ޖުމްހޫރީ ޕާޓީގެ އެޑްވައިޒަރުންގެ މަގާމަށް ހޮވުނު ބޭފުޅުން---ފޮޓޯ: ވޮއިސް
ހަބަރު
27 Feb 2023 | 15:15
ޖޭޕީގެ އެޑްވައިޒަރުންގެ މަގާމަށް 6 ބޭފުޅަކު އައްޔަންކޮށްފި

ޖުމްހޫރީ ޕާޓީގެ ގައުމީ ކޮންފަރެންސް ނިންމުމުގެ ރަސްމިއްޔާތުގައި އެޕާޓީގެ އެޑްވައިޒަރުންގެ މަގާމްގައި ތިއްބަވާނެ ބޭފުޅުން އައްޔަންކޮށްފިއެވެ.

އެގޮތުން ލީޑާރުގެ ސްޕެޝަލް އެޑްވައިޒަރުގެ މަގާމްއަށް ހަމަ ޖެހިފައިވާ ވަނީ ކުރީގެ ނައިބު ރައީސް އަބްދުالله ޖިހާދުއެވެ.

މީގެ އިތުރުން އަލަށް އައްޔަން ކުރެވިފައިވަނީ:

1. ގެމަނަފުށި ދާއިރާގެ ކުރީގެ މެމްބަރު އިލްޙާމް އަޙްމަދު

2. ވިލުފުށި ދާއިރާގެ ކުރީގެ މެމްބަރު ރިޔާޒް ރަޝީދު

3. ވިލިމާލެ ދާައިރާގެ ކުރީގެ މެމްބަރު އަޙްމަދު ނިހާން ހުސެއިން މަނިކު

4. ކުރީގެ ހޯމް މިނިސްޓަރ އަޒްލީން އަޙްމަދު

5. ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް އަބްދުالله ނަވާޒް

އެޑްވައިޒަރުގެ މަގާމްގެ އިތުރުން ޕާޓީގެ ޑެޕިއުޓީ ލީޑަރުންގެ މަގާމަށް ވެސް 5 ބޭފުޅަކު ވަނީ މިހާރު ވަނީ އައްޔަން ކޮށްފައެވެ.

އެގޮތުން، މަގާމަށް ކުރިމަތި ލެއްވި ބޭފުޅުންގެ ތެރެއިން އެންމެ ގިނަ ވޯޓު ލިބިފައިވަނީ ގާސިމް އިބްރާހިމްގެ އަނބިކަނބަލުން އަދި ޓްރާންސްޕޯޓް މިނިސްޓަރު އާއިޝަތު ނަހުލާއެވެ. ނަހުލާ އާއި ޖެހިގެން ދެން ނައިބު ލީޑަރުންނަށް ހޮވިވަޑައިގަތީ ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރު އަދި ޖޭޕީގެ ކުރީގެ ނައިބު ރައީސް އަމީން އިބްރާހިމް، ޖޭޕީގެ ކައުންސިލްގައި މިހާރު ވެސް ހިމެނިވަޑައިގަންނަވާ އިގްބާލް އާދަމް، ޖޭޕީގެ ކުރީގެ ނައިބު ރައީސް އަހުމަދު ސައުދު އަދި ފުވަމުލަކު އުތުރު ދާއިރާގެ ކުރީގެ މެންބަރު އަލީ ޝާހް އެވެ.

ޖުމްހޫރީ ޕާޓީން ވަކި ކެންޑިޑޭޓެއް ނެރެގެން ނުވަތަ ޖުމްހޫރީ ޕާޓީ އިސްވެ އޮވެ ހިންގާ ކޯލިޝަނަކާއެކު ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް އެ ޕާޓީގެ ޤައުމީ ކޮންފަރެންސްގެ އިއްތިފާގުން ވަނީ ފާސްކޮށްފަ އެވެ. އަދި އެކަމާއި މެދު ރަސްމީކޮށް ގޮތެއް ނިންމުމަށް ޕާޓީގެ ކައުންސިލަށް ހުށައެޅުމަށް ވަނީ ލަފާދެއްވާފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Sep 2026
ޤުރުއާން ކިޔެވުމުގެ 38 ވަނަ ގައުމީ މުބާރާތުގެ ރަންވަނަތައް އިޒުޢާން، އާޔަން އަދި ޒީކަށް
ޙާފިޡުގެ ގޮފިން، މުޅި މުބާރާތުން އެއް ވަނަ ޚާޞިލްކޮށްފައިވަނީ އިސްމާޢީލް އިޒުޢާން އިބްރާހީމްއެވެ. މުޅި މުބާރާތުން ނުބަލާ ކިޔެވުމުގެ ގޮފިން އެެއް ވަނަ ޚާޞިލްކޮށްފައިވަނީ ޢާއިޝަތު ޒީކް ރިޔާޟްއެވެ.
25 Sep 2026
މަސްޖިދުލްޙަރާމްގެ އިމާމު ޑރ ޔާސިރް އައްދައުސަރީ ރާއްޖެ ވަޑައިގަންނަވަނީ
މިއީ 43 އަހަރު ފަހުން މަސްޖިދުލް ޙަރަމްގެ އިމާމަކު ރާއްޖެވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.
24 Sep 2026
ފަހު ހާފްގައި ޖެހި ލަނޑުތަކާއެކު ޗައިނާއިން ދިވެހިރާއްޖެ ބަލިކޮށްފި
އީތަން އަދި އިލާން ނުލައި ރާއްޖެ ނުކުތް މި މެޗުގެ ފުރަތަމަ ހާފްގައި، ޗައިނާ ކުޅުންތެރިން ފޮނުވާލި ގިނަ ހަމަލާތައް ރާއްޖޭގެ ކީޕަރު ވަނީ ވަރަށް ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.
24 Sep 2026
ގަން އެއާޕޯޓުން 3,345 ގްރާމުގެ ކެނަބިސް އަތުލައިގެންފި
މި ތަކެތި ފެނިފައިވަނީ ސެޕްޓެމްބަރު 22 ވަނަ ދުވަހު ގަން އިންޓަރނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެ އެތެރެވި އިންޑިއާގެ ދެ ރައްޔިތެއްގެ ފޮށިތައް ބަލައި ފާސްކުރުމުގެ ތެރޭގައެވެ.
24 Sep 2026
ބާރަށުގައި ރޭގަނޑު 9 ގެ ފަހުން ދަރިވަރުން ބޭރުގައި އުޅުން މަނާކޮށްފި
ޒަރޫރީ ބޭނުމެއް ނެތި ރޭގަނޑު ނުވައެއް ޖެހުމަށް ފަހު، ބެލެނިވެރިއަކާއެކު މެނުވީ ދަރިވަރުން ބޭރުގައި
24 Sep 2026
އެމްޓީސީސީގެ މަސައްކަތްތަކަށް ޔޫއޭއީ ކުންފުންޏަކުން އިންވެސްޓުކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފި
ޔޫއޭއީގެ އެންއެމްޑީސީއާ އެމްޓީސީސީ ގުޅިގެން ރާއްޖޭގައި މަޝްރޫޢުތައް ހިންގުމާއި ޑްރެޖިންގ ސަޕޯޓާއި މުވައްޒަފުން ތަމްރީނުކުރުމާ ގުޅޭ ގޮތުން އަބޫދާބީގައި މަޝްވަރާކޮށް، އެއްބަސްވުމެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ.
24 Sep 2026
ހިލޭ ޑިގްރީ ސްކީމުގައި ބައިވެރިވި ދެބައިކުޅަ އެއްބައި ދަރިވަރުން ކޯސް ނުނިންމާ
އެ ރިޕޯޓުގައި ދިރާސާކޮށްފައި ވަނީ ހިލޭ ޑިގްރީ ސްކީމް ހިންގުމުގައި ކަންކަން އޮތް ގޮތެވެ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އާއި ކިޔަވައިދޭ އެކި މަރުކަޒުތަކުން ހޯދި ތަފާސްހިސާބުތައް ދައްކާ ގޮތުން އެ މުއްދަތުގައި ޖުމްލަ 11641 ދަރިވަރުން ސްކީމުގައި ބައިވެރިވެފައިވެއެވެ. ނަމަވެސް ކޯސް ނިންމައިގެން ނުކުމެފައި ވަނީ 5833 ދަރިވަރުންނެވެ.
24 Sep 2026
ޗައިނާއާ އޮތީ ވަރަށް ގާތްގުޅުމެއް، އެ ގުޅުމުގެ ފައިދާ ވަރަށް ބޮޑު: ރައީސް
ރައީސް ވިދާޅުވީ ދެ ގައުމުގެ ގުޅުން ބިނާވެފައި އޮތީ އިހްތިރާމްގެ މައްޗަށް ކަމަށާ ރާއްޖެއާ ޗައިނާގެ ގުޅުމަކީ ފައިދާހުރި ގުޅުމެއް ކަމަަށެވެ. އެ ގުޅުމުގެ ފައިދާ މުސްތަގުބަލުގައި ވެސް ލިބިގެންދާނެ ކަމަށް ވިދާޅުވި އެވެ.