ޖުމްހޫރީ ޕާޓީގެ ގައުމީ ކޮންފަރެންސްގެ ތެރެއިން/ފޮޓޯ: ޖޭޕީ
ހަބަރު
25 Feb 2023 | 12:55
ޖޭޕީގެ ތިން މަގާމަގަށް ވޯޓާއި ނުލާ 3 ބޭފުޅުން ހޮވައިފި

ޖުމްހޫރީ ޕާޓީގެ މުހިންމު 3 މަގާމަށް ވޯޓާއި ނުލާ 3 ބޭފުޅުން އިންތިޚާބުވެއްޖެ އެވެ. 

ޖުމްހޫރީ ޕާޓީގެ ޒުވާނުންގެ ލީގުގެ ރައީސްއާއި، ނައިބުރައީސް އަދި އަންހެނުންގެ ލީގުގެ ސެކެޓްރީގެ މަގާމަށް އެންމެ ބޭފުޅަކު ކުރިމަތިލައްވާފައިވާތީ އެ މަގާމުތަކަށް އޮޓޮއިން 3 ބޭފުޅުން އިންތިޚާބުވެއްޖެއެވެ. 

އެގޮތުން ޖޭޕީގެ އަންނަ ދައުރުގެ ޒިވާނުންގެ ލީގުގެ ރައީސްކަމަށް އިންތިޚާބުވެފައިވަނީ އަބްދުالله ޔާމީނެވެ. ޒުވާނުންގެ ލީގުގެ ނައިބު ރައީސްގެ މަގާމަށް އިންތިޚާބުވެފައިވަނީ ޝުއައިބު ޝިފާޒް ޝަރީފެވެ. އަދި އަންހެނުންގެ ލީގުގެ ސެކެޓްރީގެ މަގާމަށް ހޮވިވަޑައިގެންފައިވަނީ އައިޝަތު ޝޫޒާ އަޙްމަދެވެ. 

ޖުމްހޫރީ ޕާޓީން ވަނީ އެ ތިން ބޭފުޅުންނަށް ވަރަށް ހޫނު މަރުޙަބާއެް ދަންނަވާފަ އެވެ. 

އޭގެ އިތުރުން ޖުމްހޫރީ ޕާޓީގެ ލީޑަރުކަމަށް ޤާސިމް އިބްރާހިމް ވަނީ ހޮވިވަޑައިގެންފަ އެވެ. ޤާސިމް ފިޔަވާ އިތުރުު ބޭފުޅަކު އެ މަގާމަށް ކުރިމަތިލައްވާފައި ނުވާތީ އަންނަ ދައުރުގެ ޖޭޕީގެ ލީޑަރުކަމަށް ހޮވިވަޑައިގެންފައިވަނީ ޤާސިމް އިބްރާހިމެވެ. 

މި ކޮންފަރެންސްގައި ޖުމްހޫރީ ޕާޓީގެ 7 މަގާމަށް ބޭފުޅުން އިންތިޚާބުކުރައްވާނެ އެވެ. 

ކޮމެންޓް
ޢަލީ
ނަހުލާ ނާއިބު ލީޑަރަކަށް ހޮވުނީމާ ހަތަރެސްކަން ހަމަވީ
25 Feb 2023
ގުޅޭ ލިޔުންތައް
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.