އެލައިޑް އިންޝިއުރެންސް އޮފީސް ބޭރު/ ފޮޓޯ: އެލައިޑް
ވިޔަފާރި
04 Mar 2023 | 16:29
ދުނިޔަވީ ހާލަތެއްގެ ސަބަބުން ލިބިދާނެ މާލީ ގެއްލުމަކުން އަރައިގަތުމަށް، އިންޝުއަރެންސް

އުފާވެރިކަމާއި ތަސައްލީއަކީ ސިކުނޑީގެ ހާލަތެކެވެ. އެ ހާލަތު ހޯދުމަށް ޓަކައި އަހަރެމެން އެދެނީ ހިތްހަމަޖެހުމަށެވެ. ކަންކަމާ ފިކުރު ނުކުރުމަށެވެ. ކަންކަން ރަނގަޅުވުމަށެވެ.

އެ ހާލަތު ހޯދޭނީ އަހަރެމެން ވެސް ދިރިއުޅުމުގެ ކަންކަމަށް ފަހި މަގުތަކެއް އިޚުތިޔާރުކޮށްގެންނެވެ. ގެދޮރާއި މުދާ ރައްކާތެރިކުރެވޭނެ މަގު ހޯދައިގެންނެވެ. ތިމާގެ ވިޔަފާރިއަށް ކުރިމަތިވެދާނެ މާލީ ގެއްލުންތަކަކީ ކޮބާކަމާއި އެފަދަ ހާލަތެއް ކުރިމަތިވެއްޖެ ނަމަ ދެން ހެދޭނެ ގޮތްގޮތް ރާވައިގެންނެވެ. އަމިއްލަ ސިއްހީ ހާލަތު ދަށްވުމުން ވެސް ތިމާގެ ފަރާތުން އާއިލާއަށް ލިބޭ އާމްދަނީ ހުއްޓޭ ހާލަތެއް މެދުވެރިނުވާނެ ގޮތެއް ހަމަޖައްސައިގެންނެވެ. އަދި ފަހަށް ފައިސާ ރައްކާކޮށްގެންނެވެ.

މިފަދަ އެކި ހާލަތްތަކަށް ތައްޔާރުވުމަށް މާލީ ޕްރޮޑަކްޓެއްގެ ބޭނުން ކުރެވިދާނެއެވެ. އިންޝުއަރަންސެވެ. ކޮންމެ ފަދަ ދުނިޔަވީ ހާލަތެއްގެ ސަބަބުން ލިބިދާނެ މާލީ ގެއްލުމަކުން އަރައިގަތުމަށް އެހީތެރިވެދޭނީ އިންޝުއަރަންސެވެ.

އިންޝުއަރަންސް މުހިންމުވާ ސަބަބަކީ ވެސް މިއީއެވެ. އިންޝުއަރަންސް ޕްލޭނެއް އޮތުމަކީ ކުއްލިއަކަށް ދިމާވާ އެފަދަ ހިތްނުތަނަވަސް ހާދިސާއެއް ކުރިމަތިވާ ވަގުތު ވެސް ކަންކަން ހަމަޖެހިގެން ދާނެކަމުގެ ޔަގީންކަމާއެކު ހިތާއި ސިކުނޑިއަށް ގެނެސްދޭ ތަސައްލީއެވެ.

އިންޝުއަރަންސް ޕްރޮޑަކްޓެއްގެ ރައްކާތެރިކަން ހޯދިފައި ނެތްނަމަ މިއީ މުޅި އާއިލާގެ ޖީބަށް ވެސް އުފުލާންޖެހޭނެ ބުރައެކެވެ.

މިސާލަކަށް، ތިމާގެ ގެދޮރު ރަހުނުކޮށްފައި ނަގާ ލޯނެއް ޚަލާސް ނުކުރެވެނީސް ނިޔާވެއްޖެ ނަމަ ތިމާގެ ވާރިސުންނަށް ވާރުތަވެ، ލޯނު ނުދެއްކިއްޖެ ނަމަ ރަހުނުކުރި މުދާ ގެއްލުމުގެ ފުރުސަތު އޮވެއެވެ. އެކަމަކު އެކަމަށް ހާއްސަ އިންޝުއަރަންސެއް (މޯގޭޖް ޕްރޮޓެކްޝަން ފަދަ) ނަގާފައިވާ ނަމަ ލޯނު ޚަލާސްކުރުމުގެ ކަންކަން އެއޮތީ ހަމަޖެހިފައެވެ.

މިފަދައިން މާލީ ރައްކާތެރިކަން ލިބުމުގެ އިތުރުން، އިންޝުއަރަންސަކީ ފަހަށް ފައިސާ ރައްކާކުރުމުގެ މަގުތައް ވެސް ފަހިކޮށްދޭ ކަމެކެވެ. އެގޮތުން ކުރު މުއްދަތާއި ދިގު މުއްދަތުގައި ފަހަށް ފައިސާ ރައްކާކުރުމަށް މަގުފަހިކޮށްދޭ އިންޝުއަރަންސް ޕްލޭންތައް ވެސް މާކެޓުގައި ހުރެއެވެ. މިސާލަކަށް ތުއްތު ދަރިފުޅު ބޮޑުވާން ވާއިރަށް އެ ދަރިފުޅަށް ޓަކައި ފަންޑެއް ތައްޔާރުކުރުމަށް، އިންޝުއަރަންސް ޕްލޭނެއްގެ އެހީގައި އެންމެ ޅަފަތުގެ ދުވަސްވަރުން ފެށިގެން ފައިސާ ރައްކާކުރަމުން ގެންދެވޭނެއެވެ.

ވަރަށް ގިނަ ފަރާތްތަކުން ފާޅުކުރާ ޚިޔާލެކެވެ: "ކޮންމެ އަހަރަކު އިންޝުއަރަންސް ޕްލޭނެއް ނެގުމުގެ ބޭނުމަކީ ކޮބާހެއްޔެވެ؟ ކަމެއް ދިމާވަނީކީ ވެސް ނޫނެވެ. މިއީ ބޭކާރު ހަރަދުތަކެއް ނޫން ހެއްޔެވެ؟"

ވިސްނާލަންވީ ކަމަކީ ހާދިސާއެއް ހިނގާނީ ބުނެފައި ނޫން ކަމެވެ. ދުރާލާ ތައްޔާރުނުވެ ހުއްޓާ ދިމާވާ ކަމަކުން އުފުލަންޖެހޭ ބުރައެއް މާ ބޮޑުވާނެއެވެ. އިންޝުއަރަންސަކީ ހާދިސާތަކަށް ދުރާލާ ތައްޔާރުވާނެ މަގެވެ. އަހަރެމެން އެދޭ ސިކުނޑީގެ ހަމަޖެހުން ހާސިލުވާނީ އެ މަގުން ކުރިއަށް ދިއުމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
18 Sep 2026
ޕީއެންސީގެ ލީޑާޝިޕަށް ރައީސް މުޢިއްޒު 10 ބޭފުޅަކު އައްޔަނުކުރައްވައިފި
އެއީ ވަޒީރުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި ވަޒީރުންގެ ފެންވަރުގެ ބައެއް ބޭފުޅުންނާއި ސަފީރަކާއި ކުންފުނިތަކުގެ ތިން އެމްޑީންނެވެ.
18 Sep 2026
ޕީއެންސީގެ ލީޑާޝިޕަށް އިންތިޚާބުވީ ބޭފުޅުން ހުވާ ކުރައްވައިފި
މީގެ އިތުރުން ޕާޓީގެ ލީޑާޝިޕަށް އެ ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އައްޔަނު ކުރެއްވި ބޭފުޅުން ވެސް ހިމެނެ އެވެ.
18 Sep 2026
ނިއުރޭޑިއަންޓުން ބުނީ އެސިސްޓަންޓް ކޯޗަށް ދިން ހަމަލާ ބަލައެއް ނުގަނެވޭނެކަމަށް
ކުޅިވަރުގެ މައިދާނުގައި ހިނގާ މިފަދަ އަނިޔާވެރި އަމަލުތަކަކީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަންކަން ނޫންކަން ފާހަގަކުރަމުން، ނިއު ރޭޑިއަންޓުން ބުނީ މިފަދަ ކަންކަމުގެ ސަބަބުން ކުޅިވަރުގެ ރޫހާއި ރައްކާތެރިކަން ގެއްލިގެންދާ ކަމަށެވެ
18 Sep 2026
ޔާމީންގެ ޕީއެންއެފުން ފަތުރަނީ ދޮގެެއް ކަމަށް ބުނެ އީސީން ރައްދު ދީފި
ހަގީގަތްތް އޮޅޭގޮތަށް، އާންމުންގެ މެދުގައި އިލެކްޝަންސް ކޮމިޝަނަށާއި ޕާޓީތަކުގެ މެންބާޝިޕް ނިޒާމަށް އޮތް އިތުބާރު ގެއްލޭގޮތަށް ޕީޕަލްސް ނެޝަނަލް ފްރަންޓް އިން ކުރަމުންދާ ދޮގު ތުހުމަތުތަކާއި ދައްކަމުންދާ ވާހަކަތައް ކޮމިޝަނުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަަމަށެވެ.
18 Sep 2026
އައިފޯން ޑުއޯގެ ސްކްރީނުން ސެމްސަންގަށް ބިލިއަނެއް ލިބިދާނެ
އައިފޯން ޑުއޯގެ ފަތްޖެހޭ އޯލެޑް ޕެނެލް ސަޕްލައިކުރާ ތިން އަހަރުގެ އެއްބަސްވުމެއްގެ ދަށުން ސެމްސަންގަށް 1.25 ބިލިއަން ޑޮލަރު ލިބިދާނެ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
18 Sep 2026
ޙޫޘީންގެ ހަމަލާ ކުށްވެރިކޮށް މައްކާއާ މަދީނާގެ ޚިމާޔަތަށް އެދި ހުކުރު ޚުތުބާގައި ދުޢާކޮށްފި
އެ ތަންތަނަށް އަރައިގަންނަން މަސައްކަތް ކުރާ ކޮންމެ ބަޔަކު ނިކަމެތި ކުރެއްވުން އެދިވެސް ދުއާ ކުރައްވާފައިވެ އެވެ.
18 Sep 2026
ދަރަންޏެއް ނަގަން ޖެހިއްޖެ ހާލުގައިވެސް ރިބާ ހިމެނޭ ދަރަނިތަކާ ދުރުހެލިވޭ
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިއަދު އިއްވި ހުކުރު ޚުތުބާ ޚާއްޞަކޮށްފައިވަނީ "މާލީ މުޢާމަލާތުތަކުގައި ތެދުވެރިވުން" މި މައުޟޫޢަށެވެ. ޚުތުބާގައި ބަޔާންކޮށްފައިވާ ގޮތުގައި މުދަލަކީ الله ތަޢާލާ އިންސާނާއާ ހަވާލުކުރައްވާފައިވާ އަމާނާތެކެވެ. އަދި ޤިޔާމަތް ދުވަހުން އެ މުދާ ހޯދި ގޮތާއި ހޭދަކުރި ގޮތާ މެދު ސުވާލުވެވޭނެ ކަމަށް ހަނދާންކޮށްދީފައިވެއެވެ.
18 Sep 2026
ބަންގްލަދޭޝް އެއާލައިންސްގެ ފްލައިޓެއްގައި ދެ ފަސިންޖަރަކު މާރާމާރީ ހިންގައިފި
މި ހާދިސާ ހިނގާފައިވަނީ ފްލައިޓް ދަތުރުކުރަމުން ދިޔަ ވަގުތު ދެ ފަސިންޖަރެއްގެ ދެމެދުގައި ހިނގި ހޫނު ޒުވާބަކަށް ފަހުގައެވެ. ޑާކާ ޓްރިބިއުނުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ޒުވާބު ބޮޑުވެ އެކަކު އަނެކަކަށް ހަމަލާދީ މާރާމާރީއަކަށް ބަދަލުވުމާ ގުޅިގެން، ފްލައިޓުގައި ތިބި އުމުރުން ދުވަސްވީ މީހުންނާއި ކުޑަކުދިން ހިމެނޭހެން ގިނަ ފަސިންޖަރުންގެ މެދުގައި ބޮޑު ބިރުވެރިކަމެއް އުފެދުނެވެ.