ޖުމްހޫރީ ޕާޓީގެ ޑެޕިޔުޓީ ލީޑަރ އަމީން އިބްރާހިމް-- ފޮޓޯ/ ވޮއިސް
ހަބަރު
15 Mar 2023 | 16:23
ޖޭޕީން ކެނޑިޑޭޓަކު ނެރެން ނިންމީ ބައެއް ޕާޓީތަކުގެ އިސްވެރިންގެ އިލްތިމާސްއާއެކު: އަމީން

ޖޭޕީން ކެނޑިޑޭޓަކު ނެރެން ނިންމީ ބައެއް ޕާޓީތަކުގެ އިސްވެރިންގެ އިލްތިމާސްއާއެކު ކަމަށް ޖުމްހޫރީ ޕާޓީގެ ޑެޕިޔުޓީ ލީޑަރު އަމީން އިބްރާހިމް ވިދާޅުވެއްޖެއެވެ.

ޖޭޕީން ކެންޑިޑޭޓެއް ނެރުމަށް ނިންމުމާއި ގުޅިގެން ބައެއް ފަރާތްތަކުން ފާޑުކިޔަމުން ދިޔުމާއި ގުޅިގެން އެ ވާހަކަތަކަށް ރައްދު ދެއްވައި އަމީން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޖޭޕީން ކެނޑިޑޭޓަކު ނެރެން ނިންމީ އެތައް ރައްޔިތުންނެއް އެކަަމަށް އެދެމުންދާތީ ކަމަށެވެ.

"ޖޭޕީން ކެންޑިޑޭޓަކު ނެރެން ނިންމީ ބައެއް ޕާޓިތަކުގެ އިސްވެރިންނާ ޖޭޕީގެ ގިނަ މެންބަރުންނާ އެތައް ރައްޔިތެއް ކެނޑިނޭޅި ލީޑަރ ގާސިމް އިބްރާހީމްއަށާއި ޕާޓިގެ އެކި ބޭފުޅުންނަށް ކުރެއްވި އިލްތިމާސާ އެކު. އިރާދަކުރެއްވިއްޔާ މި ނިންމުމުން ރައްޔިތުންނަށް ހަމަޖެހުމާއި ފާގަތިކަން ލިބޭނެ،" އަމީން ވިދާޅުވިއެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ޖުމްހޫރީ ޕާޓީ އިން ވާދަ ކުރާނެ ކަމަށް އެޕާޓީއިން އިއުލާނު ކުރުމާ ގުޅިގެން މިހާރު އެންމެ މަގުބޫލުވެފައި ވަނީ ޖުމްހޫރީ ޕާޓީގެ މަސްލަތަހު އޮތް ކަންކަމަށެވެ.

ޖޭޕީގެ ނިންމުމާއެކު ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ގާސިމަށް މަރުހަބާ ދަންނަވާފައެެވެ. އަދި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ޕާޓީގެ ތެރެއިން އުފައްދާފައިވާ ފިކުރެއްގެ ދިރުމާއި ޖުމްހޫރީ ޕާޓީ ގުޅިގެން ޖޮއިންޓު ޕާލަމެންޓްރީ ގުރޫޕެއް އުފެއްދުމަށް މަޝްވަރާތައް ފައްޓާނެކަމަށް ފިކުރެއްގެ ދިރުމުގެ ޕީޖީގައި ހިމެނިވަޑައިގަންނަވާ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވެފައިވެއެވެ.

މިހާރުގެ ސަރުކާރުގެ ކޯލިޝަން ޕާޓީއެއް ކަމުގައިވާ ޖުމްހޫރީ ޕާޓީން ރިޔާސީ އިންތިހާބުގައި ވާދަކުރަން ނިންމުނުން، ސަރުކާރުގައި ތިބި ޖޭޕީ މެމްބަރުން ވަކިކުރުމަށް މިއަދުގެ މަޖިލީހުގެ ތަޅުމުގައި ބައެއް މެމްބަރުން ގޮވާލިއެވެ. ނަމަވެސް އޭގެ ރައްދަކަށް ގާސިމް ވިދާޅުވެފައި ވަނީ، 2018 ވަނަ އަހަރު ހެދި ކޯލިޝަން މިއަހަރުގެ ނޮވެމްބަރާއި ހަމަޔަށް ނިމޭނެ ކަމަށާއި، ދެން އަންނަ އިންތިޚާބެއްގައި ޖޭޕީން ވާދަކުރާނެ ގޮތަކީ މިހާރު އޮތް ކޯލިޝަން އެއްބަސްވުމާއި އެއްވެސް ގުޅުމެއް އޮތް ކަމެއް ނޫން ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Sep 2026
ޤުރުއާން ކިޔެވުމުގެ 38 ވަނަ ގައުމީ މުބާރާތުގެ ރަންވަނަތައް އިޒުޢާން، އާޔަން އަދި ޒީކަށް
ޙާފިޡުގެ ގޮފިން، މުޅި މުބާރާތުން އެއް ވަނަ ޚާޞިލްކޮށްފައިވަނީ އިސްމާޢީލް އިޒުޢާން އިބްރާހީމްއެވެ. މުޅި މުބާރާތުން ނުބަލާ ކިޔެވުމުގެ ގޮފިން އެެއް ވަނަ ޚާޞިލްކޮށްފައިވަނީ ޢާއިޝަތު ޒީކް ރިޔާޟްއެވެ.
25 Sep 2026
މަސްޖިދުލްޙަރާމްގެ އިމާމު ޑރ ޔާސިރް އައްދައުސަރީ ރާއްޖެ ވަޑައިގަންނަވަނީ
މިއީ 43 އަހަރު ފަހުން މަސްޖިދުލް ޙަރަމްގެ އިމާމަކު ރާއްޖެވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.
24 Sep 2026
ފަހު ހާފްގައި ޖެހި ލަނޑުތަކާއެކު ޗައިނާއިން ދިވެހިރާއްޖެ ބަލިކޮށްފި
އީތަން އަދި އިލާން ނުލައި ރާއްޖެ ނުކުތް މި މެޗުގެ ފުރަތަމަ ހާފްގައި، ޗައިނާ ކުޅުންތެރިން ފޮނުވާލި ގިނަ ހަމަލާތައް ރާއްޖޭގެ ކީޕަރު ވަނީ ވަރަށް ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.
24 Sep 2026
ގަން އެއާޕޯޓުން 3,345 ގްރާމުގެ ކެނަބިސް އަތުލައިގެންފި
މި ތަކެތި ފެނިފައިވަނީ ސެޕްޓެމްބަރު 22 ވަނަ ދުވަހު ގަން އިންޓަރނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެ އެތެރެވި އިންޑިއާގެ ދެ ރައްޔިތެއްގެ ފޮށިތައް ބަލައި ފާސްކުރުމުގެ ތެރޭގައެވެ.
24 Sep 2026
ބާރަށުގައި ރޭގަނޑު 9 ގެ ފަހުން ދަރިވަރުން ބޭރުގައި އުޅުން މަނާކޮށްފި
ޒަރޫރީ ބޭނުމެއް ނެތި ރޭގަނޑު ނުވައެއް ޖެހުމަށް ފަހު، ބެލެނިވެރިއަކާއެކު މެނުވީ ދަރިވަރުން ބޭރުގައި
24 Sep 2026
އެމްޓީސީސީގެ މަސައްކަތްތަކަށް ޔޫއޭއީ ކުންފުންޏަކުން އިންވެސްޓުކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފި
ޔޫއޭއީގެ އެންއެމްޑީސީއާ އެމްޓީސީސީ ގުޅިގެން ރާއްޖޭގައި މަޝްރޫޢުތައް ހިންގުމާއި ޑްރެޖިންގ ސަޕޯޓާއި މުވައްޒަފުން ތަމްރީނުކުރުމާ ގުޅޭ ގޮތުން އަބޫދާބީގައި މަޝްވަރާކޮށް، އެއްބަސްވުމެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ.
24 Sep 2026
ހިލޭ ޑިގްރީ ސްކީމުގައި ބައިވެރިވި ދެބައިކުޅަ އެއްބައި ދަރިވަރުން ކޯސް ނުނިންމާ
އެ ރިޕޯޓުގައި ދިރާސާކޮށްފައި ވަނީ ހިލޭ ޑިގްރީ ސްކީމް ހިންގުމުގައި ކަންކަން އޮތް ގޮތެވެ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އާއި ކިޔަވައިދޭ އެކި މަރުކަޒުތަކުން ހޯދި ތަފާސްހިސާބުތައް ދައްކާ ގޮތުން އެ މުއްދަތުގައި ޖުމްލަ 11641 ދަރިވަރުން ސްކީމުގައި ބައިވެރިވެފައިވެއެވެ. ނަމަވެސް ކޯސް ނިންމައިގެން ނުކުމެފައި ވަނީ 5833 ދަރިވަރުންނެވެ.
24 Sep 2026
ޗައިނާއާ އޮތީ ވަރަށް ގާތްގުޅުމެއް، އެ ގުޅުމުގެ ފައިދާ ވަރަށް ބޮޑު: ރައީސް
ރައީސް ވިދާޅުވީ ދެ ގައުމުގެ ގުޅުން ބިނާވެފައި އޮތީ އިހްތިރާމްގެ މައްޗަށް ކަމަށާ ރާއްޖެއާ ޗައިނާގެ ގުޅުމަކީ ފައިދާހުރި ގުޅުމެއް ކަމަަށެވެ. އެ ގުޅުމުގެ ފައިދާ މުސްތަގުބަލުގައި ވެސް ލިބިގެންދާނެ ކަމަށް ވިދާޅުވި އެވެ.