ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް-- ފޮޓޯ/ ވޮއިސް
ހަބަރު
14 Mar 2023 | 19:24
ޤާސިމް ރިޔާސީ ރޭހަށް ނުކުންނަނީ

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ޖުމްހޫރީ ޕާޓީގެ ފަރާތުން އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވާދަކުރައްވަން ނިންމައިފި އެވެ. 

ޖުމްހޫރީ ޕާޓީން ރިޔާސީ ރޭހަށް ނުކުންނަކަން އެޕާޓީން ނިންމާފައިވަނީ، މިއަދު އޮތް ޕާޓީގެ 151 ވަނަ ކައުންސިލް ބައްދަލުވުމުގައެވެ. އެގޮތުން އެ ޕާޓީން ނިންމާފައި ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި، އެ ޕާޓީ އިސްވެ އޮވެ އުފައްދާ ކޯލިޝަނެއްގެ ތެރެއިން ވާދަކުރުމަށެވެ. 

އެ ނިންމުން ފާސްކޮށްފައިވަނީ އެޕާޓީގެ ކައުންސިލްގެ އިއްތިފާގުންނެވެ.

އެ ނިންމުމަށްފަހު ވާހަކަ ދައްކަވަމުން ޤާސިމް ވިދާޅުވީ ރިޔާސީ އިންތިޚާބަށް ނިކުންނަން ނިމުމަކީ މިހާރު އޮތް ސަރުކާރު ކޯލިޝަނުން ވަކިވާން ޖެހޭ ސަބަބެއް ނޫންކަމަށެވެ. އަދި ވަޒީފާތަކުގައި ތިއްބެވި ބޭފުޅުންވެސް މިއަހަރު ނޮވެމްބަރު 11 އާއި ހަމައަށް ތިއްބަވާނެކަމަށެވެ.

"އަޅުގަނޑުމެންނަކީ ސަރުކާރު ކޯލިޝަންގައި އޮތްބައެއް. ފަސް އަހަރު ނިމެންދެން މިއަހަރު ނޮވެމްބަރު 11 ވަނަ ދުވަހާއި ހަމައަށް އަޅުގަނޑުމެން ކުރިއަށްދާނެ. ވަޒީފާތަކުގައި ތިއްބެވި ބޭފުޅުންވެސް ދެން ކުރިއަށްދާނެ އެދުވަހާއި ހަމައަށް. އަޅުގަނޑު ދަންނަވާލަން ބޭނުމީ އެއީ އެއްބަސްވުމުގައި އޮތްގޮތޭ." ޤާސިމް ވިދާޅުވިއެވެ.

މީގެ އިތުރުން ޤާސިމް ވިދާޅުވީ ޖުމްހޫރީ ޕާޓީން ކެނޑިޑޭޓަކު ނެރުމަކީ ކޯލިޝަން ރޫޅޭނެ ކަމެއް ނޫންކަމަށާ، އެކަން ވަރަށް ސާފުކޮށް އެއްބަސްވުމުގައި އެނގެން އޮތް ކަމަށެވެ. 

"އަޅުގަނޑުމެންގެ އެއްބަސްވުން އޮތް ގޮތުން 2023 އަށް ކެނޑިޑޭޓަކު ނެރުމަކީ އަޅުގަނޑުމެން އޭގައިން ބަރީއަވާ ކަމެއްނޫން. އެއީ ވަރަށް ސާފު ސަރީހަ އިބާރާތުން އޮތްގޮތް." ގާސިމް ވިދާޅުވި އެވެ. 

ގާސިމް މިފަދައިން ވިދާޅުވި ނަމަވެސް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވަނީ ރިޔާސީ އިންތިހާބުގައި ކޯލިޝަން ގައި ހިމެނޭ ޕާޓީ އަކުން ވަކިން ވާދަކުރާނަމަ ކޯލިޝަނުން ވަކިވާން ޖެހޭނެ ކަމަށް ވިދާޅުވެފައެވެ. އަދި ރައީސް ޞާލިހަށް ތާއީދު ކުރައްވާ މެމްބަރުންވެސް އަންނަނީ އެފަދައިން ވިދާޅުވަމުންނެވެ. 

ކޮމެންޓް
އަލިހޮއްކޮ
ނަހުލާވެސް ދެންތިބި ޖޭޕީގެ މިނިސްޓަރުންވެސް މިހާރުން މިހާރަށް ސަރުކާރުން ބޭރުކުރާށެވެ. އެއް ޓީމެއްގައި ދެކޮޅަށް ކުޅޭ މީހުން ތިބީމާ ޓީމަށް ލިބޭނީ ފޫނުބެއްދޭވަރުގެ ގެއްލުމެވެ.
14 Mar 2023
ގުޅޭ ލިޔުންތައް
25 Sep 2026
ޤުރުއާން ކިޔެވުމުގެ 38 ވަނަ ގައުމީ މުބާރާތުގެ ރަންވަނަތައް އިޒުޢާން، އާޔަން އަދި ޒީކަށް
ޙާފިޡުގެ ގޮފިން، މުޅި މުބާރާތުން އެއް ވަނަ ޚާޞިލްކޮށްފައިވަނީ އިސްމާޢީލް އިޒުޢާން އިބްރާހީމްއެވެ. މުޅި މުބާރާތުން ނުބަލާ ކިޔެވުމުގެ ގޮފިން އެެއް ވަނަ ޚާޞިލްކޮށްފައިވަނީ ޢާއިޝަތު ޒީކް ރިޔާޟްއެވެ.
25 Sep 2026
މަސްޖިދުލްޙަރާމްގެ އިމާމު ޑރ ޔާސިރް އައްދައުސަރީ ރާއްޖެ ވަޑައިގަންނަވަނީ
މިއީ 43 އަހަރު ފަހުން މަސްޖިދުލް ޙަރަމްގެ އިމާމަކު ރާއްޖެވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.
24 Sep 2026
ފަހު ހާފްގައި ޖެހި ލަނޑުތަކާއެކު ޗައިނާއިން ދިވެހިރާއްޖެ ބަލިކޮށްފި
އީތަން އަދި އިލާން ނުލައި ރާއްޖެ ނުކުތް މި މެޗުގެ ފުރަތަމަ ހާފްގައި، ޗައިނާ ކުޅުންތެރިން ފޮނުވާލި ގިނަ ހަމަލާތައް ރާއްޖޭގެ ކީޕަރު ވަނީ ވަރަށް ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.
24 Sep 2026
ގަން އެއާޕޯޓުން 3,345 ގްރާމުގެ ކެނަބިސް އަތުލައިގެންފި
މި ތަކެތި ފެނިފައިވަނީ ސެޕްޓެމްބަރު 22 ވަނަ ދުވަހު ގަން އިންޓަރނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެ އެތެރެވި އިންޑިއާގެ ދެ ރައްޔިތެއްގެ ފޮށިތައް ބަލައި ފާސްކުރުމުގެ ތެރޭގައެވެ.
24 Sep 2026
ބާރަށުގައި ރޭގަނޑު 9 ގެ ފަހުން ދަރިވަރުން ބޭރުގައި އުޅުން މަނާކޮށްފި
ޒަރޫރީ ބޭނުމެއް ނެތި ރޭގަނޑު ނުވައެއް ޖެހުމަށް ފަހު، ބެލެނިވެރިއަކާއެކު މެނުވީ ދަރިވަރުން ބޭރުގައި
24 Sep 2026
އެމްޓީސީސީގެ މަސައްކަތްތަކަށް ޔޫއޭއީ ކުންފުންޏަކުން އިންވެސްޓުކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފި
ޔޫއޭއީގެ އެންއެމްޑީސީއާ އެމްޓީސީސީ ގުޅިގެން ރާއްޖޭގައި މަޝްރޫޢުތައް ހިންގުމާއި ޑްރެޖިންގ ސަޕޯޓާއި މުވައްޒަފުން ތަމްރީނުކުރުމާ ގުޅޭ ގޮތުން އަބޫދާބީގައި މަޝްވަރާކޮށް، އެއްބަސްވުމެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ.
24 Sep 2026
ހިލޭ ޑިގްރީ ސްކީމުގައި ބައިވެރިވި ދެބައިކުޅަ އެއްބައި ދަރިވަރުން ކޯސް ނުނިންމާ
އެ ރިޕޯޓުގައި ދިރާސާކޮށްފައި ވަނީ ހިލޭ ޑިގްރީ ސްކީމް ހިންގުމުގައި ކަންކަން އޮތް ގޮތެވެ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އާއި ކިޔަވައިދޭ އެކި މަރުކަޒުތަކުން ހޯދި ތަފާސްހިސާބުތައް ދައްކާ ގޮތުން އެ މުއްދަތުގައި ޖުމްލަ 11641 ދަރިވަރުން ސްކީމުގައި ބައިވެރިވެފައިވެއެވެ. ނަމަވެސް ކޯސް ނިންމައިގެން ނުކުމެފައި ވަނީ 5833 ދަރިވަރުންނެވެ.
24 Sep 2026
ޗައިނާއާ އޮތީ ވަރަށް ގާތްގުޅުމެއް، އެ ގުޅުމުގެ ފައިދާ ވަރަށް ބޮޑު: ރައީސް
ރައީސް ވިދާޅުވީ ދެ ގައުމުގެ ގުޅުން ބިނާވެފައި އޮތީ އިހްތިރާމްގެ މައްޗަށް ކަމަށާ ރާއްޖެއާ ޗައިނާގެ ގުޅުމަކީ ފައިދާހުރި ގުޅުމެއް ކަމަަށެވެ. އެ ގުޅުމުގެ ފައިދާ މުސްތަގުބަލުގައި ވެސް ލިބިގެންދާނެ ކަމަށް ވިދާޅުވި އެވެ.