ރައްޔިތުންގެ މަޖިލިހުގެ ހުޅުދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު އިލްޔާސް ލަބީބު-- ފޮޓޯ/ މަޖިލިސް
ހަބަރު
13 Mar 2023 | 14:16
ދައުލަތުގެ ކުންފުނިތަކުން މީޑީއާތަކަށް ދޭންވީ ފައިސާ އަންގަނީ ރައީސް އޮފީހުން: އިލްޔާސް

ސަރުކާރު ހިއްސާވާ ކުންފުނިތަކުން މީޑިއާ ތަކަށް ދޭންވާ ފައިސާގެ އަދަދު އަންގަނީ ރައީސް އޮފީހުން ކަމަށް ރައްޔިތުންގެ މަޖިލިހުގެ ހުޅުދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު އިލްޔާސް ލަބީބު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލިހަށް ހުށަހަޅާފައިވާ އިންތިހާބުތަކާ ބެހޭ އާންމު ގާނޫނަށް އިސްލާހު ގެނައުމަށް ބިލަށް ބަހުސް ކުރައްވަމުން އިލްޔާސް ވިދާޅުވީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ގެ ވެރިކަމުގައި، މީޑިއާ ތަކަށް އިންތިހާއަށް ނުފޫޒް ފޯރުވަމުންދިޔަ މައްސަލައާއި ދެކޮޅަށް ތެދުވެ އަޑު އުފުލި ޕާޓީއަކީ އެމްޑީޕީ ކަމަށެވެ. އެގޮތުން ކުރެވުނު ބުރަ މަސައްކަތް ތަކުން، ކުރީގެ އެމްޑީޕީ ވެރިކަމުގައި މީޑިއާ ތަށް މިނިވަން ކުރެވުނު ކަމަށްވެސް އޭނާ ވިދާޅުވި އެވެ. 

އެހެން ނަމަވެސް މިއަދު އަނެއްކާވެސް ފެންނަމުންދަނީ އެކަން ބަދަލުވެ ސަރުކާރުން މީޑިއާ ތަކަށް ނުފޫޒް ފޯރުވަމުންދާތަން ކަމަށް އިލްޔާސް ވިދާޅުވި އެވެ. އެގޮތުން ވަކިން ޚާއްސަކޮށް ދައުލަތުގެ މީޑިއާ، ޕީއެސްއެމް އިން ސަރުކާރު ޕްރޮމޯޓް ކުރުމުގެ މަސައްކަތް އަބަދާއި އަބަދު ކުރަމުންދާ ކަން ފާހަގަކުރެއްވިއެވެ. 

"އަޅުގަނޑުމެންނަށް ފާހަގަވަނީ، ޚާއްސަކޮށް ދައުލަތުގެ މީޑިއާ، ޓީވީއެމްއިން ސަރުކާރުން ބޭނުންވާ ގޮތަށް ނޫން ގޮތަކަށް އެއްވެސް ޚަބަރެއް ނުގެންދެވޭ. އެއްވެސް ޕާޓީއެއްގެ ޕްރައިމަރީ އެއްގެ ތެރޭގެ ޚަބަރެއް ވިޔަސް، އެއްވެސް ސިޔާސީ ޕާޓީއަކަސް، ސިޔާސީ މީހަކަށްވެސް ނޭރޭ."

މެންބަރު އިލްޔާސް ލަބީބު

މިއާއެކު އިލްޔާސް ވިދާޅުވީ މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) އިން މީގެކުރިން ކުރި އެއް ޝަކުވާއަކީ ޕީއެސްއެމް އިން ޖާގަ ނުލިބޭ ވާހަކަ ކަމަށެވެ. އެހެން ނަމަވެސް، ރައީސް އިބްރާހިމް މުހައްމަދު ޞާލިހަށް ތާއީދު ކުރަން ނިންމި ހިސާބުން ޕީއެސްއެމް އިން އެމްޑީއޭ އަށް ޖާގަ ލިބެމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

"މިއޮއްހާ ދުވަހު އެމްޑީއޭ އަކަށް ޓީވީއެމްއަށް އަރާކަށް އެންމެ ޖާގައެއް ވެސް ނުލިބޭ. އެމްޑީއޭއިން އިހަށް ދުވަހު ވިދާޅުވީ މިހާރު ރައީސް އިބްރާހިމް މުހައްމަދު ޞާލިހާއި އެކީ ކޯލިޝަން ހެއްދެވީއޭ. ހަމަ ވިދާޅުވީ، އަނެއް ދުވަހު ކޮންމެ އިރަކު އެމްޑީއޭ އަށް ޖާގަ ލިބެމުންދަނީ."

"ސަރުކާރު، ރައީސުލްޖުމްހޫރިއްޔާ ޕްރޮމޯޓް ކުރަން ހުންނަ ޓީވީއެއް ނޫން އެއީ. އިރުއިރުކޮޅާ، ކޮންމެ 30 މިނެޓަކުން ރައީސުލްޖުމްހޫރިއްޔާ މިވެނި ކަމެއް ކުރައްވާ، އެވެނި ކަމެއް ކުރައްވާ އިޝްތިހާރު ހައްދަވައިގެން ދައްކަންޖެހޭ ތަނެއް ނޫން އެއީކީ" 

މެންބަރު އިލްޔާސް ލަބީބު

އިލްޔާސް ވިދާޅުވީ، މާލީ ގޮތުން މިނިވަން ތަނަކަށް ދައުލަތުގެ މީޑިއާ ހެދުމަށް ސަރުކާރުން އެއްވެސް ވަރަކަށް މަސައްކަތް ނުކުރާ ކަމަށެވެ. 

މީގެ އިތުރުން އިލްޔާސް ވިދާޅުވީ، އަމިއްލަ މީޑިއާ ތަކަށް ދައުލަތުގެ ކުންފުނިތަކުން މީޑިއާއަށް ސްޕޮންސާ ދޭންޖެހޭނީ ވަކި ކަންތައްތަކަށް ހޯދާ ބެލުމަށްފަހު އެންމެ އެކަށޭނަ މީޑިއާތަކަށް ކަމަށެވެ.

ނަމަވެސް، މިހާރު ކުންފުނިތަކުން ސްޕޮންސާ ކަނޑައަޅަނީ ރައީސް އޮފީހުން ސިޓީ ފޮނުވީމާ އޭގައި ބަޔާންކޮށްފައިވާ ބީދައިން ކަމަށް އިލްޔާސް ފާހަގަކުރިއެވެ.

"އަމިއްލަ މީޑިއާ ތަކަށް، ސަރުކާރުގެ ނުފޫޒު އިންތިހާއަށް ބޮޑު. އެފަރާތްތަކަށް އިޝްތިހާރު ލޮބެނީ ސަރުކާރުން، ރައީސުލްޖުމްހޫރިއްޔާ ގެ އޮފީހުން ރައީސުލްޖުމްހޫރިއްޔާ ހުއްދަ ދެއްވީމާ. އެހެން ނޫނީ ސަރުކާރު ކުންފުންޏަކުން އެތަން ހިންގާކަށް ހުއްދައެއް ނުލިބޭ."

މެންބަރު އިލްޔާސް ލަބީބު

"ސަރުކާރުގެ ކުންފުނިތަކުން މީޑިއާ ތަށް ބޭނުން ކުރަންޖެހެނީ އެ ކުންފުނި ތަކުގެ ވިޔަފާރިތައް ކުރިއަރުވައި އެކަންތައް ތަކަށް ބޭނުންވާ އިޝްތިހާރު ކުރުމަށް. އެމީހުން އެއަށް ބޭނުންވާ ރިސާޗު ހަދާފައި، އެންމެ ރަނގަޅު މީޑިއާ އަކަށް އިޝްތިހާރު ދޭން ޖެހެނީ. މިހާރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ސިޓީއެއް މި ފޮނުވަނީ ސަރުކާރު ހިއްސާވާ ހުރިހާ ކުންފުނިތަކަށް. މިވެނި މީޑިއާ އަކަށް މިވެނި މަހަކު މިވެނި ވަރެއްގެ އިޝްތިހާރެއް ދެއްވާށޭ. ހަމަޖައްސައި ދޭށޭ."

މެންބަރު އިލްޔާސް ލަބީބު

އިލްޔާސް ވިދާޅުވީ، އެ މިންވަރަށް ރައީސް އޮފީހުން މީޑިއާ ތަކާއި، އިންތިޚާބު ތަކަށް ނުފޫޒު ފޯރުވުމަކީ ކަންބޮޑުވާ ކަމެއް ކަމަށާ، އަދި އެކަން ބަލައި ނިގަނެވޭނެ ކަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ކޮޅުވެއްޓިން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
ކ. ގާފަރު ކައިރިން ބަންޑުންޖަހާލި އެލްސީވީން ގެއްލިގެން ހޯދަމުންދާ ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑާއި ވައިގެ މަގުން ކުރިއަށްގެންދާ ކަމަށާ އެހެން ނަމަވެސް އަދި އެމީހުން ނުފެންނަ ކަމަށް އެ އިދާރާއިން ބުނެފިއެވެ.
04 Aug 2026
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 15،403 މީހުން
މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގޮތުގައި 15،403 ފަރާތެއް ދަފްތަރުކުރެވިފައިވާ ކަމަށް އެންސްޕާއިން ބުނެފިއެވެ. މީގެ ތެރޭގައި އޭޕްރީލް މަހު އަލަށް ރަޖިސްޓަރީވި 96 ފަރާތެއްވެސް ހިމެނެއެވެ.
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.
04 Aug 2026
ފަލަސްތީނުގެ ފުޓްބޯޅައަށް އިޒްރޭލުން ދެމުންދާ ހަމަލާތަކަށް ފީފާއިން ފިޔަވަޅު ނޭޅި
ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން (ޕީ.އެފް.އޭ) ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއަށް ވަރުގަދަ ފާޑުކިޔުންތަކެއް އަމާޒުކޮށްފިއެވެ. ޕީ.އެފް.އޭ އިން ބުނި ގޮތުގައި އިޒްރޭލުން ފަލަސްތީނުގެ ފުޓްބޯޅައަށް ބޮޑެތި ގެއްލުންތަކެއް ދެމުންދާއިރު، ފީފާގެ އަމިއްލަ ގަވާއިދުތައް އިޒްރޭލާ ދެކޮޅަށް ތަންފީޒުކުރުމުގައި އެ އިދާރާ ވަނީ ނުކުޅެދިފައެވެ.
04 Aug 2026
އޮޑި ބަލިކޮށް މާޒިޔާއަށް މުހިންމު މޮޅެއް
ކަޕްވިނާސް ކަޕްގައި މާޒިޔާ ދެން އެންމެ އަވަހަށް ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ބުރު ސްޕޯޓްސް އާ ދެކޮޅަށެވެ.
04 Aug 2026
ޓްރަމްޕްގެ ސަރުކާރުން އަލަށް ތައާރަފްކުރި ޓެރިފްތަކާ ދެކޮޅަށް ދައުވާކޮށްފި
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ބޭރުގެ ގައުމުތަކުން އެތެރެކުރާ މުދަލުން ނަގަން ފެށި އާ ޓެރިފްތަކަކީ ގާނޫނީ އިމުން ބޭރުން ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެ، އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ ކޮންޓްރޯލް އޮންނަ 25 ސްޓޭޓަކުން ސަރުކާރާ ދެކޮޅަށް ދައުވާ އުފުލައިފިއެވެ.
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ