިތުރު ފުރުސަތެއް
މި އަހަރުގެ އެކްސްޕޯ އޮންނަނީ ޖުލައި މަހުގެ 2 ކުން 4 ކަށް ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ
04 Jun 2026
މަސްތުވާތަކެއްޗާއެކު ހިންނަވަރު ބަނދަރުން މީހަކު ހައްޔަރުކޮށްފި
ޅ. ހިންނަވަރަށް މަސްތުވާތަކެތި އެތެރެކުރި މައްސަލައަކާ ގުޅިގެން ގުޅިގެން މީހަކު ހައްޔަރުކޮށްފިއެވެ.
04 Jun 2026
އެންގޯލާގެ ލިސީމާ ޕްލެޓޯއިން ސައިންސްވެރިން އާ ދިރުންތަކެއް ހޯދައިފި
އެންގޯލާގެ ލިސީމާ ޕްލެޓޯއަށް ސައިންސްވެރިން ކުރި ދިރާސާ ދަތުރެއްގައި، މީގެ ކުރިން ފެނިފައިނުވާ ތަފާތު ބާވަތްތަކުގެ ދިރުންތަކެއް ހޯދައިފިއެވެ.
04 Jun 2026
މިފްކޯގެ ހިންގުމަށް ބޮޑެތި ބަދަލުތަކެއް ގެންނަންޖެހޭ: އަނަސް
ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްއަށް ކުރެއްވި ޒިޔާރަތުގައި މުއައްޒަފުންނާ ބައްދަލުކުރައްވައި އަނަސް ވިދާޅުވީ، ކުރިންސުރެ މިފްކޯ ހިންގަމުން އައި ވައްޓަފާޅި ބަދަލުކޮށް ކުންފުންޏަށް ބޮޑެތި ބަދަލުތަކެއް މިއަދު ގެންނަން ޖެހިފައިވާކަމަށެވެ
04 Jun 2026
ފަހިދިރިއުޅުމުގެ އެޕާޓްމަންޓެއް ކުއްޔައްދިން މީހަކު ޖޫރިމަނާކޮށްފި
ގެދޮރުވެރިޔާގެ ސްކީމްގެ ދަށުން ދޫކޮށްފައިވާ އެ ފްލެޓްތައް ކުއްޔަށްދޭނަމަ އެއްބަސްވުން ބާތިލްކޮށް، ފްލެޓްތައް އަތުލާނެ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަނުން ވަނީ މީގެ ކުރިން ބުނެފައެވެ
04 Jun 2026
32 ސްޓޯލްއާއެކު އެމް.އެން.ޔޫ "ފަހި ފުރުސަތު "މިއަދު އާންމުންނަށް ހުޅުވާލައިފި
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމް.އެން.ޔޫ) އިން އިންތިޒާމުކޮށްގެން ބާއްވާ "އެމް.އެން.ޔޫ ފަހި ފުރުސަތު" ޔުނިވަރސިޓީގެ މައި މަރުކަޒާއި، އަތޮޅުތަކުގެ ކެމްޕަސްތަކުގައި މިއަދު، ރަސްމީކޮށް ހުޅުވައިފިއެވެ.