ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ކޮންފަރެންސްގެ ތެރެއިން/ ފޮޓޯ: ޖޭޕީ
ހަބަރު
25 Feb 2023 | 10:36
ކުރިއަށް އޮތް ދައުރަށް ޖޭޕީގެ ލީޑަރަކީ ޤާސިމްކަން ރަސްމީކޮށް އިއުލާނުކޮށްފި

ކުރިއަށް އޮތް ދައުރަށް ޖުމްހޫރީ ޕާޓީގެ ލީޑަރަކީ ޤާސިމް އިބްރާހިމްކަމަށް އެ ޕާޓީއިން ރަސްމީކޮށް އިއުލާނުކޮށްފި އެވެ. އެކަން އިއުލާނުކޮށްފައިވަނީ މިހާރު ކުރިއަށް ދާ ޖުމްހޫރީ ޕާޓީގެ ގައުމީ ކޮންފަރެންސްގަ އެވެ. 

ޖޭޕީގެ ލީޑަރުކަމުގެ މަގާމަށް ޤާސިމް ހޮވިވަޑައިގެންނެވީ، އެ މަގާމަށް އިތުރު ބޭފުޅަކު ކުރިމަތިލައްވާފައި ނުވާތީ ވޯޓާއި ނުލާ އޮޓޮއިންނެވެ. 

މިއީ ޤާސިމް ޖޭޕީގެ ލީޑަރުކަމަށް ހޮވިވަޑައިގެންނެވި 3 ވަނަ ދައުރެވެ. 

ޖޭޕީގެ ކެންޑިޑޭޓެއްގެ ގޮތުގައި 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާއި 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ގާސިމްް ވަނީ ވާދަ ކުރައްވާފަ އެވެ. އަދި 2008 ވަނަ އަހަރު ގާސިމަށް ލިބިވަޑައިގަތީ ހަތަރު ވަނަަ އެވެ. ފަހުން 2013 ވަނަ އަހަރު ތިން ވަނަ އެވެ.

މިހާރު ކުރިއަށްދާ ޖުމްހޫރީ ޕާޓީގެ ގައުމީ ކޮންފަރެންސްގައި މިއަދު އެންމެ ފޯރިއާއެކު ކުރިއަށްދަނީ ޖޭޕީގެ މަގާމުތަކަށް މެމްބަރުން އައްޔަންކުރުމަށް ވޯޓުލުމެވެ. 

ޖޭޕީގެ ގައުމީ ކޮންފަރެންސްގެ ތެރެއިން 

ޕާޓީގެ ލީޑަރުކަމަށް ވޯޓާއި ނުލާ ޤާސިމް އިންތިޚާބުވެފައި ވީނަމަވެސް،  ޑެޕިއުޓީ ލީޑަރުގެ ހަތަރު މަގާމާއި ކައުންސިލަށް ބޮޑު ވާދަވެރި ކަމެއް އެބަ އޮތެވެ.

އެގޮތުން ނައިބުގެ މަގާމަށް 12 ބޭފުޅުން ވަނީ ކުރިމަތިލައްވާފަ އެވެ. މި ކޮންފަރެންސްގެ ތެރެއިން ޖޭޕީގެ އެކި މަގާމުތަކަށް މީހުން އައްޔަންކޮށް ކައުންސިލް އެކުލަވާލާނެ އެވެ. 

މި ކޮންފަރެންސްއަކީ ޕާޓީގެ ހިންގުން ހަރުދަނާކޮށް، އަންނަ ރިޔާސީ އިންތިޚާބަށް ޕާޓީއިން ވާދަކުރުމާމެދު ގޮތް ނިންމާ ކޮންފަރެންސްއެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުން 900 މަންދޫބުން މި ކޮންފަރެންސްގައި ބައިވެރިވެފައި ވެއެވެ. 

ކޮމެންޓް
ކިސާން
ތީ ވަރަށް ބޮޑު ކާމިޔާބީ އެއް ފޯރިގަދަ ކެންޕޭނަކުން ލިބުނީމަ
25 Feb 2023
ގުޅޭ ލިޔުންތައް
25 Sep 2026
ޤުރުއާން ކިޔެވުމުގެ 38 ވަނަ ގައުމީ މުބާރާތުގެ ރަންވަނަތައް އިޒުޢާން، އާޔަން އަދި ޒީކަށް
ޙާފިޡުގެ ގޮފިން، މުޅި މުބާރާތުން އެއް ވަނަ ޚާޞިލްކޮށްފައިވަނީ އިސްމާޢީލް އިޒުޢާން އިބްރާހީމްއެވެ. މުޅި މުބާރާތުން ނުބަލާ ކިޔެވުމުގެ ގޮފިން އެެއް ވަނަ ޚާޞިލްކޮށްފައިވަނީ ޢާއިޝަތު ޒީކް ރިޔާޟްއެވެ.
25 Sep 2026
މަސްޖިދުލްޙަރާމްގެ އިމާމު ޑރ ޔާސިރް އައްދައުސަރީ ރާއްޖެ ވަޑައިގަންނަވަނީ
މިއީ 43 އަހަރު ފަހުން މަސްޖިދުލް ޙަރަމްގެ އިމާމަކު ރާއްޖެވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.
24 Sep 2026
ފަހު ހާފްގައި ޖެހި ލަނޑުތަކާއެކު ޗައިނާއިން ދިވެހިރާއްޖެ ބަލިކޮށްފި
އީތަން އަދި އިލާން ނުލައި ރާއްޖެ ނުކުތް މި މެޗުގެ ފުރަތަމަ ހާފްގައި، ޗައިނާ ކުޅުންތެރިން ފޮނުވާލި ގިނަ ހަމަލާތައް ރާއްޖޭގެ ކީޕަރު ވަނީ ވަރަށް ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.
24 Sep 2026
ގަން އެއާޕޯޓުން 3,345 ގްރާމުގެ ކެނަބިސް އަތުލައިގެންފި
މި ތަކެތި ފެނިފައިވަނީ ސެޕްޓެމްބަރު 22 ވަނަ ދުވަހު ގަން އިންޓަރނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެ އެތެރެވި އިންޑިއާގެ ދެ ރައްޔިތެއްގެ ފޮށިތައް ބަލައި ފާސްކުރުމުގެ ތެރޭގައެވެ.
24 Sep 2026
ބާރަށުގައި ރޭގަނޑު 9 ގެ ފަހުން ދަރިވަރުން ބޭރުގައި އުޅުން މަނާކޮށްފި
ޒަރޫރީ ބޭނުމެއް ނެތި ރޭގަނޑު ނުވައެއް ޖެހުމަށް ފަހު، ބެލެނިވެރިއަކާއެކު މެނުވީ ދަރިވަރުން ބޭރުގައި
24 Sep 2026
އެމްޓީސީސީގެ މަސައްކަތްތަކަށް ޔޫއޭއީ ކުންފުންޏަކުން އިންވެސްޓުކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފި
ޔޫއޭއީގެ އެންއެމްޑީސީއާ އެމްޓީސީސީ ގުޅިގެން ރާއްޖޭގައި މަޝްރޫޢުތައް ހިންގުމާއި ޑްރެޖިންގ ސަޕޯޓާއި މުވައްޒަފުން ތަމްރީނުކުރުމާ ގުޅޭ ގޮތުން އަބޫދާބީގައި މަޝްވަރާކޮށް، އެއްބަސްވުމެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ.
24 Sep 2026
ހިލޭ ޑިގްރީ ސްކީމުގައި ބައިވެރިވި ދެބައިކުޅަ އެއްބައި ދަރިވަރުން ކޯސް ނުނިންމާ
އެ ރިޕޯޓުގައި ދިރާސާކޮށްފައި ވަނީ ހިލޭ ޑިގްރީ ސްކީމް ހިންގުމުގައި ކަންކަން އޮތް ގޮތެވެ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އާއި ކިޔަވައިދޭ އެކި މަރުކަޒުތަކުން ހޯދި ތަފާސްހިސާބުތައް ދައްކާ ގޮތުން އެ މުއްދަތުގައި ޖުމްލަ 11641 ދަރިވަރުން ސްކީމުގައި ބައިވެރިވެފައިވެއެވެ. ނަމަވެސް ކޯސް ނިންމައިގެން ނުކުމެފައި ވަނީ 5833 ދަރިވަރުންނެވެ.
24 Sep 2026
ޗައިނާއާ އޮތީ ވަރަށް ގާތްގުޅުމެއް، އެ ގުޅުމުގެ ފައިދާ ވަރަށް ބޮޑު: ރައީސް
ރައީސް ވިދާޅުވީ ދެ ގައުމުގެ ގުޅުން ބިނާވެފައި އޮތީ އިހްތިރާމްގެ މައްޗަށް ކަމަށާ ރާއްޖެއާ ޗައިނާގެ ގުޅުމަކީ ފައިދާހުރި ގުޅުމެއް ކަމަަށެވެ. އެ ގުޅުމުގެ ފައިދާ މުސްތަގުބަލުގައި ވެސް ލިބިގެންދާނެ ކަމަށް ވިދާޅުވި އެވެ.