ގާސިމްގެ ސްޕެޝަލް އެޑްވައިޒަރުންނަށް އައްޔަނު ކުރެވުނު 3 ބޭފުޅުން
ހަބަރު
15 Mar 2023 | 12:15
ގާސިމްގެ ސްޕެޝަލް އެޑްވައިޒަރުންނަށް 3 ބޭފުޅެއް؛ ތަރުޖަމާނަކަށް އަމީން

ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރު ގާސިމް އިބްރާހިމްގެ ސްޕެޝަލް އެޑްވައިޒަރުންނަށް އިތުރު ތިން ބޭފުޅަކު، އަދި އެމަނިކުފާނުގެ ތަރުޖަމާނަކަށް ބޭފުޅެއް އައްޔަން ކުރައްވައިފިއެވެ.

އިއްޔެ ބޭއްވުނު ޖޭޕީގެ 151 ވަނަ ކައުންސިލް ބައްދަލުވުމުގައި ގާސިމްގެ ސްޕެޝަލް އެޑްވައިޒަރުންނަށް އައްޔަން ކުރެއްވީ މިހާރުގެ ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަނާއި ކުރީގެ ހެލްތު އަދި ކުޅިވަރާ ބެހޭ ވަޒީރު އިރުތިޝާމް އާދަމާއި ކުރީގެ ޖެންޑާ މިނިސްޓަރު ޑރ.އާމާލް އަލީއެވެ.

ޖޭޕީން އެންމެ ފަހުން ބޭއްވި ކޮންގްރެސްގައި އެ ޕާޓީގެ ޑެޕިއުޓީ ލީޑަރުކަމަށް ވެސް ޑރ. ހުސައިން ވާދަކުރެއްވި އެވެ. އެހެން ނަމަވެސް އެ އިންތިހާބުގައި އޭނާއަށް ލިބުނީ ނާކާމިޔާބީއެވެ.  

ގާސިމްގެ ސްޕެޝަލް އެޑްވައިޒަރު ކަމަށް އައްޔަން ކުރެއްވުނު ޑރ. އާމާލް ވަނީ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ގައުމީ އިއްތިހާދު ޕާޓީ (ޖީއައިޕީ) ގައި މަސައްކަތް ކުރައްވައިފައެވެ. އާމާލް ބޮޑަށް ފާހަގަކޮށްލެވެނީ ތައުލީމީ ދާއިރާ އަށް އޭނާއަށް ކޮށްދެއްވާފައިވާ އަގުހުރި ހިދުމަތްތަކުންނެވެ.

އިރުތިޝާމް އަކީ މީގެ ކުރިން ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް ގެ ވެރިކަމުގައި ހެލްތު މިނިސްޓަރުކަމާއި ޔޫތު މިނިސްޓަރު ކަން ކުރެއްވި ބޭކަނބަލެކެވެ. އަދި އޭގެ އިތުރުން، ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ރައީސް ވަހީދުގެ ސަރުކާރުގައި ސަފީރުކަމާއި ޑެޕިއުޓީ އެމްބެސެޑަރުކަމާއި ހާރިޖީ ދާއިރާއާ ގުޅުން ހުރި ބައެއް މަގާމުތައްވެސް އިރުތިޝާމް ވަނީ ފުރުއްވާފައެވެ.

އިއްޔެ ބޭއްވުނު ޖޭޕީގެ 151 ވަނަ ކައުންސިލް ބައްދަލުވުމުގައި ގާސިމްގެ ތަރުޖަމާނު ކަމަށް އައްޔަން ކޮށްފައިވަނީ ކުރީގެ ހެލްތު މިނިސްޓަރު އަބްދުالله އަމީނެވެ. އަމީނަކީ ވޭތުވެދިޔަ ފަސް އަހަރު ވަންދެން ޖޭޕީގެ ޑެޕިއުޓީ ލީޑަރު ކަން ކުރެއްވި ބޭފުޅެކެވެ. 

މި ސަރުކާރު ފެށިގެން އައި އިރު ހެލްތު މިނިސްޓަރު ކަމުގެ މަގާމުގައި އަމީން ހުންނެވުމަށްފަހު، އޮކްޓޯބަރު، 2021 ގައި އޭނާ ވަނީ މަގާމުން އިސްތިއުފާ ދެއްވައިފައެވެ. އަމީން އިސްތިއުފާ ދެއްވީ ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނުން އޭނާގެ މައްޗަށް އިތުބާރު ނެތް ކަމުގެ މައްސަލައެއް ރައްޔިތުންގެ މަޖިލިހަށް ފޮނުވާފައި ވަނިކޮށެވެ. އެ މައްސަލައިގައި 24 މެމްބަރަކު ސޮއިކުރެއްވިއެވެ.

ގާސިމްގެ ތަރުޖަމާނު އަބްދުالله އަމީން -- ފޮޓޯ/ ވޮއިސް

އިއްޔެގެ ބައްދަލުވުމުގައި ޖޭޕީގެ ޗީފް ސްޕޯކްސްޕާސަނަކަށް މިހާރު ވެސް އެ މަގާމު ފުރުއްވާ އަލީ ސޯލިހު ވަނީ އަލުން އައްޔަން ކުރައްވާފައެވެ. 

ޓްރާންސްޕޯޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ހުންނެވި އަލީ ސޯލިހު ޖޭޕީގެ ޗީފް ސްޕޯކްސްޕާސަނެއްގެ މަގާމު ފުރުއްވަމުން ގެންދަވާތާ މިހާރު 10 އަހަރު ވަނީ ވެފައެވެ. ޑީއާރުޕީގެ ވަގުތީ ސެކްރެޓަރީ ޖެނެރަލްކަމާއި މީޑިއާ ކޯޑިނޭޓަރުކަން ކުރެއްވި އަލީ ސޯލިހް ވަނީ އެންވަޔަރަމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަން ވެސް ކުރައްވައިފައެވެ.

ޖޭޕީގެ ޗީފް ސްޕޯކްސްޕާސަން: ފޮޓޯ/ ވޮއިސް

އެމަގާމް ތަކުގެ އިތުރުން ގާސިމްގެ ސްޕެޝަލް އެންވޯއީއަކަށް ބޭފުޅަކު އައްޔަން ކުރުމަށްޓަކައި އެ ޕާޓީގެ އަސާސީ ގަވައިދަށް އިސްލާހު ގެނައުމަށް ވެސް އެ ޕާޓީން އިއްޔެ ވަނީ ފާސްކޮށްފައެވެ. ނަމަވެސް އެ މަގާމަށް ވަކި ބޭފުޅަކު އަދި އައްޔަނު ކުރައްވާފައި ނުވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Sep 2026
ޤުރުއާން ކިޔެވުމުގެ 38 ވަނަ ގައުމީ މުބާރާތުގެ ރަންވަނަތައް އިޒުޢާން، އާޔަން އަދި ޒީކަށް
ޙާފިޡުގެ ގޮފިން، މުޅި މުބާރާތުން އެއް ވަނަ ޚާޞިލްކޮށްފައިވަނީ އިސްމާޢީލް އިޒުޢާން އިބްރާހީމްއެވެ. މުޅި މުބާރާތުން ނުބަލާ ކިޔެވުމުގެ ގޮފިން އެެއް ވަނަ ޚާޞިލްކޮށްފައިވަނީ ޢާއިޝަތު ޒީކް ރިޔާޟްއެވެ.
25 Sep 2026
މަސްޖިދުލްޙަރާމްގެ އިމާމު ޑރ ޔާސިރް އައްދައުސަރީ ރާއްޖެ ވަޑައިގަންނަވަނީ
މިއީ 43 އަހަރު ފަހުން މަސްޖިދުލް ޙަރަމްގެ އިމާމަކު ރާއްޖެވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.
24 Sep 2026
ފަހު ހާފްގައި ޖެހި ލަނޑުތަކާއެކު ޗައިނާއިން ދިވެހިރާއްޖެ ބަލިކޮށްފި
އީތަން އަދި އިލާން ނުލައި ރާއްޖެ ނުކުތް މި މެޗުގެ ފުރަތަމަ ހާފްގައި، ޗައިނާ ކުޅުންތެރިން ފޮނުވާލި ގިނަ ހަމަލާތައް ރާއްޖޭގެ ކީޕަރު ވަނީ ވަރަށް ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.
24 Sep 2026
ގަން އެއާޕޯޓުން 3,345 ގްރާމުގެ ކެނަބިސް އަތުލައިގެންފި
މި ތަކެތި ފެނިފައިވަނީ ސެޕްޓެމްބަރު 22 ވަނަ ދުވަހު ގަން އިންޓަރނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެ އެތެރެވި އިންޑިއާގެ ދެ ރައްޔިތެއްގެ ފޮށިތައް ބަލައި ފާސްކުރުމުގެ ތެރޭގައެވެ.
24 Sep 2026
ބާރަށުގައި ރޭގަނޑު 9 ގެ ފަހުން ދަރިވަރުން ބޭރުގައި އުޅުން މަނާކޮށްފި
ޒަރޫރީ ބޭނުމެއް ނެތި ރޭގަނޑު ނުވައެއް ޖެހުމަށް ފަހު، ބެލެނިވެރިއަކާއެކު މެނުވީ ދަރިވަރުން ބޭރުގައި
24 Sep 2026
އެމްޓީސީސީގެ މަސައްކަތްތަކަށް ޔޫއޭއީ ކުންފުންޏަކުން އިންވެސްޓުކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފި
ޔޫއޭއީގެ އެންއެމްޑީސީއާ އެމްޓީސީސީ ގުޅިގެން ރާއްޖޭގައި މަޝްރޫޢުތައް ހިންގުމާއި ޑްރެޖިންގ ސަޕޯޓާއި މުވައްޒަފުން ތަމްރީނުކުރުމާ ގުޅޭ ގޮތުން އަބޫދާބީގައި މަޝްވަރާކޮށް، އެއްބަސްވުމެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ.
24 Sep 2026
ހިލޭ ޑިގްރީ ސްކީމުގައި ބައިވެރިވި ދެބައިކުޅަ އެއްބައި ދަރިވަރުން ކޯސް ނުނިންމާ
އެ ރިޕޯޓުގައި ދިރާސާކޮށްފައި ވަނީ ހިލޭ ޑިގްރީ ސްކީމް ހިންގުމުގައި ކަންކަން އޮތް ގޮތެވެ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އާއި ކިޔަވައިދޭ އެކި މަރުކަޒުތަކުން ހޯދި ތަފާސްހިސާބުތައް ދައްކާ ގޮތުން އެ މުއްދަތުގައި ޖުމްލަ 11641 ދަރިވަރުން ސްކީމުގައި ބައިވެރިވެފައިވެއެވެ. ނަމަވެސް ކޯސް ނިންމައިގެން ނުކުމެފައި ވަނީ 5833 ދަރިވަރުންނެވެ.
24 Sep 2026
ޗައިނާއާ އޮތީ ވަރަށް ގާތްގުޅުމެއް، އެ ގުޅުމުގެ ފައިދާ ވަރަށް ބޮޑު: ރައީސް
ރައީސް ވިދާޅުވީ ދެ ގައުމުގެ ގުޅުން ބިނާވެފައި އޮތީ އިހްތިރާމްގެ މައްޗަށް ކަމަށާ ރާއްޖެއާ ޗައިނާގެ ގުޅުމަކީ ފައިދާހުރި ގުޅުމެއް ކަމަަށެވެ. އެ ގުޅުމުގެ ފައިދާ މުސްތަގުބަލުގައި ވެސް ލިބިގެންދާނެ ކަމަށް ވިދާޅުވި އެވެ.