ޖޭޕީގެ ޤައުމީ ކޮންގްރެސްގެ ތެރެއިން
ހަބަރު
15 Mar 2023 | 10:15
ޖޭޕީއިން އިންތިޚާބުގައި ވާދަކުރަން ނިންމުމުން ރައީސް ނަޝީދު މަރުހަބާ ވިދާޅުވެއްޖެ

ޖުމްހޫރީ ޕާޓީ އިން މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރަން ނިންމުމުން ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދް ނަޝީދު  މަރުހަބާ ވިދާޅުވެއްޖެއެވެ.

އިންތިޚާބުގައި ޖުމްހޫރީ ޕާޓީއިން އިސްވެ އޮވެ އުފައްދާ ކޯލިޝަނެއްގެ ތެރެއިން ވާދަކުރާނެ ކަން އިޢްލާނުކޮށްފައިވަނީ އިއްޔެ ބޭއްވުނު އެޕާޓީގެ 151 ވަނަ ކައުންސިލް ބައްދަލުވުމުގައެވެ. 

ޖޭޕީގެ ނިންމުމަށް މަރުހަބާ ވިދާޅުވެ ނަޝީދު ވަނީ ރައްޔިތުންގެ މަޖިލީހުގެ ވަޓްސްއެޕް ގުރޫޕަށް މެސެޖެއް ފޮނުއްވައިފައެވެ.

"ޖޭޕީގެ ލީޑަރު ޤާސިމަށް މަރުހަބާ.“ ނަޝީދުގެ މެސެޖުގައި ލިޔުއްވާފައިވެއެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި ވާދަކުރައްވައި ރައީސް ނަޝީދަށް ނާކާމިޔާބިޔާބީ އާއި ކުރިލަތިލާން ޖެހިވަޑައިގެންނެވުމާއިއެކު ފެންނަން ފެށީ ރައީސް ނަޝީދު ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހިމް އާއި އެކު ސިޔާސީ މަސައްކަތް ފައްޓަވާފާނެ ފަދަ މަންޒަރުތަކެކެވެ.

ޖުމްހޫރީ ޕާޓީގެ ޤައުމީ ޖަލްސާގެ ކުރީ ސަފުން ވެސް ވަނީ ނަޝީދު ފެނިގެން ގޮއްސައެވެ. އަދި ރައީސް ނަޝީދުގެ "ފިކުރެއްގެ ދިރުން" ފެކްޝަނުން މިހާރު ނިންމާފައިވަނީ ޖުމްހޫރީ ޕާޓީއަށް ތާއީދު ކުރުމާއި މެދު އެ ޕާޓީގެ ރައްޔިތުންގެ މަޖިލިސްގެ މެންބަރުންނާ މަޝްވަރާ ކުރާށެވެ.

މިގޮތަށް ވާހަކަ ދެކެވިފައވަނީ "ފިކުރެއްގެ ދިރުން" ފެކްޝަނުން ބޭއްވުނު ފުރަތަމަ ބައްދަލުވުމުގައެވެ. އެބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަޖިލީހުގެ ނައިބްރައީސް އީވާ ޢަބްދުالله ވިދާޅުވީ  އެފެކްޝަނުން ޖުމްހޫރީ ޕާޓީގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ވާހަކަދައްކައިލަން އެކުގައި މަސައްކަތް ކުރަން ޖޮއިންޓް ޕާލަމެންޓްރީ ގުރޫޕެއް ހަދަން ފެންނަކަމަށެވެ. އަދި ކުރިއަށް އޮތް މަސްދުވަސްތެރޭގައި މި ފިކުރެއްގެ ދިރުމުގެ މަސައްކަތުގައި ތިބޭ ރައްޔިތުންގެ މަޖިލިސްގެ މެންބަރުންގެ އަދަދު މާގިނަވެގެންދާނެ ކަމާއި މެދު ސުވާލެއް ނެތް ކަމަށްވެސް ވިދާޅުވިއެވެ.

އެއް ޕާޓީއެއްގެ ތެރެއިން މިގޮތަށް ދެފެކްޝަން އުފެދިގެން ކުރިން ވެސް އުފެދިގެން ދިޔައެވެ. ފުރަތަމަ އުފެދިގެން ދިޔަ ޑީއާރްޕީގެ ތެރެއިން އިސްކޮށް ތިއްބެވި ބޭފުޅުންގެ ހިޔާލު ތަފާތުވެ ދެ ފެކްޝަނަށް ބެހިގެން ދިޔުމުގެ ނަތީޖާ އަކަށް ވެގެންދިޔައީ މިއަދު ރާއްޖޭގެ އެންމެ މީހުން މަދު އެއްޕާޓީ އަށް ޑީއާރްޕީ ވެގެން ދިޔުމެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Sep 2026
ޤުރުއާން ކިޔެވުމުގެ 38 ވަނަ ގައުމީ މުބާރާތުގެ ރަންވަނަތައް އިޒުޢާން، އާޔަން އަދި ޒީކަށް
ޙާފިޡުގެ ގޮފިން، މުޅި މުބާރާތުން އެއް ވަނަ ޚާޞިލްކޮށްފައިވަނީ އިސްމާޢީލް އިޒުޢާން އިބްރާހީމްއެވެ. މުޅި މުބާރާތުން ނުބަލާ ކިޔެވުމުގެ ގޮފިން އެެއް ވަނަ ޚާޞިލްކޮށްފައިވަނީ ޢާއިޝަތު ޒީކް ރިޔާޟްއެވެ.
25 Sep 2026
މަސްޖިދުލްޙަރާމްގެ އިމާމު ޑރ ޔާސިރް އައްދައުސަރީ ރާއްޖެ ވަޑައިގަންނަވަނީ
މިއީ 43 އަހަރު ފަހުން މަސްޖިދުލް ޙަރަމްގެ އިމާމަކު ރާއްޖެވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.
24 Sep 2026
ފަހު ހާފްގައި ޖެހި ލަނޑުތަކާއެކު ޗައިނާއިން ދިވެހިރާއްޖެ ބަލިކޮށްފި
އީތަން އަދި އިލާން ނުލައި ރާއްޖެ ނުކުތް މި މެޗުގެ ފުރަތަމަ ހާފްގައި، ޗައިނާ ކުޅުންތެރިން ފޮނުވާލި ގިނަ ހަމަލާތައް ރާއްޖޭގެ ކީޕަރު ވަނީ ވަރަށް ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.
24 Sep 2026
ގަން އެއާޕޯޓުން 3,345 ގްރާމުގެ ކެނަބިސް އަތުލައިގެންފި
މި ތަކެތި ފެނިފައިވަނީ ސެޕްޓެމްބަރު 22 ވަނަ ދުވަހު ގަން އިންޓަރނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެ އެތެރެވި އިންޑިއާގެ ދެ ރައްޔިތެއްގެ ފޮށިތައް ބަލައި ފާސްކުރުމުގެ ތެރޭގައެވެ.
24 Sep 2026
ބާރަށުގައި ރޭގަނޑު 9 ގެ ފަހުން ދަރިވަރުން ބޭރުގައި އުޅުން މަނާކޮށްފި
ޒަރޫރީ ބޭނުމެއް ނެތި ރޭގަނޑު ނުވައެއް ޖެހުމަށް ފަހު، ބެލެނިވެރިއަކާއެކު މެނުވީ ދަރިވަރުން ބޭރުގައި
24 Sep 2026
އެމްޓީސީސީގެ މަސައްކަތްތަކަށް ޔޫއޭއީ ކުންފުންޏަކުން އިންވެސްޓުކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފި
ޔޫއޭއީގެ އެންއެމްޑީސީއާ އެމްޓީސީސީ ގުޅިގެން ރާއްޖޭގައި މަޝްރޫޢުތައް ހިންގުމާއި ޑްރެޖިންގ ސަޕޯޓާއި މުވައްޒަފުން ތަމްރީނުކުރުމާ ގުޅޭ ގޮތުން އަބޫދާބީގައި މަޝްވަރާކޮށް، އެއްބަސްވުމެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ.
24 Sep 2026
ހިލޭ ޑިގްރީ ސްކީމުގައި ބައިވެރިވި ދެބައިކުޅަ އެއްބައި ދަރިވަރުން ކޯސް ނުނިންމާ
އެ ރިޕޯޓުގައި ދިރާސާކޮށްފައި ވަނީ ހިލޭ ޑިގްރީ ސްކީމް ހިންގުމުގައި ކަންކަން އޮތް ގޮތެވެ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އާއި ކިޔަވައިދޭ އެކި މަރުކަޒުތަކުން ހޯދި ތަފާސްހިސާބުތައް ދައްކާ ގޮތުން އެ މުއްދަތުގައި ޖުމްލަ 11641 ދަރިވަރުން ސްކީމުގައި ބައިވެރިވެފައިވެއެވެ. ނަމަވެސް ކޯސް ނިންމައިގެން ނުކުމެފައި ވަނީ 5833 ދަރިވަރުންނެވެ.
24 Sep 2026
ޗައިނާއާ އޮތީ ވަރަށް ގާތްގުޅުމެއް، އެ ގުޅުމުގެ ފައިދާ ވަރަށް ބޮޑު: ރައީސް
ރައީސް ވިދާޅުވީ ދެ ގައުމުގެ ގުޅުން ބިނާވެފައި އޮތީ އިހްތިރާމްގެ މައްޗަށް ކަމަށާ ރާއްޖެއާ ޗައިނާގެ ގުޅުމަކީ ފައިދާހުރި ގުޅުމެއް ކަމަަށެވެ. އެ ގުޅުމުގެ ފައިދާ މުސްތަގުބަލުގައި ވެސް ލިބިގެންދާނެ ކަމަށް ވިދާޅުވި އެވެ.