ގާސިމް އިބްރާހިމް އާއި ރައީސުލްޖުމްހޫރިއްޔާގެ އިބްރާހީމް މުހައްމަދު ޞާލިހު: ފޮޓޯ/ ރައީސް އޮފީސް
ހަބަރު
01 Mar 2023 | 12:18
ޤާސިމް އިބްރާޙީމް ރައީސް އޮފީހަށް ވަޑައިގެންފި

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ކުއްލި ގޮތަކަށް ރައީސް އޮފީހަށް ވަޑައިގަންނަވައިފިއެވެ.

މިއަދު ސޯޝަލް މީޑިއާގައި އާއްމު ވެފައިވާ ވީޑިއޯއަކުން ފެންނަނީ ގާސިމް ރައީސް އޮފީހަށް ހިންގަވާފައި ވަޑައިގަންނަވާ މަންޒަރެވެ. އަދި ޖޭޕީގެ ތަރުޖަމާނު އަލީ ސޯލިހު ވެސް ވަނީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު އާއި ގާސިމް ބައްދަލު ކުރެއްވި ކަން "ވޮއިސް"އަށް ކަށަވަރު ކޮށްދެއްވާފައެވެ. އެހެންނަމަވެސް، ބައްދަލުމުގެ ތަފްސީލް ހާމައެއް ނުކުރައްވައެވެ. 

ގާސިމް ކުއްލި ގޮތަކަށް ރައީސް އޮފީހަށް ވަޑައިގެންފައިވާއިރު، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީ އާއި އެކު ކޯލިޝަން ހެދުމަށް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ޖޭޕީއަށް ހުށަހަޅުއްވާފައި ވަނިކޮށް، ޖޭޕީގެ ކޮންގްރެސް ގައި ވަނީ، ޖޭޕީން ކެންޑިޑޭޓެއް ނެރުމަށް، ނުވަތަ ޖޭޕީ އިސްވެ ކޯލިޝަން ސަރުކާރެއް އެކުލަވައި ލުމަށް ގަރާރެއް ފާސްކޮށްފައެވެ. 

ނަމަވެސް އެ ގަރާރަށް އަމަލު ކުރުން ލާޒިމް ނޫން ކަމަށާ، އެއާއި މެދު ގޮތެއް ނިންމާނީ ޖޭޕީގެ އައު ކައުންސިލުން ކަމަށް ގާސިމް ވަނީ ބުނެފައެވެ. 

ޖޭޕީގެ ކޮންގްރެސް އިން މިފަދަ ނިންމުމެއް ނިންމުމާއި ގުޅިގެން އެމްޑީޕީގެ ރައީސް ޞާލިހް ގެ ފެކްޝަން ގައި ހިމެނިވަޑައިގަންނަވާ ބައެއް މެންބަރުން ވަނީ އެކަމާއި ކަންބޮޑުވުން ފާޅުކުރައްވާފައެވެ. ޚާއްސަކޮށް ރައީސް ޞާލިހުއަށް އެންމެ ވަފާތެރި އެއް މެންބަރެއް ކަމުގައިވާ މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް (މަވޯޓާ) ވަނީ ޖޭޕީން ކެންޑިޑޭޓެއް ނެރޭ ނަމަ، މިހާރުގެ ކޯލިޝަނުން ޖޭޕީ ވަކި ވާނެ ކަމަށާ، ކެބިނެޓް ގައި ތިއްބެވި ޖޭޕީގެ މިނިސްޓަރުންވެސް ވަކި ކުރަންޖެހޭނެ ކަމަށް ވިދާޅުވެފައެވެ. 

ޝަރީފް އެފަދައިން ވިދާޅުވެ ރޭ ވެސް ޓުވީޓް ކުރައްވާފައިވާއިރު, ގާސިމް އާއި އެކު ރައީސް ޞާލިހު ބޭއްވެވި މި ބައްދަލުވުމަކީ ކޯލިޝަން ހެދުމާއި ގުޅޭ ބައްދަލުވުމެއްކަމަށް ވަރަށް ބޮޑަށް ޔަގީން ކުރެވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Sep 2026
ޤުރުއާން ކިޔެވުމުގެ 38 ވަނަ ގައުމީ މުބާރާތުގެ ރަންވަނަތައް އިޒުޢާން، އާޔަން އަދި ޒީކަށް
ޙާފިޡުގެ ގޮފިން، މުޅި މުބާރާތުން އެއް ވަނަ ޚާޞިލްކޮށްފައިވަނީ އިސްމާޢީލް އިޒުޢާން އިބްރާހީމްއެވެ. މުޅި މުބާރާތުން ނުބަލާ ކިޔެވުމުގެ ގޮފިން އެެއް ވަނަ ޚާޞިލްކޮށްފައިވަނީ ޢާއިޝަތު ޒީކް ރިޔާޟްއެވެ.
25 Sep 2026
މަސްޖިދުލްޙަރާމްގެ އިމާމު ޑރ ޔާސިރް އައްދައުސަރީ ރާއްޖެ ވަޑައިގަންނަވަނީ
މިއީ 43 އަހަރު ފަހުން މަސްޖިދުލް ޙަރަމްގެ އިމާމަކު ރާއްޖެވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.
24 Sep 2026
ފަހު ހާފްގައި ޖެހި ލަނޑުތަކާއެކު ޗައިނާއިން ދިވެހިރާއްޖެ ބަލިކޮށްފި
އީތަން އަދި އިލާން ނުލައި ރާއްޖެ ނުކުތް މި މެޗުގެ ފުރަތަމަ ހާފްގައި، ޗައިނާ ކުޅުންތެރިން ފޮނުވާލި ގިނަ ހަމަލާތައް ރާއްޖޭގެ ކީޕަރު ވަނީ ވަރަށް ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.
24 Sep 2026
ގަން އެއާޕޯޓުން 3,345 ގްރާމުގެ ކެނަބިސް އަތުލައިގެންފި
މި ތަކެތި ފެނިފައިވަނީ ސެޕްޓެމްބަރު 22 ވަނަ ދުވަހު ގަން އިންޓަރނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެ އެތެރެވި އިންޑިއާގެ ދެ ރައްޔިތެއްގެ ފޮށިތައް ބަލައި ފާސްކުރުމުގެ ތެރޭގައެވެ.
24 Sep 2026
ބާރަށުގައި ރޭގަނޑު 9 ގެ ފަހުން ދަރިވަރުން ބޭރުގައި އުޅުން މަނާކޮށްފި
ޒަރޫރީ ބޭނުމެއް ނެތި ރޭގަނޑު ނުވައެއް ޖެހުމަށް ފަހު، ބެލެނިވެރިއަކާއެކު މެނުވީ ދަރިވަރުން ބޭރުގައި
24 Sep 2026
އެމްޓީސީސީގެ މަސައްކަތްތަކަށް ޔޫއޭއީ ކުންފުންޏަކުން އިންވެސްޓުކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފި
ޔޫއޭއީގެ އެންއެމްޑީސީއާ އެމްޓީސީސީ ގުޅިގެން ރާއްޖޭގައި މަޝްރޫޢުތައް ހިންގުމާއި ޑްރެޖިންގ ސަޕޯޓާއި މުވައްޒަފުން ތަމްރީނުކުރުމާ ގުޅޭ ގޮތުން އަބޫދާބީގައި މަޝްވަރާކޮށް، އެއްބަސްވުމެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ.
24 Sep 2026
ހިލޭ ޑިގްރީ ސްކީމުގައި ބައިވެރިވި ދެބައިކުޅަ އެއްބައި ދަރިވަރުން ކޯސް ނުނިންމާ
އެ ރިޕޯޓުގައި ދިރާސާކޮށްފައި ވަނީ ހިލޭ ޑިގްރީ ސްކީމް ހިންގުމުގައި ކަންކަން އޮތް ގޮތެވެ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އާއި ކިޔަވައިދޭ އެކި މަރުކަޒުތަކުން ހޯދި ތަފާސްހިސާބުތައް ދައްކާ ގޮތުން އެ މުއްދަތުގައި ޖުމްލަ 11641 ދަރިވަރުން ސްކީމުގައި ބައިވެރިވެފައިވެއެވެ. ނަމަވެސް ކޯސް ނިންމައިގެން ނުކުމެފައި ވަނީ 5833 ދަރިވަރުންނެވެ.
24 Sep 2026
ޗައިނާއާ އޮތީ ވަރަށް ގާތްގުޅުމެއް، އެ ގުޅުމުގެ ފައިދާ ވަރަށް ބޮޑު: ރައީސް
ރައީސް ވިދާޅުވީ ދެ ގައުމުގެ ގުޅުން ބިނާވެފައި އޮތީ އިހްތިރާމްގެ މައްޗަށް ކަމަށާ ރާއްޖެއާ ޗައިނާގެ ގުޅުމަކީ ފައިދާހުރި ގުޅުމެއް ކަމަަށެވެ. އެ ގުޅުމުގެ ފައިދާ މުސްތަގުބަލުގައި ވެސް ލިބިގެންދާނެ ކަމަށް ވިދާޅުވި އެވެ.