ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް އަދި ނައިބުރައީސް ފައިސަލް/ ފޮޓޯ: ސަން
ހަބަރު
25 Feb 2023 | 11:37
ނައިބުރައީސްއަށް ދައުވަތު އެރުވި، ވަޑައިނުގެންނެވި ސަބަބެއް ނޭނގޭ: ޖޭޕީ

ޖުމްހޫރީ ޕާޓީގެ ގައުމީ ކޮންފަރެންސްއަށް އެ ޕާޓީގެ ސްލޮޓެއްގައި ނައިބު ރައީސްކަމުގައި ހުންނެވި ފައިސަލް ނަސީމަށް ދައުވަތު އަރުވާފައިވާކަމަށް އެ ޕާޓީން ބުނެފިއެވެ. 

ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާއި މަޖިލީސް މެންބަރުންނާއި އެކުވެރި ގައުމުތަކުގެ ސަފީރުންވެސް ބައިވެރިވެވަޑައިގެންނެވި ޖުމްހޫރީ ޕާޓީގެ ގައުމީ ކޮންފަރެންސް އިފްތިތާހު ކުރުމުގެ ރަސްމިއްޔާތަށް ނާއިބު ރައީސް ފައިސަލް ނަސީމަށް ދައުވަތު ދެއްވާފައި ނުވާ ކަމަށް ބުނެ ބައެއް ނޫސްތަކުން ވަނީ ރިޕޯޓުކޮށްފަ އެވެ. 

އެހެން ނަމަވެސް ޖޭޕީން ވަނީ އެކަން ދޮގުކޮށްފަ އެވެ. 

އެހެން ނަމަވެސް ޖުމްހޫރީ ޕާޓީގެ ތަރުޖަމާނު އަލީ ޞާލިހު ވަނީ އެކަން ދޮގުކުރައްވާފަ އެވެ. 

އެގޮތުން ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް އެދި ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ނައިބުރައީސަށް ސިޓީފުޅެއް ފޮނުވާފައިވާކަމަށް އަލީ ޞާލިހު ވިދާޅުވި އެވެ. އަދި އެ ސިޓީފުޅުގައި ކޮންފަރެންސްގައި ބައިވެރިވުމަށް އެދިވަޑައިގެންފައި ވާކަމަށާއި، އަދި އެމަނިކުފާނު ބައިވެރިވެރި ވަޑައިގެންނެވުމަކީ ލިބޭޏެ ވަރަށް ބޮޑު އުފަލެއްކަމަށް ވިދާޅުވެފައިވާ ހާމަކުރެއްވި އެވެ. 

ކޮންފަރެންސްގައި ބައިވެރިވެ ވަޑައިގެންނެވުން އެދި ޤާސިމް ނައިބުރައީސް ފައިސަލްއަށް ސިޓީ ފުޅެއް ފޮނުވާފައިވަނީ މި މަހުގެ 22 ގައެވެ. 

އެހެން ނަމަވެސް ނައިބު ރައީސް ފައިސަލް ކޮންފަރެންސްގައި ބައިވެރިވެވަޑައެއް ނުގަންނަވައެވެ. އަދި އެމަނިކުފާނު ކޮންފަރެންސްގައި ބައިވެރިވެވަޑައި ނުގެން ސަބަބެއް އެނގިވަޑައި ނުގަންނަވާކަމަށް ޖޭޕީން ވަނީ ބުނެފައެވެ.  

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Sep 2026
ޤުރުއާން ކިޔެވުމުގެ 38 ވަނަ ގައުމީ މުބާރާތުގެ ރަންވަނަތައް އިޒުޢާން، އާޔަން އަދި ޒީކަށް
ޙާފިޡުގެ ގޮފިން، މުޅި މުބާރާތުން އެއް ވަނަ ޚާޞިލްކޮށްފައިވަނީ އިސްމާޢީލް އިޒުޢާން އިބްރާހީމްއެވެ. މުޅި މުބާރާތުން ނުބަލާ ކިޔެވުމުގެ ގޮފިން އެެއް ވަނަ ޚާޞިލްކޮށްފައިވަނީ ޢާއިޝަތު ޒީކް ރިޔާޟްއެވެ.
25 Sep 2026
މަސްޖިދުލްޙަރާމްގެ އިމާމު ޑރ ޔާސިރް އައްދައުސަރީ ރާއްޖެ ވަޑައިގަންނަވަނީ
މިއީ 43 އަހަރު ފަހުން މަސްޖިދުލް ޙަރަމްގެ އިމާމަކު ރާއްޖެވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.
24 Sep 2026
ފަހު ހާފްގައި ޖެހި ލަނޑުތަކާއެކު ޗައިނާއިން ދިވެހިރާއްޖެ ބަލިކޮށްފި
އީތަން އަދި އިލާން ނުލައި ރާއްޖެ ނުކުތް މި މެޗުގެ ފުރަތަމަ ހާފްގައި، ޗައިނާ ކުޅުންތެރިން ފޮނުވާލި ގިނަ ހަމަލާތައް ރާއްޖޭގެ ކީޕަރު ވަނީ ވަރަށް ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.
24 Sep 2026
ގަން އެއާޕޯޓުން 3,345 ގްރާމުގެ ކެނަބިސް އަތުލައިގެންފި
މި ތަކެތި ފެނިފައިވަނީ ސެޕްޓެމްބަރު 22 ވަނަ ދުވަހު ގަން އިންޓަރނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެ އެތެރެވި އިންޑިއާގެ ދެ ރައްޔިތެއްގެ ފޮށިތައް ބަލައި ފާސްކުރުމުގެ ތެރޭގައެވެ.
24 Sep 2026
ބާރަށުގައި ރޭގަނޑު 9 ގެ ފަހުން ދަރިވަރުން ބޭރުގައި އުޅުން މަނާކޮށްފި
ޒަރޫރީ ބޭނުމެއް ނެތި ރޭގަނޑު ނުވައެއް ޖެހުމަށް ފަހު، ބެލެނިވެރިއަކާއެކު މެނުވީ ދަރިވަރުން ބޭރުގައި
24 Sep 2026
އެމްޓީސީސީގެ މަސައްކަތްތަކަށް ޔޫއޭއީ ކުންފުންޏަކުން އިންވެސްޓުކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފި
ޔޫއޭއީގެ އެންއެމްޑީސީއާ އެމްޓީސީސީ ގުޅިގެން ރާއްޖޭގައި މަޝްރޫޢުތައް ހިންގުމާއި ޑްރެޖިންގ ސަޕޯޓާއި މުވައްޒަފުން ތަމްރީނުކުރުމާ ގުޅޭ ގޮތުން އަބޫދާބީގައި މަޝްވަރާކޮށް، އެއްބަސްވުމެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ.
24 Sep 2026
ހިލޭ ޑިގްރީ ސްކީމުގައި ބައިވެރިވި ދެބައިކުޅަ އެއްބައި ދަރިވަރުން ކޯސް ނުނިންމާ
އެ ރިޕޯޓުގައި ދިރާސާކޮށްފައި ވަނީ ހިލޭ ޑިގްރީ ސްކީމް ހިންގުމުގައި ކަންކަން އޮތް ގޮތެވެ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އާއި ކިޔަވައިދޭ އެކި މަރުކަޒުތަކުން ހޯދި ތަފާސްހިސާބުތައް ދައްކާ ގޮތުން އެ މުއްދަތުގައި ޖުމްލަ 11641 ދަރިވަރުން ސްކީމުގައި ބައިވެރިވެފައިވެއެވެ. ނަމަވެސް ކޯސް ނިންމައިގެން ނުކުމެފައި ވަނީ 5833 ދަރިވަރުންނެވެ.
24 Sep 2026
ޗައިނާއާ އޮތީ ވަރަށް ގާތްގުޅުމެއް، އެ ގުޅުމުގެ ފައިދާ ވަރަށް ބޮޑު: ރައީސް
ރައީސް ވިދާޅުވީ ދެ ގައުމުގެ ގުޅުން ބިނާވެފައި އޮތީ އިހްތިރާމްގެ މައްޗަށް ކަމަށާ ރާއްޖެއާ ޗައިނާގެ ގުޅުމަކީ ފައިދާހުރި ގުޅުމެއް ކަމަަށެވެ. އެ ގުޅުމުގެ ފައިދާ މުސްތަގުބަލުގައި ވެސް ލިބިގެންދާނެ ކަމަށް ވިދާޅުވި އެވެ.