މެމްބަރު ހަސަން ލަތީފު މަޖިލީހުގައި ވާހަކަދައްކަވަނީ/ ފޮޓޯ: މަޖިލިސް
ހަބަރު
14 Mar 2023 | 06:19
ސަރުކާރުގެ މަގުސަދަކީ ރިޔާސީ އިންތިޚާބު ސިއްރިއްޔާތުގައި ބޭއްވުން: ހަސަން

އިންތިޚާބާއި ބެހޭ އާންމު ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހަޅާފައިވާ ހުށަހެޅުމަކީ ރާއްޖޭގެ ރައްޔިތުންނަށް އިންތިޚާބާއި ބެހޭ މައުލޫމާތު ނުދީ އިންތިޚާބު ސިއްރިއްޔާތުގައި ބޭއްވުމަށް ކުރާ މަސައްކަތެއް ކަމަށް ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހަސަން ލަތީފު ވިދާޅުވެއްޖެއެވެ.

ހަސަން މިހެން ވިދާޅުވެފައިވަނީ އިއްޔެ ބޭއްވުނު ރައްޔިތުން މަޖްލީހުގެ ޖަލްސާގައި އިންތިޚާބުތަކާއި ބެހޭ އާންމު ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ބަހުސް ކުރައްވަމުންނެވެ.

އެގޮތުން ހަސަން ވިދާޅުވެފައިވަނީ އެމްޑީޕީގެ އެންމެ ވަރުގަދަ އެއް އަސާސަކީ އިންތިޚާބުތަކަކީ ދެފުށް ފެންނަ އަދި އިންތިޚާބުގެ މަސައްކަތާއި ވޯޓް ލުމުގެ މަސައްކަތް ހިނގަމުން ދާއިރު އެކަންކަމުގެ މައުލޫމާތު ރައްޔިތުންނަށް ސާފުކޮށް ފުރިހަމައަށް ލިއްބައިދިނުމަށް ބާރު އަޅާ، ވަކާލާތު ކުރުން ކަމަށެވެ.

އެހެންނަމަވެސް މިއަދު ސަރުކާރުގެ ފަރާތުން އިންތިޚާބުގެ ގާނޫނަށް ބަދަލު ގެންނަން ބޭނުންވެ ހުށަހެޅިފައިވާ އިސްލާހާއި ދޭތެރޭ ކަންބޮޑުވާކަމަށް ވަނީ ވިދާޅުވެފައެވެ.

މިހާރު އަމަލު ކުރާ ގާނޫނުގައި ނޫސްވެރިންނަށާއި ނޫސް މަޖައްލާތަކަށާއި މީޑިޔާތަކަށް އިންތިޚާބުގެ ކަންކަން ކަވަރު ކުރުމުގައި އަމަލު ކުރެވޭނެ ގޮތް ތަކަކީ ކޮބާކަން ވަރަށް ސާފު ކޮށް ކަނޑައެޅިފައި އޮތް ކަމަށް ހަސަންް ވިދާޅުވިއެވެ.

އަދި އޭގެ ތެރެއިން މީޑިއާތަކުން ކަނޑައަޅާ ރިޕޯޓަރުންނަށް އިންތިޚާބުގެ ކަންކަން ހިނގާ ނުހިނގާ ގޮތުގެ މައުލޫމާތު ރައްޔިތުންނަށް ފޯރު ކޮށްދިނުމުގެ މަގު ވަނީ ފަހިކޮށްދީފައިކަމަށްވެސް ހަސަން ވަނީ ވިދާޅުވެފައެވެ.

"އެހެންނަމަވެސް އެމަގު ހަނިކުރުމަށްޓަކައި މި ބިލުން ހާސިލު ކުރަން އުޅޭ މަގުސަދާއި ދޭތެރޭގައި ކަންބޮޑުވުމާއިއެކީ އަޅުގަނޑު އެކަންކަން ފާހަގަ ކުރަން. ރެޖިސްޓްރީ ކޮށްފައިވާ ނޫސްވެރިންނަށް އެކަނި އެ މައުލޫމާތު ރައްޔިތުންނަށް ފޯރު ކޮށްދެވޭ ގޮތަށް ހަނި ކޮށްލީމަ އަޅުގަނޑުމެންނަށް މުޅި ރާއްޖޭގައި ހިނގާ އިންތިޚާބު ތަކުގައި، ހާއްސަކޮށް ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެ މައުލޫމާތު މީޑިޔާ ތަކަށެއް ރައްޔިތުންނަކަށެއް ފޯރު ކޮށެއް ނުދެވޭނެ." ހަސަން ވިދާޅުވިއެވެ.

މިއާއިއެކު ހަސަން ވަނީ ރެޖިސްޓްރީ ކޮށްފައި އޮތް ނޫސްވެރިންނަކީ ކޮބައިކަން އިސްލާހުގައި ބުނެދީފައި އޮތް ނަމަވެސް، އެ ބުނެދީފައި ބުނުން މާނަ ކޮށްފައި އޮތް ގޮތުން އެމަސައްކަތް ކުރުމަށް ބާރު ދޭއިރު ނުވަތަ މަސައްކަތްތަކެއް ހަވާލު ކުރެވޭއިރު ހަނި ވެގެންދާ ކަމަށް ވިދާޅުވެފައެވެ.

ދިވެހި ރާއްޖޭގައި މީޑިޔާތަކާއި ނޫސް މަޖައްލާތައް އުފެދި މަސައްކަތް ކުރާއިރު، މިތަންތަނަކީ މާގިނަ މުވައްޒަފުން ލައިގެން ހިނގާ ތަންތަނެއް ނޫން ކަމަށް ވުމާއިއެކު، މުޅި ރާއްޖޭގެ ހުރިހާ ރަށެއްގައި އިންތިޚާބުގެ މަސައްކަތްތަކާއި ވޯޓްލުން ހިނގަމުންދާއިރު މީޑިޔާއެއްގައި މަސައްކަތް ކުރާ މީހުންނަށް އެކަނި އިންތިޚާބު ކަވަރު ނުކުރެވޭނެ ކަމަށް ހަސަން ވިދާޅުވިއެވެ.

އެގޮތުން ރާއްޖެ ޓީވީ ފަދަ ސަރުކާރުން އިންތިހާއަށް ހަރަދު ކުރާ މީޑިޔާ ތަކުގައިވެސް މުޅި ރާއްޖޭގެ މި ކަހަލަ ބޮޑު އިންތިޚާބެއް ކަވަރު ކުރުމަށް ބޭނުންވާ އަދަދަކަށް މުވައްޒިފުންނެއް ނުތިބޭނެ ކަމަށް ވަނީ ވިދާޅުވެފައެވެ.

"ސުވާލު އުފެދޭ މިއަދު ސަރުކާރުގެ ބޭނުމަކަށް ވެފައި މިއޮތީ މިފަދަ ބޮޑެތި އިންތިޚާބުތައް، ރިޔާސީ އިންތިޚާބު ފަދަ، އެ އިންތިޚާބުތައް ރައްޔިތުންގެ ލޯ މަތިން ކެއްސިގެން ގޮސް ނުފެންނަ ގޮތަށް ހާމަ ކަން ބޮޑު ނޫން ގޮތަކަށް އިންތިޚާބުގެ މައުލޫމާތު ލިބުނަ ނުދީ އެ އިންތިޚާބު ބާއްވާ ނިންމާލުންތޯ. މިއީ މިއަދު އުފެދޭ ސުވާލެއް. ގެންނަން ބޭނުންވާ ބަދަލުގެ ސަބަބުން." ހަސަން ވިދާޅުވިއެވެ.

މީގެ އިތުރުން ހަސަން ވަނީ ފާއިތުވެ ދިޔަ އިންތިޚާބުތަކުން މޮނީޓަރުންގެ ގޮތުގައި މީހުންނަށް ނޫސް ތަކުން ހުއްދަ ދީގެން، އެނާ ހުންނަ ރަށެއްގައި އިންތިޚާބު ކަވަރު ކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފަވީއިރުވެސް އެއްވެސް މައްސަލަ އެއް ފެނިފައި ނެތް ކަމަށް ފާހަގަކުރައްވާފައެވެ.

"މުޅި ރާއްޖޭގައި ހިންގާ އިންތިޚާބު ތަކުގައި ނޫސް މަޖައްލާ ތަކުގައި އެއީ ސަރުކާރުން ފައިސާ ދީގެން ހިންގާ އަމިއްލަ މަޖައްލާތަކުގައި ވިޔަސް އެފަރާތްތަކަށް ވެސް ކަވަރު ކުރުމުގެ ފުރުސަތު ނެތް. އެހެންވީމާ ސަރުކާރުގެ މަގްސަދެއް މީގަ އަޅުގަނޑަށް ސާފެއް ނޫން. ސަރުކާރުގެ މަގުސަދެއް ކަމުގައި އަޅުގަނޑަށް ގަބޫލުކުރެވެނީ ކުރިޔަށް އޮތް ރިޔާސީ އިންތިޚާބު އެއީ ރައްޔިތުންނަށް ނުފެންނަ ގޮތަށް ސިއްރިއްޔާތުގައި ބާއްވަން އުޅޭ ރިޔާސީ އިންތިޚާބަކަށް ހެދުމަށްޓަކައި ގެނެވޭ ބަދަލަކަށް." ހަސަން ނިންމާލަމުން ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ދިރިއުޅޭ މާހައުލުގެ ސަބަބުންވެސް ދަރިވަރުންގެ ނަތީޖާއަށް އަސަރު ކުރޭ
ދަރިވަރަކު ސްކޫލުން ހޯދާ ނަތީޖާއަކީ ހަމައެކަނި އެ ކުއްޖަކު ފޮތްތަކަށް ދޭ ސަމާލުކަމެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫނެވެ. ދަރިވަރުން ދިރިއުޅޭ މާހައުލާއި، ގެދޮރުގެ ހާލަތަކީ އެކުދިންގެ ކިޔެވުމަށާއި އިމްތިޙާންތަކުގެ ނަތީޖާއަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބޮޑެތި އަސަރުތަކެއް ކުރާ ކަމެކެވެ. ދާދިފަހުން ކުރެވުނު ދިރާސާތަކުން ދައްކާ ގޮތުގައި، ދިރިއުޅޭ ތަނުގެ ފެންވަރު ދަށްވުމަކީ ދަރިވަރުން ސްކޫލަށް ހާޒިރުވާ މިންވަރު މަދުވެ، މާއްދާތަކުން ލިބޭ މާކްސް ދަށްވުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ.
05 Aug 2026
މޯދީއަށް ބަދުބަސް ބުނި އިންޑިއާގެ އަންހެން ކުއްޖަކަށް މަރުގެ އިންޒާރު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް ބަދުބަސް ބުނި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ނޮއިޑާގެ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ މަންމައަށް މަރުގެ އިންޒާރު ލިބި، ސަލާމަތީ ސަބަބުތަކަށްޓަކައި ތިން ފަހަރެއްގެ މަތިން ދިރިއުޅޭ ތަން ބަދަލުކުރަން މަޖުބޫރުވެއްޖެއެވެ.
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ
05 Aug 2026
މާދަމާ މާފަރުގައި ފަށާ "ވިޔަނަ ކޭމްޕް" އަށް މުޅި ރަށް ތައްޔާރުވެއްޖެ
ޅ. ނައިފަރު ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ބާއްވަމުން އަންނަ ކާމިޔާބު "ވިޔަނަ ކޭމްޕް" ގެ 2026 ވަނަ އަހަރުގެ އެޑިޝަން މި މަހުގެ 6 ވަނަ ދުވަހު ނ. މާފަރުގައި ފެށުމަށްޓަކައި އެ ރަށުގެ މުވައްސަސާތަކާއި ޖަމްޢިއްޔާތަކުން ފުރިހަމައަށް ތައްޔާރުވެއްޖެއެވެ.
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.