ހެލްތް މިނިސްޓަރ އަހްމަދު ނަސީމް މަޖިލިސް މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަނީ: ފޮޓޯ/ މަޖިލިސް
ހަބަރު
01 Mar 2023 | 11:38
ތިނަދޫ ޓާޝަރީ ހޮސްޕިޓަލު ޑިޒައިން ކުރުމުގެ މަސައްކަތް ދަނީ ކުރިއަށް: ނަސީމް

ތިނަދޫ ޓާޝަރީ ހޮސްޕިޓަލް ޑިޒައިންކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށް ހެލްތު މިނިސްޓަރު އަޙުމަދު ނަސީމް ވިދާޅުވެއްޖެއެވެ.

ނަސީމް މިފަދައިން ވިދާޅުވީ މި ސަރުކާރުން ތިނަދޫގައި އެޅުމަށް ހަމަޖެހިފައިވާ ޓާޝަރީ ހޮސްޕިޓަލު ގެ މަސައްކަތް ގޮސްފައިވާ ހިސާބަކާއި، އެ މަސައްކަތުގެ ޢަމަލީ މަސައްކަތް ފެށޭނީ ކޮން އިރަކުތޯ އަހައި ތިނަދޫ އުތުރު ދާއިރާގެ މެންބަރު ޢަބްދުލްމުޣުނީ، ލިޔުމުން ޖަވާބު ހޯއްދެވުމަށް ކުރައްވާފައިވާ ސުވާލަށް ދެއްވި ޖަވާބު ގައެވެ. 

މުޣުނީގެ ސުވާލުގެ ޖަވާބުގައި މިނިސްޓަރު ވިދާޅުވީ، އެ ހޮސްޕިޓަލުގެ މިހާރު ކުރިއަށްދާނީ ޑިޒައިން ކުރުމުގެ މަސައްކަތް ކަމަށާ ޑިޒައިންކުރުމުގެ މަސައްކަތް ނިމުނުހައި އަވަހަކަށް ހޮސްޕިޓަލް އިމާރާތްކުރުމުގެ އަމަލީ މަސައްކަތް ފެށިގެންދާނެކަމަށެވެ.

މީގެ ކުރިން މިނިސްޓަރު ވިދާޅުވެފައިވަނީ ގދ. ތިނަދޫގައި ޓާޝަރީ ހޮސްޕިޓަލް އެޅުމަށް މިއަހަރުގެ މެދެއްހާ ހިސާބުގައި ބީލަމަށް ހުޅުވައިލާނެކަމަަށެވެ.

ތިނަދޫގައި އެޅުމަށް ހަމަޖެހިފައިވާ 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލަށް އެޅުމަށް ލޯނު ހަމަޖެހިފައިވަނީ ކުވައިތު ފަންޑުންނެވެ.

މިއީ ދަޢުލަތުގެ ބަޖެޓުން 33 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުވާ މަޝްރޫޢުއެކެވެ. 

ކޮމެންޓް
ޑުރަގުބެ
ތިޔަ ހެލްތު މިނިޝްޓަރަކީ ސުމެއްގެ މީހެކެވެ. އޭނާގެ ބެލުމުގެ ދަށުގާ ހުއްނަ ޑުރަގު ޝެންޓަރ ގެ ކަންކަން ޝަމާއު ކިޔާ މީހަކާ ހަވާލުކޮށްގެން ޑުރަގު ޝެންޓަރ ވެސް ހަލާކުވެއްޖެއެވެ.
01 Mar 2023
ގުޅޭ ލިޔުންތައް
06 Aug 2026
ދޯންޏެއް އަޑިއަށް: ފުލުހަކާ، ސިފައިންގެ މީހަކާ، ދޯނީގެ ކައްޕި ގެއްލިއްޖެ
އަތޮޅުން ފުރައިގެން ހުވަދު އަތޮޅަށް ހިލަޔާއި ހިލަވެލި ބަރުކޮށްގެން ދަތުރުކުރި ސަޕްލައި ދޯންޏެއް ކަނޑުގަދަވެ އަޑިއަށްދިޔަ ހާދިސާގައި، މީހުން ސަލާމަތްކުރުމަށް މަސައްކަތްކުރި ސިފައިންގެ މީހަކާއި، ފުލުހެއްގެ އިތުރުން އެ ދޯނީގެ ކައްޕި ގެއްލިއްޖެއެވެ.
06 Aug 2026
ކޯޓްތަކަށް ސަރުކާރުން ނުފޫޒު ނުފޯރުވާކަން އެންމެ ރަނގަޅަށް އެނގޭނީ ޔާމީނަށް: އަބްދުއްރަހީމް
"ކޯޓުތަކަށް މި ސަރުކާރުން ނުފޫޒު ނުފޯރުވާކަން އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ރައީސް ޔާމީނަށް، އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ރައީސް ޔާމީނަށް," އަބްދުއްރަހީމް ވިދާޅުވި އެވެ.
06 Aug 2026
ދަތިތައް ހުރިނަމަވެސް ވައުދުތައް ފުއްދައިދޭނަން: ރައީސް ޑރ.މުއިއްޒު
ދަތިތަކާއެކުވެސް ރައްޔިތުންނަށް ވީ ވައުދުތައް 2028 ވަނަ އަހަރުގެ ފުރަތަމަ ހަމަސްދުވަހުގެ ތެރޭގައި ފުއްދަވާނޭކަމަށް ރައީސް ވިދާޅުވިއެވެ
05 Aug 2026
ގޮނޑުހޮވައި މަގުމަތިވެގެން އުޅޭ ހާހެއްހާ ކުދިން މާލެ ސަރަހައްދުގައި
އާޒިމް ވިދާޅުވީ މާލެ ސަރަހައްދުގައި އުޅޭ މިފަދަ ކުދިން އަލުން މުޖުތަމައުއަށް ނެރުމަށް އެންޑީއެމްއޭ އާއި ފުލުހުންނާއި، މާލެސިޓީ ކައުންސިލް އަދި ސަރުކާރު ގުޅިގެން މަސައްކަތްތަކެއް ކުރަންޖެހޭކަމަށެވެ
05 Aug 2026
ފަރުމަސްވެރި ކަމަށް ހާއްސަކޮށް އަޅާ ފުރަތަމަ އައިސްޕްލާންޓް އުކުޅަހުގައި
މިއީ ފަރުމަސްވެރި ކަމަށް ހާއްސަކޮށްގެން އަޅާ ކުދި އައިސްޕްލާންޓު ތަކުގެ ތެރެއިން ފުރަތަމަ އައިސްޕްލާންޓެވެ.
05 Aug 2026
އުކުޅަހުން އެދުނީ އަގުހެޔޮކޮށް ތެޔޮ ލިބޭނެ އިންތިޒާމެއް ހަމަޖައްސައިދިނުމަށް
މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު މެންދުރު އުކުޅަހު ކޮންވެންޝަން ސެންޓަރުގެ އިދާރާގަ އެވެ.
05 Aug 2026
އެމްޑީޕީގެ މުޒާހަރާގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ ހާލަތު ބަދަލުކުރުން: ޝިފާޒް
އެމްޑީޕީން ކުރިއަށްގެންދާ މި މުޒާހަރާ ފެށުމަށް ހަމަޖެހިފައިވަނީ އޮގަސްޓް 13 ވަނަ ދުވަހުގެ ރޭ 20:30 ގައި މަޖީދީމަދު ސޯޝަލް ސެންތަރު ކައިރިން ކަމަށް އެޕާޓީން ބުނެއެވެ
05 Aug 2026
'ޕާލް ރެސިޑެންސް" އާ ގުޅިގެން އިލްމުވެރިންގެ ގުޅުމުން މަޝްވަރާ ބައްދަލުވުންތަކެއް ކުރިއަށްގެންދަނީ
ޕާލް ރެސިޑެންސް ޕްރޮގްރާމާ ގުޅޭގޮތުން ސަރުކާރުން ބުނެފައިވަނީ، މިއީ ރާއްޖެއަށް ގެއްލުންވާ ބީދައިން ކުރިއަށްގެންދާ ޕްރޮގްރާމެއް ނޫންކަމަށެވެ