ޑރ ހުސެއިން ރަޝީދު ޖޭޕީގެ ގައުމީ ކޮންފަރެންސް ނިންމާ ޖަލްސާގައި ވާހަކަދައްކަވަނީ/ ފޮޓޯ: ޖޭޕީ
ހަބަރު
27 Feb 2023 | 07:29
ނާކާމިޔާބު ޤަބޫލު ނުކުރެވޭ މީހުން އިންތިޚާބަށް ކުރިމަތިލައިގެން ނުވާނެ: ހުސެއިން ރަޝީދު

ނާކާމިޔާބީ ޤަބޫލުނުކުރެވޭ މީހުން އިންތިޚާބަށް ކުރިމަތިލައިގެން ނުވާނެކަމަށް ޖުމްހޫރީ ޕާޓީގެ ކުރީގެ ޑެޕިއުޓީ ލީޑަރު އަދި ޖޭޕީގެ ސްލޮޓެއްގައި ފިޝަރީސް މިނިސްޓަރުގެ މަޤާމުގައި ހުންނެވި ޑރ ހުސެއިން ރަޝީދު ވިދާޅުވެއްޖެ އެވެ. 

ޑރ ހުސެއިން ރަޝީދު މިފަދައިން ވިދާޅުވެފައިވަނީ ޖުމްހޫރީ ޕާޓީގެ 4ވަނަ ޤައުމީ ކޮންފަރެންސް ނިންމުމަށް ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ނެވެ. 

ޑރ ހުސެއިން ރަޝީދު ވިދާޅުވީ އިންތިޚާބަށް ކުރިމަތިލާއިރު، ބަލިވެދާނެކަން ޤަބޫލުކުރަން ޖެހޭ ކަމަށެވެ. އަދި ބަލި ޤަބޫލު ކުރުމަކީ ޑިމޮކްރަސީގެ ރިވެތި އުސޫލުތަކަށް ޑރ ހުސެއިން ވިދާޅުވިއެވެ. 

އެމަނިކުފާނު ވިދާޅުވީ އިންތިޚާބަކުން ނާކާމިޔާބުވީމާ އެކަމާއި ދެރަވެ ހިތާމަކޮށް، ބަލި ޤަބޫލު ނުކުރާނެކަމަށް ބުނާ ފަރާތްތައް އިންތިޚާބަށް ކުރިމަތިލައިގެންވެސް ނުވާނެ ކަމަށެވެ.

"އިންތިހާބަކުން ނާކާމިޔާބުވީމާ އެކަމާ ދެރަވާ މީހުން، އިންތިހާބަށް ކުރިމަތިލައިގެން ނުވާނެ. ބަލި ޤަބޫލު ކުރެވެން ޖެހޭނެ. އެހެންވީމާ ޑިމޮކްރެޓިކް އުސޫލުން ކަންކަމާ ކުރިމަތި ލައިގެން ތިމާއަށް ވޯޓުލާ މީހުންގެ ތެރޭގައި އޮތް ތާއިދަކީ ދޭތެރެ ދޭތެރެއިން ޓެސްޓުކޮށްލަން ޖެހޭނެ."

ޑރ ހުސެއިން ރަޝީދު 

ޑރ ހުސެއިން ރަޝީދުގެ ވާހަކައިގައި ވަނީ މީގެ ކުރިން ޖުމްހޫރީ ޕާޓީން ވާދަކުރި އިންތިޚާބުތަކުގައި ކުރިމަތިލާން ޖެހުނު ނާކާމިޔާބީތަކުގެ ހަނދާން އާކުރައްވާފަ އެވެ. 

އެހެން ނަމަވެސް އިންތިޚާބުން ބަލިވެގެން ޖޭޕީ ފަހަތަށް ޖެހި ޕާޓީގެ މަސައްކަތްތައް ހުއްޓާލާފައި ނުވާކަން ޑރ ހުސެއިން ފާހަގަކުރެއްވި އެވެ. އަދި ވިދާޅުވީ ޖޭޕީން އިންތިޚާބުތަކުގައި ބަލިވެގެން ދިޔަ ނަމަވެސް އަބަދުވެސް އާ ހިތްވަރާއެކު އަނެއްކާވެސް މަސައްކަތް ކުރަމުންދާ ކަމަށެވެ. 

ޖޭޕީއަކީ މަސް ނުބޭނުނީމާ ކަނޑު ގޯސްކޮށް ފަހަތަށް ޖެހި ފިލާނެ ޕާޓީއެއް ނޫންކަމަށް ޑރ ހުސެއިން ވިދާޅުވިއެވެ. އަދި ޖޭޕީގެ ތެރޭގައި އަބަދުވެސް އޮންނަނީ ވާދަކޮށް، އިންތިޚާބުތައް ކާމިޔާބު ކުރުމަށް މަސައްކަތް ކުރުމުގެ ރޫހުކަމަށް ވިދާޅުވިއެވެ. 

ޑރ ހުސެއިން މި މޭރުމުން ވާހަކަފުޅު ދައްކަވާފައިވާއިރު، ޖުމްހޫރީ ޕާޓީން ވަކި ކެންޑިޑޭޓެއް ނެރެގެން ނުވަތަ ޖުމްހޫރީ ޕާޓީ އިސްވެ އޮވެ ހިންގާ ކޯލިޝަނަކާއެކު ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް އެ ޕާޓީގެ ޤައުމީ ކޮންފަރެންސްގެ އިއްތިފާގުން ވަނީ ފާސްކޮށްފަ އެވެ. އަދި އެކަމާއި މެދު ރަސްމީކޮށް ގޮތެއް ނިންމުމަށް ޕާޓީގެ ކައުންސިލަށް ހުށައެޅުމަށް ވަނީ ލަފާދެއްވާފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Sep 2026
ޤުރުއާން ކިޔެވުމުގެ 38 ވަނަ ގައުމީ މުބާރާތުގެ ރަންވަނަތައް އިޒުޢާން، އާޔަން އަދި ޒީކަށް
ޙާފިޡުގެ ގޮފިން، މުޅި މުބާރާތުން އެއް ވަނަ ޚާޞިލްކޮށްފައިވަނީ އިސްމާޢީލް އިޒުޢާން އިބްރާހީމްއެވެ. މުޅި މުބާރާތުން ނުބަލާ ކިޔެވުމުގެ ގޮފިން އެެއް ވަނަ ޚާޞިލްކޮށްފައިވަނީ ޢާއިޝަތު ޒީކް ރިޔާޟްއެވެ.
25 Sep 2026
މަސްޖިދުލްޙަރާމްގެ އިމާމު ޑރ ޔާސިރް އައްދައުސަރީ ރާއްޖެ ވަޑައިގަންނަވަނީ
މިއީ 43 އަހަރު ފަހުން މަސްޖިދުލް ޙަރަމްގެ އިމާމަކު ރާއްޖެވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.
24 Sep 2026
ފަހު ހާފްގައި ޖެހި ލަނޑުތަކާއެކު ޗައިނާއިން ދިވެހިރާއްޖެ ބަލިކޮށްފި
އީތަން އަދި އިލާން ނުލައި ރާއްޖެ ނުކުތް މި މެޗުގެ ފުރަތަމަ ހާފްގައި، ޗައިނާ ކުޅުންތެރިން ފޮނުވާލި ގިނަ ހަމަލާތައް ރާއްޖޭގެ ކީޕަރު ވަނީ ވަރަށް ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.
24 Sep 2026
ގަން އެއާޕޯޓުން 3,345 ގްރާމުގެ ކެނަބިސް އަތުލައިގެންފި
މި ތަކެތި ފެނިފައިވަނީ ސެޕްޓެމްބަރު 22 ވަނަ ދުވަހު ގަން އިންޓަރނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެ އެތެރެވި އިންޑިއާގެ ދެ ރައްޔިތެއްގެ ފޮށިތައް ބަލައި ފާސްކުރުމުގެ ތެރޭގައެވެ.
24 Sep 2026
ބާރަށުގައި ރޭގަނޑު 9 ގެ ފަހުން ދަރިވަރުން ބޭރުގައި އުޅުން މަނާކޮށްފި
ޒަރޫރީ ބޭނުމެއް ނެތި ރޭގަނޑު ނުވައެއް ޖެހުމަށް ފަހު، ބެލެނިވެރިއަކާއެކު މެނުވީ ދަރިވަރުން ބޭރުގައި
24 Sep 2026
އެމްޓީސީސީގެ މަސައްކަތްތަކަށް ޔޫއޭއީ ކުންފުންޏަކުން އިންވެސްޓުކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފި
ޔޫއޭއީގެ އެންއެމްޑީސީއާ އެމްޓީސީސީ ގުޅިގެން ރާއްޖޭގައި މަޝްރޫޢުތައް ހިންގުމާއި ޑްރެޖިންގ ސަޕޯޓާއި މުވައްޒަފުން ތަމްރީނުކުރުމާ ގުޅޭ ގޮތުން އަބޫދާބީގައި މަޝްވަރާކޮށް، އެއްބަސްވުމެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ.
24 Sep 2026
ހިލޭ ޑިގްރީ ސްކީމުގައި ބައިވެރިވި ދެބައިކުޅަ އެއްބައި ދަރިވަރުން ކޯސް ނުނިންމާ
އެ ރިޕޯޓުގައި ދިރާސާކޮށްފައި ވަނީ ހިލޭ ޑިގްރީ ސްކީމް ހިންގުމުގައި ކަންކަން އޮތް ގޮތެވެ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އާއި ކިޔަވައިދޭ އެކި މަރުކަޒުތަކުން ހޯދި ތަފާސްހިސާބުތައް ދައްކާ ގޮތުން އެ މުއްދަތުގައި ޖުމްލަ 11641 ދަރިވަރުން ސްކީމުގައި ބައިވެރިވެފައިވެއެވެ. ނަމަވެސް ކޯސް ނިންމައިގެން ނުކުމެފައި ވަނީ 5833 ދަރިވަރުންނެވެ.
24 Sep 2026
ޗައިނާއާ އޮތީ ވަރަށް ގާތްގުޅުމެއް، އެ ގުޅުމުގެ ފައިދާ ވަރަށް ބޮޑު: ރައީސް
ރައީސް ވިދާޅުވީ ދެ ގައުމުގެ ގުޅުން ބިނާވެފައި އޮތީ އިހްތިރާމްގެ މައްޗަށް ކަމަށާ ރާއްޖެއާ ޗައިނާގެ ގުޅުމަކީ ފައިދާހުރި ގުޅުމެއް ކަމަަށެވެ. އެ ގުޅުމުގެ ފައިދާ މުސްތަގުބަލުގައި ވެސް ލިބިގެންދާނެ ކަމަށް ވިދާޅުވި އެވެ.