މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ މުހައްމަދު މުއިއްޒު: ފޮޓޯ/ މާލެ ސިޓީ ކައުންސިލް
ހަބަރު
28 Feb 2023 | 16:09
ޕާކިން ޒޯން ބަންދުކުރީ ކައުންސިލަށް އެންގުމެއް ނެތި: މާލެ ސިޓީ ކައުންސިލް

ވެލާނާގެ ސަރަހައްދުން ދެ ޕާކިންގ ޒޯން ބަންދުކުރީ މާލެ ސިޓީ ކައުންސިލަށް އެންގުމެއް ނެތި، އަދި ހުއްދަވެސް ނުނަގާ ކަމަށް އެ ކައުންސިލުން ބުނެފިއެވެ. 

ވެލާނާގެއާއި، ދަރުމަވަންތަ ސްކޫލާ އިންވެގެން ހުރި މެކޭނިކަލް ޕާކިން ސިސްޓަމް ހުރި ބިމުގައި ފެންސު ޖަހައި ބަންދުކޮށްފައި ހުރުމުގެ ސަބަބުން ވެލާނާގޭ އޮފީސް ޢިމާރާތުގައި ހިމެނޭ ބައެއް އޮފީސްތަކުގެ މުވައްޒަފުން ވަނީ ޕާކް ކުރާނެ ތަނެއްނެތްކަމަށް ބުނެ އެ ސަރަހައްދުގައި މިއަދު އިޙްތިޖާޖުކޮށްފައެވެ.

އެ މައްސަލާގައި ބައެއް ނޫސްތަކުން، އެ ސަރަހައްދު ބަންދު ކޮށްފައިވަނީ މާލެ ސިޓީ ކައުންސިލުން ކަމަށް ބުނެ ޚަބަރު ފަތުރާފައިވާތީ، އެކަމާއި ގުޅިގެން މާލެ ސިޓީ ކައުންސިލުން ބުނީ، ވެލާނާގޭ ކައިރި ޕާރކިން ޒޯން ބަންދުކޮށް، އެ ސަރައްހަދުގައި ހުރި އުޅަނދުތައް ޓޯ ކޮށްފައިވަނީ ކައުންސިލްގެ އެންގުމަކަށް ނޫން ކަމަށެވެ.

އަދި އެ ސަރަހައްދު ބަންދުކޮށް މަސައްކަތް ކުރަމުން ދަނީ ވެސް މާލެ ސިޓީ ކައުންސިލަށް އެންގުމަކާއި ނުލާ ކަމަށާ، އެއީ ކައުންސިލްގެ އެއްވެސް ކަހަލަ ހުއްދައެއް ލިބިގެން ކުރާ ކަމެއް ނޫން ކަމަށްވެސް ބުނެފައިވެއެވެ. 

"އަދި މި މަސައްކަތަކީ ކައުންސިލް އިން ކުރިއަށް ގެންދާ މަސައްކަތެއް ކަމަށް ބުނެ ފަތުރަމުން ދަނީ ތެދު މައޫލޫމާތު ނޫން ކަމުގައިވެސް ދަންނަވަމެވެ." މާލެ ސިޓީ ކައުންސިލުން ބުނެފައިވެއެވެ. 

ޕާކިންގ ޒޯން ބަންދުކުރި މައްސަލާގައި ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީން ވިދާޅުވީ، ވެލާނާގޭ ކައިރީގައި އޮތް ޕާކިން ޒޯން ބަންދުކުރީ އެސަރަހައްދުގައި ހުރި މެކޭނިކަލް ޕާކިން ސިސްޓަމް ނެގުމަށްކަމަށެވެ. 

އަކްރަމް ވިދާޅުވީ، އެ ސަރަހައްދުގައި ހުރި މެކޭނިކަލް ޕާކިން ސިސްޓަމް ނެގޭނީ ކްރެއިން އެ ސަރަހައްދަށް ވައްދައިގެންކަމަށެވެ. އެހެންކަމުން އެ ސިސްޓަމް އެތަނުން ނަގާތީ އެ ސަރަހައްދު ބަންދުކުރީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުންކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެ ސިސްޓަމް ނެގުމަށްފަހު، ވީހާވެސް އަވަހަށް ޕާކިންއަށް އެތަން ހުޅުވާލާނެކަމަށާއި، އެއިރުން ގިނަ އުޅަނދުތަކަށް ޕާކް ކުރެވޭނެކަން އަކްރަމް ފާހަގަކުރެއްވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.