ޖޭޕީގެ ޑެޕިއުޓީ ލީޑަރު އަހުމަދު ސައުދު: ފޮޓޯ/ ވޮއިސް
ހަބަރު
07 Mar 2023 | 14:28
ސައުދު ރާޝިދަށް: ގާސިމް އަނދަވަޅަށް ވެއްޓެނީއެއް ނޫން؛ ބޭނުން ނިމުނީމަ ކޮއްޕާ ވައްޓާލަނީ

ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެންބަރު ޤާސިމް އިބްރާހިމް، އަނދަޅަށް ވެއްޓެނީ ނޫން ކަމަށާ އެހެނެއް ކަމަކު، ކޮންމެ ފަހަރަކުވެސް އެމަނިކުފާނުގެ ބޭނުން ކެނޑުމުން އަނދަވަޅުގެ ތެރެއަށް ކޮއްޕާ ވައްޓާލަނީ ކަމަށް ވިދާޅުވެ ޖޭޕީގެ ޑެޕިއުޓީ ލީޑަރު އަހުމަދު ސައުދު ކޮމަންޑޫ ދާއިރާގެ މެންބަރު މުހައްމަދު ރާޝިދަށް ރައްދު ދެއްވައިފިއެވެ. 

ކުރިން ވެއްޓުނު އަނދަވަޅަށް ވެއްޓެން ރާޝިދު ވިދާޅުވުމާއި ގުޅިގެން އެކަމަށް ރައްދު ދެއްވައި ސައުދު ކުރެއްވި ޓްވީޓެއްގައި ވަނީ އެފަދައިން ވިދާޅުވެ ރާޝިދު ވާހަކަ ދައްކަވާފައި ވަނީ، ގާސިމް ރިޔާސީ ރޭހަށް ނުކުތުން ހުއްޓުވަން ކަމަށެވެ. އެހެންނަމަވެސް މިއަދު ދިވެހި ރައްޔިތުން ގޮވަނީ ގާސިމަށް ކަމަށްވެސް ސައުދު ވިދާޅުވި އެވެ. 

ސައުދު ވަނީ ޖޭޕީގެ ލީޑަރު ގާސިމް އަނދަވަޅަށް ވެއްޓެނީ ކަމަށް ވީދާޅުވުމަކީ ޖޯކެއް ގޮތަށް ސިފަ ކުރައްވައި، އެމަނިކުފާނަށް ސިޔާސީ މައިދާނުގައި ނުކުރާ އިތުރު ތަޖުރިބާ އެއް އޮތީތޯ ނުވަތަ، ނުލިބޭ އިތުރު އަނިޔާއެއް އޮތީތޯ ސުވާލު ކުރައްވާފައެވެ. 

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ގާސިމް ވާދަކުރައްވަފާނެކަމުގެ އަޑުތަކެއް ފެތުރިފައިވަނިކޮށް، މެމްބަރު ރާޝިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދިވެހިން ދުވަހަކު ނުދެކޭފަދަ އަނިޔާވެރި އަނދިރި ދުވަސްތަކަކުން މި ޤައުމު ސަލާމަތް ކޮށްދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސާލިހުކަމަށެވެ. އަދި އެކަމުގައި ޤާސިމްގެ ދައުރު ވަރަށް ބޮޑުކަމަށް ރާޝިދު ވިދާޅުވިއެވެ.

ރާޝިދު ވިދާޅުވީ ރަނގަޅު ގޮތްތަކެއް ވާން އޮތީ ރައީސް ސާލިހަށް ދެވަނަ ދައުރެއް ދީގެންކަމަށެވެ. އަދި ކުރިން ވެއްޓުނު އަނދަވަޅަށް ދިވެހި ޤައުމު ވެއްޓޭން ޤާސިމް ބޭނުންފުޅު ނުވާނެކަމަށްވެސް ރާޝިދު ވިދާޅުވިއެވެ.

"ދިވެހިން ދުވަހަކު ނުދެކޭފަދަ އަނިޔާވެރި އަނދިރި ދުވަސްތަކަކުން މި ޤައުމު ސަލާމަތް ކޮށްދެއްވީ އިބޫ! މިކަމުގައި ޤާސިމްގެ ދައުރު ބޮޑު. ޤައުމަށް މޮޅެއް ހެވެއް އޮތީ އިބޫ އަށް 2 ވަނަ ދައުރެއް ދީގެން. ކުރިން ވެއްޓުނު އަނދަވަޅަށް ދިވެހި ޤައުމު ވެއްޓޭކަށް ޤާސިމް ބޭނުންފުޅެއްް ނުވާނެ." ރާޝިދު ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Sep 2026
ޤުރުއާން ކިޔެވުމުގެ 38 ވަނަ ގައުމީ މުބާރާތުގެ ރަންވަނަތައް އިޒުޢާން، އާޔަން އަދި ޒީކަށް
ޙާފިޡުގެ ގޮފިން، މުޅި މުބާރާތުން އެއް ވަނަ ޚާޞިލްކޮށްފައިވަނީ އިސްމާޢީލް އިޒުޢާން އިބްރާހީމްއެވެ. މުޅި މުބާރާތުން ނުބަލާ ކިޔެވުމުގެ ގޮފިން އެެއް ވަނަ ޚާޞިލްކޮށްފައިވަނީ ޢާއިޝަތު ޒީކް ރިޔާޟްއެވެ.
25 Sep 2026
މަސްޖިދުލްޙަރާމްގެ އިމާމު ޑރ ޔާސިރް އައްދައުސަރީ ރާއްޖެ ވަޑައިގަންނަވަނީ
މިއީ 43 އަހަރު ފަހުން މަސްޖިދުލް ޙަރަމްގެ އިމާމަކު ރާއްޖެވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.
24 Sep 2026
ފަހު ހާފްގައި ޖެހި ލަނޑުތަކާއެކު ޗައިނާއިން ދިވެހިރާއްޖެ ބަލިކޮށްފި
އީތަން އަދި އިލާން ނުލައި ރާއްޖެ ނުކުތް މި މެޗުގެ ފުރަތަމަ ހާފްގައި، ޗައިނާ ކުޅުންތެރިން ފޮނުވާލި ގިނަ ހަމަލާތައް ރާއްޖޭގެ ކީޕަރު ވަނީ ވަރަށް ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.
24 Sep 2026
ގަން އެއާޕޯޓުން 3,345 ގްރާމުގެ ކެނަބިސް އަތުލައިގެންފި
މި ތަކެތި ފެނިފައިވަނީ ސެޕްޓެމްބަރު 22 ވަނަ ދުވަހު ގަން އިންޓަރނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެ އެތެރެވި އިންޑިއާގެ ދެ ރައްޔިތެއްގެ ފޮށިތައް ބަލައި ފާސްކުރުމުގެ ތެރޭގައެވެ.
24 Sep 2026
ބާރަށުގައި ރޭގަނޑު 9 ގެ ފަހުން ދަރިވަރުން ބޭރުގައި އުޅުން މަނާކޮށްފި
ޒަރޫރީ ބޭނުމެއް ނެތި ރޭގަނޑު ނުވައެއް ޖެހުމަށް ފަހު، ބެލެނިވެރިއަކާއެކު މެނުވީ ދަރިވަރުން ބޭރުގައި
24 Sep 2026
އެމްޓީސީސީގެ މަސައްކަތްތަކަށް ޔޫއޭއީ ކުންފުންޏަކުން އިންވެސްޓުކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފި
ޔޫއޭއީގެ އެންއެމްޑީސީއާ އެމްޓީސީސީ ގުޅިގެން ރާއްޖޭގައި މަޝްރޫޢުތައް ހިންގުމާއި ޑްރެޖިންގ ސަޕޯޓާއި މުވައްޒަފުން ތަމްރީނުކުރުމާ ގުޅޭ ގޮތުން އަބޫދާބީގައި މަޝްވަރާކޮށް، އެއްބަސްވުމެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ.
24 Sep 2026
ހިލޭ ޑިގްރީ ސްކީމުގައި ބައިވެރިވި ދެބައިކުޅަ އެއްބައި ދަރިވަރުން ކޯސް ނުނިންމާ
އެ ރިޕޯޓުގައި ދިރާސާކޮށްފައި ވަނީ ހިލޭ ޑިގްރީ ސްކީމް ހިންގުމުގައި ކަންކަން އޮތް ގޮތެވެ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އާއި ކިޔަވައިދޭ އެކި މަރުކަޒުތަކުން ހޯދި ތަފާސްހިސާބުތައް ދައްކާ ގޮތުން އެ މުއްދަތުގައި ޖުމްލަ 11641 ދަރިވަރުން ސްކީމުގައި ބައިވެރިވެފައިވެއެވެ. ނަމަވެސް ކޯސް ނިންމައިގެން ނުކުމެފައި ވަނީ 5833 ދަރިވަރުންނެވެ.
24 Sep 2026
ޗައިނާއާ އޮތީ ވަރަށް ގާތްގުޅުމެއް، އެ ގުޅުމުގެ ފައިދާ ވަރަށް ބޮޑު: ރައީސް
ރައީސް ވިދާޅުވީ ދެ ގައުމުގެ ގުޅުން ބިނާވެފައި އޮތީ އިހްތިރާމްގެ މައްޗަށް ކަމަށާ ރާއްޖެއާ ޗައިނާގެ ގުޅުމަކީ ފައިދާހުރި ގުޅުމެއް ކަމަަށެވެ. އެ ގުޅުމުގެ ފައިދާ މުސްތަގުބަލުގައި ވެސް ލިބިގެންދާނެ ކަމަށް ވިދާޅުވި އެވެ.