ރޭޕް ކުރުމާއި ދެކޮޅަށް ކުރެވުނު މުޒާހަރާއެއް
ހަބަރު
26 Feb 2023 | 14:45
ސަފާރީއެއްގައި ފަތުރުވެރިއެއް ރޭޕް ކުރި މައްސަލަ ބަލަނީ

ސަފާރީއެއްގައި ފަތުރުވެރިޔަކު ރޭޕް ކުރި މައްސަލައެއް ސޯޝަލް މީޑިއާގައި ފެންމަތިވެ އެ މައްސަލަ ފުލުހުން ބަލަން ފަށާފިއެވެ.

ރާއްޖެއަށް ޗުއްޓީ ހޭދަކުރުމަށް އައި ފަތުރުވެރިއެއް ސަފާރީއެއްގައި ރޭޕް ކުރި ކަމަށް ބުނެ ކިޔާދީފައިވާ ވާހަކަ އެއްގެ ސްކްރީންޝޮޓް ދަނީ ސޯޝަލް މީޑިއާގައ ދައުރު ވަމުންނެވެ.

އެގޮތުން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ ޕްރައިވެޓް ގްރޫޕެއްގެ ތެރޭގައި ކުރި ޕޯސްޓްގައި ވާގޮތުން އެރޭގެ 1 ޖަހާކަންހާއިރު ހުޅުމާލެ މަގުތިން ބިދޭސީ އަންހެނަކު ދުވެފަ އަންނަތަން ބިދޭސީ އަންހެން މީހާއަށާއި އޭނާގެ ރައްޓެހިންނަށް ފެނުނެވެ.

ފަތުރުވެރިޔާ އެމީހުން ކައިރިއަށް އައިސް ހުއްޓުމުން އޭނާއަށް އެހީވާން މަސައްކަތް ކުރުމުން ދާނެ މިސްރާބު އެހިއެވެ. ޕޯސްޓްގައި އެ ފަތުރުވެރިޔާއަށް ރަނގަޅަށް އިނގެރޭސި ނޭނގޭ ކަމަށާއި އޭނާ ހުރީ ތުރުތުރު އަޅާ ރޮވެން ކައިރި ވެފަ ކަމަށް ބުނެފައިވެއެވެ.

ޕޯސްޓް ކުރި ބިދޭސީ އަަންހެން މީހައާއި އޭނާގެ ރައްޓެހިންނާއިއެކު އެ ފަތުރުވެރިޔާ އިށީނދެ އޭނާގެ ގެއަށް ފޯރުކޮށްދިނުމަށް އެހީވާން ފެށިއެވެ. އަދި އެ ވަގުތު ވާހަކަ ދައްކަން ހުއްޓާ އޭނާއަށް ރޮވެން ފެށި އެހިސާބުން ސަފާރީގައި ރޭޕް ކުރި ވާހަކަ އެނގުނެވެ.

އެގޮތުން ފަތުރުވެރިޔާ ބުނީ އޭނާ ހޭ އެރި އިރު 5 ފިރިހެނުން ތިބި ކަމަށާއި އޭނާ އޮތީ ބަރަހަނާ ހާލުގައި ކަމަށާއި އަނިޔާ ކުރިކަމުގެ ނިޝާންތައް ހުރި ކަމަށެެވެ. މިކަން ބިދޭސީއަށާއި އޭނާގެ ރައްޓެހިންނަށް ފާހަގަ ކުރެވުން ކަމަށާއި އެފަތުރުވެރިޔާ ރޭޕް ކޮށްފައިވަނީ އޭނާއަށް މަސްތުވާތަކެތި ދިނުމަށް ފަހުގައި ކަމަށް ޝައްކު ކުރެވޭ ކަމަށް ވަނީ ބުނެފައެވެ.

މީގެ އިތުރުން އެ ފަތުރުވެރިޔާގެ ފައިސާ އަތުލިކަމަށާއި މޫދަށް އެއްލާލަފާނެތީ އޭނާ ވަރަށް ބިރުގަތް ކަމަށް ވެސް ބުނެފައިވެއެވެ.

ފަތުރުވެރިޔާ ކައިރި ފުލުހުންނަށް އެކަން ރިޕޯޓް ކުރުމަށް އެދުން ނަމަވެސް އެނާ ބުނީ "އަހަރެންނަކީ ފަތުރުވެރިއެއް. ފުލުހުން އަހަރެންގެ ވާހަކަ ގަބޫލްކޮށް އެހީވާނީ ކީއްކުރަން؟ އެމީހުންނަށް އަހަންނަށް ކޮށްދެވެނީ ކީއް؟" މިހެންނެެވެ.

އެހެންކަމުން ފުލުހުން ކައިރި ނުބުނުމަށް ނިންމި ނިންމުން ގަބޫލްކޮށް ފަތުރުވެރިޔާގެ ރައްޓެއްސެއް އޭނާ ބަލާ އަންނަންދެން ބިދޭސީ މީހާއާއި އޭނާގެ ރައްޓެހިން ތިބި ކަމަށް ބުނެފައިވެއެވެ.

މިކަމާއި ގުޅިގެން ފުލުހުންގެ މީޑިއާގެ އޮފިޝަލަކު ބުނެފައިވަނީ ސަފާރީއެއްގައި ފަތުރުވެރިއެއް ރޭޕް ކުރި މައްސަލަ ފުލުހުންނަށް ރިޕޯޓް ކޮށްފާ ނުވާ ކަމަށާއި ސަފާރީއެއްގައި ފަތުރުވެރިއެއް ރޭޕް ކުރި ކަމަށް ބުނާ މައްސަލައެއް ފުލުހުންގެ ސަމާލުކަމަށް އައުމާއި ގުޅީގެން ބަލަންޖެހޭ ކަނަްކަން ދަނީ ބަލަމުން ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Jun 2026
މާލީ ހާލަތު މުރާޖައާ ކުރުމަށްފަހު ފިޗުން ރާއްޖޭގެ ރޭޓިން މަތިކޮށްފި
ފިޗުން މިއަދު ނެރުނު ރިޕޯޓްގައި ފާހަގަކުރި ބައެއް ކަންކަމަށް ބަލާއިރު، ރާއްޖެއިން އަދާކުރަން އޮތް ބޭރުގެ އެންމެ ބޮޑު އެއް ދަރަނި ސުކޫކް ސަރުކާރުން ދައްކައި ނިންމުމުން، އިގްތިސާދީ ގޮތުން ރާއްޖެއަށް ދިމާވެދާނެ ނުރައްކާތައް ކުޑަކަމަށް ވަނީ ފާހަގަކޮށްފައެވެ
03 Jun 2026
ރައީސް ޔާމީންގެ ޕީއެންއެފްގައި ގާނޫނީ އަދަދު ހަމަވަަނީ ކިރިޔާ
މި ދެ ޕާޓީ އުވާލުމުން ދެން ދަފްތަރުގައި ހިމެނޭނީ ހަތް ސިޔާސީ ޕާޓީ އެވެ. އޭގެ ތެރެއިން ޕީއެންއެފްގައި މެންބަރުން ތިބީ ކިރިޔާ ގާނޫނީ އަދަދު ހަމަވާ މިންވަރަށެވެ.
03 Jun 2026
ޖޭއެސްސީގެ ނާއިބަކަަށް ފަނޑިޔާރު ޝަހީދު އައްޔަނުކުރައްވައިފި
ޖޭއެސްސީން މިއަދު ބުނީ ކޮމިޝަންގެ ނާއިބަަކަށް ޝަހީދު އައްޔަނުކުރައްވާފައިވާ ކަމަށެވެ.
03 Jun 2026
ރައީސް ނަޝީދު އުފެއްދެވި ދަ ޑިމޮކްރެޓްސްއާ އެމްއެލްއެސްޑީޕީ އުވާލައިފި
ދަ ޑިމޮކްރެޓްސްއާ މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ (އެމްއެލްއެސްޑީޕީ) އުވާލައިފި އެވެ.
03 Jun 2026
ބާރަ އަހަރަށް ފަހު ޝިޔާމް އަލުން ވަޒީފާއަށް، މުސާރައިގެ ބައި އިސްތިއުނާފު
ޝިޔާމް ފުލުހުންގެ ވަޒީފާއަށް ނިކުންނަވަން ފެއްޓެވި ނަމަވެސް ދައުލަތުން ވަނީ މުސާރައާ ގުޅޭ ބައި ސުޕްރީމް ކޯޓްގައި އިސްތިއުނާފު ކޮށްފަ އެވެ. އެއީ 12 އަހަރުގެ މުސާރަ ދޭން އަންގާފައިވާތީ އެވެ.
03 Jun 2026
އިމްތިހާނު ދުވަސްވަރާ ދިމާވާތީ ޕީއެންސީގެ ކޮންގްރެސްގެ ތާރީހު އަވަސްކޮށްފި
ކޮންގްރެސްގެ ތާރީހު އަވަސް ކުުރުމަށް އެދިވަޑައިގެންނެވީ ވެސް ރައީސް މުޢިއްޒު އެވެ. ރައީސްގެ އެދިވަޑައިގަތުން ފާސްކުރީ މެންބަރުންގެ އިއްތިފާގުންނެވެ.
03 Jun 2026
ރައީސް ކަމަކީ ވަރަށް ބުރަ ކަމެއް، ދެން ކުރިމައްޗެއް ނުލާނަން: ނަޝީދު
އެމަނިކުފާނު އެ ވާހަކަފުޅު ތަކުރާރު ކުރެއްވީ ޗެެއާޕާސަން އިންތިހާބުގެ ކެމްޕެއިނަށް ށ. ފޭދޫއަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ.
03 Jun 2026
އައްޑޫސިޓީ ކައުންސިލުން މިލިއަނުން ހަރަދުކޮށް މެލޭޝިއާ އަދި ސިންގަޕޫރަށް ކުރި ދަތުރު ގޯސްވެއްޖެ
އޮޑިޓް ރިޕޯޓްގައި ބުނެފައިވަނީ، ކައުންސިލުން އެ ދަތުރުތަކަށް ހަރަދުކޮށްފައިވަނީ، ސާކިއުލާގައި އަންގާފައިވާ އެންގުމާ އެއްގޮތަށް ކޮށްފައިވާ ހަރަދުތަކެއް ކަމަށް ބެލެވެން ނެތްކަމަށެވެ