ގޮތް ނިންމާ ޤަރާރު ހުށައަޅުއްވާދެއްވަނީ.. ފޮޓޯ: ޖޭޕީ
ހަބަރު
25 Feb 2023 | 23:03
ގޮތް ނިންމާ ޤަރާރުގެ ބަހުސް ފަށައިގެން ކުރިއަށް!

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ޖުމްހޫރީ ޕާޓީން ވާދަކުރާނެ ގޮތަކާއި ގުޅޭގޮތުން ގޮތް ނިންމުމަށް އެދި ހުށައެޅި ޤަރާރަށް ބަހުސްކުރަން ފަށައިފި އެވެ. 

ޖުމްހޫރީ ޕާޓީ އިން ރިޔާސީ އިންތިހާބުގައި ވާދަކުރުން ނުވަތަ އެ ޕާޓީ އިސްވެ އޮވެ އެހެން ޕާޓީތަކާއެކު ކޯލިޝަން ހަދައިގެން ނިކުތުމާމެދު ގޮތް ނިންމުމަށް މިހާރު ކުރިއަށްދާ އެ ޕާޓީގެ ގައުމީ ކޮންފަރެންސްއަށް ޤަރާރު ހުށައެޅުއްވީ ތިނަދޫ އުތުރު ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ އަހްމަދެވެ. 

އެ ޤަރާރަށް ބަހުސްކުރުން މިހާރު ފޯރިއާއެކު ކުރިއަށްދާއިރު މިހާތަނަށް ބަހުސްކުރެއްވި ގިނަ ބޭފުޅުންގެ ވިސްނުންފުޅު ހުރީ ޖޭޕީން ރިޔާސީ ރޭހަށް ނިކުމެ، ބައެއްގެ ފަހަތަށް ނާރާ އިންތިޚާބުގައި ވާދަކުރުމަށް ބޭނުންވާކަމަށެވެ. 

އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހު ވިދާޅުވީ ޖުމްހޫރީ ޕާޓީން ރައްޔިތުންނަށް ޚިދުމަތްކޮށްދިނުމަށް އިސްވެ އޮވެ ނިކުންނަން ޖެހޭ ކަމަށެވެ. އިސްވެ އޮވެ ސަރުކާރު ހިންގާނެ ގާބިލުކަން ޖުމްހޫރީ ޕާޓީގެ ކިބައިގައި އޮތްކަމަށް ޝާހު ވިދާޅުވިއެވެ. 

ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިންވެސް ވަނީ ރިޔާސީ އިންތިޚާބުގައި ވާދަކުރަން ނިކުތުމަށް ގޮވާލައްވާފަ އެވެ. ކޮންމެ ރިޔާސީ އިންތިޚާބެއްގައި ބައެއްގެ ފަހަތަށް އެރުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށާއި، އިންތިޚާބުގައި ވާދަކޮށް މޮޅުވުމުގެ ރޫހު ޖޭޕީގައި އުފެދިފައިވާކަމަށް އޭނާ ވިދާޅުވިއެވެ. 

ޤަރާރަށް ބަހުސްކުރުމަށް ފައްޓަވާދެއްވަނީ.. ފޮޓޯ: ޖޭޕީ

ރިޔާސީ އިންތިޚާބުގެ ރޭހަށް ނިކުތުމަށް ބައެއް މެމްބަރުން ގޮވާލައްވާފައިވާއިރު، މިހާރު މިއޮތް ކޯލިޝަންގައި ތިބެގެން ގައުމަށް ޚިދުމަތް ކުރުމަކީ އެންމެ ރަނގަޅު ގޮތްކަމަށް ޖުމްހޫރީ ޕާޓީގެ ކުރީގެ ސެކެޓްރީ ޖެނެރަލް އަހުމަދު ސަމީރު ވަނީ ވިދާޅުވެފަ އެވެ. 

ސަމީރު ވިދާޅުވީ މިހާރު ވެރިކަން ކުރަމުންދާ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރަކީ ރައްޔިތުންގެ ލާބަޔާއި މަންފާއަށް މަސައްކަތް ކުރާ ސަރުކާރެއް ކަމަށެވެ. ސަރުކާރު ހިންގުމަށް ޖޭޕީގެ ހިއްސާ އޮތް އިރު، ކުރިއަށް އޮތް ތަނުގައި އެކަން ސަރުކާރަށް ވާގިވެރިވުމަކީ ގައުމާއި ރައްޔިތުންނަށް އެންމެ ފައިދާ ހުރި ގޮތްކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ. 

ރިޔާސީ އިންތިޚާބަށް ގޮތް ނިންމުމަށް ކުރާ ބަހުސް ފޯރިއާއެކު ކުރިއަށް ދާއިރު، މިރޭ އެ ގަރާރަށް ބަހުސްކުރެއްވުމަށް އެދިވަޑައިގަންނަވާ ހުރިހާ ބޭފުޅުންނަށްވެސް އެ ފުރުސަތު ދޭނެކަމަށް ޖޭޕީން ވަނީ ބުނެފައެވެ. 

ޤަރާރަށް ކުރެވޭ ބަހުސަށްފަހު، މިރޭގެ ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ޖޭޕީން ނިކުތުމާމެދު ގޮތް ނިންމާނެއެވެ. ޖުމްހޫރީ ޕާޓީގެ މި ނިންމުމަކީ ރައްޔިތުން ވަރަށް ގާތުން ބަލާ އިންތިޒާރު ކުރާ ނިންމުމަކަށް ވަނީ ވެފައެވެ. އަދި ޖޭޕީން ނިންމާ ގޮތެއްގެ ސަބަބުން ސިޔާސީ މަޝްރަހަށް ބޮޑެތި ބަދަލުތަކެއް އަންނާނެކަމަށް މަޝްރަހު ދިރާސާ ކުރައްވާ ބޭފުޅުން ދަނީ ވިދާޅުވަމުން ނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Sep 2026
ޤުރުއާން ކިޔެވުމުގެ 38 ވަނަ ގައުމީ މުބާރާތުގެ ރަންވަނަތައް އިޒުޢާން، އާޔަން އަދި ޒީކަށް
ޙާފިޡުގެ ގޮފިން، މުޅި މުބާރާތުން އެއް ވަނަ ޚާޞިލްކޮށްފައިވަނީ އިސްމާޢީލް އިޒުޢާން އިބްރާހީމްއެވެ. މުޅި މުބާރާތުން ނުބަލާ ކިޔެވުމުގެ ގޮފިން އެެއް ވަނަ ޚާޞިލްކޮށްފައިވަނީ ޢާއިޝަތު ޒީކް ރިޔާޟްއެވެ.
25 Sep 2026
މަސްޖިދުލްޙަރާމްގެ އިމާމު ޑރ ޔާސިރް އައްދައުސަރީ ރާއްޖެ ވަޑައިގަންނަވަނީ
މިއީ 43 އަހަރު ފަހުން މަސްޖިދުލް ޙަރަމްގެ އިމާމަކު ރާއްޖެވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.
24 Sep 2026
ފަހު ހާފްގައި ޖެހި ލަނޑުތަކާއެކު ޗައިނާއިން ދިވެހިރާއްޖެ ބަލިކޮށްފި
އީތަން އަދި އިލާން ނުލައި ރާއްޖެ ނުކުތް މި މެޗުގެ ފުރަތަމަ ހާފްގައި، ޗައިނާ ކުޅުންތެރިން ފޮނުވާލި ގިނަ ހަމަލާތައް ރާއްޖޭގެ ކީޕަރު ވަނީ ވަރަށް ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.
24 Sep 2026
ގަން އެއާޕޯޓުން 3,345 ގްރާމުގެ ކެނަބިސް އަތުލައިގެންފި
މި ތަކެތި ފެނިފައިވަނީ ސެޕްޓެމްބަރު 22 ވަނަ ދުވަހު ގަން އިންޓަރނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެ އެތެރެވި އިންޑިއާގެ ދެ ރައްޔިތެއްގެ ފޮށިތައް ބަލައި ފާސްކުރުމުގެ ތެރޭގައެވެ.
24 Sep 2026
ބާރަށުގައި ރޭގަނޑު 9 ގެ ފަހުން ދަރިވަރުން ބޭރުގައި އުޅުން މަނާކޮށްފި
ޒަރޫރީ ބޭނުމެއް ނެތި ރޭގަނޑު ނުވައެއް ޖެހުމަށް ފަހު، ބެލެނިވެރިއަކާއެކު މެނުވީ ދަރިވަރުން ބޭރުގައި
24 Sep 2026
އެމްޓީސީސީގެ މަސައްކަތްތަކަށް ޔޫއޭއީ ކުންފުންޏަކުން އިންވެސްޓުކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފި
ޔޫއޭއީގެ އެންއެމްޑީސީއާ އެމްޓީސީސީ ގުޅިގެން ރާއްޖޭގައި މަޝްރޫޢުތައް ހިންގުމާއި ޑްރެޖިންގ ސަޕޯޓާއި މުވައްޒަފުން ތަމްރީނުކުރުމާ ގުޅޭ ގޮތުން އަބޫދާބީގައި މަޝްވަރާކޮށް، އެއްބަސްވުމެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ.
24 Sep 2026
ހިލޭ ޑިގްރީ ސްކީމުގައި ބައިވެރިވި ދެބައިކުޅަ އެއްބައި ދަރިވަރުން ކޯސް ނުނިންމާ
އެ ރިޕޯޓުގައި ދިރާސާކޮށްފައި ވަނީ ހިލޭ ޑިގްރީ ސްކީމް ހިންގުމުގައި ކަންކަން އޮތް ގޮތެވެ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އާއި ކިޔަވައިދޭ އެކި މަރުކަޒުތަކުން ހޯދި ތަފާސްހިސާބުތައް ދައްކާ ގޮތުން އެ މުއްދަތުގައި ޖުމްލަ 11641 ދަރިވަރުން ސްކީމުގައި ބައިވެރިވެފައިވެއެވެ. ނަމަވެސް ކޯސް ނިންމައިގެން ނުކުމެފައި ވަނީ 5833 ދަރިވަރުންނެވެ.
24 Sep 2026
ޗައިނާއާ އޮތީ ވަރަށް ގާތްގުޅުމެއް، އެ ގުޅުމުގެ ފައިދާ ވަރަށް ބޮޑު: ރައީސް
ރައީސް ވިދާޅުވީ ދެ ގައުމުގެ ގުޅުން ބިނާވެފައި އޮތީ އިހްތިރާމްގެ މައްޗަށް ކަމަށާ ރާއްޖެއާ ޗައިނާގެ ގުޅުމަކީ ފައިދާހުރި ގުޅުމެއް ކަމަަށެވެ. އެ ގުޅުމުގެ ފައިދާ މުސްތަގުބަލުގައި ވެސް ލިބިގެންދާނެ ކަމަށް ވިދާޅުވި އެވެ.