މާލޭގައި ހުންނަ ލޯކަލް މާރުކޭޓު: ފޮޓޯ/ މާލެ ސިޓީ ކައުންސިލް
ހަބަރު
28 Feb 2023 | 12:50
ފޭސް 2 ގައި ހަދާ ވަގުތީ މާރުކޭޓްގެ ގޮޅި ކުއްޔަށް ހިފުމުގެ ފުރުސަތު ހުޅުވާލައިފި

މާލެ ސިޓީ ކައުންސިލުން ރޯދަ މަހަށް ހާއްސަކޮށްގެން ހުޅުމާލެ ފޭސް 2 ގައި ގާއިމުކުރާ ވަގުތީ މާރުކޭޓުތަކުން ގޮޅި ކުއްޔަށް ހިފުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ކައުންސިލުން ގެޒެޓު ކުރި އިއުލާނެއްގައި ބުނެފައިވަނީ ރޯދަ މަހަށް ޙާއްސަކޮށްގެން ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކަށް ބޭނުންވާ ތަރުކާރީއާއި މޭވާގެ ބާވަތްތައް ފަސޭހަކަމާއިއެކު ގަންނަން ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމުގެ ގޮތުން މާލޭ ސިޓީކައުންސިލުން ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިޔާ ސަރަހައްދުގައި ގާއިމްކުރާ ވަގުތީ މާރުކޭޓުތަކުން 30 ގޮޅި ދޫކުރުމަށްވަނީ ހަމަޖެހިފައި ކަމަށެވެ.

އަދި ގޮޅި ދޫކުރުމަށް ހަމަޖެހިފައިވަނީ ގިނަ ވެގެން 50 ދުވަހުގެ މުއްދަތަށް ކަމަށްވެސް އިއުލާނުގައި ވަނީ ބުނެފައެވެ.

އެގޮތުން ހުޅުމާލޭގައި ރޯދަ މަހަށް ޙާއްސަކޮށްގެން ގާއިމުކުރާ ވަގުތީ މާރުކޭޓު ތަކުން ގޮޅި ކުއްޔަށް ހިފުމަށް ބޭނުންފުޅުވާ ފަރާތްތަކުން ހުޅުމާލޭ އަމީން އެވެނިއު މޭޕްލް ބިލްޑިންގ ގެ 1 ވަނަ ފަންގިފިލާގައި ހުންނަ އެ ކައުންސިލްގެ ހުޅުމާލޭ ސެކްޝަނުން ގޮޅިއަށް އެދޭ ފޯރމް ނަގާ ފުރުމަށް ފަހު 11 މާރިޗު 2023 (ހޮނިހިރު) ދުވަހުގެ 14:00 ގެ ކުރިން ފޯރމް ހުށަހެޅުމަށް ކައުންސިލުން އެދެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.