ރައީސް ނަޝީދު ޤާސިމް އަރިހުގައި ޖޭޕީގެ ގައުމީ ކޮންފަރެންސްގައި / ފޮޓޯ: ވޮއިސް
ހަބަރު
15 Mar 2023 | 09:32
ޖޭޕީއާއެކު ޖޮއިންޓު ޕާލަމެންޓްރީ ގްރޫޕެއް ހަދަން ފިކުރެއްގެ ދިރުމުން މަޝްވަރާ ފަށަނީ!

އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ޕާޓީގެ ތެރެއިން އުފައްދާފައިވާ ފިކުރެއްގެ ދިރުމާއި ޖުމްހޫރީ ޕާޓީ ގުޅިގެން ޖޮއިންޓު ޕާލަމެންޓްރީ ގުރޫޕެއް އުފެއްދުމަށް މަޝްވަރާތައް ފައްޓާނެކަމަށް ފިކުރެއްގެ ދިރުމުގެ ޕީޖީގައި ހިމެނިވަޑައިގަންނަވާ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވެއްޖެ އެވެ.

އާޒިމް މިފަދައިން ވިދާޅުވެފައިވަނީ ފިކުރެއްގެ ދިރުން ޕާލަމެންޓްރީ ގުރޫޕުން ރޭ ބޭއްވި ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ނެވެ. 

އެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުޙައްމަދު ވަހީދު ވަނީ ސަރުކާރު ޖަވާބުދާރީ ކުރުމަށް މަޖިލީހުގައި އޮތް ހުރަސްތަކަށް އަލިއަޅުވާލައްވާފަ އެވެ.

އެގޮތުން މިއަދު މަޖިލީހުގައި ސަރުކާރު ތަމްސީލު ކުރާ ގިނަ މެމްބަރުންތަކެއް ތިބުމުގެ ސަބަބުން އެންމެ އެކަށީގެންވާ ގޮތެއްގައި މަޖިލީހުގައި މެމްބަރުން އަދާކުރަން ޖެހޭ ދައުރަށް ހުރަސް އެޅޭކަން އޭނާ ފާހަގަކުރެއްވި އެވެ. 

ވަހީދުގެ އިތުރުން ފިކުރެއްގެ ދިރުމުގެ ޕީޖީ ލީޑަރު އަލީ އާޒިމް ވިދާޅުވީ ކުރިއަށް އޮތް ތަނުގައި މަޖިލީހުގައި ކުރެވޭ މަސައްކަތް ހަރުދަނާ ކުރުމަށް ޖުމްހޫރީ ޕާޓީއާއެކު ޖޮއިންޓު ޕާލަމަންޓްރީ ގުރޫޕެއް އެކުލަވާލުމުގެ މަސައްކަތް ވީހާވެސް އަވަހަކަށް ފައްޓަވާނެ ކަމަށެވެ. 

"ޖުމްހޫރީ ޕާޓީއާއި އެކުގައި ޖޮއިންޓު ޕާލަމެންޓްރީ ގުރޫޕެއް ހަދައިގެން މަސައްކަތް ކުރުމުގެ ވިސްނުން އިރާދަކުރެއްވިއްޔާ މާދަމާވެސް ފަށާނަން. އަޅުގަނޑުގެވެސް އުންމީދަކީ ކުރިއަށް އޮތް ތަނުގައި ވަރަށް އަވަހަށް ރައްޔިތުންގެ މަޖިލީސް އަޅުގަނޑުމެން މި ބޭނުންވާ އަޅުގަނޑުމެންނަށް ކޮންޓްރޯލު އޮންނަ މެޖޯރިޓީއެއް އޮންނަ މަޖިލީހަކަށް ވެގެންދާނެ ކަމަށް ވަރަށް އުންމީދު ކުރަން"

މެމްބަރު އަލީ އާޒިމް 

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވާދަކުރައްވާނެކަން ރަސްމީކޮށް އިއުލާނު ކުރުުމާއި ގުޅިގެން ނަޝީދުގެ ފިކުރެއްގެ ދިރުން ގޮފިން ވަނީ ޤާސިމާއި ޖުމްހޫރީ ޕާޓީއަށް މަރުހަބާ ދަންނަވާފަ އެވެ. 

ޤާސިމްގެ އެ ނިންމެވުމާއެކު އެމްޑީޕީއަށް ދެން ވެރިކަން ހޯދިދާނެކަމަށް ޤަބޫލު ނުކުރައްވާކަމަށް ފިކުރެއްގެ ދިރުން ޕީޖީގައި ހިމެނިވަޑައިގަންނަވާ އީވާ އަބްދުالله ވަނީ ވިދާޅުވެފަ އެވެ. 

އެކަން ފާހަގަކުރައްވާ އާޒިމް ރޭ ވިދާޅުވީ، ދެން އުފެދޭ ސަރުކާރެއްގައި މިހާރަށްވުރެ އެމްޑީޕީގެ ހިއްސާ ބޮޑުވާނެ ކަމަށެވެ. 

އެހެންކަމުން އަންނަ ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ފިކުރެއްގެ ދިރުން ގޮފިން ޤާސިމަށް ތާއީދުކުރަން ނިންމާ، ޤާސިމްގެ ފަހަތްޕުޅަށް އަރާވަޑައިގަތުން ގާތެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Sep 2026
ޤުރުއާން ކިޔެވުމުގެ 38 ވަނަ ގައުމީ މުބާރާތުގެ ރަންވަނަތައް އިޒުޢާން، އާޔަން އަދި ޒީކަށް
ޙާފިޡުގެ ގޮފިން، މުޅި މުބާރާތުން އެއް ވަނަ ޚާޞިލްކޮށްފައިވަނީ އިސްމާޢީލް އިޒުޢާން އިބްރާހީމްއެވެ. މުޅި މުބާރާތުން ނުބަލާ ކިޔެވުމުގެ ގޮފިން އެެއް ވަނަ ޚާޞިލްކޮށްފައިވަނީ ޢާއިޝަތު ޒީކް ރިޔާޟްއެވެ.
25 Sep 2026
މަސްޖިދުލްޙަރާމްގެ އިމާމު ޑރ ޔާސިރް އައްދައުސަރީ ރާއްޖެ ވަޑައިގަންނަވަނީ
މިއީ 43 އަހަރު ފަހުން މަސްޖިދުލް ޙަރަމްގެ އިމާމަކު ރާއްޖެވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.
24 Sep 2026
ފަހު ހާފްގައި ޖެހި ލަނޑުތަކާއެކު ޗައިނާއިން ދިވެހިރާއްޖެ ބަލިކޮށްފި
އީތަން އަދި އިލާން ނުލައި ރާއްޖެ ނުކުތް މި މެޗުގެ ފުރަތަމަ ހާފްގައި، ޗައިނާ ކުޅުންތެރިން ފޮނުވާލި ގިނަ ހަމަލާތައް ރާއްޖޭގެ ކީޕަރު ވަނީ ވަރަށް ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.
24 Sep 2026
ގަން އެއާޕޯޓުން 3,345 ގްރާމުގެ ކެނަބިސް އަތުލައިގެންފި
މި ތަކެތި ފެނިފައިވަނީ ސެޕްޓެމްބަރު 22 ވަނަ ދުވަހު ގަން އިންޓަރނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެ އެތެރެވި އިންޑިއާގެ ދެ ރައްޔިތެއްގެ ފޮށިތައް ބަލައި ފާސްކުރުމުގެ ތެރޭގައެވެ.
24 Sep 2026
ބާރަށުގައި ރޭގަނޑު 9 ގެ ފަހުން ދަރިވަރުން ބޭރުގައި އުޅުން މަނާކޮށްފި
ޒަރޫރީ ބޭނުމެއް ނެތި ރޭގަނޑު ނުވައެއް ޖެހުމަށް ފަހު، ބެލެނިވެރިއަކާއެކު މެނުވީ ދަރިވަރުން ބޭރުގައި
24 Sep 2026
އެމްޓީސީސީގެ މަސައްކަތްތަކަށް ޔޫއޭއީ ކުންފުންޏަކުން އިންވެސްޓުކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފި
ޔޫއޭއީގެ އެންއެމްޑީސީއާ އެމްޓީސީސީ ގުޅިގެން ރާއްޖޭގައި މަޝްރޫޢުތައް ހިންގުމާއި ޑްރެޖިންގ ސަޕޯޓާއި މުވައްޒަފުން ތަމްރީނުކުރުމާ ގުޅޭ ގޮތުން އަބޫދާބީގައި މަޝްވަރާކޮށް، އެއްބަސްވުމެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ.
24 Sep 2026
ހިލޭ ޑިގްރީ ސްކީމުގައި ބައިވެރިވި ދެބައިކުޅަ އެއްބައި ދަރިވަރުން ކޯސް ނުނިންމާ
އެ ރިޕޯޓުގައި ދިރާސާކޮށްފައި ވަނީ ހިލޭ ޑިގްރީ ސްކީމް ހިންގުމުގައި ކަންކަން އޮތް ގޮތެވެ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އާއި ކިޔަވައިދޭ އެކި މަރުކަޒުތަކުން ހޯދި ތަފާސްހިސާބުތައް ދައްކާ ގޮތުން އެ މުއްދަތުގައި ޖުމްލަ 11641 ދަރިވަރުން ސްކީމުގައި ބައިވެރިވެފައިވެއެވެ. ނަމަވެސް ކޯސް ނިންމައިގެން ނުކުމެފައި ވަނީ 5833 ދަރިވަރުންނެވެ.
24 Sep 2026
ޗައިނާއާ އޮތީ ވަރަށް ގާތްގުޅުމެއް، އެ ގުޅުމުގެ ފައިދާ ވަރަށް ބޮޑު: ރައީސް
ރައީސް ވިދާޅުވީ ދެ ގައުމުގެ ގުޅުން ބިނާވެފައި އޮތީ އިހްތިރާމްގެ މައްޗަށް ކަމަށާ ރާއްޖެއާ ޗައިނާގެ ގުޅުމަކީ ފައިދާހުރި ގުޅުމެއް ކަމަަށެވެ. އެ ގުޅުމުގެ ފައިދާ މުސްތަގުބަލުގައި ވެސް ލިބިގެންދާނެ ކަމަށް ވިދާޅުވި އެވެ.