ވިލާ ހޯލްސޭލް މާޓު/ ފޮޓޯ: ވޮއިސް
ވިޔަފާރި
11 Mar 2023 | 20:56
ވިލާ ޓްރޭޑިންގް އިން އެތެރެކޮށް ވިއްކާ ތަކެތި ރާއްޖޭގެ ހޯލްސޭލް މާކެޓުގައި ފުޅާ ދާއިރާއެއްގައި

ވިލާ ޓްރޭޑިން ޕްރައިވެޓް ލިމިޓެޑަކީ 13 ޖެނުއަރީ 2021 ގައި ޖެނެރަލް ޓްރޭޑިން ކުންފުންޏެއްގެ ގޮތުގައި ވިލާ ގުރޫޕުގެ ދަށުން އުފެދިފައިވާ ކުންފުންޏެކެވެ. ވިލާ ޓްރޭޑިން ގެ އަމާޒަކީ ރާއްޖެއިން ބޭރުގެ އެންމެ މަތީ ފަންތީގެ ތެކެތި ރަނގަޅު އަގެއްގައި ރައްޔިތުންނަށް ފޯރުކޮށްދިނުމެވެ. 

ވިލާ ޓްރޭޑިން ފެށިގެން އައީ ރީޓެއިލް ދާއިރާގެ ވިޔަފާރިންނެވެ. އެހެން ނަމަވެސް 2021 ސެޕްޓެމްބަރު މަހުން ފެށިގެން ހޯލްސޭލް ދާއިރާގައިވެސް ވިލާ ޓްރޭޑިން ދަނީ ގަދަޔަށް ހަރަކާތްތެރި ވަމުންނެވެ. 

ހޯލްސޭލް ދާއިރާގައި ވިލާ ޓްރޭޑިންގުން މައިގަނޑު ގޮތެއްގައި ހޮޓާތަކާއި ރެސްޓޯރެންޓުތަކާއި ކެފޭތަކަށް ޚިދުމަތް ފޯރުކޮށްދެއެވެ. އަދި ރިސޯޓުތަކާއި ބޭކަރީތަކަށްވެސް ޚިދުމަތް ފޯރުކޮށްދެއެވެ. 

ވިލާ ޑްރޭޓިންގުން ހޯސްލޭސްކޮށް މިވަގުތު ވިއްކާ ޑިސްޓްރިބިއުޓާ ބްރޭންޑްސްގެ ތެރޭގައި ތާމީމް ބްރޭންޑުގެ (ސެލާ 1121 ގްރޭޑީންގްގެ ބާސްމަތީ ހަނޑޫ) ޕްލެއިން ސޮލެއިލް، ބޮބްސް ރެދްމިލް، އަލްމަރާއި، ފެނާ، ޓޯނީސް، އޮޓިމާ އަދި ހޮޓްޕެކް ހިމެނެއެވެ. މީގެ އިތުރުން ވިލާ ޓްރޭޑިންުން ހޯސްސޭލްކޮށް ވިއްކާ އާންމު ތަކެތީގެ ތެރޭގައި އޮރެންޖު، ގަނޑުކުރި ކުކުޅު، ވެޖިޓަބަލް އޮއިލް 18 ލިޓަރ (ކައްކަން ބޭނުންކުރާ ތެޔޮ) ބްރެޒިލްއިން އިމްޕޯޓުކޮށްފައިވާ ގެރިމަސް ހިމެނެއެވެ. 

އަލްމަރާއީ ބްރޭންޑަކީ 2021 ގައި މެދު އިރުމަތީގެ ޔޫގޮވް އެފް.އެމް.ސީ.ޖީ/ ސީ.ޕީ.ޖީ ވަނަތަކުން އެއްވަނަ ހާސިލްކޮށްފައިވާ ބްރޭންޑެކެވެ. އަދި މިއީ މެދު އިރުމަތީގައި އެންމެ ފުޅާ ދާއިރާއެއްގައި ޑެއިރީގެ އުފެއްދުންތައް އުފައްދާ އެއް ކުންފުންޏެވެ. އެގޮތުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި 6 ޑެއިރީ ދަނޑާއެކު ހަރަކާތްތެރިވާ އަލްމަރާއި އަކީ މިވަގުތު މާކެޓުގައި އެންމެ ކޮލެޓީ އެއް ޑެއިރީ ތަކެތި އުފައްދާ ކުންފުންޏެވެ. އެމީހުންގެ އެންމެ މަގުބޫލު އުފެއްދުންތަކުގެ ތެރޭގައި ޗީސްގެ ވައްތަރުތައް، ގެރިކިރުމ ތާޒާމޭވާ ޖޫސް ޕެކެޓުތަކާއި ބަޓަރުގެ އުފެއްދުންތައް ލިބެން ހުރެއެވެ. 

މީގެ އިތުރުން އަލްމަރާއި އިން އުފައްދާ ކިރުގެ ވައްތަރުތަކުގެ ތެރޭގައި ފްލޭވާޑް ކިރު، ފެޓް ފްރީ ކިރު، ފިލް ކްރީމް ކިރު އަދި ލެކްޓީސް ނުހުންނަ ކިރުވެސް ހިމެނެއެވެ. އަލްމަރާއީނ އިން އުފައްދާ ކިރުގެ ބާވަތްތަކަކީ ޔޫ.އެޗް.ޓީ ބޭނުންކޮށްގެން އުފައްދާ ތަކެއްޗެވެ. 

ބޮބްސް ރެޑް މިލް އަކީ އާދައިގެ ފުށުން ފެނިގެންގޮސް އޯގާނިކް އަދި ގްލޫޓެން ފްރީ ފުށުގެ ބާވަތްތައް އުފައްދާ ކުންފުންޏެކެވެ. މިއީ އެމެރިކާގައި އެންމެ ފުޅާ ދާއިރާގައި "ހޯލް ގްރެއިން" ކާބޯތަކެތި އޔފައްދާ އެއް ކުންފުންޏެވެ. މައިގަނޑު ގޮތެއްގައި ބޮބްސް ރެޑް މިލްގެ އުފެއްދުންތައް ސަޕްލައި ކުރަނީ އެމެރިކާ، ކެނަޑާ އަދި ކެރެބިއަންގެ ރަށްތަކަށެވެ. ބޮބްސް ރެދްމިލް އިން ފުށް އުފައްދަނީ ޒަމާނުއްސުރެ ބޭނުންކޮށްއުޅޭ ކުއާޓްޒް މިލްސްޓޯންތައް ބޭނުންކޮށްގެނެވެ.

މިގޮތަށް އުފެއްދުމުގެ ސަބަބުން ގޮދަނުގައި ހުންނަ އެންމެ ފައިދާހުރި ބައިތައް ނުގެއްލި ހުރެއެވެ. 400 އަށްވުރެ ގިނަ ވައްތަރުގެ އުފެއްދުންތައް ބޮބްސް ރެޑް މިލް އިން އުފައްދާއިރު ވިލާ ޓްރޭޑިންގުން ހޯލްސޭލްކޮށް ލިބެން ހުންނަ ތަކެތީގެ ތެރޭގައި ސީރިއަލް، އެކި ވައްތަރުގެ އޯޓްމީލް ޕެކެޓު، އާދައިގެ ފުަށް، އަދި ގްލޫޓެން ފްރީ ފުށްވެސް ލިބެން ހުންނާނެ އެވެ. އަދި ކުރިއަށް އޮތް ތަނުގައި ވިލާ ޓްރޭޑިންގުން ވީގަން ބާވަތްތައްވެސް އެތެރެކޮށް ވިއްކަން ފަށާނެ އެވެ. 

ފެނާ ކުންފުންޏަކީ އާއިލީ ކުންފުންޏެއްގެ ގޮތުގައި މީގެ 160 އަހަރު ކުރިން ފެށިގެން އައި ކުންފުންޏެކެވެ. ފެނާ ކުންފުނި އެހާ ޒަމާން ވަންދެން ހިނގުމުގެ ސިއްރަކީ އެ ކުންފުނީގެ އުފެއްދުނަތައް ތައްޔާރުކުރުގައި ގެންގުޅޭ މިންގަނޑުތަކާއި، ކޮލެޓީ އަދި ތަފާތު ވައްތަރުތައް ލިބެން ހުރުމެވެ. މިއީ ޔޫރަޕުގައި އެންމެ ގިނަ ވައްތަރުތަކުގެ ޖޫސް، ނެކްޓާ އަދި ފިނި ސައި ތައްޔާރުކޮށްފައި ވިއްކާ ކުންފުންޏެވެ. މީގެ ތެރޭގައި ލޯކަލްކޮށް ހޯދާ ތަފާތު ވައްތަރުގެ މޭވާ ބޭނުންކޮށްގެން ތައްޔާރުކޮށްފައި ހުންނަ ފޮނި ޖޫސް، ހިތް ޖޫހާއި ނެކްޓާ ލިބެން ހުރެއެވެ. 

ފެނާގެ އައުސް ޓީއަކީ ތާޒާ ސައިފަތް ބޭނުންކޮށްގެންގިނަ ވަގުތު ކައްކާފައި ހުރުމުގެ ސަބަބުން ސައިފަތުގައި ހުންނަ ފުން ރަހަ ވަރަށް ފުރިހަމަޔަށް ލާ ސަޔެކެވެ. މި ހުރިހާ އުފެއްދުމެއްވެސް ހޯލްސޭލްކޮށް ލިބެން ހުންނާނެއެވެ. 

ޓޯނީސް ޗޮކޮލޯނީ އަކީ 2005 ގައި ޑަޗް ނުވަތަ ނެދަލެންޑްސް އިން އުފެދިގެން އައި ކުންފުންޏެކެވެ. ޓޯނީސްގެ އަމާޒަކަށްވީ ޗޮކޮލެޓު ހަދަން ބޭނުންކުރާ ކޮކޯ ތަފާތު ގޮތަކަށް ހޯދުމެވެ. އެގޮތުން ކޮކޯ ބީންސްއިން ފެށިގެން ގޮސް ޗޮކޮލެޓާއި ހަމަޔަށް ހުރިހާ އެއްޗެއްވެސް އަމިއްލަ ބެލުމުގެ ދަށުން ތައްޔާރުކުރުމާމެދު ކުންފުނީގެ ތެރޭގައި ޓޯނިސް ޗޮކޮލޯނީ ހިމެނެއެވެ. އަދި މީގެ އިތުރުން ޓޯނީސް އަކީ ފްރީ ޓްރޭޑް އެއްބަސްވުމުގެ ދަށުން އެފްރިކާގެ ކޮކޯ ދަނޑުވެރިންގެ އަތުން އާންމުކޮށް ކޮކޯ ގަންނަ ވަރަށްވުރެ ބޮޑު އަގެއްގައި ކޮކޯ ގަންނަ ކުންފުންޏެކެވެ. 

1999 ވަނަ އަހަރު އުފެދިގެން އައި ޕްލެއިން ސޮލެއިލް ބްރޭންޑަކީ ލެބަނޮންގައި ވަރަށް އަވަހަށް މަޝްހޫރުވެގެން އައި ކާބޯތަކެތި އުފައްދާ ކުންފުންޏެކެވެ. މިއީ ގަނޑުކުރި ތަރުކާރީން ފެށިގެންގޮސް އެޕެތައިޒާސް، ދަޅުކުރި ކާނާ، އެކި ވައްތަރުގެ ސޯސް، ކައްކާ ތެޔޮ އަދި ތަފާތު ވައްތަރުގެ ޑެއިރީ ކާނާ ތައްޔާރުކުރާ ކުންފުންޏެކެވެ. ތާޒާކަން ދެމިހުންނާނެގޮތަށް ތައްޔާރުކޮށްފައި ހުރުމުގެ ސަބަބުން ޕްލެއިން ސޮލެއިލްގެ އުފެއްދުންތަކަކީ ގިނަ ބަޔަކަށް ކަމުދާ އުފެއްދުންތަކެކެވެ. ޕްލެއިން ސޮލެއިލް އަކީ މިވަގުތު ދުނިޔޭގެ 8 ގައުމެއްގައި ހިނގަމުން އަންނަ މަޤްބޫލު ކުންފުންޏެކެވެ. 

އޮޓިމާ އަކީ މައިގަނޑު ގޮތެއްގައި ޕާސްތާގެ ވައްތަރުތައް އުފައްދާ ބްރޭންޑެކެވެ. އެގޮތުން އެކި ސައިޒުގެ އެކި ވައްތަރުގެ ޕާސްތާ މި ކުންފުނިން އުފައްދާއިރު މީގެން ކޮންމެ ވައްތަރެއްވެސް ތަފާތުކޮށް ހެދޭނެއެވެ. އޮޓިމާ ޕާސްތާއަކީ އިޓަލީގައި ޒަމާނުއްސުރެ ތައްޔާރުކުރަމުން އަންނަ ޕާސްތާ ބްރޭންޑެކެވެ. އެހެންކަމުން މި ބްރޭންޑަކީ ކަސްޓަމަރުންގެ ތެރޭގައި އިތުބާރުހުރި ކޮލެޓީ ބްރޭންޑެކެވެ. 

ވިލާ ޓްރޭޑިންގެ ހަނޑޫ ބްރޭންޑެއްކަމަށްވާ ތަމީމް ބްރޭންޑުގެ ހަނޑުލަކީ 1121 ގްރޭޑިންގެ މޮޅު ހަނޑުލެކެވެ. ދިގުކޮށް ހިމަކޮށް ހުންނަ މި ހަނޑުލަކީ އެހެން ހަނޑުލަށްވުރެ އަވަހަށް ކެކޭ ހަނޑުލަކަށްވުމުން ކެފޭ ރެސްޓޯރެންޓުތަކުގައި ބޭނުންކުރަން ގިނަބަޔަކު މި ވައްތަރުގެ ހަނޑޫ އިޚްތިޔާރު ކުރެއެވެ. އަދި ބިރިޔާނިފަދަ ބަތް ބޭނުންކޮށްގެން ތައްޔާރުކުރާ ގިނަ ކެއުންތަކުގައިވެސް މި ހަނޑޫ ބޭނުންކޮށް އުޅެއެވެ. 

ހޮޓްޕެކަކީ ބޭނުންކޮށްފައި އެއްލަލާ ތަށު ނުވަތަ ޑިސްޕޯސަބަލް ތަށި، ފެން ބޯ ތަށު، ކާއެއްޗެހި ބަންދުކުރަނާ ޕްލާސްޓިކު ކޮތަޅު، ކައްކަން ބޭނުންކުރާ ޓްރޭ، އެތެރެ ފެންނަ ކޮންޓެއިނަރު، ހޮޅި، މައިކްރޯވޭވް ކުރެވޭ ވައްތަރުގެ ކޮންޓެއިނަރު، ރެޕިން ސެލޯފިން، ބޭކު ކުރަން ބޭނުންކުރާ ތަކެތި، ފޯމް އެލުމިނިއަމް އަދި ކަރުދާސް އުފެއްދުންތަކުން ގޮސް، ޓިޝޫވެސް އުފައްދާ ކުންފުންޏެކެވެ. ކުޑަކުދިންގެ ޕާޓީތައް ނުވަތަ ކުދި ކުދި ހަފްލާތަކަށް ބޭނުންވާ ގިނަ ސާމާނު ވިލާ ޓްރޭޑިންގުން ހޯލްސޭލްކޮށް ލިބެން ހުންނާނެއެވެ. 

ވިލާ ޑްރޭޑިންގުން ވަނީ ދާދި ފަހުން ހޯލްސޭލް އައިތްލެޓެއް "ވިލާ ޓްރޭޑިން ހޯލްސޭލް" ގެ ނަމުގައި އިބްރާހިމް ހަސަން ދީދީ މަގުގައި ހުންނަ ވިލާ ބިލްޑިންގުގައި ހުޅުވާފަ އެވެ. 

މި ފިހާރައިން ވިލާ ޓްރޭޑިންގުން އެތެރެކޮށް ވިއްކާ ހުރިހާ ބްރޭންޑެއްގެ ތަކެތި ލިބެން ހުންނާނެއެވެ. އަދި ކުރިއެކޭވެސް އެއްގޮތަށް މާލެ ހުޅުމާލެ އަދި ދޯނިފަހަރުތަކަށް ހޯލްސޭލްކޮށް ގަންނަ ތަކެތި ޑެލިވާ ކޯށްދޭނެއެވެ. 

ހޯލްސޭލް ކުރުމާއި ބެހޭ އިތުރު މައުލޫމާތު ބޭނުންފުޅުގައިވާނަމަ ވިލާ ޓްރޭޑިންގުގެ ހޮޓްލައިން ނަންބަރު 7667711 އަށް ގުޅުއްވާލައްވާ ނުވަތަ [email protected] އަށް މެއިލްއެއް ފޮނުވާލައްވައިގެން ސާފުކޮށްލެވޭނެ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Aug 2026
ދެކުނު ޗައިނާ ކަނޑުގައި ޗައިނާއިން އިތުރު ރަށެއް ތަރައްޤީކުރަނީ
ރޮއިޓަރސްއިން ބުނާ ގޮތުގައި، މިއީ ޗައިނާއިން އެ ސަރަހައްދުގައި ބިނާކުރާ އެންމެ ބޮޑު އަސްކަރީ މަރުކަޒަށް ވެގެންދާނެކަމަށް މާހިރުން ލަފާކުރެއެވެ
25 Aug 2026
ވިނަރެސް ޓަވަރުތައް ހިމެނޭ މަގުގައި ނުރައްކާތެރި އެކްސިޑެންޓެއް
މި އެކްސިޑެންޓްގައި އެކަކަށް އަނިޔާވެ އެމަޖެންސީގައިި އެމްބިއުލާންސް ގެނެސް ވަނީ ހޮސްޕިޓަލަށް ގެންގޮސްފައެވެ
25 Aug 2026
ވަޒަންހުރި މެގަޒިނެއް ގެނައި އެމެރިކާ މީހާގެ ބަންދަށް 10 ދުވަސް
އޭނާއަތުން އެ މެގަޒިން ފެނިފައިވަނީ ބަލާފާސްކުރުމުގެ ތެރޭގައިކަމަށް ފުލުހުން ބުންޏެވެ.
25 Aug 2026
ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމާ ބެހޭ ބިލް މަޖިލީހަށް ފޮނުވައިފި
މި ބިލް ޤާނޫނަކަށް ވުމުން ޖިނާއީ ބޮޑެތި ކުށްތައް ކުރާ ފަރާތްތަކުން އެފަދަ ނޭދެވޭ ޢަމަލުތަކުގެ ތެރެއިން ހޯދާ މުދަލާއި ފައިސާއިން މާލީ މަންފާ ހޯދުން ހުއްޓުވުމަށް ބޮޑު ބާރަކަށް ވެގެންދާނޭކަމަށް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
25 Aug 2026
ޕާކިސްތާނުގައި ޕެޓްރޯލާއި ޑީސެލްގެ އަގު އަނެއްކާ ވެސް ބޮޑުކޮށްފި
ދުނިޔޭގެ ސާފުނުކުރާ ތެލުގެ ބާޒާރަށް ބަލާ އިރު ހޯމަ ދުވަހު އޭޝިއާގެ ވިޔަފާރީގެ ވަގުތުތަކުގައި ދެ ބެންޗްމާކުގެ އަގު ދަށަށް ދިޔައެވެ. ޑަބްލިއުޓީއައި ސާފުނުކުރާ ތެޔޮ 2.16 އިންސައްތަ ދަށްވެ ފީފާއެއް 85.18 ޑޮލަރަށް ވެއްޓުނު އިރު ބްރެންޓް ސާފުނުކުރާ ތެޔޮ 2.19 އިންސައްތަ ދަށްވެ ފީފާއެއް 92.32 ޑޮލަރަށް ތިރިވެފައިވެއެވެ
25 Aug 2026
އޮޑިޓަރ ޖެނެރަލް ހުސައިން ނިޔާޒީ ތިލަފުއްޓަށް
ތިމާވެއްޓާ ބެހޭ ވުޒާރާއިން ބުނީ، އޮޑިޓަރ ޖެނެރަލްގެ މި ދަތުރުފުޅުގައި ތިލަފުށީގައި ކުނީގެ ކަންކަން ހިންގުމަށް ޤާއިމުކޮށްފައިވާ އެކި އިޖުރާއަތްތަކާއި ވަސީލަތްތައް ބެލެހެއްޓޭ ގޮތް ބައްލަވާލައްވާފައިވާކަމަށެވެ
25 Aug 2026
ޝީ އިންޑިއާއަށް ވަޑައިގަންނަވާނީ ބޮޑު ވަފުދަކާއެކު
މަސްދަރުތަކުން ބުނާ ގޮތުގައި، ޗައިނާގެ އޮފިޝަލުން މިހާރު ދަނީ ދިއްލީގެ ހޮޓާތަކާއި ސެކިއުރިޓީ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންނެވެ
25 Aug 2026
ޕާކިސްތާނުގެ ސަލާމަތީ އޮފިޝަލަކު މަރާލައި، 5 ފުލުހަކު ޒަޚަމްކޮށްލައިފި
ޒަޚަމްވި ފުލުހުންނަށް ކައިރީގައިވާ ހޮސްޕިޓަލެއްގައި ފަރުވާ ދެމުންދާއިރު، އެމީހުންގެ ހާލު ސީރިއަސް ނޫން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ