ގަރާރު ފާސްވިކަން އިއުލާން ކުރައްވައި ގާސިމް ވާހަކަ ދައްކަވަނީ: ފޮޓޯ/ޖޭޕީ
ހަބަރު
26 Feb 2023 | 07:19
ގަރާރަށް ޢަމަލު ކުރުން ކޮންމެހެން ލާޒިމެއް ނޫން: ޤާސިމް

ރިޔާސީ އިންތިހާބުގައި ވާދަ ކުރުމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ގައުމީ ކޮންގްރެސް އަށް ހުށަހަޅާ ފާސްކުރި ގަރާރަކީ އޭގެ މައްޗަށް އަމަލު ކުރަން ކޮންމެހެން ލާޒިމް ގަރާރެއް ނޫން ކަމަށް އެޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ޖޭޕީގެ ގައުމީ ކޮންފަރެންސުގައި އެ ޕާޓީ އިން ރިޔާސީ އިންތިހާބުގައި ވާދަކުރުން ނުވަތަ އެ ޕާޓީ އިސްވެ އޮވެ އެހެން ޕާޓީތަކާއެކު ކޯލިޝަން ހަދައިގެން ނިކުތުމާމެދު ގޮތް ނިންމުމަށް މިހާރު ކުރިއަށްދާ އެ ޕާޓީގެ ގައުމީ ކޮންފަރެންސްއަށް ޤަރާރު ހުށައެޅުއްވީ ތިނަދޫ އުތުރު ދާއިރާގެ ކުރީގެ މެންބަރު އަބްދުالله އަހްމަދެވެ. 

މި ގަރާރަށް ވަރަށް ފޯރީގައި ގާތްގަނޑަކަށް ގަޑިއެއްހާއިރު ވަންދެން ބަހުސް ކުރުމަށްފަހު ވޯޓަށް އެހުމުން، ކޮންގްރެސްގައި އެވަގުތު ބައިވެރިވެވަޑައިގެންނެވި 416 މެންބަރުންގެ އިއްތިފާޤުން ގަރާރު ވަނީ ފާސްވެފަ އެވެ. 

ގަރާރު ފާސްވިކަން އިއުލާން ކުރައްވާ ގާސިމް ވިދާޅުވީ އެ ގަރާރަކީ ކޮންމެހެން އޭގެ މައްޗަށް އަމަލު ކުރުން ލާޒިމް ގަރާރެއް ނޫން ކަމަށެވެ. ނަމަވެސް އެހާ ގިނަ އަދަދެއްގެ މެންބަރުންގެ ވޯޓުން ގަރާރު ފާސްވުމުން، އެ ގަރާރު ޖޭޕީގެ ކައުންސިލަށް ހުށަހަޅުއްވާނެ ކަމަށް ގާސިމް ވިދާޅުވިއެވެ.

"ގަރާރަކީ، ކުރިންވެސް ދަންނަވާލެވުނު ފަދައިން އަޅުގަނޑުމެންގެ ކައުންސިލް އޭގެ މައްޗަށް އަމަލު ކުރުން މަޖުބޫރު އެއްޗެއް ނޫން ކަން. އެހެން ނަމަވެސް، މި ކޮންގްރެސް އަށް ވަޑައިގެންނެވި އިއްޒަތްތެރި މެންބަރުންގެ ވަރަށް ތަނަވަސް އިއްތިފާގަކުން ފާސްކޮށްފައިވަނީ، ކުރިއަށް ގެންދިއުމަށް ކަމަށް ވާތީ އަޅުގަނޑު ހަމަގައިމުވެސް، އަޅުގަނޑުގެ ވާޖިބު އަދާކުރުމަށްޓަކައި ކައުންސިލާއި ހަމައަށް ގެންގޮސްދޭނަން."

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް 

ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް ޖުމްހޫރީ ޕާޓީގެ ކޮންގްރެސްއިން ފާސްކުރިނަމަވެސް، މިއީ އެޕާޓީގެ ކައުންސިލަށް ދިން ލަފައެކެވެ. އެކަމުގައި އިތުރަށް ކުރަންޖެހޭ ކަންކަން ކުރިއަށްގެންދާނީ ކޮންގްރެސް އިން އެކުލަވައިލާ އެޕާޓީގެ އައު ކައުންސިލުންނެވެ.

ޖޭޕީއަކީ މިހާރުގެ ސަރުކާރުގެ ކޯލިޝަން ބައިވެރިއެއްވެސްމެއެވެ. ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ އެމްޑީޕީގެ ކެނޑިޑޭޓުގެ ހައިސިއްޔަތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ، އިންތިޚާބުގައި ވާދަކުރަން ކޯލިޝަން ހެދުމުގެ ދަޢުވަތު ޖުމްހޫރީ ޕާޓީއަށްވެސް ދެއްވާފައެވެ. އަދި ޖުމްހޫރީ ޕާޓީގެ އިތުރުން، ޢަދާލަތު ޕާޓީއާއި، އެމްއާރުއެމާއި އެމްޑީއޭއަށްވެސް ރައީސުލްޖުމްހޫރިއްޔާ އެ ދަޢުވަތު ދެއްވާފައިވާ އިރު، މިހާތަނަށް އެމްޑީޕީއާއެކު ކޯލިޝަން ހަދަން ނިންމާފައިވަނީ ޢަދާލަތު ޕާޓީއާއި، އެމްޑީއޭއިން އެކަންޏެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Sep 2026
ޤުރުއާން ކިޔެވުމުގެ 38 ވަނަ ގައުމީ މުބާރާތުގެ ރަންވަނަތައް އިޒުޢާން، އާޔަން އަދި ޒީކަށް
ޙާފިޡުގެ ގޮފިން، މުޅި މުބާރާތުން އެއް ވަނަ ޚާޞިލްކޮށްފައިވަނީ އިސްމާޢީލް އިޒުޢާން އިބްރާހީމްއެވެ. މުޅި މުބާރާތުން ނުބަލާ ކިޔެވުމުގެ ގޮފިން އެެއް ވަނަ ޚާޞިލްކޮށްފައިވަނީ ޢާއިޝަތު ޒީކް ރިޔާޟްއެވެ.
25 Sep 2026
މަސްޖިދުލްޙަރާމްގެ އިމާމު ޑރ ޔާސިރް އައްދައުސަރީ ރާއްޖެ ވަޑައިގަންނަވަނީ
މިއީ 43 އަހަރު ފަހުން މަސްޖިދުލް ޙަރަމްގެ އިމާމަކު ރާއްޖެވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.
24 Sep 2026
ފަހު ހާފްގައި ޖެހި ލަނޑުތަކާއެކު ޗައިނާއިން ދިވެހިރާއްޖެ ބަލިކޮށްފި
އީތަން އަދި އިލާން ނުލައި ރާއްޖެ ނުކުތް މި މެޗުގެ ފުރަތަމަ ހާފްގައި، ޗައިނާ ކުޅުންތެރިން ފޮނުވާލި ގިނަ ހަމަލާތައް ރާއްޖޭގެ ކީޕަރު ވަނީ ވަރަށް ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.
24 Sep 2026
ގަން އެއާޕޯޓުން 3,345 ގްރާމުގެ ކެނަބިސް އަތުލައިގެންފި
މި ތަކެތި ފެނިފައިވަނީ ސެޕްޓެމްބަރު 22 ވަނަ ދުވަހު ގަން އިންޓަރނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެ އެތެރެވި އިންޑިއާގެ ދެ ރައްޔިތެއްގެ ފޮށިތައް ބަލައި ފާސްކުރުމުގެ ތެރޭގައެވެ.
24 Sep 2026
ބާރަށުގައި ރޭގަނޑު 9 ގެ ފަހުން ދަރިވަރުން ބޭރުގައި އުޅުން މަނާކޮށްފި
ޒަރޫރީ ބޭނުމެއް ނެތި ރޭގަނޑު ނުވައެއް ޖެހުމަށް ފަހު، ބެލެނިވެރިއަކާއެކު މެނުވީ ދަރިވަރުން ބޭރުގައި
24 Sep 2026
އެމްޓީސީސީގެ މަސައްކަތްތަކަށް ޔޫއޭއީ ކުންފުންޏަކުން އިންވެސްޓުކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފި
ޔޫއޭއީގެ އެންއެމްޑީސީއާ އެމްޓީސީސީ ގުޅިގެން ރާއްޖޭގައި މަޝްރޫޢުތައް ހިންގުމާއި ޑްރެޖިންގ ސަޕޯޓާއި މުވައްޒަފުން ތަމްރީނުކުރުމާ ގުޅޭ ގޮތުން އަބޫދާބީގައި މަޝްވަރާކޮށް، އެއްބަސްވުމެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ.
24 Sep 2026
ހިލޭ ޑިގްރީ ސްކީމުގައި ބައިވެރިވި ދެބައިކުޅަ އެއްބައި ދަރިވަރުން ކޯސް ނުނިންމާ
އެ ރިޕޯޓުގައި ދިރާސާކޮށްފައި ވަނީ ހިލޭ ޑިގްރީ ސްކީމް ހިންގުމުގައި ކަންކަން އޮތް ގޮތެވެ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އާއި ކިޔަވައިދޭ އެކި މަރުކަޒުތަކުން ހޯދި ތަފާސްހިސާބުތައް ދައްކާ ގޮތުން އެ މުއްދަތުގައި ޖުމްލަ 11641 ދަރިވަރުން ސްކީމުގައި ބައިވެރިވެފައިވެއެވެ. ނަމަވެސް ކޯސް ނިންމައިގެން ނުކުމެފައި ވަނީ 5833 ދަރިވަރުންނެވެ.
24 Sep 2026
ޗައިނާއާ އޮތީ ވަރަށް ގާތްގުޅުމެއް، އެ ގުޅުމުގެ ފައިދާ ވަރަށް ބޮޑު: ރައީސް
ރައީސް ވިދާޅުވީ ދެ ގައުމުގެ ގުޅުން ބިނާވެފައި އޮތީ އިހްތިރާމްގެ މައްޗަށް ކަމަށާ ރާއްޖެއާ ޗައިނާގެ ގުޅުމަކީ ފައިދާހުރި ގުޅުމެއް ކަމަަށެވެ. އެ ގުޅުމުގެ ފައިދާ މުސްތަގުބަލުގައި ވެސް ލިބިގެންދާނެ ކަމަށް ވިދާޅުވި އެވެ.