ފަރެސްމާތޮޑާ އެއާޕޯޓް ގެ ޓާމިނަލް: ފޮޓޯ/ އެމްޓީސީސީ
ހަބަރު
10 Mar 2023 | 11:01
ފަރެސްމާތޮޑާ އެއާޕޯޓަށް ހޯމަ ދުވަހު ޓެސްޓު ފްލައިޓު ޖައްސަނީ

ގދ. ފަރެސްމާތޮޑާ އެއާޕޯޓަށް ހޯމަ ދުވަހު ޓެސްޓު ފްލައިޓް ޖައްސަން ތައްޔާރު ވެއްޖެއެވެ.

ފަރެސްމާތޮޑާ އެއާޕޯޓުގެ ރަސްމީ ސޯޝަލް މީޑިއާ ޕޭޖުގައި ބުނީ، މި މަހުގެ 13 ވަނަ ދުވަހު މެންދުރު ފަހު 3:45 ގައި ފަރެސްމާތޮޑާ އެއާޕޯޓަށް ޓެސްޓު ފުލައިޓް ޖައްސަން މިހާރު ވަނީ ފައިނަލް ކުރެވިފައިވާ ކަމަށެވެ. އަދި ޓެސްޓު ފްލައިޓްގެ ގޮތުގައި ޖައްސަން ހަމަޖެހިފައި ވަނީ މޯލްޑިވިއަންގެ ފުލައިޓް ނަންބަރު Dash-8 300 ކަމަށެވެ.

ފަރެސްމާތޮޑާ އެއާޕޯޓް ހުޅުވުމަށް ހަމަޖެހިފައިވަނީ މިމަހު 15 ވަނަ ދުވަހު ކަމަށް ސަރުކާރުން މީގެ ކުރިން ވަނީ ބުނެފަ އެވެ. 

މި އެއާޕޯޓަކީ ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ބިން ހިއްކުމުގެ މަސައްކަތް ފެށި އެއާޕޯޓެކެވެ. އެގޮތުން އެ އެއާޕޯޓްގެ ބިން ހިއްކުމުގެ މަސައްކަތް އެންމެ ފުރަތަމަ ހަވާލުކުރީ ގަލްފް ކޮބްލާ ކުންފުންޏާ 2.5 މިލިއަން ޑޮލަރަށެވެ.

ނަމަވެސް އެ މަސައްކަތް 2019 ވަނަ އަހަރު ގަލްފް ކޮބްލާ ކުންފުނީގެ އަތުން ނެގުމަށްފަހު ނޮވެމްބަރު 10، 2020 އެެމްޓީސީސީ އާއި ވަނީ ހަވާލުކޮށްފައެވެ. އެމްޓީސީސީ އާއި މަސައްކަތް ހަވާލުކުރީ 144 މިލިއަން ރުފިޔާ އަށް 600 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމަންޖެހޭ ގޮތަށެވެ.

މިމަޝްރޫއުގެ ދަށުން 1200 މީޓަރުގެ ރަންވޭ އެއް އަޅައި، ރަންވޭ ސަބްގްރޭޑު ކުރުމާއި، ސަބްބޭސް މަސައްކަތްކުރުމާއި، ޓާމިނަލެއް އިމާރާތްކުރުމާއި، ފަޔާ ބިލްޑިން އިމާރާތް ކުރުމާއި، ޓެކްސީވޭއަކާއި، އޭޕްރަން ފަޔަ ޕެޑް އަދި ފަޔަ ރޯޑެއް ހަދަންޖެހެ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Aug 2026
މާސްޓަރކާޑުން ފައިސާ ދައްކައިގެން މެލޭޝިއާ ޓިކެޓު ހޯދުމުގެ ފުރުޞަތު
އުރީދޫގެ 21 ވަނަ އަހަރީ ދުވަހާ ގުޅުވައި، ސުޕަރއެޕް މެދުވެރިކޮށް މާސްޓަރކާޑުން 400 ރުފިޔާ އިން މަތީގެ މުޢާމަލާތެއް ހިންގާ ކަސްޓަމަރުންގެ މެދުގައި ގުރުއަތުން މެލޭޝިއާ ދެކޮޅު ޓިކެޓު ލިބޭ ޕްރޮމޯޝަނެއް ފަށައިފިއެވެ.
13 Aug 2026
ފައިރޫޝް ހޯމްލޭންޑު ސެކިއުރިޓީގެ ސްޓޭޓް މިނިސްޓަރުކަމުން އިސްތިއުފާ ދެއްވައިފި
ހޯމްލޭންޑު ސެކިއުރިޓީ ވުޒާރާގެ ސްޓޭޓް މިނިސްޓަރު ޑރ. ޢަބްދުالله ފައިރޫޝް މަޤާމުން އިސްތިއުފާ ދެއްވަން ނިންމަވައި މިއަދު އެ ކަން އިޢުލާނުކުރައްވައިފިއެވެ.
13 Aug 2026
ޓްރަމްޕާ ދެކޮޅަށް ދައުވާކޮށްފި
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް ކަމަށްވާ 'ޓްރުތު ސޯޝަލް' ގައި ކުރައްވާ ޕޯސްޓްތައް، އެހެން މީހުންނަށްވުރެ ކުރިން ބެލުމުގެ ފުރުސަތު ފައިސާ ދައްކާ ފަރާތްތަކަށް ވިއްކާތީ އެކަމާ ދެކޮޅަށް ދައުވާކޮށްފިއެވެ.
13 Aug 2026
އެސްޓަންވިލާ ބަލިކޮށް ޔުއެފާ ސުޕަކަޕް ޕީއެސްޖީއަށް
ޕީއެސްޖީން ސުޕަކަޕް ހޯދިއިރު، މިއީ އެޓީމް ވަނީ ވިދިވިދިގެން ދެފަހަރަށް ތަށި ހޯދި ޓީމްތަކުގެ ތެރޭގައި ހިމެނިފައެވެ.
13 Aug 2026
ކޮންމެ ފަރުދެއްގެވެސް ނަފުސާނީ ދުޅަހެޔޮކަމަށް ސަމާލުވާންޖެހޭ: މެޑަމް ސާޖިދާ
އޮފީހަށް އަންނައިރު ކޮންމެ މުވައްޒަފެއްގެ ހިތުގައިވެސް އާއިލީ، ޞިއްޙީ، އަދި ދަރިންގެ ކިޔެވުން ފަދަ ކަންކަމާއި ގުޅޭ ތަފާތު ފިކުރުތަކާއި އުދާސްތައް ހުންނާނެކަމަށާ، ކޮންމެ ފަރުދެއްގެވެސް ނަފުސާނީ ޙާލަތަށް ފަރުވާތެރިވާން ޖެހޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.
13 Aug 2026
ބޭންކުތަކުން ޑޮލަރު ދޫކުރާ މިންވަރަށް އައި ބަދަލު
ރާއްޖޭގައި ޑޮލަރުގެ ތާށިކަން އޮތް ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ފަތުރަމުންދާ ވާހަކަތަކަކީ ހަޤީޤަތާ ޚިލާފު ދޮގު ވާހަކަތަކެއްކަން ހާމަކޮށްދެއްވުމަށް، އިޤްތިޞާދީ ތަރައްޤީއާއި ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ތަފާސްހިސާބުތައް އާންމުކުރައްވައިފިއެވެ.
12 Aug 2026
ސާޅީސް ޖަމިއްޔާއާ އެކު ސަލަފުގެ މަދަނީ ޖަމިއްޔާތަކުގެ މަހާސިންތާ މާދަމާ ރޭ ފަށަނީ
މި ހަފްތާ ބަންދުގައި މާލޭގައި ކުރިއަށް ދާ މި މަހާސިންތާގައި 40 ޖަމިއްޔާއަކުން މިހާތަނަށް ބައިވެރިވެފައިވެ އެވެ.
12 Aug 2026
ބައްޕަ މަރުވުމާ ގުޅިގެން މެސީގެ އަސަރުގަދަ ޕޯސްޓެއް
"އެއީ ހަމައެކަނި ބައްޕައެއް ނޫނެވެ. އެއީ އަހަރެންގެ އެންމެ ގާތް އެކުވެރިޔާއެވެ. އަދި އަހަރެންގެ ހުރިހާ ކަމެއް ބަލަހައްޓައިދިން ފަރާތެވެ"