ފޮޓޯ: ވޮއިސް
ހަބަރު
25 Feb 2023 | 23:53
ޖުމްހޫރީ ޕާޓީން ރިޔާސީ ރޭހުގައި ވާދަކުރަން ޤަރާރު ފާސްކޮށްފި، ގޮތް ނިންމާނީ ކައުންސިލުން!

ޖުމްހޫރީ ޕާޓީން އެ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަން ގައުމީ ކޮންފަރެންސްގެ އިއްތިފާގުން ފާސްކޮށްފިއެވެ. 

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް ގޮވާލާ ހުށައެޅި ޤަރާރު މިހާރު ކުރިއަށްދާ އެ ޕާޓީގެ ގައުމީ ކޮންފަރެންސްގެ އިއްތިފާގުން ވަނީ ފާސްކޮށްފަ އެވެ. 

އެއާއެކު ޤާސިމް ރިޔާސީ ރޭހުގައި ވާދަކުރެއްވުމާމެދު ގޮތެއް ނިންމުމަށް ކައުންސިލަށް ހުށައެޅޭނެ އެވެ. ރަސްމީކޮށް ޤާސިމް ވާދަކުރައްވާނެކަން ނިންމަވާނީ ކައުންސިލްގެ އަގުލަބިއްޔަތުން ނެވެ. 

ޖުމްހޫރީ ޕާޓީގެ އަސާސީ ގަވައިދު ބުނާގޮތުން އެ ޕާޓީން ރިޔާސީ އިންތިޚާބުގައި ވާދަކުރާނަމަ، ކެންޑިޑޭޓެއްގެ ގޮތުގައި ނިކުންނަވާނީ ޕާޓީގެ ލީޑަރެވެ. 

ޖުމްހޫރީ ޕާޓީގެ ގައުމީ ކޮންފަރެންސްފައި ވަނީ ކުރިއަށް އޮތް ޖޭޕީގެ ދައުރަށް ޕާޓީގެ ލީޑަރުގެ މަގާމަށް އައްޔަންކުރައްވާފަ އެވެ. ޤާސިމް އެ މަގާމަށް އިންތިޚާބު ވެވަޑައިގެންފައިވަނީ ވޯޓާއި ނުލާ އޮޓޮއިންނެވެ. 

ޤާސިމް އިބްރާހިމު ވަނީ ޖޭޕީގެ ކެންޑިޑޭޓެއްގެ ގޮތުގައި 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާއި 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާފަ އެވެ. 2008 ވަނަ އަހަރު ގާސިމަށް ލިބިވަޑައިގަތީ ހަތަރު ވަނަަ އެވެ. ފަހުން 2013 ވަނަ އަހަރު ތިން ވަނަ އެވެ.

މިހާރު ވެރިކަން ކުރަމުންދާ އެމްޑީޕީ ކޯލިޝަން ސަރުކާރުގެ އެންމެ ބޮޑު ހިއްސާދާރަކީވެސް ޤާސިމް އިބްރާހިމެވެ. 

ޖުމްހޫރީ ޕާޓީން ރިޔާސީ އިންތިޚާބަށް ވާަދަކުރުމަށް ތާއީދު ކުރައްވާ ވާހަކަފުޅު ދެއްކެވި ގިނަ މެމްބަރުން ވިދާޅުވީ މިހާރު ރާއްޖޭގެ ސިޔާސީ މަޝްރަހު އޮތް ގޮތުން މި އިންތިޚާބަކީ ޖޭޕީއަށް ފުރުސަތު ބޮޑު އިންތިޚާބެއް ކަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Sep 2026
ޤުރުއާން ކިޔެވުމުގެ 38 ވަނަ ގައުމީ މުބާރާތުގެ ރަންވަނަތައް އިޒުޢާން، އާޔަން އަދި ޒީކަށް
ޙާފިޡުގެ ގޮފިން، މުޅި މުބާރާތުން އެއް ވަނަ ޚާޞިލްކޮށްފައިވަނީ އިސްމާޢީލް އިޒުޢާން އިބްރާހީމްއެވެ. މުޅި މުބާރާތުން ނުބަލާ ކިޔެވުމުގެ ގޮފިން އެެއް ވަނަ ޚާޞިލްކޮށްފައިވަނީ ޢާއިޝަތު ޒީކް ރިޔާޟްއެވެ.
25 Sep 2026
މަސްޖިދުލްޙަރާމްގެ އިމާމު ޑރ ޔާސިރް އައްދައުސަރީ ރާއްޖެ ވަޑައިގަންނަވަނީ
މިއީ 43 އަހަރު ފަހުން މަސްޖިދުލް ޙަރަމްގެ އިމާމަކު ރާއްޖެވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.
24 Sep 2026
ފަހު ހާފްގައި ޖެހި ލަނޑުތަކާއެކު ޗައިނާއިން ދިވެހިރާއްޖެ ބަލިކޮށްފި
އީތަން އަދި އިލާން ނުލައި ރާއްޖެ ނުކުތް މި މެޗުގެ ފުރަތަމަ ހާފްގައި، ޗައިނާ ކުޅުންތެރިން ފޮނުވާލި ގިނަ ހަމަލާތައް ރާއްޖޭގެ ކީޕަރު ވަނީ ވަރަށް ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.
24 Sep 2026
ގަން އެއާޕޯޓުން 3,345 ގްރާމުގެ ކެނަބިސް އަތުލައިގެންފި
މި ތަކެތި ފެނިފައިވަނީ ސެޕްޓެމްބަރު 22 ވަނަ ދުވަހު ގަން އިންޓަރނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެ އެތެރެވި އިންޑިއާގެ ދެ ރައްޔިތެއްގެ ފޮށިތައް ބަލައި ފާސްކުރުމުގެ ތެރޭގައެވެ.
24 Sep 2026
ބާރަށުގައި ރޭގަނޑު 9 ގެ ފަހުން ދަރިވަރުން ބޭރުގައި އުޅުން މަނާކޮށްފި
ޒަރޫރީ ބޭނުމެއް ނެތި ރޭގަނޑު ނުވައެއް ޖެހުމަށް ފަހު، ބެލެނިވެރިއަކާއެކު މެނުވީ ދަރިވަރުން ބޭރުގައި
24 Sep 2026
އެމްޓީސީސީގެ މަސައްކަތްތަކަށް ޔޫއޭއީ ކުންފުންޏަކުން އިންވެސްޓުކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފި
ޔޫއޭއީގެ އެންއެމްޑީސީއާ އެމްޓީސީސީ ގުޅިގެން ރާއްޖޭގައި މަޝްރޫޢުތައް ހިންގުމާއި ޑްރެޖިންގ ސަޕޯޓާއި މުވައްޒަފުން ތަމްރީނުކުރުމާ ގުޅޭ ގޮތުން އަބޫދާބީގައި މަޝްވަރާކޮށް، އެއްބަސްވުމެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ.
24 Sep 2026
ހިލޭ ޑިގްރީ ސްކީމުގައި ބައިވެރިވި ދެބައިކުޅަ އެއްބައި ދަރިވަރުން ކޯސް ނުނިންމާ
އެ ރިޕޯޓުގައި ދިރާސާކޮށްފައި ވަނީ ހިލޭ ޑިގްރީ ސްކީމް ހިންގުމުގައި ކަންކަން އޮތް ގޮތެވެ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އާއި ކިޔަވައިދޭ އެކި މަރުކަޒުތަކުން ހޯދި ތަފާސްހިސާބުތައް ދައްކާ ގޮތުން އެ މުއްދަތުގައި ޖުމްލަ 11641 ދަރިވަރުން ސްކީމުގައި ބައިވެރިވެފައިވެއެވެ. ނަމަވެސް ކޯސް ނިންމައިގެން ނުކުމެފައި ވަނީ 5833 ދަރިވަރުންނެވެ.
24 Sep 2026
ޗައިނާއާ އޮތީ ވަރަށް ގާތްގުޅުމެއް، އެ ގުޅުމުގެ ފައިދާ ވަރަށް ބޮޑު: ރައީސް
ރައީސް ވިދާޅުވީ ދެ ގައުމުގެ ގުޅުން ބިނާވެފައި އޮތީ އިހްތިރާމްގެ މައްޗަށް ކަމަށާ ރާއްޖެއާ ޗައިނާގެ ގުޅުމަކީ ފައިދާހުރި ގުޅުމެއް ކަމަަށެވެ. އެ ގުޅުމުގެ ފައިދާ މުސްތަގުބަލުގައި ވެސް ލިބިގެންދާނެ ކަމަށް ވިދާޅުވި އެވެ.