އަމީނު ޖޭޕީގެ ގައުމީ ކޮންފަރެންސް ނިންމާ ޖަލްސާގައި ވާހަކަދައްކަވަނީ/ ފޮޓޯ: ވޮއިސް
ހަބަރު
27 Feb 2023 | 09:33
ސިޔާސީ ތަޖުރިބާ ރަނގަޅު ކުރެވޭނީ ތިމާއަށް އޮތް އެއްޗަކަށްވުރެ ގައުމު އިސްކުރެވިގެން: އަމީން

ސިޔާސީ ތަޖުރިބާ ރަނގަޅު ކުރެވޭނީ ތިމާއަށް ބޭނުންވާ އެއްޗަކަށްވުރެ ބޮޑަށް ޤައުމު އިސްކުރެވިގެންކަމަށް ޖޭޕީގެ ސްލޮޓެއްގައި ހެލްތު މިނިސްޓަރުކަމުގެ މަޤާމު ފުރުއްވި އަބްދުالله އަމީނު ވިދާޅުވެއްޖެ އެވެ. 

އަމީނު މިފަދައިން ވިދާޅުވެފައިވަނީ ޖުމްހޫރީ ޕާޓީގެ ޤައުމީ ކޮންފަރެންސް ނިންމުމަށް ބޭއްވި ޚާއްސަ ޖަލްސާއެއްގައި ވާހަކަދައްކަވަމުން ނެވެ. 

އަމީނުގެ ވާހަކައިގައި ވަނީ ޑިމޮކްރަސީގެ ރޭހުގައި ދިވެހިން ހޭދަކޮށްފައިވާ ދިގު ތާރީހަށް އަލިއަޅުވާލައްވާފަ އެވެ. އެގޮތުން ފާއިތުވި 15 އަހަރު ދިވެހިން ޑިމޮކްރަސީއަށް މަސައްކަތް ކޮށްފައިވާކަމަށާއި، އެހެން ނަމަވެސް މިހާރުވެސް ދައްކަމުންދަނީ މީގެ 15 އަހަރު ކުރީގެ ވާހަކަތައްކަން އޭނާ ފާހަގަކުރެއްވި އެވެ. 

މިއަދުވެސް ރާއްޖޭގައި އޮތީ މީގެ 15 އަހަރު ކުރީގެ މައްސަލަތައް ކަމަށާއި، މި މައްސަލަތަކަކީ ކޮންމެވެސް ހިސާބަކުން ހައްލު ލިގެން ޖެހޭ ކަންކަމުގެ ގޮތުގައި އަމީނު ސިފަކުރެއްވި އެވެ. 

އެއާއެކު އަމީނު ވިދާޅުވީ މާޒީގައި ހިނގާފައިވާ ގޯސްކަންކަމުގެ ވާހަކަ އަބަދު ދެއްކުމުގެ ބަދަލިގައި ވެރިކަން ކޮށްދެއްވި ބޭބޭފުޅުންގެ ހެޔޮ މިސާލުތަކުން ފިލާވަޅު ލިބިގަނެ ކަންކަން އިސްލާހުކުރުމަށް އާ ފެށުމަކުން ފަށަން ޖެހޭ ކަމަށެވެ. އަދި އާ ސިޔާސީ ތަޖުރިބާތަކެއް ހޯދުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. 

އެކަން ކުރެވޭނީ ތިމާއަށް އޮތީ ކޮންއެއްޗެއްތޯ ނުބަލާ ޤައުމު އިސްކޮށްގެންކަމަށް އަމީނު ވިދާޅުވި އެވެ. 

"އަދިވެސް އަޅުގަނޑުމެން ލިޔަން މި ޖެހެނީ މީގެ 15 އަހަރު ކުރިން ލިޔުނު ވާހަކަ. އަދިވެސް އަޅުގަނޑުމެން އަޅުގަނޑުމެންގެ ޒުވާބުގެ މޭޒުތަކުގައި ދައްކަން މި ޖެހެނީ މީގެ 15 އަހަރު ކުރިން ދެއްކި ވާހަކަ. އެހެންވީމަ އާ ފެށުމަކުން އަޅުގަނޑުމެން ފަށަން އެބަ ޖެހޭ. މި ތަޖުރިބާ ހަގީގީ ހެޔޮ ތަޖުރިބާއަކަށް ވާނީ އަޅުގަނޑަށް އޮތް މަގާމު އަޅުގަނޑަށް ބޭނުންވާ އެއްޗަކަށްވުރެ ބޮަޑަށް ޤައުމު އިސްކުރެވިގެން، އެކަން އަދިޔަކު އަޅުގަނޑުމެންނަކަށް ނުއެއް ފެނޭ" 

ކުރީގެ ހެލްތު މިނިސްޓަރު އަމީނު 

އެކަން ފާހަގަކުރައްވާ އަމީނު ވިދާޅުވީ ޖުމްހޫރީ ޕާޓީން ރައްޔިތުންނާއި ގުޅުންހުރި، ރާއްޖެއަށް ހެޔޮ ބަދަލު ގެނެސްދޭނެ މެނިފެސްޓޯއާއި ތަސައްވަރު ނެރެދޭނެ ކަމަށެވެ. އެ ޕާޓީއަކީ ރާއްޖޭގެ ސިޔާސީ މައިދާނުގެ ދަންމަރު ކަމަށާއި، އެ ދަންމަރު އަބަދުވެސް ދިއްލިފައި ހުންނަން ޖެހޭކަމަށް އަމީނު ވިދާޅުވި އެވެ. 

އަދި ޖޭޕީގެ ވިސްނުމާއި އެއްގޮތަށް ސިޔާސީ ހެޔޮ ތަޖުރިބާ ހޯދުމަށް، އެ ޕާޓީއާއި ގުޅިވަޑައިގެން މަސައްކަތްޕުޅު ކުރެއްވުމަށް އަމީނު ވަނީ ރައްޔިތުންނަށް ދައުވަތުއަރުވާފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Sep 2026
ޤުރުއާން ކިޔެވުމުގެ 38 ވަނަ ގައުމީ މުބާރާތުގެ ރަންވަނަތައް އިޒުޢާން، އާޔަން އަދި ޒީކަށް
ޙާފިޡުގެ ގޮފިން، މުޅި މުބާރާތުން އެއް ވަނަ ޚާޞިލްކޮށްފައިވަނީ އިސްމާޢީލް އިޒުޢާން އިބްރާހީމްއެވެ. މުޅި މުބާރާތުން ނުބަލާ ކިޔެވުމުގެ ގޮފިން އެެއް ވަނަ ޚާޞިލްކޮށްފައިވަނީ ޢާއިޝަތު ޒީކް ރިޔާޟްއެވެ.
25 Sep 2026
މަސްޖިދުލްޙަރާމްގެ އިމާމު ޑރ ޔާސިރް އައްދައުސަރީ ރާއްޖެ ވަޑައިގަންނަވަނީ
މިއީ 43 އަހަރު ފަހުން މަސްޖިދުލް ޙަރަމްގެ އިމާމަކު ރާއްޖެވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.
24 Sep 2026
ފަހު ހާފްގައި ޖެހި ލަނޑުތަކާއެކު ޗައިނާއިން ދިވެހިރާއްޖެ ބަލިކޮށްފި
އީތަން އަދި އިލާން ނުލައި ރާއްޖެ ނުކުތް މި މެޗުގެ ފުރަތަމަ ހާފްގައި، ޗައިނާ ކުޅުންތެރިން ފޮނުވާލި ގިނަ ހަމަލާތައް ރާއްޖޭގެ ކީޕަރު ވަނީ ވަރަށް ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.
24 Sep 2026
ގަން އެއާޕޯޓުން 3,345 ގްރާމުގެ ކެނަބިސް އަތުލައިގެންފި
މި ތަކެތި ފެނިފައިވަނީ ސެޕްޓެމްބަރު 22 ވަނަ ދުވަހު ގަން އިންޓަރނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެ އެތެރެވި އިންޑިއާގެ ދެ ރައްޔިތެއްގެ ފޮށިތައް ބަލައި ފާސްކުރުމުގެ ތެރޭގައެވެ.
24 Sep 2026
ބާރަށުގައި ރޭގަނޑު 9 ގެ ފަހުން ދަރިވަރުން ބޭރުގައި އުޅުން މަނާކޮށްފި
ޒަރޫރީ ބޭނުމެއް ނެތި ރޭގަނޑު ނުވައެއް ޖެހުމަށް ފަހު، ބެލެނިވެރިއަކާއެކު މެނުވީ ދަރިވަރުން ބޭރުގައި
24 Sep 2026
އެމްޓީސީސީގެ މަސައްކަތްތަކަށް ޔޫއޭއީ ކުންފުންޏަކުން އިންވެސްޓުކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފި
ޔޫއޭއީގެ އެންއެމްޑީސީއާ އެމްޓީސީސީ ގުޅިގެން ރާއްޖޭގައި މަޝްރޫޢުތައް ހިންގުމާއި ޑްރެޖިންގ ސަޕޯޓާއި މުވައްޒަފުން ތަމްރީނުކުރުމާ ގުޅޭ ގޮތުން އަބޫދާބީގައި މަޝްވަރާކޮށް، އެއްބަސްވުމެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ.
24 Sep 2026
ހިލޭ ޑިގްރީ ސްކީމުގައި ބައިވެރިވި ދެބައިކުޅަ އެއްބައި ދަރިވަރުން ކޯސް ނުނިންމާ
އެ ރިޕޯޓުގައި ދިރާސާކޮށްފައި ވަނީ ހިލޭ ޑިގްރީ ސްކީމް ހިންގުމުގައި ކަންކަން އޮތް ގޮތެވެ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އާއި ކިޔަވައިދޭ އެކި މަރުކަޒުތަކުން ހޯދި ތަފާސްހިސާބުތައް ދައްކާ ގޮތުން އެ މުއްދަތުގައި ޖުމްލަ 11641 ދަރިވަރުން ސްކީމުގައި ބައިވެރިވެފައިވެއެވެ. ނަމަވެސް ކޯސް ނިންމައިގެން ނުކުމެފައި ވަނީ 5833 ދަރިވަރުންނެވެ.
24 Sep 2026
ޗައިނާއާ އޮތީ ވަރަށް ގާތްގުޅުމެއް، އެ ގުޅުމުގެ ފައިދާ ވަރަށް ބޮޑު: ރައީސް
ރައީސް ވިދާޅުވީ ދެ ގައުމުގެ ގުޅުން ބިނާވެފައި އޮތީ އިހްތިރާމްގެ މައްޗަށް ކަމަށާ ރާއްޖެއާ ޗައިނާގެ ގުޅުމަކީ ފައިދާހުރި ގުޅުމެއް ކަމަަށެވެ. އެ ގުޅުމުގެ ފައިދާ މުސްތަގުބަލުގައި ވެސް ލިބިގެންދާނެ ކަމަށް ވިދާޅުވި އެވެ.