އަޔާދީ ތަކާފުލ ނެޓްވަރކިންގ އިވެންޓްގެ ތެރެއިން
ވިޔަފާރި
24 Feb 2023 | 17:55
އަޔާދީ ތަކާފުލްގެ ގެސްޓްހައުސް ނެޓްވަރކިންގ އިވެންޓަށް އަށް ބޮޑު ތަރުހީބެއް

އެލައިޑް އިންޝުއަރަންސް ކުންފުނީގެ އިސްލާމިކް ވިންޑޯ؛ އަޔާދީ ތަކާފުލްއިން މާލެ ސަރަހައްދުގައި ގެސްޓްހައުސް ވިޔަފާރިކުރަމުންދާ ފަރާތްތަކަށް ހާއްސަ ނެޓްވަރކިންގ އިވެންޓެއް ކުރިޔަށް ގެންގޮސްފިއެވެ. 

މާފުށީގައި "ގެސްޓހައުސް ނެޓްވަރކިންގ ލައިންޗިއަން"ގެ ނަމުގައި ކުރިޔަށްގެންދިޔަ މިއިވެންޓުގައި ގެސްޓްހައުސް ވިޔަފާރިކުރަމުންދާ ގިނަ ފަރާތްތަކަކުން ވަނީ ބައިވެރިވެފައެވެ. 

ގެސްޓްހައުސްތަކާއި އޮތް ގުޅުން އިތުރަށް ވަރުގަދަކޮށް އެފަރާތްތަކަށް އިންޝުއަރަންސްގެ ފައިދާ ލިބިގަނެވޭނެ ގޮތްތަކާއި ބެހޭގޮތުން މަޝްވަރާކޮށް ހިޔާލު ހޯދުމުގެ މަގުސަދުގައި ރޭވި މިއިވެންޓަށް ދެއްވި އެހީތެރިކަމާއި އެއްބާރުލުން ފާހަގަކޮށް އަޔާދީއިން ވަނީ މިހަރަކާތަށް ވަޑައިގެންނެވި ހުރިހާ ފަރާތްތަކަށް ޝުކުރުއަދާކޮށްފައެވެ. އަދި ކުރިޔަށް އޮތްތަނުގައި، ޕްރޮޑަކްޓްތައް ތަރައްގީކުރުމުގައި  ލިބިގެންދިޔަ ހިޔާލުތަކަށް ބިނާކޮށް ހައްލު ހޯދޭނެ އުސޫލުތަކަށް އިސްކަންދޭނެކަމަށް އަޔާދީއިން ވަނީ ފާހަގަކޮށްފައެވެ.

އެލައިޑް އިސްލާމިކް ވިންޑޯ؛ އަޔާދީއިން ދަނީ މިހާރުވެސް "ގެސްޓްހައުސް ތަކާފުލް"ގެ ނަމުގައި ގިނަ ގުނަ ކަވަރޭޖްތަކެއް ހިމެނޭ ޕްލޭންތަކެއް ފޯރުކޮށްދެމުންނެވެ.

3 ގިންތިއަކަށް ބަހާލައިގެން ދެމުންގެންދާ މިހިދުމަތް ފަރުމާ ކުރެވިފައިވަނީ އަގުގެ ގޮތުންނާއި ކަވަރޭޖްގެ ގޮތުން ކޮންމެ ވިޔަފަރާރިވެރިއަކަށްވެސް މިރައްކާތެރިކަން ކަށަވަރު ކުރެވޭނެ ގޮތަށެވެ.

އެގޮތުން ގެސްޓްހައުސް ތަކާފުލް ހިދުމަތުގެ ތެރެއިން ކަވަރޭޖް ލިބޭ ހާލަތްތަކުގެ ތެރޭގައި ގުދުރަތީ ހާދިސާތަކުން ލިބޭ ގިނަ ގެއްލުންތަކާއި، އެޑް-އޮންސް އަދި އެކްސްޓެންޝަންސް މެދުވެރިކޮށް ޕްލޭން ޕަރސަނަލައިޒް ކުރުމުގެ ފުރުސަތުވެސް ފަހިވެފައިވާ ކަމުގައި އަޔާދީއިން ފާހަގަކުރެއެވެ. 

"ގެސްޓހައުސް ނެޓްވަރކިންގ ލައިންޗިއަން"ގެ ތެރެއިން ކުރިޔަށް ދިޔަ އިތުރު ހަރަކާތްތަކުގެ ތެރޭގައި ސޯޝަލް މީޑިޔާގެ ދުނިޔޭގައި ގެސްޓްހައުސް ވިޔަފާރި ޕްރޮމޯޓުކޮށް، އިތުރު ދޮރުތައް ހުޅުވޭނެ އުކުޅުތަކާއި ބެހޭގޮތުން އެލައިޑް އިންޝުއަރަންސް ކުންފުނީގެ ސީސީއޯ ޔޫލިއަނާ ރުސޭއި ވަނީ މުހިންމު މައުލޫމާތުތަކެއް ހިއްސާކުރައްވާފައެވެ. އަދި މި ނެޓްވަރކިންގ އިވެންޓް ނިންމާލާފައިވަނީ ހަރަކާތުގައި ބައިވެރިވި އެންމެހާ މެމްބަރުންނަށް އެރުވި ހާއްސަ ކެއުމަކުންނެވެ. 

ނޯޓް: އެލައިޑް އިންޝުއަރަންސްގެ އިސްލާމިކް ވިންޑޯ؛ "އަޔާދީ ތަކާފުލް" އަކީ އިސްލާމީ ޝަރީޢާގެ އާސާސްތަކާއި އެއްގޮތްވާ ގޮތުގެ މަތިން އަމިއްލަ ފަރުދުންނާއި ކުންފުނިތަކަށް ކުރިމަތިވެދާނެ މާލީ ގެއްލުންތަކަށް ރައްކާތެރިކަން ފޯރުކޮށްދޭ އިސްލާމިކް ވިންޑޯއެކެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
18 Sep 2026
ޕީއެންސީގެ ލީޑާޝިޕަށް ރައީސް މުޢިއްޒު 10 ބޭފުޅަކު އައްޔަނުކުރައްވައިފި
އެއީ ވަޒީރުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި ވަޒީރުންގެ ފެންވަރުގެ ބައެއް ބޭފުޅުންނާއި ސަފީރަކާއި ކުންފުނިތަކުގެ ތިން އެމްޑީންނެވެ.
18 Sep 2026
ޕީއެންސީގެ ލީޑާޝިޕަށް އިންތިޚާބުވީ ބޭފުޅުން ހުވާ ކުރައްވައިފި
މީގެ އިތުރުން ޕާޓީގެ ލީޑާޝިޕަށް އެ ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އައްޔަނު ކުރެއްވި ބޭފުޅުން ވެސް ހިމެނެ އެވެ.
18 Sep 2026
ނިއުރޭޑިއަންޓުން ބުނީ އެސިސްޓަންޓް ކޯޗަށް ދިން ހަމަލާ ބަލައެއް ނުގަނެވޭނެކަމަށް
ކުޅިވަރުގެ މައިދާނުގައި ހިނގާ މިފަދަ އަނިޔާވެރި އަމަލުތަކަކީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަންކަން ނޫންކަން ފާހަގަކުރަމުން، ނިއު ރޭޑިއަންޓުން ބުނީ މިފަދަ ކަންކަމުގެ ސަބަބުން ކުޅިވަރުގެ ރޫހާއި ރައްކާތެރިކަން ގެއްލިގެންދާ ކަމަށެވެ
18 Sep 2026
ޔާމީންގެ ޕީއެންއެފުން ފަތުރަނީ ދޮގެެއް ކަމަށް ބުނެ އީސީން ރައްދު ދީފި
ހަގީގަތްތް އޮޅޭގޮތަށް، އާންމުންގެ މެދުގައި އިލެކްޝަންސް ކޮމިޝަނަށާއި ޕާޓީތަކުގެ މެންބާޝިޕް ނިޒާމަށް އޮތް އިތުބާރު ގެއްލޭގޮތަށް ޕީޕަލްސް ނެޝަނަލް ފްރަންޓް އިން ކުރަމުންދާ ދޮގު ތުހުމަތުތަކާއި ދައްކަމުންދާ ވާހަކަތައް ކޮމިޝަނުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަަމަށެވެ.
18 Sep 2026
އައިފޯން ޑުއޯގެ ސްކްރީނުން ސެމްސަންގަށް ބިލިއަނެއް ލިބިދާނެ
އައިފޯން ޑުއޯގެ ފަތްޖެހޭ އޯލެޑް ޕެނެލް ސަޕްލައިކުރާ ތިން އަހަރުގެ އެއްބަސްވުމެއްގެ ދަށުން ސެމްސަންގަށް 1.25 ބިލިއަން ޑޮލަރު ލިބިދާނެ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
18 Sep 2026
ޙޫޘީންގެ ހަމަލާ ކުށްވެރިކޮށް މައްކާއާ މަދީނާގެ ޚިމާޔަތަށް އެދި ހުކުރު ޚުތުބާގައި ދުޢާކޮށްފި
އެ ތަންތަނަށް އަރައިގަންނަން މަސައްކަތް ކުރާ ކޮންމެ ބަޔަކު ނިކަމެތި ކުރެއްވުން އެދިވެސް ދުއާ ކުރައްވާފައިވެ އެވެ.
18 Sep 2026
ދަރަންޏެއް ނަގަން ޖެހިއްޖެ ހާލުގައިވެސް ރިބާ ހިމެނޭ ދަރަނިތަކާ ދުރުހެލިވޭ
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިއަދު އިއްވި ހުކުރު ޚުތުބާ ޚާއްޞަކޮށްފައިވަނީ "މާލީ މުޢާމަލާތުތަކުގައި ތެދުވެރިވުން" މި މައުޟޫޢަށެވެ. ޚުތުބާގައި ބަޔާންކޮށްފައިވާ ގޮތުގައި މުދަލަކީ الله ތަޢާލާ އިންސާނާއާ ހަވާލުކުރައްވާފައިވާ އަމާނާތެކެވެ. އަދި ޤިޔާމަތް ދުވަހުން އެ މުދާ ހޯދި ގޮތާއި ހޭދަކުރި ގޮތާ މެދު ސުވާލުވެވޭނެ ކަމަށް ހަނދާންކޮށްދީފައިވެއެވެ.
18 Sep 2026
ބަންގްލަދޭޝް އެއާލައިންސްގެ ފްލައިޓެއްގައި ދެ ފަސިންޖަރަކު މާރާމާރީ ހިންގައިފި
މި ހާދިސާ ހިނގާފައިވަނީ ފްލައިޓް ދަތުރުކުރަމުން ދިޔަ ވަގުތު ދެ ފަސިންޖަރެއްގެ ދެމެދުގައި ހިނގި ހޫނު ޒުވާބަކަށް ފަހުގައެވެ. ޑާކާ ޓްރިބިއުނުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ޒުވާބު ބޮޑުވެ އެކަކު އަނެކަކަށް ހަމަލާދީ މާރާމާރީއަކަށް ބަދަލުވުމާ ގުޅިގެން، ފްލައިޓުގައި ތިބި އުމުރުން ދުވަސްވީ މީހުންނާއި ކުޑަކުދިން ހިމެނޭހެން ގިނަ ފަސިންޖަރުންގެ މެދުގައި ބޮޑު ބިރުވެރިކަމެއް އުފެދުނެވެ.