އެންމެ ފަހުން އިދިކޮޅުން މާލޭގައި ބޭއްވި ބޮޑު ހިނގާލުން/ ފޮޓޯ: ވޮއިސް
ހަބަރު
25 Feb 2023 | 10:48
ރައީސް ޔާމީން ރިޔާސީ އިންތިޚާބަށް ނުކުންނަވާނީ އެކަންޏެއްނޫން: އިދިކޮޅު

ޕީޕީއެމް، ޕީއެންސީ އަދި ދިވެހި ރައްޔިތުން ތިބީ އަދިވެސް އިދިކޮޅުގެ ލީޑަރު ރައީސް ޔާމީން އާއި އެކުގައި ކަމަށާއި އެމަނިކުފާނު ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވާނެ ކަމަށް އިދިކޮޅުން ބުނެފިއެވެ.

އެމްޑީޕީގެ ޕްރައިމަރީ ކާމިޔާބު ކުރައްވާ އެޕާޓީގެ ރިޔާސީ ކެނޑިޑޭޓްއެއްގެ ގޮތުގައި ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވަނީ ކަނޑައަޅާފައެވެ. މިއާއިއެކު އެމަނިކުފާނު ވަނީ މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް ކޯލިޝަމް ހެދުމަށް އެހެން ޕާޓީތަކަށް ދައުވަތު ފޮނުވާފައެވެ. މި ދައުވަތު ޤަބޫލުކުރުމަށް މަޝްވަރާކުރުމަށްފަހު އެމްޑީއޭއާއި އަދާލަތު ޕާޓީ ވަނީ ރައީސް ޞާލިހުއާއިއެކު ކޯލިޝަން ހެދުމަށް ނިންމާފައެވެ.

މިކަމާއި ގުޅިގެން އިދިކޮޅުންވަނީ މިއަދު ޓްވީޓް ކޮށްފައެވެ.

އެގޮތުން ޕީއެންސީގެ ނާއިބު ރައީސް އިބްރާހިމް ޝުޖާއު ވަނީ ރިޔާސީ އިންތިޚާބަށް ރައީސް ޔާމީން ނިކުންނަވާނީ އެކަނި ނޫންކަމަށް ވިދާޅުވެފައެވެ. އަދި އެމަިކުފާނު ނިކުންނަވާނީ ޤައުމުގެ މިނިވަންކަމާއި އިސްތިޤްލާލް އަދި މާތްވެގެންވާ އިސްލާމް ދީނުގެ ހައްޤުގައި މަސައްކަތް ކުރައްވާ އެތައްހާސް ރައްޔިތުންނާއެކު ކަމަށް ވިދާޅުވެފައެވެ.

މިިއާއިއެކު ޕީޕީއެމްގެ ނާއިބު ރައީސް މުހައްމަދު ޣައްސާން މައުމޫން ވިދާޅުވެފައިވަނީ ރައީސް ޔާމީންގެ ލަފާފުޅާއިއެކު މުޅީ ޕީޕީއެމް ކެތްތެރިކަމާއި އިޚްލާސްތެރިކަމާއިއެކުު އެއް އަޒުމެއްގައި ގަދަ ހިއްވަރުގައި ސާބިތުވެ މަސައްކަތުގައި އެބަ ތިބި ކަމަށެވެ. އަދި އިންތިޚާބު ކާމިޔާބު ކުރައްވާނީ ރައީސް ޔާމީން ކަމަށް ވިދާޅުވެފައެވެ.

ޕީއެންސީގެ ނާއިބު ރައީސް އާދަމް ޝަރީފް އުމަރު ވިދާޅުވެފައިވަނީ ރިޔާސީ އިންތިޚާބުގައި ދިވެހި ރައްޔިތުންގެ އުންމީދަކީ ރައީސް ޔާމީން ކަމަށާއި އިރާދަކުރެއްވިއްޔާ ރައިސް ޔާމީން މިނިވަންކޮށް އިންތިޚާބު ކާމިޔާބު ކުރާނެކަމަށެވެ. އަދި ޝަރިފް ވަނީ ނުހައްގުން 3 ވަނަ ފަހަރަށް ރައީސް ޔާމީން ޖަލަށްލުމުންވެސް ރައްޔިތުންގެ ތާއީދާއި ލޯބި އެއްދުވަހުން އަނެއް ދުވަހަށް ދަނީ އިތުރުވަމުން ކަމަށް ވެސް ވިދާޅުވެފައެވެ.

މީގެ އިތުރުން ޕީޕީއެމްގެ ނައިބު ރައީސް އަހްމަދު ޝިޔާމް ވިދާޅުވެފައިވަނީ ސިޔާސީ މަޝްރަހުގެ ކުޅިބައި އެތުރެމުންދާ ގޮތުން އުއްމީދު އިތުރަށް އާލާ ކޮށްދޭ ކަމަށެވެ. އަދި މިވަގުތު ޖުމްހޫރީ ޕާޓީ ރައީސް ޞާލިހުއާއިއެކު 2023 ގެ އިންތިޚާބަށް ކޯލިޝަން ހެދުމަކީ ނާދިރު ކަމެއް ކަމަށެވެ. ޝިޔާމް ވަނީ ރައީސް ޔާމީންގެ ވިސްނުންފުޅު ހައިރާން ކުރުވާވަރަށް އަކުރުން އަކުރަށް ދިމާވާކަމަށް ވެސް ފާހަގަކޮށްފައެވެ.

ޕީޕިއެމްގެ ލީޑަރު އަދި ކުރީގެ ރައީސް ޔާމީންގެ މައްޗަށް ހުކުމްކޮށް ޖަލަށް ލުމާއި ގުޅީގެން އިދިކޮޅުން އަންނަނީ މުޒާހަރާކޮށް ރައީސް ޔާމީން ދޫކޮށްލުމަށް ގޮވަމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އަލާއަށް ފާޑުކިޔުން؛ އަލާ ދެއްކެވީ ހެކި, އަމިއްލަ ވާހަކައެއް ނޯންނާނެ
13 Sep 2026
އިންޑިއާ އާއި ޗައިނާގެ ވިޔަފާރިއާއި ދަތުރުފަތުރުގެ ގުޅުން ބަދަހިކުރުމަށް ދެ ގައުމުގެ ވެރިން އެއްބަސްވެއްޖެ
އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓްރީއިން ބުނީ، ދެ ގައުމުގެ މެދުގައި ސަގާފީ ހަރަކާތްތަކާއި، ވިޔަފާރީގެ ގުޅުންތަކާއި، މީހުން ދަތުރުފަތުރުކުރުން އިތުރަށް އާލާކުރުމުގެ މުހިންމުކަން ދެ ލީޑަރުން ފާހަގަކުރެއްވިކަމަށެވެ
13 Sep 2026
ސިޓީގެ ފޯޑެންއަށް ދެއްކި ރަތްކާޑުގެ ފައިދާ މެންޗެސްޓަރ ޔުނައިޓެޑަށް ނުނެގި ބަލިވެއްޖެ
އިނގިރޭސި ޕްރިމިއާ ލީގުގެ ޕޮއިންޓް ތާވަލަށް ބަލާއިރު ސިޓީ އަދި އެއްވަނައިގައި އޮތް އާސެނަލްއަށް ވެސް ވަނީ އެއްވަރަކަށް ޕޮއިންޓް ލިބިފައެވެ. އެހެންނަމަވެސް، ފައިދާ ގޯލުގެ ތަފާތުން ތާވަލުގެ އެއްވަނަ އަދިވެސް ކަށަވަރުކޮށްގެން އޮތީ އާސެނަލްއެވެ.
13 Sep 2026
ބްރިޖުގައި ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް؛ އެކަކަށް އަނިޔާވެ ފަރުވާ ދެނީ
އެކްސިޑެންޓްގަައި ހިމެނޭ ސައިކަލާއި ކާރަށް ވަނީ އެކިވަރުގެ ގެއްލުން ވެފައެވެ.
13 Sep 2026
މިސްކިތްތަކަށް ގެއްލުން ދިނުން ހުއްޓުވަން ގާނޫނެއް ފަރުމާކޮށް އަދަބު ކަނޑައެޅުން މުހިންމު: ޒައިދު
އެފަދަ މީހުން އެފަދަ ކުއްތައް ތަކުރާރުކުރާތަން ފެންނަނީ މިހާރު ހުރި ގާނޫނުތަކުން ފަރުވާ ނުލިބޭތީ ކަމުގައި އޭނާ ވިދާޅުވި އެވެ.
13 Sep 2026
ރަޙުމަތްތެރިކަމުގެ މެޗެއްގައި ދިވެހިރާއްޖެ، ޗައިނާއާ ދެކޮޅަށް ނިކުންނަނީ
މި މެޗު ކުޅޭނެ ވަކި ޚާއްޞަ ތާރީޚެއް އަދި ރަސްމީކޮށް ކަނޑައެޅިފައި ނުވި ނަމަވެސް، މެޗު ކުޅުމަށް ނިންމާފައިވަނީ ޗައިނާގައެވެ.
13 Sep 2026
ދީން ފެތުރުމާއި ދިން ދިފާއުކުރުމުގައި ޒުވާނުންގެ ދައުރު ފެވިގެންދަނީ ރަން އަކުރުން: ރައީސް
އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ ތާރީޚީ މުނާސަބު މި ވަގުތުގައި ކުރިއަށްގެންދިޔަ "ޒުވާން ހަތީބުންގެ ޤައުމީ މަހާސިންތާ" ނިންމުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
13 Sep 2026
ގައުމީ އެއާލައިނުން ކުޑަހުވަދުއަށް މި މަހުގެ 17ގައި ޝެޑިއުލް ދަތުރުތައް ފަށަނީ
ކައުންސިލުން ބުނީ މި މަހުގެ 17 ގެ ކުރީން ދަތުރުތައް ފަށާނެ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.