ޖުމްހޫރީ ޕާޓީގެ ޑެޕިޔުޓީ ލީޑަރ އަމީން އިބްރާހިމް
ހަބަރު
28 Feb 2023 | 17:26
ބޮޑު ލޯނެއްގެ ސޮވެރެއިން ގެރެންޓީއެއް ހޯދުމަށް ޤާސިމް އުޅޭ ވާހަކަ އަކީ ދޮގެއް: އަމީން

100 މިލިޔަން ޑޮލަރަށް ވުރެ ބޮޑު ލޯނެއްގެ ސޮވެރެއިން ގެރެންޓީއެއް ހޯދުމަށް ޤާސިމް އިބްރާހިމް ސަރުކާރަށް ޕްރެޝަރު ކުރަމުންދާ ވާހަކަ ޖުމްހޫރީ ޕާޓީގެ ޑެޕިޔުޓީ ލީޑަރު އަމީން އިބްރާހިމް ދޮގުކުރައްވައިފިއެވެ.

އަމީން ޓްވިޓާގައި "ދެންމެ" ނަމަކަށް ކިޔާ ނޫހަކުން ކެމްޕޭނަށް 500 މިލިޔަން ކަނޑައަޅައިފައިވާ ޤާސިމަށް ސަރުކާރުން 100 މިލިޔަން ޑޮލަރުގެ ލޯނު މި ސުރުހީގެ ދަށުން ލިޔެފައިވާ ޚަބަރެއް ޝެއަރ ކުރައްވައި ވިދާޅުވެފައިވަނީ މިއީ ކަނޑައެޅިގެން ހަޤީޤަތާއި ޚިލާފު އެއްވެސް އަސްލެއް ނެތް ބުހުތާނެއް ކަމަށެވެ.

"ސަރުކާރުން ގެރެންޓީއެއް ހޯދަން ޖޭޕީގެ ލީޑަރު ޤާސިމް އެއްވެސް ހާލެއްގައި އެދިފައެއް ނުވޭ، މިޒާތުގެ ވާހަކަތައް މިހާރު މިފަތުރަން ފެށީ ކީއްވެކަން ވަރަށް ސާފު" އަމީން ވިދާޅުވިއެވެ.

"ދެންމެ" ނޫހުގައި ބުނެފައިފައިވަނީ 100 މިލިޔަން ޑޮލަރަށް ވުރެ ބޮޑު ލޯނުގެ ސޮވެރެއިން ގެރެންޓީއެއް ހޯދުމަށް ޤާސިމް ސަރުކާރަށް ޕްރެޝަރ ކުރައްވަމުން ދާކަމަށް އިތުބާރުހުރި މަސްދަރަކުން މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި ސަރުކާރުން ސޮވެރެއިން ގެރެންޓީއެއް ހޯދުމަށް ޤާސިމް މަސައްކަތް ކުރައްވަމުން ގެންދަވަނީ އެމަނިކުފާނު ރިޔާސީ އިންތިޚާބުގައި ވާދަ ކުރައްވާނެ ކަމަށް ވިދާޅުވެ ބިރުދައްކަވައިގެން ކަމަށް އެނޫހުގައި ބުނެފައިވެއެވެ.

"ދެންމެ" ނޫހުގައި މިފަދަ ވާހަކަތަކެއް ލިޔެ ޢާންމު ވެފައިވާއި އިރު "ވޮއިސް" އަށް އެނގިފައިވާ ގޮތުން "ދެންމެ" ނޫހަކީ ރަޖިސްޓްރީ ކޮށްގެން ހިންގާ ނޫހެއް ނޫނެވެ.

މިސަރުކާރު ފެށިގެން ގޮއްސައި ވަނީ ޖޭޕީ ހިމެނޭ ކޯލިޝަންއަކުންނެވެ. އަދި މިހާތަނަށް ޖޭޕީ އޮތީ ވެސް ސަރުކާރުގެ ކޯލިޝަން ތެރޭގައެވެ. ނަމަވެސް މިހާރު މަންޒަރު ދައްކާގޮތުން ކުރިއަށް އޮތް އިންތިޚާބުގައި ޖޭޕީ އިން ރައީސް ޞާލިޙަށް ތާއީދެއް ނުކުރާނެއެވެ. އަދި އިންތިޚާބާއި މެދު ގޮތެއް ނިންމައި ޖޭޕީ އިން އިޢްލާނުކޮށްފައެއް ނުވެއެވެ.

މިދުވަސްވަރަކީ ސިޔާސީ ފަރާތްތަކުގެ ޚިޔާލު ތަފާތު ވުންތަކާއި ވާދަވެރިކަން އިތުރުވެފައިވާ ދުވަސްވަރެކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Sep 2026
ޤުރުއާން ކިޔެވުމުގެ 38 ވަނަ ގައުމީ މުބާރާތުގެ ރަންވަނަތައް އިޒުޢާން، އާޔަން އަދި ޒީކަށް
ޙާފިޡުގެ ގޮފިން، މުޅި މުބާރާތުން އެއް ވަނަ ޚާޞިލްކޮށްފައިވަނީ އިސްމާޢީލް އިޒުޢާން އިބްރާހީމްއެވެ. މުޅި މުބާރާތުން ނުބަލާ ކިޔެވުމުގެ ގޮފިން އެެއް ވަނަ ޚާޞިލްކޮށްފައިވަނީ ޢާއިޝަތު ޒީކް ރިޔާޟްއެވެ.
25 Sep 2026
މަސްޖިދުލްޙަރާމްގެ އިމާމު ޑރ ޔާސިރް އައްދައުސަރީ ރާއްޖެ ވަޑައިގަންނަވަނީ
މިއީ 43 އަހަރު ފަހުން މަސްޖިދުލް ޙަރަމްގެ އިމާމަކު ރާއްޖެވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.
24 Sep 2026
ފަހު ހާފްގައި ޖެހި ލަނޑުތަކާއެކު ޗައިނާއިން ދިވެހިރާއްޖެ ބަލިކޮށްފި
އީތަން އަދި އިލާން ނުލައި ރާއްޖެ ނުކުތް މި މެޗުގެ ފުރަތަމަ ހާފްގައި، ޗައިނާ ކުޅުންތެރިން ފޮނުވާލި ގިނަ ހަމަލާތައް ރާއްޖޭގެ ކީޕަރު ވަނީ ވަރަށް ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.
24 Sep 2026
ގަން އެއާޕޯޓުން 3,345 ގްރާމުގެ ކެނަބިސް އަތުލައިގެންފި
މި ތަކެތި ފެނިފައިވަނީ ސެޕްޓެމްބަރު 22 ވަނަ ދުވަހު ގަން އިންޓަރނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެ އެތެރެވި އިންޑިއާގެ ދެ ރައްޔިތެއްގެ ފޮށިތައް ބަލައި ފާސްކުރުމުގެ ތެރޭގައެވެ.
24 Sep 2026
ބާރަށުގައި ރޭގަނޑު 9 ގެ ފަހުން ދަރިވަރުން ބޭރުގައި އުޅުން މަނާކޮށްފި
ޒަރޫރީ ބޭނުމެއް ނެތި ރޭގަނޑު ނުވައެއް ޖެހުމަށް ފަހު، ބެލެނިވެރިއަކާއެކު މެނުވީ ދަރިވަރުން ބޭރުގައި
24 Sep 2026
އެމްޓީސީސީގެ މަސައްކަތްތަކަށް ޔޫއޭއީ ކުންފުންޏަކުން އިންވެސްޓުކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފި
ޔޫއޭއީގެ އެންއެމްޑީސީއާ އެމްޓީސީސީ ގުޅިގެން ރާއްޖޭގައި މަޝްރޫޢުތައް ހިންގުމާއި ޑްރެޖިންގ ސަޕޯޓާއި މުވައްޒަފުން ތަމްރީނުކުރުމާ ގުޅޭ ގޮތުން އަބޫދާބީގައި މަޝްވަރާކޮށް، އެއްބަސްވުމެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ.
24 Sep 2026
ހިލޭ ޑިގްރީ ސްކީމުގައި ބައިވެރިވި ދެބައިކުޅަ އެއްބައި ދަރިވަރުން ކޯސް ނުނިންމާ
އެ ރިޕޯޓުގައި ދިރާސާކޮށްފައި ވަނީ ހިލޭ ޑިގްރީ ސްކީމް ހިންގުމުގައި ކަންކަން އޮތް ގޮތެވެ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އާއި ކިޔަވައިދޭ އެކި މަރުކަޒުތަކުން ހޯދި ތަފާސްހިސާބުތައް ދައްކާ ގޮތުން އެ މުއްދަތުގައި ޖުމްލަ 11641 ދަރިވަރުން ސްކީމުގައި ބައިވެރިވެފައިވެއެވެ. ނަމަވެސް ކޯސް ނިންމައިގެން ނުކުމެފައި ވަނީ 5833 ދަރިވަރުންނެވެ.
24 Sep 2026
ޗައިނާއާ އޮތީ ވަރަށް ގާތްގުޅުމެއް، އެ ގުޅުމުގެ ފައިދާ ވަރަށް ބޮޑު: ރައީސް
ރައީސް ވިދާޅުވީ ދެ ގައުމުގެ ގުޅުން ބިނާވެފައި އޮތީ އިހްތިރާމްގެ މައްޗަށް ކަމަށާ ރާއްޖެއާ ޗައިނާގެ ގުޅުމަކީ ފައިދާހުރި ގުޅުމެއް ކަމަަށެވެ. އެ ގުޅުމުގެ ފައިދާ މުސްތަގުބަލުގައި ވެސް ލިބިގެންދާނެ ކަމަށް ވިދާޅުވި އެވެ.