އަލީ ހުސައިން ކޮންގްރެސްގައި--ފޮޓޯ: ވޮއިސް
ހަބަރު
26 Feb 2023 | 12:27
ރިޔާސީ ރޭހުގައި ބައެއްގެ ފަހަތަށް އެރުމަކީ ވަރަށް ލަދުވެތި ކަމެއް: އަލީ ހުސައިން

ޖުމްހޫރީ ޕާޓީގެ މިހާރުގެ ހާލަތަށް ބަލާފައި ރިޔާސީ އިންތިޚާބުގައި އެހެން ޕާޓީއެއްގެ ފަހަތަށް އެރުމަކީ ވަރަށް ލަދުވެތި ކަމެއް ކަމަށް ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ވިދާޅުވެއްޖެއެވެ.

އަލީ މިހެން ވިދާޅުވެފައިވަނީ ރޭގައި ބޭއްވުނު ޖޭޕީގެ ގައުމީ ކޮންފަރެންސްގައި ރިޔާސީ އިންތިހާބުގައި ވާދަކުރަން ނުވަތަ އެޕާޓީ އިސްވެ އެހެން ޕާޓީތަކާއިއެކު ކޯލިޝަން ހަދައިގެން ނިކުތުމަށް އެދި ހުށަހެޅުނު ގަރާރަށް ތާއީދު ކުރައްވާ ބަހުސްގައި ވާހަކަ ދައްކަމުންނެވެ.

އެގޮތުން އަލީ ވިދާޅުވެފައިވަނީ 15 އަހަރު ވަންދެން އެހެން ޕާޓީތަކުން ޖެއްސެވިހާ ބެރަކަށް ޖޭޕީއިން ނެށި ނަމަވެސް މިއަދު މިއޮތީ ހަމަ ޖަހަން ޖެހޭ ދުވަސް އައިސްފައި ކަމަށެވެ.

"ބެރު ޖެހިއްޖެ. ބެރު ޖަހަން ފުރުސަތު ދެވިއްޖެ. ދެން އަޅުގަނޑުމެން ޖެހޭނީ ހަމަ ޖަހަން." އަލީ ހުސައިން ވިދާޅުވިއެވެ.

އަލީ ވިދާޅުވީ މި ގައުމަށް މިއަދު ބެނުންވަނީ ހަމަ އެކަނި ކްރައިސިސް މެނޭޖެ ކުރާނެ މެނޭޖަރެއްނޫން ކަމަށާއި މި ގައުމަށް ބޭނުންވަނީ ލީޑް ކުރާނެ މީހެއް ކަމަށެވެ. އަދި އޭނާ ގަބޫލް ކުރަނީ ކަންތައް މެނޭޖްކުރުމާއ ގައުމެއް ލީޑް ކުރުމަކީ ވަރަށް ތަފާތު ދެ ކަމަކާއި ދެ ހުނަރެއް ކަމެވެ.

މިއާއިއެކު އަލީ ވަނީ މިހާރު ގައުމު މިދާ މިސްރާބުން ފެންނާނީ ފަރަށް އަރާތަން ކަމަށާއި މިސްރާބު ބަދަލުުކޮށްގެން ނޫނީ ސަލާމަތުގެ އައްސޭރި އަކަށް މި ގައުމު ގެންދެވޭނެ ކަމަކަށް ގަބޫލް ނުކުރާ ކަމަށް ވިދާޅުވެފައެވެ.

އަލީ ވިދާޅުވީ އެހެން ސިޔާސީ ޕާޓީތަކަށް ވެރިކަން ގެނެސްދިނުމަށްޓަކައި ޖޭޕީއިން ލައްކަ ގިނަ މަސައްކަތް ކޮށް، ލައްކަ ގިނަ ގުރުބާނީ ވެފައި ކަަމަށެވެ. އަދި މިހެން ތިބެންވީ ކިހާ ދުވަހަކުތޯ ސުވާލު އުފައްދާފައިވެއެވެ.

"އަޅުގަނޑު މިއަދު ކުރަންޖެހޭ ސުވާލަކީ ކިހާ ދުވަހެއް ވަންދެން ތޯއެ އަޅުގަނޑު މެން މިހެން އެން ދަމާގެން ވަތަށް އެން އަޅައިގެން ތިބެންވީ؟ އަޅުގަނޑުމެން މި އޮޑިއަށް އެރީކީއެއް އެންދަމާގެން ހަމަ ތިބެފަ ކޮންމެސް އެހެން އޮޑިއަކަށް އަރައިގެން މަހަށް ދާކަށް ނޫން. އަޅުގަނޑުމެން މި އޮޑިއަށް އެރީ މަހަށް ނިކުންނަން. ކިތަންމެ ގަދަވިޔަސް ކިތަންމެ ކޮޅިގަނޑެއްގައި ޖެހުނަސް." އަލީ ވިދާޅުވިއެވެ.

މިއާއިއެކު އަލީ ވަނީ ވާނެ އެއްޗެއް ވަނީ ފަހުން ކަމަށް ފާހަގަ ކޮށް ކިތަންމެ ގަދަ ދުވަހަކަސް އަދި ކިތަންމެ ބަނަ ހެން ހީވާ ދުވަހަކުވެސް ކިހާވަަރެއްގެ އައިނެއް ކަމެއް އިނގޭނީ ކަނޑަށް ނިކުތުމުން ކަމަށެވެ. އަލީ މިހެން ވިދާޅުވެފައިވަނީ ރިޔާސީ އިންތިޚާބުގެ ނަތީޖާ އިނގޭނީ އެކަމަށް ކުރިމަތި ލައިގެން ކަމަށް ރިއާޔަތް ކޮށް ކަމަށް ބެލެވެއެވެ.

"މިއަދު އަޅުގަނޑާ މަގުމަތިން ދިމާވި މީހަކުވެސް ބުނެފި ވާހަކައެއް. ޖުމްހޫރީ ޕާޓީގައި މީހުން އެބަ ތިއްބޭ. ޖުމްހޫރީ ޕާޓީއިން އެބަ ފެނޭ ރޫހެއް. ތިހެން ތިބެފައި ބައެއްގެ ފަހަތަށް އަރައިގެން ރިޔާސީ ރޭހުގައި ބައެއްގެ ފަހަތަށް އެރުމަކީ އެއީ ވަރަށް ލަދުވެތި ކަމެއް." އަލީ ވިދާޅުވިއެވެ.

މީގެ އިތުރުން އަލީ ވިދާޅުވެފައިވަނީ ސިޔާސީ ޕާޓީއެއް ހަދައިގެން ދައުލަތުގެ ފައިސާ އަދި ޖޭޕީގެ ލިޑާޝިޕުންވެސް ފައިސާ ހަރަދު ކޮށްގެން މަސައްކަތް ކުރަނީ ގައުމު މިދާ މިސްރާބު އެހެން މިސްރާބަކަށް ބަދަލު ކުރަންޖެހޭ ކަމަށް ގަބޫލް ކުރެވޭތީ ކަމަށެވެ. އަދި ޖެޕީއަށް އެކަން ކުރެވޭނެކަން ގަބޫލް ކުރާތީ ކަމަށެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ވާދަކުރުމަށް ގޮވާލާ ހުށައެޅި ޤަރާރު އެ ޕާޓީގެ ގައުމީ ކޮންފަރެންސްގެ އިއްތިފާގުން ވަނީ ފާސްކޮށްފަ އެވެ. 

އެއާއެކު ޤާސިމް ރިޔާސީ ރޭހުގައި ވާދަކުރެއްވުމާމެދު ގޮތެއް ނިންމުމަށް ކައުންސިލަށް ހުށައެޅޭނެ އެވެ. ރަސްމީކޮށް ޤާސިމް ވާދަކުރައްވާނެކަން ނިންމަވާނީ ކައުންސިލްގެ އަގުލަބިއްޔަތުން ނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Sep 2026
ޤުރުއާން ކިޔެވުމުގެ 38 ވަނަ ގައުމީ މުބާރާތުގެ ރަންވަނަތައް އިޒުޢާން، އާޔަން އަދި ޒީކަށް
ޙާފިޡުގެ ގޮފިން، މުޅި މުބާރާތުން އެއް ވަނަ ޚާޞިލްކޮށްފައިވަނީ އިސްމާޢީލް އިޒުޢާން އިބްރާހީމްއެވެ. މުޅި މުބާރާތުން ނުބަލާ ކިޔެވުމުގެ ގޮފިން އެެއް ވަނަ ޚާޞިލްކޮށްފައިވަނީ ޢާއިޝަތު ޒީކް ރިޔާޟްއެވެ.
25 Sep 2026
މަސްޖިދުލްޙަރާމްގެ އިމާމު ޑރ ޔާސިރް އައްދައުސަރީ ރާއްޖެ ވަޑައިގަންނަވަނީ
މިއީ 43 އަހަރު ފަހުން މަސްޖިދުލް ޙަރަމްގެ އިމާމަކު ރާއްޖެވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.
24 Sep 2026
ފަހު ހާފްގައި ޖެހި ލަނޑުތަކާއެކު ޗައިނާއިން ދިވެހިރާއްޖެ ބަލިކޮށްފި
އީތަން އަދި އިލާން ނުލައި ރާއްޖެ ނުކުތް މި މެޗުގެ ފުރަތަމަ ހާފްގައި، ޗައިނާ ކުޅުންތެރިން ފޮނުވާލި ގިނަ ހަމަލާތައް ރާއްޖޭގެ ކީޕަރު ވަނީ ވަރަށް ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.
24 Sep 2026
ގަން އެއާޕޯޓުން 3,345 ގްރާމުގެ ކެނަބިސް އަތުލައިގެންފި
މި ތަކެތި ފެނިފައިވަނީ ސެޕްޓެމްބަރު 22 ވަނަ ދުވަހު ގަން އިންޓަރނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެ އެތެރެވި އިންޑިއާގެ ދެ ރައްޔިތެއްގެ ފޮށިތައް ބަލައި ފާސްކުރުމުގެ ތެރޭގައެވެ.
24 Sep 2026
ބާރަށުގައި ރޭގަނޑު 9 ގެ ފަހުން ދަރިވަރުން ބޭރުގައި އުޅުން މަނާކޮށްފި
ޒަރޫރީ ބޭނުމެއް ނެތި ރޭގަނޑު ނުވައެއް ޖެހުމަށް ފަހު، ބެލެނިވެރިއަކާއެކު މެނުވީ ދަރިވަރުން ބޭރުގައި
24 Sep 2026
އެމްޓީސީސީގެ މަސައްކަތްތަކަށް ޔޫއޭއީ ކުންފުންޏަކުން އިންވެސްޓުކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފި
ޔޫއޭއީގެ އެންއެމްޑީސީއާ އެމްޓީސީސީ ގުޅިގެން ރާއްޖޭގައި މަޝްރޫޢުތައް ހިންގުމާއި ޑްރެޖިންގ ސަޕޯޓާއި މުވައްޒަފުން ތަމްރީނުކުރުމާ ގުޅޭ ގޮތުން އަބޫދާބީގައި މަޝްވަރާކޮށް، އެއްބަސްވުމެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ.
24 Sep 2026
ހިލޭ ޑިގްރީ ސްކީމުގައި ބައިވެރިވި ދެބައިކުޅަ އެއްބައި ދަރިވަރުން ކޯސް ނުނިންމާ
އެ ރިޕޯޓުގައި ދިރާސާކޮށްފައި ވަނީ ހިލޭ ޑިގްރީ ސްކީމް ހިންގުމުގައި ކަންކަން އޮތް ގޮތެވެ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އާއި ކިޔަވައިދޭ އެކި މަރުކަޒުތަކުން ހޯދި ތަފާސްހިސާބުތައް ދައްކާ ގޮތުން އެ މުއްދަތުގައި ޖުމްލަ 11641 ދަރިވަރުން ސްކީމުގައި ބައިވެރިވެފައިވެއެވެ. ނަމަވެސް ކޯސް ނިންމައިގެން ނުކުމެފައި ވަނީ 5833 ދަރިވަރުންނެވެ.
24 Sep 2026
ޗައިނާއާ އޮތީ ވަރަށް ގާތްގުޅުމެއް، އެ ގުޅުމުގެ ފައިދާ ވަރަށް ބޮޑު: ރައީސް
ރައީސް ވިދާޅުވީ ދެ ގައުމުގެ ގުޅުން ބިނާވެފައި އޮތީ އިހްތިރާމްގެ މައްޗަށް ކަމަށާ ރާއްޖެއާ ޗައިނާގެ ގުޅުމަކީ ފައިދާހުރި ގުޅުމެއް ކަމަަށެވެ. އެ ގުޅުމުގެ ފައިދާ މުސްތަގުބަލުގައި ވެސް ލިބިގެންދާނެ ކަމަށް ވިދާޅުވި އެވެ.