މަޖިލީހުގެ ނައިބުރައީސާ އީވާ އަބްދުﷲ/
ހަބަރު
14 Mar 2023 | 23:38
ޖޭޕީގެ ނިންމުމާއެކު ދެން ރައީސް ޞާލިހަށް އެމްޑީޕީއަށް ވެރިކަން ހޯދައެއް ނުދެވޭނެ: އީވާ

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ވާދަކުރައްވަން ނިންމަވާފައިވާކަން އިއުލާނު ކުރުމުން، އެ އިންތިޚާބު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހަށް ކާމިޔާބު ނުކުރެވޭނެކަން ޔަގީން ކުރެވޭކަމަށް މަޖިލީހުގެ ނައިބު ރައީސާ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވެއްޖެ އެވެ. 

އީވާ މިފަދައިން ވިދާޅުވެފައިވަނީ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ ފިކުރެއްގެ ދިރުމުގެ ޕާލަމެންޓްރީ ގުރޫޕުން މިރޭ ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ނެވެ. 

އީވާ ވިދާޅުވީ ރައީސް ޞާލިހު އެމްޑީޕީގެ ޕްރައިމަރީގައި ވެސް އެންމެ ގަދަޔަށް ދެއްކެވި ވާހަކައަކީ ކޯލިޝަން ހަދާ ވާހަކަ ކަމަށެވެ. ވެރިކަން ހޯދޭނީ ކޯލިޝަން ހަދައިގެން ކަމަށާއި، އެމަނިކުފާނަކީ ކޯލިޝަންގެ ރައީސްކަމަށް އަބަދުވެސް ވަކާލާތު ކުރައްވަމުން ގެންދެވިކަމަށް އީވާ ވިދާޅުވި އެވެ. 

އެހެން ނަމަވެސް ޖޭޕީން އެމްޑީޕީ ކޯލިޝަނުން ބޭރުވެ، އެޕާޓީ އިސްވެ އޮވެ ހިންގާ ކޯލިޝަނެއްގެ ތެރެއިން ޕާޓީގެ ލީޑަރު ވާދަކުރައްވަން ނިންމެވުމުން، މި ސަރުކާރު ކޯލިޝަންގައި އޮތް އެންމެ މުހިންމު ހިއްސާދާރު ގެއްލުނީ ކަމަށާއި، އަދި މިހާރު އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓުގެ ފަހަތްޕުޅުގައި އޮތް ސިޔާސީ ޕާޓީތަކާއެކު ރިޔާސީ އިންތިޚާބު ކާމިޔާބު ނުކުރެވޭކަން ޔަގީންވެގެންދާ ކަމަށް އީވާ ވިދާޅުވި އެވެ. 

"އަޅުގަނޑަށް ހީވަނީ މިހާރު އެމްޑީޕީގެ ހުރިހާ މެމްބަރުންނަށް ވެސް އަދި ރާއްޖޭގައި ވޯޓުލާން ތިބި ހުރިހާ އެންމެނަށް ވެސް ވަރަށް ސާފުވާނެ ދެން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހާއި އެކު ގޮސްގެނެއް އެމްޑީޕީއަކަށް ރިޔާސީ އިންތިޚާބެއް ދެން ކާމިޔާބު ނުވާނެކަން. އެއީ ރައީސް ޞާލިހު ވިދާޅުވަމުން އެ އަންނަނީ ތިމަންނާއަކީ ކޯލިޝަންގެ ކެންޑިޑޭޓޭ. އަދި ފުރަތަމަ ނަންފުޅު އިއުލާނުކުރައްވަމުން ވެސް ވިދާޅުވި ތިމަންނަ ވެރިކަން ކުރައްވާނީ ކޯލިޝަނަކާ އެކުއޭ. އެހެން ނަމަވެސް ކޯލިޝަން ކޯލިޝަނަކަށް ހަދާދިން ޕާޓީ ކަމުގައިވާ ޖުމްހޫރީ ޕާޓީ އަމިއްލައަށް ވާދަކުރަން ނިންމުމާއެކު އަޅުގަނޑުމެން އެންމެނަށްވެސް އެނގޭ ދެން ރައީސް ޞާލިހުގެ އަމިއްލަ ބުރަދަނެއް ނެތްކަން ރިޔާސީ އިންތިޚާބު އެމްޑީޕީއަށް ކާމިޔާބުކޮށް ދިނުމަށް" 

މަޖިލީހުގެ ނައިބު ރައީސާ އީވާ އަބްދުﷲ 

އީވާ ވިދާޅުވީ ޖުމްހޫރީ ޕާޓީގެ އެ ނިންމުމަށް އެމްޑީޕީގެ ފިކުރެއްގެ ދިރުން ގޮފިން މަރުހަބާ ކިޔާ ކަމަށެވެ.

އަދި ކުރިއަށް ދުވަސްތަކުގައި ފިކުރެއްގެ ދިރުން ޕާލަމެންޓްރީ ގުރޫޕާއި ޖޭޕީގެ ޕީޖީ އާއެކު މަޝްވަރާތައް ފަށައި އެކުގައި ކުރިއަށް ދެވޭނެ ގޮތްތަކާއި މެދު މަޝްވަރާތައް ފައްޓަވާނެކަމަށް އީވާ ވިދާޅުވި އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Sep 2026
ޤުރުއާން ކިޔެވުމުގެ 38 ވަނަ ގައުމީ މުބާރާތުގެ ރަންވަނަތައް އިޒުޢާން، އާޔަން އަދި ޒީކަށް
ޙާފިޡުގެ ގޮފިން، މުޅި މުބާރާތުން އެއް ވަނަ ޚާޞިލްކޮށްފައިވަނީ އިސްމާޢީލް އިޒުޢާން އިބްރާހީމްއެވެ. މުޅި މުބާރާތުން ނުބަލާ ކިޔެވުމުގެ ގޮފިން އެެއް ވަނަ ޚާޞިލްކޮށްފައިވަނީ ޢާއިޝަތު ޒީކް ރިޔާޟްއެވެ.
25 Sep 2026
މަސްޖިދުލްޙަރާމްގެ އިމާމު ޑރ ޔާސިރް އައްދައުސަރީ ރާއްޖެ ވަޑައިގަންނަވަނީ
މިއީ 43 އަހަރު ފަހުން މަސްޖިދުލް ޙަރަމްގެ އިމާމަކު ރާއްޖެވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.
24 Sep 2026
ފަހު ހާފްގައި ޖެހި ލަނޑުތަކާއެކު ޗައިނާއިން ދިވެހިރާއްޖެ ބަލިކޮށްފި
އީތަން އަދި އިލާން ނުލައި ރާއްޖެ ނުކުތް މި މެޗުގެ ފުރަތަމަ ހާފްގައި، ޗައިނާ ކުޅުންތެރިން ފޮނުވާލި ގިނަ ހަމަލާތައް ރާއްޖޭގެ ކީޕަރު ވަނީ ވަރަށް ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.
24 Sep 2026
ގަން އެއާޕޯޓުން 3,345 ގްރާމުގެ ކެނަބިސް އަތުލައިގެންފި
މި ތަކެތި ފެނިފައިވަނީ ސެޕްޓެމްބަރު 22 ވަނަ ދުވަހު ގަން އިންޓަރނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެ އެތެރެވި އިންޑިއާގެ ދެ ރައްޔިތެއްގެ ފޮށިތައް ބަލައި ފާސްކުރުމުގެ ތެރޭގައެވެ.
24 Sep 2026
ބާރަށުގައި ރޭގަނޑު 9 ގެ ފަހުން ދަރިވަރުން ބޭރުގައި އުޅުން މަނާކޮށްފި
ޒަރޫރީ ބޭނުމެއް ނެތި ރޭގަނޑު ނުވައެއް ޖެހުމަށް ފަހު، ބެލެނިވެރިއަކާއެކު މެނުވީ ދަރިވަރުން ބޭރުގައި
24 Sep 2026
އެމްޓީސީސީގެ މަސައްކަތްތަކަށް ޔޫއޭއީ ކުންފުންޏަކުން އިންވެސްޓުކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފި
ޔޫއޭއީގެ އެންއެމްޑީސީއާ އެމްޓީސީސީ ގުޅިގެން ރާއްޖޭގައި މަޝްރޫޢުތައް ހިންގުމާއި ޑްރެޖިންގ ސަޕޯޓާއި މުވައްޒަފުން ތަމްރީނުކުރުމާ ގުޅޭ ގޮތުން އަބޫދާބީގައި މަޝްވަރާކޮށް، އެއްބަސްވުމެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ.
24 Sep 2026
ހިލޭ ޑިގްރީ ސްކީމުގައި ބައިވެރިވި ދެބައިކުޅަ އެއްބައި ދަރިވަރުން ކޯސް ނުނިންމާ
އެ ރިޕޯޓުގައި ދިރާސާކޮށްފައި ވަނީ ހިލޭ ޑިގްރީ ސްކީމް ހިންގުމުގައި ކަންކަން އޮތް ގޮތެވެ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އާއި ކިޔަވައިދޭ އެކި މަރުކަޒުތަކުން ހޯދި ތަފާސްހިސާބުތައް ދައްކާ ގޮތުން އެ މުއްދަތުގައި ޖުމްލަ 11641 ދަރިވަރުން ސްކީމުގައި ބައިވެރިވެފައިވެއެވެ. ނަމަވެސް ކޯސް ނިންމައިގެން ނުކުމެފައި ވަނީ 5833 ދަރިވަރުންނެވެ.
24 Sep 2026
ޗައިނާއާ އޮތީ ވަރަށް ގާތްގުޅުމެއް، އެ ގުޅުމުގެ ފައިދާ ވަރަށް ބޮޑު: ރައީސް
ރައީސް ވިދާޅުވީ ދެ ގައުމުގެ ގުޅުން ބިނާވެފައި އޮތީ އިހްތިރާމްގެ މައްޗަށް ކަމަށާ ރާއްޖެއާ ޗައިނާގެ ގުޅުމަކީ ފައިދާހުރި ގުޅުމެއް ކަމަަށެވެ. އެ ގުޅުމުގެ ފައިދާ މުސްތަގުބަލުގައި ވެސް ލިބިގެންދާނެ ކަމަށް ވިދާޅުވި އެވެ.