ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހިމް ގައުމީ ކޮންފަރެންސްގައި ވާހަކަދައްކަވަނީ/ ފޮޓޯ: ޖޭޕީ
ހަބަރު
25 Feb 2023 | 10:54
އަޅުގަނޑަށްވެސް ނިމުން އަންނޭނެ، އެކަމަކު ޕާޓީ ކުރިއަރުވާނެ ލީޑަރުން ތިބެން ޖެހޭ: ޤާސިމް

ޤާސިމް އިބްރާހިމް ނެތަސް ޖުމްހޫރީ ޕާޓީ ހިންގާނެ ހަރުދަނާ ލީޑަރުން ތިބުމަކީ ވަރަށް މުހިންމުކަމެއްކަމަށް ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ. 

އެމަނިކުފާނު މިފަދައިން ވިދާޅުވެފައިވަނީ ކުރިއަށް އޮތް ދައުރަށް ޖޭޕީގެ ލީޑަރުކަމަށް ޤާސިމް ހޮވިވަޑައިގެންފައިވާކަން ރަސްމީކޮށް އިއުލާނު ކުރެއްވުމަށްފަހު ކޮންފަރެންސްގެ ބައިވެރިންނާއި މުޚާތަބުކުރައްވާ ވާހަކަފުޅު ދައްކަވަމުން ނެވެ. 

ޤާސިމް ވިދާޅުވީ އިންތިޚާބާއި ނުލާ ހޮވިވަޑައިގަތުމަކީ އެމަނިކުފާނު އެންމެ އުފާވާ ކަމެއް ނޫން ކަމަށެވެ. އެހެން ނަމަވެސް، އެ މަގާމުގެ މަސްއޫލިއްޔަތުތައް އަދާކުރައްވާނެކަމަށް ޤާސިމް ވިދާޅުވި އެވެ. 

އެއާއެކު އެމަނިކުފާނު ވިދާޅުވީ ޖޭޕީގެ ލީޑަރުގެ ގޮތުގައި އަބަދު އެމަނިކުފާނު ނުހުންނަވާނެ ކަމަށެވެ.

އެހެން ނަމަވެސް، އެފަދަ ދުވަހެއްގައިވެސް ޕާޓީ ހިންގާނަ ހަރުދަނާ އިޚްލާސްތެރި ލީޑަރުން ތިއްބެވުމަކީ ކޮންމެހެން ބޭނުންތެރި ކަމެއްކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ. އަދި ޖުމްހޫރީ ޕާޓީގެ ތެރެއިން އެފަދަ ލީޑަރުން އުފެދިގެން ދިއުމަކީ އުންމީދުކުރައްވާ ކަމެއްކަމަށެވެ. 

"މި ޕާޓީ ދެމިގެން ދިއުމަށްޓަކައި.. ޒަމާންތަކަށް ދެމިގެން ދިއުމަށްޓަކައި ކަންތައްތަކެއް ކުރަން ޖެހޭކަން އަޅުގަނޑުމެން ގަބޫލުކުރަން ޖެހޭ. ތާއަބަދަކު އަޅުގަނޑު ނުހުންނާނެ މި ލީޑަރު ކަމުގައެއް، އަޅުގަނޑަށްވެސް ނިމުމެއް އަންނަން ޖެހޭނެ، އެއީ ޤުދުރަތީ ޤާނޫނު އޮންނަ ގޮތް. އެކަން ވާނެވެސް ގޮތް މެ. އެހެންވީމަ އަޅުގަނޑުމެންގެ ރައްޔިތުންގެ ތެރެއިން މި ކަންކަމަށް ސާބިތުކަމާއެކީގައި އެދިވަޑައިގެން ކެރިވަޑައިގެން ނިކުންނަށް ތިއްބަވާނެ ބޭފުޅުންކޮޅެއް، އިޚްލާސްތެރިކަމާއެކު އަޅުގަނޑު ކުރި ރަނގަޅު ކަންތައްތައް ބަލައިގަނެގެން ކުރިއަށް ގެންދާނެ ރަނގަޅު ލީޑަޝިޕެއް އޮތުމަކީ ވަރަށް ބޭނުންތެރިކަމެއް"

ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހިމް 

ކުރިއަށް އޮތް ދައުރަށް ޖޭޕީގެ ލީޑަރުކަމަށް ޤާސިމް އިންތިޚާބުވެފައިވާއިރި، މިއީ އެމަނިކުފާނު އެ މަގާމު ފުރުއްވާ 3 ވަނަ ދައުރުކަން ފާހަގަކޮށްލެވެއެވެ. 

ޤާސިމް އިބްރާހިމް ވަނީ ޖޭޕީގެ ކެންޑިޑޭޓެއްގެ ގޮތުގައި 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާއި 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Sep 2026
ޤުރުއާން ކިޔެވުމުގެ 38 ވަނަ ގައުމީ މުބާރާތުގެ ރަންވަނަތައް އިޒުޢާން، އާޔަން އަދި ޒީކަށް
ޙާފިޡުގެ ގޮފިން، މުޅި މުބާރާތުން އެއް ވަނަ ޚާޞިލްކޮށްފައިވަނީ އިސްމާޢީލް އިޒުޢާން އިބްރާހީމްއެވެ. މުޅި މުބާރާތުން ނުބަލާ ކިޔެވުމުގެ ގޮފިން އެެއް ވަނަ ޚާޞިލްކޮށްފައިވަނީ ޢާއިޝަތު ޒީކް ރިޔާޟްއެވެ.
25 Sep 2026
މަސްޖިދުލްޙަރާމްގެ އިމާމު ޑރ ޔާސިރް އައްދައުސަރީ ރާއްޖެ ވަޑައިގަންނަވަނީ
މިއީ 43 އަހަރު ފަހުން މަސްޖިދުލް ޙަރަމްގެ އިމާމަކު ރާއްޖެވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.
24 Sep 2026
ފަހު ހާފްގައި ޖެހި ލަނޑުތަކާއެކު ޗައިނާއިން ދިވެހިރާއްޖެ ބަލިކޮށްފި
އީތަން އަދި އިލާން ނުލައި ރާއްޖެ ނުކުތް މި މެޗުގެ ފުރަތަމަ ހާފްގައި، ޗައިނާ ކުޅުންތެރިން ފޮނުވާލި ގިނަ ހަމަލާތައް ރާއްޖޭގެ ކީޕަރު ވަނީ ވަރަށް ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.
24 Sep 2026
ގަން އެއާޕޯޓުން 3,345 ގްރާމުގެ ކެނަބިސް އަތުލައިގެންފި
މި ތަކެތި ފެނިފައިވަނީ ސެޕްޓެމްބަރު 22 ވަނަ ދުވަހު ގަން އިންޓަރނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެ އެތެރެވި އިންޑިއާގެ ދެ ރައްޔިތެއްގެ ފޮށިތައް ބަލައި ފާސްކުރުމުގެ ތެރޭގައެވެ.
24 Sep 2026
ބާރަށުގައި ރޭގަނޑު 9 ގެ ފަހުން ދަރިވަރުން ބޭރުގައި އުޅުން މަނާކޮށްފި
ޒަރޫރީ ބޭނުމެއް ނެތި ރޭގަނޑު ނުވައެއް ޖެހުމަށް ފަހު، ބެލެނިވެރިއަކާއެކު މެނުވީ ދަރިވަރުން ބޭރުގައި
24 Sep 2026
އެމްޓީސީސީގެ މަސައްކަތްތަކަށް ޔޫއޭއީ ކުންފުންޏަކުން އިންވެސްޓުކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފި
ޔޫއޭއީގެ އެންއެމްޑީސީއާ އެމްޓީސީސީ ގުޅިގެން ރާއްޖޭގައި މަޝްރޫޢުތައް ހިންގުމާއި ޑްރެޖިންގ ސަޕޯޓާއި މުވައްޒަފުން ތަމްރީނުކުރުމާ ގުޅޭ ގޮތުން އަބޫދާބީގައި މަޝްވަރާކޮށް، އެއްބަސްވުމެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ.
24 Sep 2026
ހިލޭ ޑިގްރީ ސްކީމުގައި ބައިވެރިވި ދެބައިކުޅަ އެއްބައި ދަރިވަރުން ކޯސް ނުނިންމާ
އެ ރިޕޯޓުގައި ދިރާސާކޮށްފައި ވަނީ ހިލޭ ޑިގްރީ ސްކީމް ހިންގުމުގައި ކަންކަން އޮތް ގޮތެވެ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އާއި ކިޔަވައިދޭ އެކި މަރުކަޒުތަކުން ހޯދި ތަފާސްހިސާބުތައް ދައްކާ ގޮތުން އެ މުއްދަތުގައި ޖުމްލަ 11641 ދަރިވަރުން ސްކީމުގައި ބައިވެރިވެފައިވެއެވެ. ނަމަވެސް ކޯސް ނިންމައިގެން ނުކުމެފައި ވަނީ 5833 ދަރިވަރުންނެވެ.
24 Sep 2026
ޗައިނާއާ އޮތީ ވަރަށް ގާތްގުޅުމެއް، އެ ގުޅުމުގެ ފައިދާ ވަރަށް ބޮޑު: ރައީސް
ރައީސް ވިދާޅުވީ ދެ ގައުމުގެ ގުޅުން ބިނާވެފައި އޮތީ އިހްތިރާމްގެ މައްޗަށް ކަމަށާ ރާއްޖެއާ ޗައިނާގެ ގުޅުމަކީ ފައިދާހުރި ގުޅުމެއް ކަމަަށެވެ. އެ ގުޅުމުގެ ފައިދާ މުސްތަގުބަލުގައި ވެސް ލިބިގެންދާނެ ކަމަށް ވިދާޅުވި އެވެ.