ޤާސިމާއި ނަޝީދު ޖޭޕީގެ ގައުމީ ކޮންފަރެންސް ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން/ ފޮޓޯ: ޖޭޕީ
ހަބަރު
27 Feb 2023 | 12:52
ނަޝީދާއި ނުލާ އެމްޑީޕީ އޮންނާނެކަމަށް ޤަބޫލެއް ނުކުރަން: ޤާސިމް

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ނުލައި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އޮންނާނެކަމަށް ޤަބޫލުފުޅު ނުކުރައްވާކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ. 

ޤާސިމް މިފަދައިން ވިދާޅުވެފައިވަނީ ޖުމްހޫރީ ޕާޓީގެ ގައުމީ ކޮންފަރެންސް ނިންމުމަށް ބޭއްވި ޚާއްސަ ޖަލްސާގައި ވާހަކަދައްކަވަމުން ނެވެ. 

އެ ޖަލްސާގައި ވާހަކަދައްކަވަމުން ޤާސިމް ވަނީ ނަޝީދަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވާފަ އެވެ. އެގޮތުން ޤާސިމް ވިދާޅުވީ ނަޝީދަކީ ރާއްޖޭގައި ޑިމޮކްރެޓިކް ވެރިކަމަށް ކުރުމަށް ވަރަށް ބޮޑަށް ބާރު އެޅުއްވި ބޭފުޅެއްކަމަށެވެ. ޤާނޫނު އަސާސީ އިސްލާހުކުރުމަށް ފެށި "އިސްލާހީ" މަސައްކަތުގައި ބޭރުން އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދިން އެއް ބޭފުޅަކީ ރައީސް ނަޝީދުކަން ޤާސިމް ފާހަގަކުރެއްވި އެވެ. 

ނަޝީދަށް ވެރިކަން ލިބިވަޑައިގަތުމުގައި ޤާސިމްއަކީ ހިއްސާދާރެއްކަމަށާއި، އެއީ ވަރަށް އުންމީދުތަކާއެކު ގެނައި ވެރިކަމެއްގެ ގޮތުގައި ޤާސިމް ސިފަކުރެއްވިއެވެ. އެހެން ނަމަވެސް، ނަޝީދަށްވެސް ގޯސްތަކެއް ހެއްދެވިފައިވާކަމަށާއި، އެ ދުވަހު އެކަން އެހެން ހިނގައިގެން ދިޔައީ ސިޔާސީގޮތުން އެމަނިކުފާނުގެ ތަޖުރިބާ މަދުވުމުންކަމަށް ޤާސިމް ވިދާޅުވި އެވެ. 

"ކެރިގެން ޑިޓާމިނޭޝަނާއެކު މަސައްކަތް ކުރުމުގެ ގޮތް ބާވަތް ކޮންމެ ވެރިކަމެއްގައިވެސް ހުންނަން ޖެހޭނެ. އެއީ އެމަނިކުފާނަށް (ނަޝީދަށް) އަޅުގަނޑު ސަޕޯޓު ކުރާ އެއް ސިފަ. ދެން އެހެން ނަމަވެސް ކަންދިމާވި ގޮތުން އަޅުގަނޑު ދަންނަވާނަން ލެކް އޮފް އެކްސްޕީރިއެންސް، ތަޖުރިބާ ދުނިޔޭގެ ކަންތައްތަކުގައި ހުންނަންވީ ވަރަށް ލިބިފައި ނެތުމާއެކީގައި މިސްޓޭކެއް ހެއްދެވުނީ، ދެން ކުރާނެ ކަމެއް ނެތް، އެކަމު އެކަން މިހާރު ރަނގަޅުވެފައި އޮންނާނެކަމަށް އަޅުގަނޑު ގަބޫލުކުރަނީ"

ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހިމް 

އެހެން ނަމަވެސް އެމްޑީޕީ އުފައްދާ، އެ ޕާޓީ ވަރުގަދަ ކުރުމަށް ނަޝީދުކޮށްފައިވަނީ ތައުރީފު ހައްގު މަސައްކަތެއްކަމަށް ޤާސިމްގެ ވާހަކައިގައި އިޝާރާތް ކުރެއްވިއެވެ. އަދި ވިދާޅުވީ، ކޮންމެ ގޮތަކަށް ކަންކަން ވެގެން ދިޔަ ނަމަވެސް ނަޝީދާއި ނުލާ އެމްޑީޕީ އޮންނާނެކަމަށް ޤަބޫލު ނުކުރެވޭ ކަމަށެވެ. 

ޤާސިމް އިބްރާހިމް ގައުމީ ކޮންފަރެންސް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަނީ

"ދެން މިއަދު އަޅުގަނޑުމެން ފަޚުރުވެރިކަމާއެކު މި ބުނާ އެމްޑީޕީ، އެމްޑީޕީ މަނިކުފާނާއި ނުލާ އޮންނާނެ އެއްޗެއްކަމށް އަޅުގަނޑު ގަބޫލެއް ނުކުރަން. އެއީ އަޅުގަނޑުގެ ވިސްނުން"

ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހިމް 

ޤާސިމް މި މޭރުމުން ވާހަކަފުޅު ދައްކަވާފައިވަނީ އެމްޑީޕީގެ ދެ ރައީސުންގެ މެދުގައި އުފެދިފައިވާ ސިޔާސީ ވާދަވެރިކަން ބޮޑުވެ ދެ ފެކްޝަނަށް ޕާޓީ ބެހި، ދެ ފެކްޝަނުގެ މެމްބަރުންގެ މެދުގައި ކޯޅުންގަނޑު ބޮޑުވެފައިވާ ދަނޑިވަޅެއްގަ އެވެ. 

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ކާމިޔާބު ކުރެއްވި ނަމަވެސް، އެމަނިކުފާނުގެ ފަހަތްޕުޅަށް އަރާވަޑައި ނުގަންނަވާނެކަމަށް ޕާޓީގެ ލީޑަރު އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފަ އެވެ. 

މިހާރު ސިޔާސީ މަޝްރަހުގައި ކަންކަން ހިންގާ ގޮތަށް ބަލާއިރު، ނަޝީދު ޤާސިމްގެ ފަހަތްފުޅަށް އަރާވަޑައިގަންނަވާނެކަމަށް ބެލެވޭކަމަށް ބައެއް ތަޖުރިބާކާރު ބޭބޭފުޅުން ވިދާޅުވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Sep 2026
ޤުރުއާން ކިޔެވުމުގެ 38 ވަނަ ގައުމީ މުބާރާތުގެ ރަންވަނަތައް އިޒުޢާން، އާޔަން އަދި ޒީކަށް
ޙާފިޡުގެ ގޮފިން، މުޅި މުބާރާތުން އެއް ވަނަ ޚާޞިލްކޮށްފައިވަނީ އިސްމާޢީލް އިޒުޢާން އިބްރާހީމްއެވެ. މުޅި މުބާރާތުން ނުބަލާ ކިޔެވުމުގެ ގޮފިން އެެއް ވަނަ ޚާޞިލްކޮށްފައިވަނީ ޢާއިޝަތު ޒީކް ރިޔާޟްއެވެ.
25 Sep 2026
މަސްޖިދުލްޙަރާމްގެ އިމާމު ޑރ ޔާސިރް އައްދައުސަރީ ރާއްޖެ ވަޑައިގަންނަވަނީ
މިއީ 43 އަހަރު ފަހުން މަސްޖިދުލް ޙަރަމްގެ އިމާމަކު ރާއްޖެވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.
24 Sep 2026
ފަހު ހާފްގައި ޖެހި ލަނޑުތަކާއެކު ޗައިނާއިން ދިވެހިރާއްޖެ ބަލިކޮށްފި
އީތަން އަދި އިލާން ނުލައި ރާއްޖެ ނުކުތް މި މެޗުގެ ފުރަތަމަ ހާފްގައި، ޗައިނާ ކުޅުންތެރިން ފޮނުވާލި ގިނަ ހަމަލާތައް ރާއްޖޭގެ ކީޕަރު ވަނީ ވަރަށް ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.
24 Sep 2026
ގަން އެއާޕޯޓުން 3,345 ގްރާމުގެ ކެނަބިސް އަތުލައިގެންފި
މި ތަކެތި ފެނިފައިވަނީ ސެޕްޓެމްބަރު 22 ވަނަ ދުވަހު ގަން އިންޓަރނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެ އެތެރެވި އިންޑިއާގެ ދެ ރައްޔިތެއްގެ ފޮށިތައް ބަލައި ފާސްކުރުމުގެ ތެރޭގައެވެ.
24 Sep 2026
ބާރަށުގައި ރޭގަނޑު 9 ގެ ފަހުން ދަރިވަރުން ބޭރުގައި އުޅުން މަނާކޮށްފި
ޒަރޫރީ ބޭނުމެއް ނެތި ރޭގަނޑު ނުވައެއް ޖެހުމަށް ފަހު، ބެލެނިވެރިއަކާއެކު މެނުވީ ދަރިވަރުން ބޭރުގައި
24 Sep 2026
އެމްޓީސީސީގެ މަސައްކަތްތަކަށް ޔޫއޭއީ ކުންފުންޏަކުން އިންވެސްޓުކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފި
ޔޫއޭއީގެ އެންއެމްޑީސީއާ އެމްޓީސީސީ ގުޅިގެން ރާއްޖޭގައި މަޝްރޫޢުތައް ހިންގުމާއި ޑްރެޖިންގ ސަޕޯޓާއި މުވައްޒަފުން ތަމްރީނުކުރުމާ ގުޅޭ ގޮތުން އަބޫދާބީގައި މަޝްވަރާކޮށް، އެއްބަސްވުމެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ.
24 Sep 2026
ހިލޭ ޑިގްރީ ސްކީމުގައި ބައިވެރިވި ދެބައިކުޅަ އެއްބައި ދަރިވަރުން ކޯސް ނުނިންމާ
އެ ރިޕޯޓުގައި ދިރާސާކޮށްފައި ވަނީ ހިލޭ ޑިގްރީ ސްކީމް ހިންގުމުގައި ކަންކަން އޮތް ގޮތެވެ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އާއި ކިޔަވައިދޭ އެކި މަރުކަޒުތަކުން ހޯދި ތަފާސްހިސާބުތައް ދައްކާ ގޮތުން އެ މުއްދަތުގައި ޖުމްލަ 11641 ދަރިވަރުން ސްކީމުގައި ބައިވެރިވެފައިވެއެވެ. ނަމަވެސް ކޯސް ނިންމައިގެން ނުކުމެފައި ވަނީ 5833 ދަރިވަރުންނެވެ.
24 Sep 2026
ޗައިނާއާ އޮތީ ވަރަށް ގާތްގުޅުމެއް، އެ ގުޅުމުގެ ފައިދާ ވަރަށް ބޮޑު: ރައީސް
ރައީސް ވިދާޅުވީ ދެ ގައުމުގެ ގުޅުން ބިނާވެފައި އޮތީ އިހްތިރާމްގެ މައްޗަށް ކަމަށާ ރާއްޖެއާ ޗައިނާގެ ގުޅުމަކީ ފައިދާހުރި ގުޅުމެއް ކަމަަށެވެ. އެ ގުޅުމުގެ ފައިދާ މުސްތަގުބަލުގައި ވެސް ލިބިގެންދާނެ ކަމަށް ވިދާޅުވި އެވެ.