މެމްބަރު ވަހީދު/ ފޮޓޯ: ޓީމް އިންތި
ހަބަރު
28 Feb 2023 | 06:20
ޖޭޕީގެ ކޮންޓްރޯލު ސަރުކާރަށް ނުނެގުނު، އެއީ އެޕާޓީގެ ގަދަ ސިފައެއް: ވަހީދު

މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އާއި އަދާލަތު ޕާޓީގެ ކޮންޓްރޯލު ސަރުކާރުން ނެގިގޮތަށް ޖުމްހޫރީ ޕާޓީގެ ކޮންޓްރޯލު ސަރުކާރަށް ނެގިފައި ނުވާކަމަށް މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވެއްޖެ އެވެ. 

ވަހީދު މިފަދައިން ވިދާޅުވެފައިވަނީ ކުރެއްވި ޓްވީޓެއްގަ އެވެ. 

ކުރިއަށް އޮތް ރިޔާސީ އިންތިޚާބު އެމްޑީޕީގެ ކެންޑިޑޭޓު، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހަށް ކާމިޔާބުކޮށްދިނުމަށް، އެމަނިކުފާނުގެ މަންދޫބުން ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމާއެކު މަޝްވަރާ ބައްދަލުމެއް ބާއްވާފައި ވަނިކޮށް، އެ ޕާޓީގެ ގައުމީ ކޮންފަރެންސްއިން ވަނީ އިންތިޚާބަށް ވަކި ކެންޑިޑޭޓެއް ނެރެގެން ނުވަތަ ޖޭޕީ އިސްވެ އޮވެ ހިންގާ ކޯލިޝަނަކާއެކު ވާދަކުރުމަށް ފާސްކޮށްފަ އެވެ. 

ބެލެވޭގޮތުގައި ޖޭޕީގެ ކޮންޓްރޯލު ސަރުކާރަށް ނެގިފައި ނުވާކަމަށް، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ފެކްޝަނުގެ މެމްބަރު ވަހީދު ވިދާޅުވީ ޖޭޕީގެ ގައުމީ ކޮންފަރެންސްގެ އެ ނިންމުމަށް އިޝާރާތްކުރައްވައެވެ. 

ވަހީދު ވިދާޅުވީ ސަރުކާރު ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީއާއި އެމްޑީޕީގެ މެމްބަރުންނަށް ވަޒީފާއާއި އެކި ހަދިޔާތައް ދީގެން، ކޮންޓްރޯލު ކުރި ގޮތަށް ސަރުކާރަށް ޖުމްހޫރީ ޕާޓީ ކޮންޓްރޯލު ކުރެވިފައި ނުވާކަމަށެވެ. އަދި އެއީ ޖޭޕީގެ "ގަދަ ސިފައެއް" ކަމަށް ވަހީދު ވިދާޅުވި އެވެ. 

ޖޭޕީގެ ގައުމީ ކޮންފަރެންސް ނިންމުމުގެ ރަސްމިއްޔާތުގައި ނަޝީދު ޤާސިމް އަރިހުގައި 

"ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްޑީޕީގެ ޤައުމީ މަޖިލީހާއި އަދާލަތުޕާޓީގެ މަޝްވަރާ މަޖިލިސް މެމްބަރުންނަށް ވަޒީފާއާއި ހަދިޔާތައް ދީގެން ސަރުކާރުން ކޮންޓްރޯލް ނަގާފައިވާ ބީދައިން ޖުމްހޫރީޕާޓީގެ ގުނަންތަކުގެ ކޮންޓްރޯލް ސަރުކާރަށް ނުނެގުނުކަމީ އެޕާޓީން ފެނުނު ވަރުގަދަ ސިފައެއް"

މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ)

ޖުމްހޫރީ ޕާޓީއަކީ އެމްޑީޕީ އިސްވެ އޮވެ ހިންގަމުންދާ ސަރުކާރުގެ އެންމެ ބޮޑު ހިއްސާދާރެވެ. ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ނައިބު ރައީސަކަށް ހުންނެވި ފައިސަލް ނަސީމަކީވެސް ޖުމްހޫރީ ޕާޓީގެ ބޭފުޅެކެވެ. 

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ޖޭޕީން ވަކި ކެންޑިޑޭޓެއް ނެރެގެން ވާދަކުރުމަށް އެ ޕާޓީގެ ގައުމީ ކޮަންފަރެންސްއިން ފާސްކޮށް ޕާޓީގެ ކައުންސިލަށް ހުށައެޅުމަށް ލަފާ ދީފައިވާއިރު، މި އިންތިޚާބުގައި ޖޭޕީން ވާދަކުރާނަމަ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ތާއީދު ޖޭޕީއަށް ލިބޭނެކަމަށް ސިޔާސީ މަޝްރަހު ދިރާސާކުރައްވާ ފަރާތްތަކުން ދަނީ ވިދާޅުވަމުން ނެވެ. 

ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމްވެސް ނަޝީދަށް ތާއީދުކުރައްވާ މި ފަހުން ވަރަށް ގިނައިން ވާހަކަފުޅު ދައްކަވާފައި ވެއެވެ. އަދި ޖޭޕީގެ ގައުމީ ކޮންފަރެންސް ފެއްޓުމާއި، ނިންމުމަށް ބޭއްވި ޚާއްސަ ދެ ޖަލްސާގައިވެސް ޤާސިމްގެ އެންމެ އަރިހުގައި ނަޝީދު އިންނެވިތަން ވަނީ ފެނިގެން ގޮސްފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Sep 2026
ޤުރުއާން ކިޔެވުމުގެ 38 ވަނަ ގައުމީ މުބާރާތުގެ ރަންވަނަތައް އިޒުޢާން، އާޔަން އަދި ޒީކަށް
ޙާފިޡުގެ ގޮފިން، މުޅި މުބާރާތުން އެއް ވަނަ ޚާޞިލްކޮށްފައިވަނީ އިސްމާޢީލް އިޒުޢާން އިބްރާހީމްއެވެ. މުޅި މުބާރާތުން ނުބަލާ ކިޔެވުމުގެ ގޮފިން އެެއް ވަނަ ޚާޞިލްކޮށްފައިވަނީ ޢާއިޝަތު ޒީކް ރިޔާޟްއެވެ.
25 Sep 2026
މަސްޖިދުލްޙަރާމްގެ އިމާމު ޑރ ޔާސިރް އައްދައުސަރީ ރާއްޖެ ވަޑައިގަންނަވަނީ
މިއީ 43 އަހަރު ފަހުން މަސްޖިދުލް ޙަރަމްގެ އިމާމަކު ރާއްޖެވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.
24 Sep 2026
ފަހު ހާފްގައި ޖެހި ލަނޑުތަކާއެކު ޗައިނާއިން ދިވެހިރާއްޖެ ބަލިކޮށްފި
އީތަން އަދި އިލާން ނުލައި ރާއްޖެ ނުކުތް މި މެޗުގެ ފުރަތަމަ ހާފްގައި، ޗައިނާ ކުޅުންތެރިން ފޮނުވާލި ގިނަ ހަމަލާތައް ރާއްޖޭގެ ކީޕަރު ވަނީ ވަރަށް ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.
24 Sep 2026
ގަން އެއާޕޯޓުން 3,345 ގްރާމުގެ ކެނަބިސް އަތުލައިގެންފި
މި ތަކެތި ފެނިފައިވަނީ ސެޕްޓެމްބަރު 22 ވަނަ ދުވަހު ގަން އިންޓަރނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެ އެތެރެވި އިންޑިއާގެ ދެ ރައްޔިތެއްގެ ފޮށިތައް ބަލައި ފާސްކުރުމުގެ ތެރޭގައެވެ.
24 Sep 2026
ބާރަށުގައި ރޭގަނޑު 9 ގެ ފަހުން ދަރިވަރުން ބޭރުގައި އުޅުން މަނާކޮށްފި
ޒަރޫރީ ބޭނުމެއް ނެތި ރޭގަނޑު ނުވައެއް ޖެހުމަށް ފަހު، ބެލެނިވެރިއަކާއެކު މެނުވީ ދަރިވަރުން ބޭރުގައި
24 Sep 2026
އެމްޓީސީސީގެ މަސައްކަތްތަކަށް ޔޫއޭއީ ކުންފުންޏަކުން އިންވެސްޓުކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފި
ޔޫއޭއީގެ އެންއެމްޑީސީއާ އެމްޓީސީސީ ގުޅިގެން ރާއްޖޭގައި މަޝްރޫޢުތައް ހިންގުމާއި ޑްރެޖިންގ ސަޕޯޓާއި މުވައްޒަފުން ތަމްރީނުކުރުމާ ގުޅޭ ގޮތުން އަބޫދާބީގައި މަޝްވަރާކޮށް، އެއްބަސްވުމެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ.
24 Sep 2026
ހިލޭ ޑިގްރީ ސްކީމުގައި ބައިވެރިވި ދެބައިކުޅަ އެއްބައި ދަރިވަރުން ކޯސް ނުނިންމާ
އެ ރިޕޯޓުގައި ދިރާސާކޮށްފައި ވަނީ ހިލޭ ޑިގްރީ ސްކީމް ހިންގުމުގައި ކަންކަން އޮތް ގޮތެވެ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އާއި ކިޔަވައިދޭ އެކި މަރުކަޒުތަކުން ހޯދި ތަފާސްހިސާބުތައް ދައްކާ ގޮތުން އެ މުއްދަތުގައި ޖުމްލަ 11641 ދަރިވަރުން ސްކީމުގައި ބައިވެރިވެފައިވެއެވެ. ނަމަވެސް ކޯސް ނިންމައިގެން ނުކުމެފައި ވަނީ 5833 ދަރިވަރުންނެވެ.
24 Sep 2026
ޗައިނާއާ އޮތީ ވަރަށް ގާތްގުޅުމެއް، އެ ގުޅުމުގެ ފައިދާ ވަރަށް ބޮޑު: ރައީސް
ރައީސް ވިދާޅުވީ ދެ ގައުމުގެ ގުޅުން ބިނާވެފައި އޮތީ އިހްތިރާމްގެ މައްޗަށް ކަމަށާ ރާއްޖެއާ ޗައިނާގެ ގުޅުމަކީ ފައިދާހުރި ގުޅުމެއް ކަމަަށެވެ. އެ ގުޅުމުގެ ފައިދާ މުސްތަގުބަލުގައި ވެސް ލިބިގެންދާނެ ކަމަށް ވިދާޅުވި އެވެ.