ހޯމް މިނިސްޓަރު ޢިމްރާން އަބްދުالله--
06 Mar 2023 | 22:33
އިންތިހާބާމެދު ގާސިމް ގޮތެއް ނިންމަވާނީ ރައްޔިތުންނާމެދު ވިސްނަވާފައި: އިމްރާން

ރިޔާސީ އިންތިހާބާމެދު ޖުމްހޫރީ ޕާޓީގެ ފަރާތުން ގާސިމް އިމްރާހިމް ގޮތެއް ނިންމަވާނީ ރައްޔިތުންނާމެދު ވިސްނަވާފައި ކަމަށް ހޯމް މިނިސްޓްރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

އިމްރާން މިހެން ވިދާޅުވީ، ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ޖުމްހޫރީ ޕާޓީ އިން ވާދަ ކުރާނެ ކަމަށް އެޕާޓީގެ އިސް ތަރުޖަމާނު އަލީ ޞާލިޙް ވިދާޅުވުމާ ގުޅިގެންނެވެ.

"ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް ރިޔާސީ އިންތިހާބާ މެދު ގޮތެއް ނިންމަވާނީ ގައުމުގެ ހަމަޖެހުމާ ރައްޔިތުންގެ މަސްލަހަތަށް ވަރަށް ބޮޑަށް ވިސްނާވަޑައިގަނެފައި ކަމާމެދު އަޅުގަނޑު ޝަައްކެއް ނުކުރަން" އިމްރާން ވިދާޅުވިއެވެ.

ޖޭޕީގެ ސޯޝަލްމީޑީއާ ގްރޫޕެއްގައި ޢަލީ ޞާލިޙް ވިދާޅުވީ ރިޔާސީ އިންތިޙާބުގައި ޖޭޕީ ވާދަކުރާނެ ކަމަށެވެ.

"ވާދަކުރާނެ ގޮތެއް އަދި ނުނިންމާ، އަދި ވާދަކުރާނީ ވަކިންތޯ ނުވަތަ އެއްކޮއްތޯ ނުވަތަ އެނޫންވެސް ވަކި ގޮތެއް އަދި ނުނިންމާ" އަލީ ޞާލިޙް ވިދާޅުވިއެވެ.

މި އަހަރުގެ ސެޕްޓެމްބަރ މަހު ރިޔާސީ އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވާއިރު ރިޔާސީ އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވާއިރު ވެރިކަން ކުރާ އެމްޑީޕީ އިން ކެންޑިޑެސީ ޔަޤިން ކޮށްފައިވަނީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްއެވެ. އަދި އެމްޑީޕީ އާއި އެކު ޢަދާލަތު ޕާޓީ އާއި ސަން ސިޔާމް އިސްވެހުންނަވައިގެން ހިންގާ އެމްޑީއޭ އިން ވަނީ ކޯލިޝަން ހަދައިފައެވެ.

އަދި ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ނިންމާފައިވަނީ ކުރީގެ ރައީސް ޢަބްދުﷲ ޔާމިން ޢަބްދުލްޤައްޔޫމް ރިޔާސީ ކެނޑިޑޭޓެއްގެ ގޮތުގައި ނެރުމަށެވެ.

އަދި ހަމަމިއާއި އެކު މިނިވަން ކެނޑިޑޭޓުންގެ ގޮތުގައި ކުރީގެ ހޯމް މިނިސްޓަރ ޢުމަރް ނަސީރު ވަނީ ވާދަކުރައްވާނެ ކަން އިއްލާނު ކުރައްވައި ކެމްޕޭނުވެސް ފައްޓަވާފައެވެ. އަދި ކުރީގެ ބަންޑާރަ ނައިބް މުޙައްމަދު މުނައްވަރު ވެސް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެ ކަމަށް އިޢްލާނު ކުރައްވައި ވަނީ ކެމްޕޭނު ފައްޓަވާފައެވެ.

ކާނަލް މުހައްމަދް ނާޒިމް އިސްކޮށް ހުންނަވައި ހިންގާ އެމްއެންޕީ އިން ރިޔާސީ އިންތިޚާބުގައި ކެނޑިޑޭޓޭއްގެ ގޮތުގައި ނުކުންނަވަނީ ކާނަލް ނާޒިމެވެ.

އިންތިޚާބާއި މެދު ގޮތެއް ނިންމާފައިނުވަނީ ޖޭޕީ އިންނެވެ. ޖޭޕީ އިން ބުރަވާނެ ކޮޅަކާއި މެދު މިހާރު ވަނީ ވަރަށް ބޮޑަށް ސުވާލު އުފެދިފައެވެ. ޖޭޕީ ގެ ލީޑަރު ވަނީ ރައީސް ޞާލިޙާއި ވެސް ބައްދަލު ކޮށްފައެވެ. އަދި މިއަދު ޢަދާލަތު ޕާޓީގެ ރައީސް ޢިމްރާން ޢަބްދުﷲ ވެސް ވަނީ ޤާސިމް އާއި ބައްދަލު ކުރައްވާފައެވެ.

ޖޭޕީގެ ކައުންސިލުން މިއަދު ވަނީ ރިޔާސީ އިންތިޚާބާއި މެދު ގޮތެއް ނިންމުމަށް އެޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމްއަށް ދިނުމަށް ނިންމާފައެވެ.

އިންތިޚާބާއި މެދު ޖޭޕީ އިން ނިންމާނެ ގޮތަކަށް ސިޔާސީ ފަރާތްތަކުން ދަނީ އިންތިޒާރު ކުރަމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
16 Jul 2026
ހުކުރުދުވަހު ހެނދުނު ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓް ކެނޑިދާނެ
ކަރަންޓް ކެނޑޭނީ ހެނދުނު 6 ކުން ފެށިގެން 7 ޖެހުމާ ހަމަޔަށް ވަގުތުކޮޅަކަށް ކަމަށްވެސް ސްޓެލްކޯއިން ބުންޏެވެ.
16 Jul 2026
ހަންކެޑެ ތަރައްޤީކުރަން ކުންފުންޏެއް
މި ކުންފުނި އުފެއްދެވިކަން އިޢުލާންކުރައްވާފައިވަނީ، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރައްވާފައިވާ، ނަންބަރު ޤަރާރު 12/2026 ޤަރާރުންނެވެ
16 Jul 2026
ސިފައިންގެ އަސާސީ ތަމްރީނުތައް ނިންމި ދެ ބެޗެއްގެ ހުވާކުރުމުގެ ރަސްމިއްޔާތު ކުރިއަށްގެންގޮސްފި
މިއަދު ކުރިއަށް ގެންގޮސްފައިވަނީ ސިފައިންގެ 72 އަދި 73 ވަނަ އަސާސީ ތަމްރީނުތައް ނިންމި ބައިވެރިން ހުވާކުރުމެވެ
16 Jul 2026
އާސަންދައިގެ ހިދުމަތް ހޯދަން އިތުރު ފަސޭހައެއް
އާސަންދަ ކުންފުނިން މިފަހަރު ވަނީ ރ އަތޮޅުން ފެށިގެން ފުވައްމުލައް ސިޓީ އާ ދެމެދުގެ ގިނަ އަތޮޅުތަކެއްގައި ކައުންޓަރުތައް ގާއިމްކޮށްފައެވެ.
16 Jul 2026
ނުގަވައިދުން އުޅުނު 12،000 އަށްވުރެ ގިނަ ބިދޭސީން ފޮނުވާލައިފި
ޑީޕޯޓްކުރި ބިދޭސީންގެ ތެރޭގައި ރާއްޖޭގައި ޤަވާއިދާއި ޚިލާފަށް ވިޔަފާރިކުރާ މީހުންނާއި، ޑޮކިއުމަންޓުތައް ފުރިހަމަ ނޫން މީހުން ގިނަ އަދަދަކަށް ހިމެނޭކަމަށް ބުންޏެވެ
16 Jul 2026
ޒަކާތު ސްކޮލަރޝިޕަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި
މި ޕުރޮގުރާމުގެ ދަށުން ޖުމުލަ 40 ފުރުޞަތު ހުޅުވާލާފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ ރާއްޖޭގައި ކިޔެވުމަށް 10 ފުރުޞަތާއި ރާއްޖޭން ބޭރުގައި ކިޔެވުމަށް 20 ފުރުޞަތެވެ
16 Jul 2026
އީރާނާ ހަނގުރާމަކުރަން އެމެރިކާގެ ގިނަ ރައްޔިތުން ނުރުހޭ
ޕޯލްގައި ކުރިއަށްގެންދިޔަ ސާވޭއިން ދެއްކިގޮތުގައި ހަނގުރާމަ އަދި އެއް އަހަރަށް ނުވަތަ އެއަށްވުރެ ދިގު މުއްދަތަކަށް ދެމިގެންދާނެ ކަމަށް އެމެރިކާގެ 46 އިންސައްތަ މީހުން ގަބޫލުކުރާ ކަމަށް ވަނީ ހާމަވެފައެވެ
16 Jul 2026
ހާރިޖީ ގުޅުންތަކުގެ ކޮމިޓީން ނިންމީ ދިޔާނާއަށް ރުހުންދޭން
ކޮމިޓީގެ ނިންމުމަށްފަހު ދެން ފާސްކުރުމަށް ހުށަހަޅާނީ ރައްޔިތުން މަޖިލީހުގެ ތަޅުމަށެވެ