ޖޭޕީގެ ލީޑަރު ޤާސިމް ގައުމީ ކޮންފަރެންސްގެ ތެރެއިން/ ފޮޓޯ: ވޮއިސް
ހަބަރު
02 Mar 2023 | 13:44
އެއްވެސް ސަރުކާރަކުން ޤާސިމްގެ ނާޖާއިޒް މަންފާއެއް ނުހޯއްދަވާ: ޖޭޕީ

އެއްވެސް ސަރުކާރަކުން ނާޖާއިޒް ނުވަތަ ނުހައްގު މަންފާއެއް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ހޯއްދަވާފައި ނޯންނާނެކަމަށް ޖޭޕީން ބުނެފި އެވެ. 

ޖުމްހޫރީ ޕާޓީން މިފަދައިން ބުނެފައިވަނީ ބަދަލުގެ ގޮތުގައި ޤާސިމް އިބްރާހިމް ރަށްތަކާއި ފަޅުތައް ނަންގައިވެގެން އުޅުވާކަމަށާއި، އެކަމާއި ގުޅިގެން ނޫސްވެރިން ސުވާލުކުރުމުން ކޯފާ އިސްކުރައްވާފައިވާކަމަށް އޮންލައިން ނޫހަކުން ރިޕޯޓު ކުރުމާއި ގުޅިގެން ނެވެ. 

ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ރައީސުލްޖުމުހުރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހާ ބައްދަލުކުރެއްވުމަށް ފަހު ނިކުމެވަޑައިގަތުމުން، ނޫސްވެރިން ވަނީ އެމަނިކުފާނާއި އެއްޔެ ސުވާލު ކުރައްވާފަ އެވެ.

އަދި ނޫސްވެރިއަކު ވަނީ ސަރުކާރުން ޤާސިމަށް ލިބިވަޑައިގެންފައިވާ ރަށްތަކާއި ފަޅުތަކާއި ގުޅޭގޮތުން ސުވާލު ކުރައްވާފަ އެވެ. އެ ސުވާލުތަކަށް ޤާސިމް ސާފު ޖަވާބެއް ނުދެއްވާ ކޯފާ އިސްކުރެއްވިކަމަށް ނޫސްތަކުގައި ރިޕޯޓުކޮށްފައި ވެއެވެ. 

އެކަމާއި ގުޅޭގޮތުން ޖުމްހޫރީ ޕާޓީގެ ތަރުޖަމާނު އަލީ ޞާލިހު ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމަކީ، އެއްވެސް ސަރުކާރަކުން، އެއްވެސް މިންވަރެއްގެ ނާޖާއިޒް ފައިދާ ހޯއްދަވާފައިވާ އަދި ހޯއްދަވާނެ ބޭފުޅެއްވެސް ނޫން ކަމަށެވެ.

އެމަނިކުފާނު ހޯއްދެވީ  ވެރިއަކަށް ހުންނެވި ބޭފުޅަކު، ޤާސިމް އިބްރާޙީމްގެ މުދަލަށް ގެއްލުންދީ، އެމަނިކުފާނު ޖަލަށްލުމުން އޭގެ ބަދަލުގެ ގޮތުގައި ހޯއްދެވި އެއްޗެއްކަމަށް އަލީ ޞާލިހު ވިދާޅުވި އެވެ. އަދި ޤާސިމަށް ލިބިލެއްވި ބަދަލަކީ، އެމަނިކުފާނަށް ލިބެން ޖެހޭ އެއްޗެއްކަމަށް ރާއްޖޭގެ ސުޕްރިމް ކޯޓުން ކަނޑައަޅުމަށްފަހު ލިބިލެއްވި އެއްޗެއްކަމަށް ވެސް ޞާލިހު ވިދާޅުވެފައި ވެއެވެ.  

ޖޭޕީގެ ތަރުޖަމާނު އަލީ ޞާލިހު 

"ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމަކީ، އެއްވެސް ސަރުކާރަކުން، އެއްވެސް މިންވަރެއްގެ ނާޖާއިޒް ފައިދާ ހޯއްދަވާފައިވާ އަދި ހޯއްދަވާނެ ބޭފުޅެއްވެސް ނޫން. ވެރިއަކަށް ހުންނެވި ބޭފުޅަކު، ޤާސިމް އިބްރާޙީމްގެ މުދަލަށް ގެއްލުންދީ، އެމަނިކުފާނު ޖަލަށްލެއްވުމުން، އޭގެ ބަދަލު ހޯދޭނެ. ސުޕްރީމް ކޯޓުން މައްސަލައަކާމެދު ގޮތެއް ނިންމައި، ހުކުމެއް ކުރުމުން، އެ ނިންމުމަކާ ދެކޮޅަށް “ނޫސްވެރިއަކު” ދައްކާ ވާހަކައެއް، އެ ވާހަކަ ދައްކަންޖެހުނު ސަބަބަކާ މެދު ސުވާލު އުފެދޭ"

ޖޭޕީގެ ތަރުޖަމާނު އަލީ ޞާލިހު 

ބަދަލުގެ ގޮތުގައި ޤާސިމަށް ލިބިލެއްވި ފަޅުތަކާއި ރަށްތަކާއި ގުޅިގެން ނުސްވެރިޔާ ކުރި ސުވާލަށް ޤާސިމްވެސް ވަނީ ހަމަ އެ ޖަވާބު ދެއްވާފަ އެވެ.

އެގޮތުން ބަދަލުގެ ގޮތުގައި ސަރުކާރުން އެއްޗެއް ހޯއްދަވާފައި ނުވާނެ ކަމަށާއި، އެމަނިކުފާނަށް ސަރުކާރުން ދިނީ ސުޕްރިމް ކޯޓުން އަންގައިގެން ދިން ހައްގު އެއްޗެއްކަމަށް ޤާސިމް ވަނީ ވިދާޅުވެފަ އެވެ. 

ކޮމެންޓް
އަލީ ރަޝީދު
15 އަހަރުވަންދެން ނުހަދާ ބޭއްވި ތ. އެލާ ބަދަލުވެގެން ދިޔައީ ރަށް ކައިރީގައި އޮންނަ ބޮޑު ފެންފުށީ ފަޅާއެވެ. އަނގަ އޮތިއްޔާ ވާހަކަ ދެއްކިދާނެއެވެ. މީ ރައްޔިތުންގެ ހެވައް އުޅޭ މީހެކޯއެވެ!
02 Mar 2023
ގުޅޭ ލިޔުންތައް
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.