ރައީސް ޞާލިހާއި މިނިސްޓަރު ޝާހިދު/ ފޮޓޯ: ރައީސް އޮފީސް
ހަބަރު
04 Mar 2023 | 16:14
ރައީސްއާއި ވަޒީރަށް ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގެ އަދަދު ނޭގުން ލަދުވެތި: އަލީ ހުސެއިން

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ދެ ބޭފުޅުންނަށް ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގެ އަދަދު އެނގިވަޑައިނުގަތުމަކީ ލަދުވެތި ކަމެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ވިދާޅުވެއްޖެ އެވެ. 

އަލީ ހުސެއިން މިފަދައިން ވިދާޅުވެފައިވަނީ ސަރުކާރުން ރަށްތަކުގައި ހިންގަމުންދާ މަޝްރޫއާއި ގުޅޭގޮތުން ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހާއި، ފޮރިން މިނިސްޓަރު ޝާހިދު ދައްކަވާފައިވާ ވާހަކަތަކެއް ޓްވީޓާގައި ހިއްސާކުރައްވާ ކުރެއްވި ޓްވީޓެއްގަ އެވެ. 

އަލީ ހުސެއިން ހިއްސާކުރައްވާފައިވާ ރައީސް ޞާލިހުގެ ވީޑިއޯއަކީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނު ޖަލްސާއެއްގައި ވާހަކަދައްކަވާ ވީޑިއޯއެކެވެ. އެ ވީޑިއޯގައި ރައީސް ޞާލިހު ވިދާޅުވީ ރާއްޖޭގެ 357 ރަށެއްގައި މި ސަރުކާރުން ފްލެޓުއަޅާ ނިންމާފައިވާ ކަމަށެވެ. 

"މިހާތަނަށް 357 ރަށެއްގައި ފްލެޓު އަޅާ ނިމިއްޖެ"

ރައީސް ޞާލިހު 

އޭގެ އިތުރުން މިނިސްޓަރު ޝާހިދު އިންޑިއާއަށް ކުރައްވާ ދަތުރުފުޅުގައި އިންޑިއާގެ ނޫހަކަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވީ މި ސަރުކާރުން ރާއްޖޭގެ 250 ރަށުގައި ފެނާއި ނަރުދަމާގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. 

އިނގިރޭސިބަހުން އެމަނިކުފާނު ދެއްވި އިންޓަވިއުގައި ވިދާޅުވީ ތިލަމާލެ ބުރިޖާއި ހަނިމާދޫ އެއާޕޯޓާއި އައްޑޫ އެއާޕޯޓުގެ އިތުރުން 250 ރަށުގައި ފެނާއި ނަރުދަމާގެ މަސައްކަތް ހިންގަމުންދާ ކަމަށެވެ. 

ރައީސް ޞާލިހާއި މިނިސްޓަރު ޝާހިދު މިފަދައިން ވިދާޅުވެފައި ވީނަމަވެސް، ރާއްޖޭގައި މީހުން ދިރިއުޅެނީ 187 ރަށުގައެވެ.

އެހެންކަމުން، މިނިސްޓަރު ޝާހިދާއި، ރައީސް ޞާލިހުގެ އެ ތަފާސް ހިސާބުތަކަކީ ސައްހަ ހިސާބުތަކެއް ނޫނެވެ. އަދި އެ ހުރިހާ ރަށެއްގައި ފްލެޅު އެޅުމާއި، ފެނާއި ނަރުދަމާގެ މަސައްކަތްތައް ހިނގަމުން ނުދާކަން ފާހަގަކޮށްލެވެ އެވެ. 

އެކަންކަމަށް އިޝާރާތް ކުރައްވާ އަލީ ހުސެއިން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އާއި، އެމަނިކުފާނުގެ ވަޒީރު ބޭފުޅުންނަށް ދިވެހިރާއްޖޭގައި މީހުން ދިރިއުޅެނީ ކިތަށް ރަށުގައިކަން އެނގު ނުލެއްވުމަކީ ވަރަށް ލަދުވެތި ކަމެއް ކަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ކ. ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ޗާލުކަން; ތަފާތު ރީތި, މަސައްކަތެއް
ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ވަނީ ބޮޑު ފުރިހަމަ ކަމެއް ލިބިގެން ގޮސްފަ އެވެ.
05 Oct 2026
ޝެއިޚް ނައިފަރީގެ "މަގޭ ސުވާލަކީ" ގެ 100 ވަނަ ޕްރަގްރާމް ހިންނަވަރުގައި، ވަރަށް ޚާއްސަ ވާނެ
މީގެ އިތުރުން އެރޭގެ ޕްރަގްރާމަށް ހާޒިރުވާ ބައިވެރީންގެ މެދުގައި ގުރުއަތެއް ނަގާ އުމްރާ ދަތުރެއް ދޭން ނިންމާފައިވާ ކަމަށް "މަގޭ ސުވާލަކީ" ޓީމުން ބުނެ އެވެ.
05 Oct 2026
އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓެމުންދިޔަ ކުޑަކުއްޖަކު ހިފައި، ސަލާމަތްކޮށްފި
މިޞްރުގެ ޖީޒާ ޕްރޮވިންސްގެ ކާރުބާރު ބޮޑު ސަރަޙައްދެއްގައި ހުރި އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓުނު 4 އަހަރުގެ ކުޑަކުއްޖަކު، އެ ވަގުތު އެތަނުގައި ހުރި ޒުވާނަކު ހުޝިޔާރުކަމާއެކު ހިފަހައްޓައި އެ ކުއްޖާގެ ފުރާނަ ސަލާމަތްކޮށްފިއެވެ. މި ހައިރާންކުރުވަނިވި ހާދިސާ ހިނގި ގޮތުގެ ވީޑިއޯ މިހާރު ވަނީ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ވައިރަލްވެފައެވެ.
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.