ނައިފަރު ދާއިރަގެ މެމްބަރު އަދި ޕީޕީއެމްގެ ނައިބް ރައީސް އަހްމަދު ޝިޔާމް
ހަބަރު
25 Feb 2023 | 13:28
ޖުމްހޫރީ ޕާޓީ މިވަގުތު ރައީސް ޞާލިޙާއި އެކު ކޯލިޝަން ހެދުމަކީ ނާދިރު ކަމެއް: ޝިޔާމް

ޖުމްހޫރީ ޕާޓީ މިވަގުތު ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙާއި އެކު ކޯލިޝަން ހެދުމަކީ ނާދިރު ކަމެއް ކަމަށް ޕީޕީއެމްގެ ނައިބް ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޝިޔާމް މިހެން ވިދާޅުވީ އޭނާ ކުރެއްވެވި ޓްވީޓެއްގައެވެ.

ޝިޔާމް ވިދާޅުވީ، ސިޔާސީ މަޝްރަހުގެ ކުޅިބައި އެތުރެމުންދާ ގޮތުން އުއްމީދު އިތުރަށް އާލާ ކޮށްދޭ ކަމަށެވެ. އަދި މިވަގުތު ޖުމްހޫރީ ޕާޓީ ރައީސް ޞާލިހުއާއިއެކު 2023 ގެ އިންތިޚާބަށް ކޯލިޝަން ހެދުމަކީ ނާދިރު ކަމެއް ކަމަށެވެ. ޝިޔާމް ވަނީ ރައީސް ޔާމީންގެ ވިސްނުންފުޅު ހައިރާން ކުރުވާވަރަށް އަކުރުން އަކުރަށް ދިމާވާކަމަށް ވެސް ފާހަގަކޮށްފައެވެ.

"ސިޔާސީ މަސްރަހުގެ ކުޅިބައި އެތުރެމުންދާ ގޮތުން އުއްމީދު އިތުރަށް އާލާކޮށްދޭ، ޖުމްހޫރީ ޕާޓީ މިވަގުތު ރައީސް ޞާލިޙާއި  އެކު 2023 އަށް ކޯލިޝަން ހެދުމަކީ ނާދިރުކަމެއް، ރައީސް ޔާމީން ގެ ވިސްނުންފުޅު ހައިރާންކުރުވާވަރަށް އަކުރުން އަކުރަށް އެބަ ދިމާވޭ" ޝިޔާމް ވިދާޅުވެފައިވެއެވެ.

ޝިޔާމް މިހެން ވިދާޅުވެފައި މިވަނީ ޖުމްހޫރީ ޕާޓީގެ ޤައިމީ ކޮންގްރެސް ކުރިއަށްދާ ދަނޑިވަޅާއި ދިމާކޮށެވެ. އިއްޔެ ފެށިގެން ކުރިއަށްމިދާ ކޮންގްރެސްގައި ރިޔާސީ އިންތިޚާބުގައި އެޕާޓީއިން ޢަމަލު ކުރާނެ ގޮތެއް ނިންމާނެއެވެ. ކޯލިޝަން ހަދާނީތޯ ނުވަތަ ޕާޓީ އިން ކެނޑިޑޭޓެއް ނެރޭނީތޯ ނިންމައި އެކަން މިއަދި އިއްލާނު ކުރުމަށް ވަނީ ހަމަޖެހިފައެވެ.

މިހާރު ޢަދާލަތު ޕާޓީ އާއި ސަން ސިޔާމް ހިންގަވާ އެމްޑީއޭ އިން ވަނީ މި އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ރައީސް ޞާލިޙަށް ތާއީދު ކުރުމަށް ނިންމައި އެކަން އިއްލާނުކޮށްފައެވެ.

އެމްޑީޕީ އިން ރައީސް ޞާލިޙް ވާދަކުރައްވާއިރު އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަން އިން ވަނީ ރައީސް ޔާމިން ޢަބްދުލް ޤައްޔޫމް ނެރުމަށް ނިންމައިފއެވެ. އަދި މިނިވަން ކެނޑިޑޭޓެއްގެ ގޮތުގައި ނުކުންނަވާނޭ ކަން އިއްލާނު ކުރައްވައި ޢުމަރް ނަސީރު ވެސް އަންނަނީ ކެމްޕެއިން ކުރައްވަމުންނެވެ.

ޝިޔާމް ޖޭޕީ އިން ރައީސް ޞާލިޙާއި އެކު ކޯލިޝަން ނުހަދާނެ ކަމަށް ވިދާޅުވިއިރު އިއްޔެ ޖޭޕީ ގެ ކޮންގްރެސްގައި ވަނީ ސަރުކާރުގެ ކާމިޔާބީތަކުގެ ކުރެޑިޓު އެ ޕާޓީއަށް ނުލިބޭތީ ޝަކުވާކުރައްވާފައެވެ.

ކޮމެންޓް
ޞަލާ
ބަލާލަބަލަ، ތިމަންމެންނާއެކު ކޯލިޝަން ހަދާތޯ ނޫންތޯ، ހީވަނީ ކިޔާނެ ނުކިޔާނެ އެއްޗެއް ނެތިގެން އުޅޭހެން، ތިހެން ބުނި އެމްޑީއާމެދު ވެސް، އެއުޅޭ މަ މޮޅު ވެސް، އެކަމަކު ކަންވީ އެހެން ގޮތަކަށް.
25 Feb 2023
ގުޅޭ ލިޔުންތައް
25 Sep 2026
ޤުރުއާން ކިޔެވުމުގެ 38 ވަނަ ގައުމީ މުބާރާތުގެ ރަންވަނަތައް އިޒުޢާން، އާޔަން އަދި ޒީކަށް
ޙާފިޡުގެ ގޮފިން، މުޅި މުބާރާތުން އެއް ވަނަ ޚާޞިލްކޮށްފައިވަނީ އިސްމާޢީލް އިޒުޢާން އިބްރާހީމްއެވެ. މުޅި މުބާރާތުން ނުބަލާ ކިޔެވުމުގެ ގޮފިން އެެއް ވަނަ ޚާޞިލްކޮށްފައިވަނީ ޢާއިޝަތު ޒީކް ރިޔާޟްއެވެ.
25 Sep 2026
މަސްޖިދުލްޙަރާމްގެ އިމާމު ޑރ ޔާސިރް އައްދައުސަރީ ރާއްޖެ ވަޑައިގަންނަވަނީ
މިއީ 43 އަހަރު ފަހުން މަސްޖިދުލް ޙަރަމްގެ އިމާމަކު ރާއްޖެވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.
24 Sep 2026
ފަހު ހާފްގައި ޖެހި ލަނޑުތަކާއެކު ޗައިނާއިން ދިވެހިރާއްޖެ ބަލިކޮށްފި
އީތަން އަދި އިލާން ނުލައި ރާއްޖެ ނުކުތް މި މެޗުގެ ފުރަތަމަ ހާފްގައި، ޗައިނާ ކުޅުންތެރިން ފޮނުވާލި ގިނަ ހަމަލާތައް ރާއްޖޭގެ ކީޕަރު ވަނީ ވަރަށް ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.
24 Sep 2026
ގަން އެއާޕޯޓުން 3,345 ގްރާމުގެ ކެނަބިސް އަތުލައިގެންފި
މި ތަކެތި ފެނިފައިވަނީ ސެޕްޓެމްބަރު 22 ވަނަ ދުވަހު ގަން އިންޓަރނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެ އެތެރެވި އިންޑިއާގެ ދެ ރައްޔިތެއްގެ ފޮށިތައް ބަލައި ފާސްކުރުމުގެ ތެރޭގައެވެ.
24 Sep 2026
ބާރަށުގައި ރޭގަނޑު 9 ގެ ފަހުން ދަރިވަރުން ބޭރުގައި އުޅުން މަނާކޮށްފި
ޒަރޫރީ ބޭނުމެއް ނެތި ރޭގަނޑު ނުވައެއް ޖެހުމަށް ފަހު، ބެލެނިވެރިއަކާއެކު މެނުވީ ދަރިވަރުން ބޭރުގައި
24 Sep 2026
އެމްޓީސީސީގެ މަސައްކަތްތަކަށް ޔޫއޭއީ ކުންފުންޏަކުން އިންވެސްޓުކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފި
ޔޫއޭއީގެ އެންއެމްޑީސީއާ އެމްޓީސީސީ ގުޅިގެން ރާއްޖޭގައި މަޝްރޫޢުތައް ހިންގުމާއި ޑްރެޖިންގ ސަޕޯޓާއި މުވައްޒަފުން ތަމްރީނުކުރުމާ ގުޅޭ ގޮތުން އަބޫދާބީގައި މަޝްވަރާކޮށް، އެއްބަސްވުމެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ.
24 Sep 2026
ހިލޭ ޑިގްރީ ސްކީމުގައި ބައިވެރިވި ދެބައިކުޅަ އެއްބައި ދަރިވަރުން ކޯސް ނުނިންމާ
އެ ރިޕޯޓުގައި ދިރާސާކޮށްފައި ވަނީ ހިލޭ ޑިގްރީ ސްކީމް ހިންގުމުގައި ކަންކަން އޮތް ގޮތެވެ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އާއި ކިޔަވައިދޭ އެކި މަރުކަޒުތަކުން ހޯދި ތަފާސްހިސާބުތައް ދައްކާ ގޮތުން އެ މުއްދަތުގައި ޖުމްލަ 11641 ދަރިވަރުން ސްކީމުގައި ބައިވެރިވެފައިވެއެވެ. ނަމަވެސް ކޯސް ނިންމައިގެން ނުކުމެފައި ވަނީ 5833 ދަރިވަރުންނެވެ.
24 Sep 2026
ޗައިނާއާ އޮތީ ވަރަށް ގާތްގުޅުމެއް، އެ ގުޅުމުގެ ފައިދާ ވަރަށް ބޮޑު: ރައީސް
ރައީސް ވިދާޅުވީ ދެ ގައުމުގެ ގުޅުން ބިނާވެފައި އޮތީ އިހްތިރާމްގެ މައްޗަށް ކަމަށާ ރާއްޖެއާ ޗައިނާގެ ގުޅުމަކީ ފައިދާހުރި ގުޅުމެއް ކަމަަށެވެ. އެ ގުޅުމުގެ ފައިދާ މުސްތަގުބަލުގައި ވެސް ލިބިގެންދާނެ ކަމަށް ވިދާޅުވި އެވެ.